ކަރަން ޖޯހަރުގެ ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަންގެ ޓީޒާގެ ސްކްރީންޝޮޓެއް.
30 ޖޫން 2022 - 07:00
ކަރަން ޖޯހަރު ހޮސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ހަތް ވަނަ ސީޒަންގެ ޓީޒާ އާންމުކޮށްފި އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން "ކޮފީ ވިތު ކަރަން"ގެ ހަތް ވަނަ ސީޒަން ސްޓްރީމްކުރަން ފަށަަން ތައްޔާރުވެފައިވާއިރު، ކަރަން ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އެ ޝޯގެ ޓީޒާ އާންމުކޮށްފަ އެވެ.
ޓީޒާގައި ފެންނަނީ ފިލްމު އިންޑަސްޓްރީގެ އެކި މީހުންނަށް ގުޅައިގެން ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް އޭނާ އާދޭސްކުރާ ތަނެވެ. އެ ޝޯގައި ހަދިޔާގެ ގޮތުގައި ދެ ހެމްޕާ ވެސް ދޭނެ ކަމަށާއި އެ ވަރަށް އަގު ބޮޑުވާނެ ކަަމަށާއި އެ ވިއްކާ ވެސް ލެވޭނެ ކަމަށް އެމީހުން ގާތު އާދޭސްކުރަމުން ބުނެ އެވެ.
ބައެއް މީހުން ގާތު އެމީހުން ލޯންޗުކޮށްދިން ކަމަށް ބުނެ އާދޭސްކުރާ ކަހަލަ މަންޒަރުތަކެއް ވެސް ފެނުނެވެ.
"ކޮފީ ވިތު ކަރަން" 2004 އިން ފެށިގެން ގެނެސްދެމުން އައީ ސްޓާ ވޯލްޑް އިންޑިއާ އިންނެވެ. އެކަމަކު މި އަހަރު އ ޝޯ ގެނެސްދޭނީ ހޮޓް ސްޓާ އިންނެވެ.
ޑިޖިޓަލް އޯޑިއަންސް އަށް މިފަހަރު އެކްސްކްލޫސިވްކޮށް އެ ޝޯ ގެނެސްދޭ ގޮތަށް ހަމަޖެހުނުއިރު، އެއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އެހާ މަޝްހޫރު ޝޯއެއް ގެނެސްދޭނެ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަން
30 June 2022
މަވެސް ކޮންމެ ޝޯއެއް ބަލަނިމޭއިރު ހުންނަނީ ފޫހިވެފަ.
ބިލް ކުލިންޓަން
30 June 2022
ވަރަށް ފޫހި ޕުރޮގުރާމެއް. މާވެފަހުންނަނީ.
ށަވިޔަނި
30 June 2022
މަވެސް ނުބަލަން. ފޫހި ޝޯއެއް.