އިންޑިއާ އިން ފެނުނު ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތައް -- ފޮޓޯ: އެމްއެފްޑީއޭ
05 ޖުލައި 2022 - 14:52
ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އިންޑިއާ އިން ރިޕޯޓްކޮށްފައި ވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންގެ ސަމާލުކަމަށް މިއަދު އެކަން ގެނެސްފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ، ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއް ކަމަށްވާ Thyronorm 100 mcg ގެ ކައުންޓަފީޑް ނުވަތަ ފޭކް ޕްރޮޑަކްޓެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގަފާއިވާ ކަމަށެވެ.
އެ ބޭހުގެ ކައުންޓަފީޓް ބެޗުތަކާ ބެހޭ މައުލޫމާތު އެ އޮތޯރިޓީން ވަނީ އެ ބަޔާނާ އެކު އާންމުކޮށްފަ އެވެ. އެ ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހުގެ ކައުންޓަފީޓް ބެޗުތަކާ ބެހޭ މައުލޫމާތު.
އެ އޮތޯރިޓީން ބުނީ އެ ބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެ އޮފީހުގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި ރިޕޯޓްކުރަން އެދިފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ޕޯސްޓް އޮފް އެންޓްރީގައި އެ ބާވަތުގެ ބޭސް އެތެރެކުރޭތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮޑް
06 July 2022
ތައިރޮއިޑް ނޫންތަ ކިޔާ އުޅެނީ؟
އަބްޖީ
05 July 2022
ތިބޭފުޅުން ކަންބޮޑު ނުވޭތަ ދިވެހިންކާ ދޮންކެއޮލަށް ފާޑުފާޑުގެ ކެމިކަލް ޖަހައިގެން ގަދަކަމުން ދޮންކޮށްގެން އެއްޗެއްހި ހުއްޓުމެއްނެތި ވިއްކާއިރު، އެފަދަ ކެމިކަލުގަ ކެންސަރަށް މަގުފަހިކުރާ މާއްދާއެކުލެވޭކަމާށް އެބަބުނޭ. އާބާދީގެ ނިސްބަތުން މިހާގިނަ ކެންސަރުގެ ބަލިމީހުން ފެންނައިރު ގައުމަކުން ކޮއްލާ ޕޯސްޓަކުން އަންނަ އިންޒާއެއް ބަލާލުމަށްފަހުން މިފަދަވާހަކަ މީހުހުގެ ސަމާލުކަމަށް ނުގެންނަނީ ކީއްވެ؟؟
ހުސްނުހީނާ
05 July 2022
މިއީ ތައިލެންޑުގަ ހަދާފަހުރި ރޮޑުތަކެއް ދޯ؟