ޓިކްޓޮކް.
04 ޖުލައި 2022 - 06:59
އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލްގެ ޕްލޭ ސްޓޯރުން ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދަން، އެމެރިކާގައި މުވާސަލާތީ ހިދުމަތްތައް މޮނީޓާކުރާ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ މެމްބަރަކު ގޮވާލައްވައިފި އެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސް އުފެެއްދި ޓިކްޓޮކް، އެ އެޕްލިކޭޝަން ސްޓޯރުތަކުން ނަގަން އޭނާ ގޮވާލެއްވީ އެއީ ގައުމީ ސަލަމާތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ އެވެ.
އެޕްލިކޭޝަން ސްޓޯރުތަކުން ޓިކްޓޮކް ނަގަން އެޕަލް އާއި ގޫގުލް އަށް އެފްސީސީގެ ކޮމިޝަނަރު ބްރެންޑަން ކާރް އެދިވަޑައިގަތީ އެ ދެ ކުންފުންޏަށް މިދިޔަ މަހު 24 ގައި ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައިި ކާރް ސިފަކުރެއްވި ގޮތުގައި ބައިޓްޑާންސް އަކީ ޗައިނާ އަށް ޖާސޫސް ކޮށްދޭ ކުންފުންޏެކެވެ. އޭނާ އެހެން ވިދާޅުވީ، ބައިޓްޑާންސްގެ ޗައިނާގެ ސްޓާފުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑާޓާތަކަކަށް އެކްސެސްވި ކަމަށް ބުނެ ދާދިފަހުން ބަޒްފީޑް އިން ރިޕޯޓްކޮށްފައިވާ ހަބަރަކާ ހަވާލާދެއްވަ އެވެ.
އެކަމަކު އެ ޚަބަރުގައި ހުރި ވާހަކަތައް ޓިކްޓޮކުން ދޮގުކުރި އެވެ.
އެފްސީސީގެ ކޮމިޝަނަރުގެ ސިޓީއާ ގުޅިގެން އެޕަލް އާއި ގޫގުލް އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެއިހް
06 July 2022
ކެކެކެކެ ޓިކްޓޮކް ޗައިނާ އަށް ލިބޭ ފައިދާ ބޮޑުވީމަ ކެތެއްނުވާނެ ތާ!
ސަނީބ
06 July 2022
ހަމަ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ޤައުމީ ސަލާމަތައް ހުރި ނުރައްކަލެކޭ ކިޔަން ޔާ ތިކަން އެހެން މީހުންގެ ފަރާތުންވެސް އަންނާނެކަން ހަދާއްކޮށްލަ ދެން
ދގދސެފ×
04 July 2022
ޓިކްޓޮކު މިގައުމުގާވެސް މަނާކުރާންވީ. އެ މުޅިގައުމު ފަސާދަކޮށްފި.
ފައްލަންބޭ
13 July 2022
ރާއްޖޭގައި ކޮންމެކަމެއް މަނާކުރާނީ، އަލަމްގިރި ޚަރަކާތްތައްވެސް މަނާނުކުރި. ރާއްޖޭގެ ޤާނޫނު އަސާސީގައ މަނާކަމެއް އޮރިޔާން ކާޑުގެންގުޅުން އެކަމަކު އެކަމަށް މަގު ފަހި ކޮށްދެނީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެކުންފުނިން.