އެމްޓީސީސީގެ 'ހުނަވަރު' ޕްރޮގްރާމް ފުރިހަމަކުރި އަންހެން ބައިވެރިއަކަށް ސީއީއޯ އާޒިމް އިއްޔެ ސެޓްފިކެޓް ހަވާލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
28 ޖޫން 2022 - 00:11
މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތްދޭ އެމްޓީސީސީން ފަށާފައިވާ 'ހުނަވަރު' ޕްރޮގްރާމްގެ ދަށުން 43 ބަސް ޑްރައިވަރަކު ތަމްރީނުކޮށްފި އެވެ. އޭގެ ތެރޭގައި އަންހެން ހަތަރު ޑްރައިވަރަކު ހިމެނެ އެވެ.
ބަސް ޑްރައިވަރުންގެ އިތުރުން ހަ އެސިސްޓެންޓް ސައިޓް ސުޕަވައިޒަރުންނާއި ތިން މެރިން މެކޭނިކުުން މި ފަހަރުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި އެވެ.
އެ ތަމްރީނުތައް ފުރިހަމަކުރި މީހުންނަށް ސެޓްފިކެޓް ދިނުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
'ހުނަވަރު' ޕްރޮގްރާމްގެ ބޭނުމަކީ އެމްޓީސީސީގެ އެކި ދާއިރާތަކުގެ ފަންނީ ވަޒީފާތަކަށް ދިވެހިން ތަމްރީނުކޮށް، ބިނާކުރުމުވެ. މީގެ ހަތަރު އަހަރު ކުރިން 2018 ގައި ތައާރަފުކުރި 'ހުނަވަރު' ޕްރޮގްރާމް، މި އަހަރުން ފެށިގެން ކޮންމެ ކުއާޓާއެއްގައި ކުރިއަށް ގެންދަން އެމްޓީސީސީން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް 32 މީހަކު އަންނަނީ އެ ޕްރޮގްރާމްގެ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
އިއްގެ ހަފުލާގައި އެމްޓީސީސީގެ މުވައްޒަފުންނާއެކު ، އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ތަޖުރިބާކާރު ދިވެހިން ބިނާކޮށް އެކި ދާއިރާތަކަށް މީހުން ނެރެދީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ދިނުން ހިމެނެ އެވެ. ހާއްސަކޮށް، އެކި ދާއިރާތަކުން އަންހެނުންނަށް ފުރުސަތު ދީ، ފަންނީ ދާއިރާތަކަށް ތަމްރީނު ކޮށްދިނުން ވެސް ހިމެނެ އެވެ.
އިއްޔެ ބޭއްވި ހަފުލާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއީ އެހާ ގިނަ ބައިވެރިން އެ ކުންފުނީގެ ވަޒީފާތަކަށް އެއްފަހަރާ ތަމްރީނުވި ފުރަތަމަ ފަހަރު ކަމަށެެވެ.
އިއްޔެގެ ހަފްލާގައި އެމްޓީސީސީގެ ސީއީއޯ އާޒިމް ވާހަކަދައްކަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
"ކްރިމިނަލް ރެކޯޑެއް އޮތަސް، އެ ކަން ތަންފީޒުކޮށްފައި އޮތިއްޔާ ވަޒީފާ ލިބޭނެ. ނަމަވެސް އެމްޓީސީސީގެ އުސޫލުތަކާއި ގަވައިދުތަކާ ހިލާފުވެ، މިކޮޅުން ދޭ ތަމްރީނުތަކަށް އެއްބާރުލުން ނުދެންޏާ ވަޒީފާއަކު ނޫޅެވޭނެ،" މީގެ ކުރިން އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ ހިންގުމުގައި ވެސް އެންމެ އިސްދައުރެއް ކުޅުއްވި އާޒިމް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި، ލޯތްބާއި ކުލުނާ އެކު ހިދުމަތް ދިނުމަށް އަލަށް ތަމްރީނުވި މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.
'ހުނަވަރު' ޕްރޮގްރާމްގެ ބައިވެރިން މަސައްކަތް ކުރަނީ އެ މީހެއްގެ ދާއިރާއަކާ ގުޅޭ ސައިޓެއްގަ އެވެ. އެ ބައިވެރިން ތަމްރީނުކޮށްދެނީ އެމްޓީސީސީގައި ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު މުވައްޒަފުންނެވެ.
ކޮންމެ މަހަކު 5،000ރ. ގެ އެލަވަންސަކާއެކު ތިން މަހަށް ކުރިއަށް ދާ އެ ޕްރޮގްރާމްގެ ތަމްރީނުތަށް ފުރިހަމަ ކުރުމުން އެމްޓީސީސީން ވަޒީފާ ކަށަވަރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
29 June 2022
އެމްޓީސީސީ ބަސްތަކަކީ މިވަގުތު މާލޭ މަގުތަކުގަ އެންމެ ނުރައްކާތެރި އެއް ދުއްވުން ދުއްވާ އުޅަނދުތައް!
ަަައަހުމަދު
28 June 2022
އާޒިމް ތިޔާކުރާ މަސައްކަަތައް ޝުކުރަން.
ށަވިޔަނި
28 June 2022
ތިފަދަ މަސައްކަތަށް ދިވެހި ޒުވާނުން ތަމްރީނުކޮށް ނެރުމަކީ މިހާރު ގައުމަށް ވަރަށް މުހިންމުކަމެއް.
އަލި ބޭ
28 June 2022
ޝުކުރިއްޔާ ސީއޯ! ތި ބޭފުޅާކީ ޤައުމުގެ ޖީލު ބިނާ ކުރުމުގައި އަރާ ހުރި އާރު ކާޓީ އެއް