ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން (ކ) އަދި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ
04 ޖުލައި 2022 - 14:27
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބެލަރޫސް އޮންނާނީ ފުރިހަމަ އަށް ރަޝިޔާ އަށް ތާއީދުކުރާ ގައުމެއްގެ ގޮތުގައި ކަމަށް، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ވިދާޅުވެއްޖެ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިންގެ ބާރުގެ ދަށުން، ރަޝިޔާ ސިފައިން މިންސްކް (ބެލަރޫސްގެ މިހާރުގެ ވެރިރަށް) މިނިވަންކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ލުކަޝެންކޯ ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބެލަރޫސްގެ ތާއީދު އޮތީ ރަޝިޔާ އަށް ކަމަށެވެ. އަދި ކުރިމަގުގައި ވެސް ޔޫކްރޭން ހަނގުރާމައިގައި ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނާޒީ ހަރަކާތްތަކާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއާ އެކުގައި އޮތް ހަމައެކަނި ގައުމަށް ވީތީ، މިއަދު އަހަރެމެންނަށް ދަނީ ފާޑުކިޔުންތައް ކުރިމަތިވަމުން. އަހަރެމެން ރަޝިޔާ އަށް ތާއީދުކުރަން، އަދި ދެމިއޮންނާނީ ވެސް ތާއީދުކުރާ ގައުމެއްގެ ގޮތުގައި،" ރައީސް ލުކަޝެންކޯ ވިދާޅުވި އެވެ.
"އަހަރެމެންނާއި ރަޝިޔަން ފެޑެރޭޝަނާ ދެމެދުގައި އޮތް ގާތް ގުޅުން، އަހަރެމެންނަށް ފާޑު ކިޔާ މީހުންނަށް ފަހަރެއްގައި ނޭނގެނީ ކަންނޭނގެ. އަހަރެމެންގެ ދެ ގައުމުގައި އޮތީ ހުރިހާ ގޮތަކުން ގުޅިފައި އޮތް ލަޝްކަރެއް. ކަލޭމެންނަށް (ބެލަރޫސްގެ ރައްޔިތުންނަށް) މި ހުރިހާ ހަގީގަތެއް ރަނގަޅަށް އެނގޭނެ. އަހަރެމެން ދެމިތިބޭނީ ބެލަރޫސްގެ އެއްބަނޑު އެއްބަފާ ރަޝިޔާއާ އެކުގައި."
ރައީސް ލުކަޝެންކޯގެ މި ވާހަކަތަކާ ގުޅޭ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ބެލަރޫސްގެ ހަރަކާތްތަކާ މެދު ރަނގަޅަށް ފާރަވެރިވާންޖެހޭ ފަދަ އިޝާރާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މައިގަނޑު ތިން ދިމާއަކުން ދިން ހަމަލާތަކުންނެވެ. ޔޫކްރޭންގެ ހުޅަނގު އުތުރު ސަރަހައްދުން ހަމަލާތައް ދިނީ، އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމުގެ ނަމުގައި އެ ދުވަސްވަރު ބެލަރޫސަށް ގޮސް ތިބި ރަޝިޔާ ސިފައިންނެވެ.
ޔޫކްރޭންގެ އަސްކަރީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިހާރު ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގެ ކޮންމެވެސް ހިސާބަކުން ބެލަރޫސް ސިފައިން ވެސް، ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 July 2022
އެހެންވެ ގައުގެ ރައްތުން ވަޒީފާނެތި ހުޅަނގުގެ ގައުމުތަކުގަ މަސައްކަތް ކުރަނީ! ހުދުމުހުތާރު ވެރިންނައް ރޫސްގެ ދަށުގަ އޮތަސް ކުރާނެ އަސަރެއް ނޯންނާނެ! ދިރިއުމުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވެގެން ރައްތުން ނިކުމެ އެރިކު ހޮނިކާގެ ވެރިކަން ބަދަލުކުރީ! މިހާރު އިރުމަތީ ޖަރުމަނަކީވެސް ހުޅަގުގެ އެހެން ގައުމުތަކާ އެއްވަރައް ދިރިއުޅޫމުގެ ފެންވަރު ރަނގަޅުވެފަ އޮތްތަނެއް! ހަމަ އެގޮތައް ސޯވިއެޓު ޔޫނިއަނުގަ އޮތްގަމު ތައްވެސް މިނިވަންވާން ބޭނުންވީ
ރަދީފްއޮފިޝަލް
05 July 2022
ރަޝިޔާ އަދި ބެލްރަޝިއަން އިކޮނޮމީ ، އަންއެމްޕޮލޮއިމެންޓް އަދި ޖޮބްމާކެޓްގެ ދިރާސާއެއް ހެދުމަށް ސަލީމަށް ނަސޭހަތްތެރިވަން. މިކަމުގަ ވަޒީރުގެ އެހީތެރިކަން ސަލީމަށް ދިނުމުގެ ގަރާރުގަ ސޮއިކޮށްފިން.
