ޖޫން 29، 2022، މެޑްރިޑް: ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވާ ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއް ނަންގަވަނީ. -- އޭއެފްޕީ
30 ޖޫން 2022 - 13:19
ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށާއި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ސީދާ ގޮތެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ރަޝިޔާ ކަމަށް އެ ޖަމާއަތުން ތުހުމަތުކޮށްފި އެވެ.
ނޭޓޯގެ ސްޓްރެޓީޖިކް ސިޔާސަތު މުރާޖައާ ކުރުމަށް ފަހު އަލުން އެކުލަވައިލި ސްޓްރެޓީޖީ ތަޞައްވަރުގައި ބުނެފައިވާ ގޮތުން، ރަޝިޔާއަކީ ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި ބެލޭކަށް ނެތެވެ. އެހެން ނަމަވެސް، ދެ ފަރާތުގެ މެދުގައި ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށްޓަކައި "މޮސްކޯއާ އެކު މުވާޞަލާތުކުރެވޭނެ މަގު ފަހިކޮށްގެން ތިބުމަށް" އުންމީދުކުރާ ކަމަށް ވެސް އެ ތަޞައްވަރުގައި ބުނެފައިވެ އެވެ.
އެގާރަ ސަފްހާގެ މައްޗަށް އެކުލެވޭ އެ ތަޞައްވަރުގައި ބުނެފައިވާ ގޮތުން، ރަޝިޔާ އާއި ޗައިނާއާ ދެމެދު ސްޓްރެޓީޖިކް ގުޅުން ބަދަހިވަމުން ދަނީ، ނޭޓޯ އިން ދަމަހައްޓާ އުސޫލުތަކާއި ނޭޓޯގެ މަސްލަހަތުތަކާ ތައާރަޒުވާ ފަދަ ގޮތަކަށެވެ.
Today, Allies took the historic decision to invite Finland 🇫🇮 and Sweden 🇸🇪 to become members of #NATO#NATOSummit | #MadridOTAN22 pic.twitter.com/7y2NUDta3F
— NATO (@NATO) June 29, 2022
މީގެ އިތުރުން، ރަޝިޔާގައި މާ ވަރުގަދަ ނިއުކްލިއާ ހަތިޔާރުތަކެއް ހުރި ކަމަށް، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް، ނޭޓޯގެ އާ ސިޔާސަތުގައި ރައްދު ދީފައިވެ އެވެ. އެ ސިޔާސަތުގައި ބުނެފައިވަނީ، އެއްވެސް ޤައުމަކުން ނޭޓޯއާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެފަދަ އުދުވާނީ އަމަލެއް ހިންގާ ބަޔަކަށް، ލަފާވެސް ނުކުރެވޭ ފަދަ ގޮތަކަށް ރައްދުދިނުމުގެ ޤާބިލުކަމާއި ހިތްވަރު ނޭޓޯގައި އެބަހުރި ކަމަށެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ވިދިގެން، ނޭޓޯގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ފޯރިޔަނުދިނުމަށްޓަކައި، ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް އެ ޖަމާއަތުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ދިފާއީ ލަޝްކަރުގެ އިތުރު ސިފައިން ރުކުރުވައިލާނީ ކޮން ގައުމުތަކެއްގައި ކޮން އަދަދަކަށް ކަމެއް ނޭޓޯގެ އާ ސިޔާސަތުގައި ބުނެފައެއް ނެތެވެ.
ޖޫން 29، 2022، މެޑްރިޑް: ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވާ ބައެއް ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއްގައި. -- އޭއެފްޕީ
ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް ނޭޓޯ ފުޅާ ނުކުރުމަށް ރަޝިޔާ އިން ތަކުރާރުކޮށް އިންޒާރު ދެމުން ދަނިކޮށް، ފިންލޭންޑާއި ސްވިޑްން އިން ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެ ޖަމާއަތާ ގުޅުމުގެ އިޖުރާއާތުތައް ފުރިހަމަކުރުމަށް، ނޭޓޯ އިން އިއްޔެ ވަނީ ރަސްމީ ގޮތުން އެ ދެ ގައުމަށް ދައުވަތު ދީފަ އެވެ.
