ބަޔަކު ގެންގުޅޭ ދޫނިތަކެއް އުދުހިފައި ދަނީ: އއ. ފެރިދޫގައި ވިޔަފާރިގެ ބޭނުމަށް ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅޭ ނަމަ ކައުންސިލަށް ފީ ދައްކަންޖެހޭ ގޮތް ވަނީ ހަދައިފައި -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖޫން 2022 - 13:13
އއ. ފެރިދޫގައި ވިޔަފާރީގެ ބޭނުމަށް ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅޭ ނަމަ އެ ރަށު ކައުންސިލަށް ފީއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.
ލާމަރުކަޒީ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ފެރިދޫ ކައުންސިލުން އެކުލަވައިލި "ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދު" ގައި ވަނީ ގޭގޭގަ އާއި ރަށުގެ އެހެން ތަންތަނުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅެވޭނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.
އެ ގަވައިދުގައިވާ ގޮތުން، ވިޔަފާރީގެ ބޭނުމަށް އެ ރަށުގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ އެ ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން، އެ ކަމަށް ކައުންސިލްގެ ހުއްދަ ހޯދައި، ދައްކަންޖެހޭ ފީ ކައުންސިލަށް ދެއްކުމަށް ފަހު އެވެ.
• ދޫނިސޫފާސޫފި - 1،500ރ.
• ނައަމްސޫފީގެ ބާވަތްތައް (ގެރި، ބަކަރި، ޖަމަލު ފަދަ ތަކެތި) 3،000ރ.
• މަސްމަހާމެހި - 1،500ރ.
• އެހެނިހެން - 1،000ރ.
ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ފެރިދޫގެ ވަލުތެރޭގައި ކޮށި އެޅުމަކާ ނުލައި ނުވަތަ ކޮށި އަޅައިގެން ވަކި ފަރާތަކަށް ނިސްބަތްވާ ގޮތަށް ގެންގުޅެމުންދާ ދޫނިސޫފާސޫތްޕާއި ކުކުޅާއި ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން، ކޮށިއަޅައިގެން އެ ތަކެތި ގެންގުޅޭނެ ތަނެއް ހޯދުމަށް ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.
އެ ތަކެތި ގެންގުޅުމަށް ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކައުންސިލުން ބިން ދޫކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ. ބިން ދޫކުރާނެ އުސޫލު އެ ގަވާއިދުގައިވެ އެވެ.
އެ ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު، އެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނުނަގައި ފެރިދޫގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅުން މަނަލެވެ. އެކަމަކު، މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ ޕެޓުގެ ގޮތުގައި، ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މަދު އަދަދަކަށް ޖަނަވާރާއި ދޫނި ފަދަ ތަކެތި އަމިއްލަ ގޯތީގައި ގެންގުޅުމަށް ކައުންސިލުން ހުއްދަ ނަގާކަށް ނުޖެހޭނެ އެވެ.
މުނިފޫހިފިލުވުމުގެ ބޭނުމަށް ގޯތިތެރޭގައި ދޫނިސޫފާސޫފި ނުވަތަ ބުޅާ ފަދަ ޖަނަވާރު ގެންގުޅޭ މީހުން، އެ ތަކެތި މަގުމައްޗަށް ދޫކޮށްލައި، ގިނަކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ގޭގޭގައި ވިޔަފާރިގެ ބޭނުމަށް އެ ތަކެތި ގެންގުޅުން ވެސް އެ ގަވާއިދުގެ ދަށުން މަނަލެވެ.