ސަލީމު އިދުރީސް
05 July 2022
ބުނަން ތިކަމުގެ މިސާލަކީ ނައިޖޭރީއާއާ ނޯވޭ! ނައިޖޭރިއާ އެއީ ގުދުރަތީ ހުރިހާ ވަސީލަތެއް ހުރި އަދި ދުނިއޭގެ ނިސްބަތުން ތެޔޮބޭރުކުރާ މިއްވަރު ގިނަގައުމެއް ހަމަ ނޯވޭގަ ވެސް ގުދުރަތީ ވަސީލަތް ވިއްކައިގެން ޔޫރަފުގަ ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމެއް! އެކަމަކު ނައިޖޭރިޔާ ރައްޔިތުން އުޅޭ ހާލުބަލާބަލަ! ޑިމޮކުރާސީ ހަރުދާނާ ގައުތަކުގަ ގައުމުގަ ހުރި އެއްޗަކީ ރައްތުންގެ އެއްޗެތި! މާފިއާންގެ އެއްޗެއްނޫން
ބީރުބޮލު ވަޒީރު.
05 July 2022
ސަލީމޫ! ހާދަ މަޢުލޫމާތު މަދޭ ސަލީމުގެ. އަހަރެން ރައްޓެއްސެއް އުޅޭ ސަޢުދީގެ ޓީޗަރަކަށް. އެއީ އިނގިރޭސި ވިލާތުގެ ކުއްޖެއް. އޭނާ ބުނީ ސަޢުދީ މާ ފަސޭހައޭ ދިރިއުޅެން. މުސާރަވެސް މާ ރަގަޅޭ. ގަތަރު ޔޫއޭއީ ކުވޭތު މިއީ ތިއަބުނާ ޑިމޮކްރަސީ އޮތް ގައުމުތަކެއް ނޫން. އެކަމަކު އެތަންތަނުގެ ވަޒީފާތަކުގައި ގިނައިން ތިބީ ތިއަބުނާ ޔޫރަޕުގެ ކަނޑުކޮހުން. ސަލީމް އިދުރީސު ތިއަހުރީ ޔޫރަޕުގެ މެންޓެލެއް އަޅުވާފަހެން ވަރަށް ހީވޭ.
ސަލީމު އިދުރީސް
05 July 2022
ބުނަން ބީރުބޮލު ވަޒީރު ތިބުނާ ޔޫރަފު ކަނޑު ކޮހުން ނުތިބޭނެ ފާހާނަ ސާފުކުރާށާ ކެފޭތަކު ބަދެގެއަކު އެމިހުން ތިބޭނީ އުނގަނައި ދިނުންފަދަ ދުނިއެ އާސްތުކުރުގެ މަކަތުގަ! އުފަން ގައުމުން ނައްޓާލާނީ ދިހަގުނަ ބޮޑުކޮއް އެމިހުންނާ ނުލައި ނުވާ ދުނިއެ އާރާސްތު ކުރަން އެހީވާ މަސައްކަތްތަކައް! ބަލާ ދުބާއީ ހުރިހާކަމެއްގަ ބޮޑުންނައް ތިބޭނީ އެމިހުން! އެމިހުންގެ ފުރިހަމަ ބެލުމުގެ ދަށުން އެތަން ހިނގަނީ! ބީރުބޮލު ފަދަނަމެއްގަ ކޮމެއްޓު ކުރާއިރު ތިފަދަ ކޮސްނުގޮވާ
ނުރަބޯ
04 July 2022
ޔުކްރެއިން ދެން އަބަދުވެސް އޮންނާނީ ރަޝިޔާގެ ބައެއްގެ ގޮތުގައި އިންޝާﷲ.
ރަދީފްއޮފިޝަލް
04 July 2022
ސާބަހޭ ލުކަޝެންކޯ.ތީ ހަމަ މޭންއެއް.މިފަހަރު ވަރަށް ރަނގަޅަށް ޖޯކަރު ގިއްގަޅުވާލަން ޖެހޭނެ.ވ.ވެދުން
އަބޫބަކުރުބެ
04 July 2022
ދިވެހިންވެސް މިތިބީ ރަޝިޔާއާއެކު.