ހއ. އަތޮޅުގެ އާރްޓީއެލް ހިދުމަތް ފެށުމަށް މިއަދު ލޯންޗުތައް ފުރަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
02 ޖުލައި 2022 - 14:17
"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް މާދަމާ ފަށަން ނިންމައިފި އެވެ. އެ އަތޮޅުގައި ދަތުރުތައް ފެށުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ފަސް ލޯންޗެއް އެމްޓީސީސީއިން ވަނީ ފޮނުވައިފަ އެވެ. އޭގެ ފަހުން މިދިޔަ ހަފުތާއެއްހާ ދުވަހު ވަނީ ހއ. އަށް ހިލޭ ދަތުރުތައް ކޮށްފަ އެވެ.
ނަމަވެސް މާދަމާ އިން ފެށިގެން އެ އަތޮޅަށް އެމްޓީސީސީން ފެރީ ދަތުރުތައް ކުރާނީ ޓިކެޓް ވިއްކައިގެންނެވެ.
އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދުގަ އެވެ. ދެކޮޅުގެ ދަތުރުތައް އުޅެނީ 65ރ. އާއި 225ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ދަތުރުގެ އަގު ކަނޑައަޅާފައިވަނީ ދަތުރުގެ ދުރުމިނަށް ބެލުމަށް ފަހު އެވެ.
އެންމެ އަގުބޮޑުކޮށް ދަތުރުކުރަނީ އުލިގަމުން ފިއްލަދު އަށް، އުލިގަމުން ބާރަށަށް، ތުރާކުރުން މުރައިދު އަށެވެ. އެ ހަތަރު ދަތުރަށް ދެ ކޮޅަށް 225ރ. ނަގަ އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފެށުން
— Min.of National Planning, Housing & Infrastructure (@MoNPHImv) July 2, 2022
ނޫސް ބަޔާން:https://t.co/Lgmd5YQxW3
އަގުތައް: https://t.co/0idCfsZiRz
ޕްލޭނިން މިނިސްޓްރީ ޓްވީޓް
ހއ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތަކާ އެކު ޒޯން 1 ގެ ދެ އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުނީ އެވެ. ޒޯން 1 ގައި ހިމެނޭ ށ. އަތޮޅުގެ ދަތުރުތައް ވެސް ވަރަށް އަވަހަށް އެމްޓީސީސީން ފަށާނެ އެވެ.
ހއ. ގައި ދަތުރުތައް ކުރަނީ މައިގަނޑު އަށް ރޫޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އިހަވަންދޫ އަދި ދިއްދޫން ސީދާ ދަތުރުތައް އުތުރު ވިޔަފާރީގެ ހަބު ކަމަށްވާ ހދ. ކުޅުދުއްފުށްޓަށް ކުރާނެ އެވެ. އަދި ދިއްދޫން ހދ. ހަނިމާދު އަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
ހއ. ގެ އާރްޓީއެލް ހަބް ދިއްދު އަށް، އެ އަތޮޅުގެ ފަސް ރޫޓަކުން ދަތުރުތައް ކުރާނެ އެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމުލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް އަންނަނީ ބަންނަމުންނެވެ. އެ މަސައްކަތް ކުރަނީ ގަލްފް ކްރާފްޓާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ1
02 July 2022
ހިލޭ ދަތުރު ކުރަން ހއ މީހުންނަށް ދިން 4 ދުވަހުން 3 ދުވަސް ޔެލޯ އެލާޓްގަ. އެއްދުވަސް ދަތުރު ނުވެސް ކުރޭ. ބައެއް އަތޮޅުތަކުގައި މަސްދުވަސް ހިލޭ
@އިބީ
03 July 2022
އިބުރާހީމް ކެހިވެރިކަމުގެ މީހެއް
މާހިރު
02 July 2022
ދަތުރުފަތުރުގެ ޚިދުމަތަކީ ވަރަށް ބޭނުންތެރި ޚިދުމަތެކެވެ. ނަމަވެސް ޚިދުމަތް ދެނީ ކޮން ފެންވަރެއްގައިކަމެއް އަދި ނޭނގެއެވެ. އުފެދޭ ސުވާލަކީ ލޯންޗުތަކުގެ ޑިޒައިން ރީތިނޫނީ ކީއްވެބާވައެވެ.
ރަނގަޅުރަނގަޅު
02 July 2022
މި ބަލަނީ ތީ ހަމަ ކިޔާނެ އެކައްޗެއްވެސް ނެތިގެން ކީ އެއްޗެއް ކަމަށް.
ނަންނެއްގޮލާ
03 July 2022
ކިހާވަރުގަދަ ކަމެއް. އަތޮޅުދޭތެރޭ ޗޮންކޯދު ބޭއްވިޔަސް ކަލޯމެން ހިއްހަމަ ނުޖެހޭނެ.
ރަށްއިތުމީހާ
02 July 2022
ކީއްވެބާ ހޯރަފުށްޓަށް އަތޮޅުއެހެން ރަށްރަށުން ދަތުރު ނޯންނަނި. ހޯރަފުށްޓަކީ އެއާރފޯޓް ހިދުމަތާ. އެސްޓީއޯ ވިޔަފާރީގެ މަރުކަޒާ ދަތުގެ ކުލިނިކަކާއި ސިއްހީހިދުމަތްވެސް ރަގަޅު ރަށެއް.