ގަވާއިދާ ހިލާފުވާ މީހުން 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
27 June 2022
އެގަވާއިދު ރަނގަޅު. އޭގައި ބުނަނީ ވިޔަފާރީގެ ބޭނުމަށް ދޫނި ސޫފާސޫފި، ޖަނަވާރު، މަސްމަހާމެހި ކަމުގައިވާނަމަ އޭގައި މައްސަލައެއްނެތް. ވިޔަފާރިކުރެވޭނީ ޓެކްސް ދައްކައިގެން. ޓެކްސް އަށް ރަޖިސްޓަރީ ކޮށްގެން. ވިޔަފާރި މުދަލަކީ ހަމައެކަނި ފެކްޓަރީން އުފައްދާ ދިރުމެއް ނުހުންނަ އެއްޗެހި ނޫން.
މާފިޔާ
27 June 2022
މާފިޔާ ޓެކްސް
ޖާހިލިއްޔަޒަމާން
27 June 2022
ނިއުޒީލެންޑުގައި ގެރި ބަކަރި ބޭރުކުރާ ވަޔަށް ޓެކްސް ނަގަން ރާވަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ގުރާ
27 June 2022
ތިއޮތީ ކައުންސިލްހިންގިފާ ތިދާވަރުންދަންޏާ ވަކިކުލައަކުންނޫނީ ޖަނގިޔާލާމީހުންވެސް ބޮޑަތިޢަދަދުތަކުން ޖުރިމަނާކުރަންފަށާނެ މީބިރުވެރިފެށުމެއް!ސުވާލަކީ ޖުރިމަނާއަކީ ޤާނޫނުގާކަނޑައެޅިފައިވާ ސަރުޢީ އަދަބަކައްވާއިރުމިހާފަސޭހައިންސަރުޢީއަދަބެއްހުކުމަކަާނުލާދެވިދާނެތޯ? އެހެންކަމައްވާނަމަ އެކިއެކިކަންކަމައްއަމިއްލަ އަމިއްލައައް ތައުޒީރުވެސްކުރެވެންވާނެނޫންތޯ?
ފޮނިޓައްޕު ހަސަނު
27 June 2022
ކޮންކަހަލަ ބުރާންތި ކައުންސިލަރުން ތިބި ރަށެއް ތީ.
ވަތުބަނޑޭރި
27 June 2022
ގާނޫނަކުން ފާސްކޮށްގެން ނޫނީ އެއްވެސް ބާވަތުގެ ފީއެއް ޓެކުހެއް ނުނެގޭނެ . ގާނޫނާ ހިލާފު ނިންމުމެއް
ބަކަމޫނު
26 June 2022
ކައުންސިލުން ހިދުމަތެއް ނުދެވުނަސް ހެޔޮ ފައިސާ ފައިސާ ތި ދާވަރަށް ދާނަމަ ބުޅަލާ މީދާ އަދި ކާޅާްއި ވާލަށް ވެސް އުޅެވޭނީ ޓެކްސް ދައްކައި ގެން. މީ އީ އެހެން ގައުމު ތައް އުޅޭ ގޮތް ތަ ?
މޮޔަމީހާގެ ކަނޑި
26 June 2022
ގާނޫނަކުން ކައުންސިލްތަކަށް ބާރުދެނީ ގާނޫނު އަސަސިގެ ސީލިންގާހަމައަށް .. ތިގަވާއިދުން އެބަފެނޭ އެސީލިންގ ފޫދުއްވާލާފައިވާ ތަން..
ފައްޔަބޯ
26 June 2022
ޗާންސެލަރުން ތިބީ ކުރާނަ ެކަމެއް ނޭނގިފަ އެހެންވީމަ ފީ ނެގުން އެންމެ ފަސޭހަ ކަމަކަށް ވަނީ އެހެނީ އެ ބަލައިގަންނަންވެސް ޖެހޭނީ ސިވިލްސަރވަންޓުންނަށް ވިއްޔަ
ލޮޖިކް
26 June 2022
މީހެއްގެ ގޭގަ އެމީހަކު ކިތަންމެ ގިނައިން ދޫނި ގެންގުޅުނަސް ކައުންސިލަށް ފީދައްކަންޖެހޭ ސަބަބެއް ގާނުނުގަ ހަމަ އެބައޮތްބާ؟