ޗީފް އޮފް ސްޓާފް އަލީ ޒާހިރު: ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެންގި އެންގުން ހައި ކޯޓުން ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
29 ޖޫން 2022 - 12:35
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް އެންގި އެންގުން ބާތިލް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރުމުންނެވެ.
އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.
އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެކަމަކު އޭރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރި އެވެ. އަދި ފަހުން އޭނާއަށް އެންގެވީ 2.3 މިލިއަން ރުފިޔާ އޭނާ ދައްކަވަން ޖެހޭނެ ކަމަށެވެ. އޭނާ ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި ބޭންކުން އޯވްޑްރާފްޓްގެ ގޮތުގައި ދޫކުރި ފައިސާއަކީ އޭނާ ދައްކަވަންޖެހޭނެ ފައިސާ ކަމަށް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
"އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރުޝުއައިބު ހުސެއިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓިޔަސް، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ އެ ފައިސާއަށް އަލީ ޒާހިރު ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވުނީ ބޭންކުގެ އިހުމާލުން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ابو جريج
01 July 2022
ނިކަން ދެ މިލިޔަން ވަރު ފައިސާ ނެތް އެކައުންޓަކުން ޗެކެއްގަ ޖަހާލާފައި މަށަށް ވެސް ފޮނުވާލަބަލަ، ދޫކުރޭތޯ އަޅާކަހާވެސް ނުލާ?
ގަދަޒާހިރު
01 July 2022
ތީ އެމްޑީޕީ ވެރިކަމެއްގަ އެމްޑީޕީގެ އިސްވެރިންނާ އިދިކޮޅަށް ޓުވީޓު ކުރި ބާރުގަދަ އަލީ ޒާހިރު
ނިކަމެތިރައްޔިތުމީހާ
30 June 2022
ތީގަ %100 ޒިންމާ ވާން ޖެހޭނީ ބޭންކު. 1. 4 މިލިއަން ރުފިޔާ ލިބުނު ކަމަށް އެންގި 2. އެކައުންޓުގަ ނެތް ފައިސާއަކުން ޗެކަކަށް ފައިސާ ނުދެވޭނެ - މި ހާލަތުގަ އެ ޗެކު ބައުންސްވާނެ 3. އޯޑީ އަކަށް ނަމަ ވަކި ޕުރޮސެސް އެއް އޮންނާނެ އަލީ ޒާހިރު ތި ޗެކު ދިނީ އޭނަގެ އެކައުންޓަށް ތި ފައިސާ ޖަމާވިކަން އެންގީމަ! އެކައުންޓުގަ ފައިސާ ނެތީސް އަދި އަލީ ޒާހިރު ރިކުއެސްޓު ނުކުރަނީސް ކީއްވެހޭ އޯޑީއެއް ހެދީ؟
އަލީ ޒާހިރު
29 June 2022
ނުދައްކާނަން!
އަރަބި އުސްތާޒް
29 June 2022
ބެންކަށް އޮޅިގެން ފައިސާ ދޫކުރެވުނީމަ އެވާނެތަ އަލީ ޒާހިރުގެ ފައިސާއަށް. ޔާމީނު ބުނީ ހެޔޮކޮށް! ފައިސާ ފެންނަ ހިސާބުން ގިނަމީހުނއ ރަންބުއްދިވަނީ! މިހިރީ ރައީސް އޮފީހުގެ އެންމެ އިސްމީހުންގެ ހާލު!
ޢަރުތަ
29 June 2022
އަލީޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް އޮވެމެ އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާގެ ޗެކަށް ފައިސާ ދޫކުރުން އެވާނެތަ ބޭންކަށް އޮޅިގެން ކުރެވުނު ކަމަކަށް!
ޅިޔަނުގެ ފަހަރި
29 June 2022
ޢަލީ ޒާހިރުގެ އެކައުންޓަށް -/4،000،000ރ ޖަމާ ކުރިކަމަށް ބޭންކުން ސުލިޕެއް ދިނުމުން އެ ފައިސާ ޖަމާކުރި ފަރާތަށް ދޭން -/4،000،000ރ ގެ ޗެކެއް ދިނުމީ އެކަމުގެ ޒިންމާ ޢަލީޒާހިރު ނަގަންޖެހޭ ސަބަބެއް ނުވިސްނުނު.
ރައީ
29 June 2022
ބަލަމަގުމަތީގަ އުޅޭ މީހެއް ގެއަތުގަ މިލިއަންރުފިޔާ
ޢަރުތަ
29 June 2022
ތީ ދިނރުބާކޮޅު ވާހަކަ، މައުޟޫއާގެން ކުރިއަށް ވަޑައިގަންނަވާ، އަލީޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާވެގެން އެކަމާ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކުން ނުޖައްސާ، ޖަމާވި ފައިސާގެ ތެރެއިން 2.3 މިލިއަން ރުފިޔާ ޗެކެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދީގެން އެކަމާ ބަހުސް މިކުރެވެނީ...........
އިންސޯފު
29 June 2022
ބޭންކުން އޯޑީ ދޭން އޮންނަ އުސޫލުން ނޫންގޮތަކަށް އޯޑީ ދެވިގެން ނުވާނެ. ޗެކު ވާންޖެހޭނީ ބައުންސް. އަދި 2.3 މ ލިބުނު މީހާއަށް ބޭންކުން ގުޅައިގެން ނުވަތަ ޝަރީއަތުން ހޯދަންޖެހޭނީ. އަދި އެފައިސާ ލިބުނު މީހާ ބޭންކަށް އަނބުރާ ދައްކަން ޖެހޭނެ. އަދި އަލީ ޒާހިރު އަތުން އެމީހަކު ހޯދަންޖެހޭ ފައިސާއެއްނަމަ، ކޯޓަށް ހުށަހަޅައިގެން ހޯދާނީ ނޫނީ ޒާހިރު ދޭންޖެހޭނީ. ހުކުމް މުޅިން ރަނގަޅުކަމަށް ނުފެނޭ
ބީރުބޮލު ވަޒީރު.
29 June 2022
މިމީހުން ހާދަ މުއްސަންޖޭ. ދީނީ ފަތުވާ ދީގެން ހޯދި ފައިސާ ތޯއްޗެ.
ކުޗީ
29 June 2022
" އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ. " މީ އަޅެ ކޮން ގޭސް ގަނޑެއްތަ. މީގެ އަހަރު ތަކެއް ކުރިން ހައްޖު ކޯޕަރޭޝަންގެ ނަމުގަ ފައިސާ ނަގާފަ ނަސްރު ކިޔާ މީހަކު ( އޭރު އަރަބިއްޔާގެ ޕްރިންސިޕަލް ) ބަޔަކު ހައްޖަށް ފޮނުވި. ކޯޓަށް މައްސަލަ ވެއްދި ދެން ވީނުވީއެއް ނޭނގޭ. އޭނަ އެބައުޅޭ މިނިވަންކަމާއެކީ. މިގައުމުގައި ބޮޑުންނަށް ބައިއެޅީމަ ސަލާމަތް ވާނެ.
ޢަރުތަ
30 June 2022
މީވެސް މިފަހުގެ ކަމެއް ނޫން، 2018ގަ ހިނގާފަ އޮތް ކަމެއް...........