ނޭޓޯ އިން އެކުލަވައިލި ސްޓްރެޓީޖީ އާ ތަސައްވަރުގައި ބުނެފައިވާ ގޮތުން، އެ ޖަމާއަތާ ގުޅެން ބޭނުންވާ ކޮންމެ ގައުމަކަށް، އެކަމުގެ ދޮރު އަބަދުވެސް ހުޅުވާފައި ބަހައްޓާނެ އެވެ. އެ ގޮތުން ބޮސްނިއާ ހެޒްގޮވީނާ އާއި ޖޯޖިއާ އާއި ޔޫކްރޭނާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓާނެ ކަމަށް އެ ތަސައްވަރުގައި ބުނެފައިވެ އެވެ.
ނޭޓޯގެ މި އަމަލުތަކާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވީ ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިކޮށްފިނަމަ، އެ ދެގައުމާއި ރަޝިޔާއާ ދެމެދު ނުތަނަވަސްކަން ނުއުފެދޭނެކަމަށް ބުނަން ވަރަށް ދައްޗެވެ. އަދި އެ ދެ ގައުމުގައި ނޭޓޯގެ އިންފްރާސްޓްރަކްޗާތައް ގާއިމުކޮށްފި ނަމަ، އެކަމަކާ އެންމެ އެކަށޭނަ ގޮތަކަށް ރަޝިޔާ އިން ރައްދު ދޭނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ނޭޓޯގެ ގައުމުތަކުގެ ވެރިންގެ މަގްސަދަކީ، އެމީހުންގެ ބާރާއި ހައިބަތާއި ނުފޫޒު، އިރުމަތީ ޔޫރަޕްގައި ފަތުރަން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑިޔައްތޮކިނަބާ
30 June 2022
ރަޝިޔާއާއި ޗައިނާ ސިއްސުވާލަން ނެރުނު ބަޔާނެކެވެ. ތިޔަ ނޭޓޯގައި ޔޫރަޕްގެ ބޮޑެތި ބާރުތައްހުރިއިރު، ޔުކްރެއިން ހަނގުރާމަ މިހާހިސާބަކަށް ނުދިޔައީހެވެ. ތިޔައުޅެނީ ރަޝިޔާ މީހުން ނޭޓޯގެ ޤައުމަކަށް ހަމަލާދޭނެކަމަށެވެ. ނޭޓޯއިން ހީކުރަނީ ރަޝިޔާގެ ވެރިއަކަށްހުރީ ހެއްވާ ފިލްމުކުޅޭ މީހެއްކަމަށްހެއްޔެވެ؟
ށަވިޔަނި
30 June 2022
ކަލޭމެންނަކީ މާމަތީބައެއް. މުޅި ދުނިޔެއަށް އޮތް އެންމެބޮޑު ނުރައްކަލަކީ ކަލޭމެން. ކަލޭމެންގެ ލަޝްކަރުތައް ރަޝިޔާ ވަށައިލާގެން ތިބެނީ ކޮން ބޭނުމެއްގަ؟ އިންސާނިއްޔަތަށް ވަކާލަތުކުރާއިރު ކޮން ދުލަކުން އެވާހަކަ ދައްކަނީ.
ހިބިރިންބެއްޔާގެ ކުޑަސޮރު
30 June 2022
ރަޝިޔާ ރާޑަރަށްއަރާފާ ޗައިނާ ނޭރީ ކީއްވެބާ؟
ބީރުބޮލު ވަޒީރު.
30 June 2022
މިހާރު ވަރަށް ފޫހި. ރަދީފުވެސް ފިލީ. ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސްވެސް ފިލައިފި. ވަޒީރު އެކަނި ކިހިނެތްހޭ މި ހަނގުރާމަ ލައިވް ކުރާނީ. ކުދިންނޭ ބުނާކަސް މިކުރަނީ އަދި ހަނގުރާމައެއް ނޫން. ތިންވަނަ ބޮޑުހަނގުރާމައަކަށް ވާމް އަޕް ކުރަނީ. ހުރިހާ ކުދިންވެސް ރެޑީވެގެން ތިބޭ. ބަބުކޭލާ ދިވެހި ރުއް އިންދާ.
އަވްޝާ
30 June 2022
ރަޝިޔާ ބަލި ކުރައްވާށި....އާމީން
ބީރުބޮލު ވަޒީރު
30 June 2022
ބަލިވަނީ ބަލި މީހުން. ޔަހޫދީ މުނާފިޤުން.