ހިންނަވަރު: އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށް.
07 ޖުލައި 2022 - 10:23
ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުއަށް ހަރަދުކުރާނީ ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 83.8 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނެނީ 1000 އަކަފޫޓުގެ 50 ރޯ ހައުސް އާއި 700 އަކަ ފޫޓުގެ 50 ރޯ ހައުސް އެވެ. ދެބައި ކުޅަ އެއްބައި ރޯ ހައުސް ހަދަނީ ދެ ބުރިއަށެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ހިމެނޭނެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށާ ފާރާއި އެތަނުައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ޔުނިޓްތައް ވަށައިގެން އަލިކޮށް، މައިޒާނަކާއި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަވެސް0
07 July 2022
އެންމެންގެ ޓެކްސް ފައިސާތޯ ؟ އެންމެން ނަމުގައި ނެގި ދަރަނިތޯ؟ ޅ އަތޮޅު ހިންނަވަރު ރައްޔިތުން ނޫން ބަޔަކަށް ތިޔަ ތަންތަނަށް ލެވޭތޯ؟ ހާދަ ކޮމެންޓެއް ނެތޭ.
މަސްއޫލު
07 July 2022
މިހާރު ގިނަ ރައްތަކުން އިއުލާން ކުރާ ހައުސިންގ އަށް ރަށު މީހުން ނޫން މީހުނަށް ލެވޭ. ގެޒެޓް ބަލަމުން ދާނަމަ ަެއެނގޭނެ
މާލެ ބޮޑު މީހާ
07 July 2022
ފޮސްކަލޯ! ގާދޫކޮލުން ބޭރަށް ވިސްނުން ހިންގާލީމަ ފެންނާނެ އެހެން ރަށް ރަށުން މާލޭ މީހުންނަށް ލިބިފަ ހުރި ފުލެޓް އަދި ގޯތި! މާލޭ މީހުންނަށް 10 މިލިޔަން ރުފިޔާގެ ބިން މުޅިން ހިލޭ! ޙިންނަވަރު މީހުންނަށް 3 މިލިޔަން ދީފަ ގަންނަން މިލިބެނި ކޮތަރު ކޮށްޓެއް! ނަސްލީ ތަފާތުކުރުން ހުއްޓާލާ!
ރައްޔިތުންނޭ އިބުރާހީމް ފުޅާ ފެއަށް ޖެހޭ
07 July 2022
ބަލަ އިބުރާހީމް ފުޅުބެ އަކީ އެކަހަލަ މީހެއް އަދި ކިރިޔާތަ ތި އެނގެނީ އޭނައަކީ ޓީ ޗަރުންނަށް ނަމެއްގަ މުސާރަ ބޮޑު ކޮށްފަ ދެންތިބި އެންމެނަށް ޖީއެސްޓީ ބޮޑުކުރި މީހާނޫންތަ އޭނައަކީ ޗޮއިސްއެއް ނޫން ގައިގާ ދުރަށް
1443
07 July 2022
ނިކަން ދެކި ބަލަ ވަޠަނަށް ލޯބި ނެތް މީހަކު ގައުމަށް ލޯބި ހުންނާނެތޯ 2010 ގަ ހިއްކި ގޮތަށް ވައްލަ ބިސްއަލަން ފަސްގނޑު ބާއްވާފަ އޭރުއްސުރެ ހުރީ އިބުރާހީމް ފުޅު 12 އަހަރު އޭނަ ހީންގޮވައިނުލާ ހަރަކަތެއްނެތި މިހަރު ދެން އެހެން ރަށަރަށުގަ ފްލެޓްއަޅައި އުލޭތަން ފެނިގެން ރައްޔިތުން ތެޅިގަތީމަ އެ ހިރިލަނީ ކިރިޔާ މިވަރުގެ މީހަކު ތިމާއަކީ ޗޮއިސްއެކޭ ބުނީމަ މަހަމަ ބޯ އަނބުރާ ހޮޑުލެވެން އުޅެނީ
ރާނާ މޫކޭ
07 July 2022
މިބިން ވެސް މާލެ ކައިރި ބިން ވެސް ހިއްކީ ދިވެހި ދައުލަތުން! ހިންނަވަރު މީހުންގެ ހައްގު ކޮބާ؟ މާލޭ މީހުންނަށް ބިން ހިއްކާފަ 10 މިލިއަން ރުފިޔާގެ އަގުހުރި 4000އަކަ ފޫޓް ގޯތި ހިލޭ! ޙިންނަވަރު މީހުންނަށް 2މިލިޔަން ރުފިޔާ އަށް ގަންނަން މިޖެހެނި ކޮތަރު ކޮއްޓެއް! ނޯ ރޭސިޒަމް!
އެމްސް
07 July 2022
ނަސްލީ އިމްތިޔާޒް ފެށުނީ ދިވެހިންނާއި ހިސާބުންނެވެ!
@ރާމާ
07 July 2022
ބަލަ ހިންނަވަރު އިބުރާހީމް ފުޅު ނޫންތޯ ހުރީ ތި ކަންކަމަށް ލެފިފަ ތަންފީޒީ އިދާރާގެ ވެރިޔަކީ ވެސް އޭނަ
ސެމްސް
07 July 2022
ނަސްލީ އިމްތިޔާޒް ފެށުނީ ބޯހިޔާވަހިކަމުން މާލެ މީހުން ވިޔަފާރި ކުރަން ފެށި ހިސާބުންނެވެ!
ސާލިހުބޭ
07 July 2022
ތި ރަށުންވެސް މާލެފަދައިން ގޯތި ހިލޭ ދިންނަމަ ދޯ؟؟؟؟؟ ހަތަރުކަށިމަތިހަމަވާ މާލެ މީހެއްވީމަ ހިލޭ 10 މިލިއަންގެ ގޯއްޗެއް މުޅިން ހިލޭ. ރާއްޖޭގެ ހުރިހާ ރަށެއްގަ ވެސް މިހެން ހިއްކާފަހުރި ބިން ތަކުން ގޯތި ދޭންޖެހޭ! މިބިން ވެސް މާލެ ކައިރި ބިން ވެސް ހިއްކީ ދިވެހި ދައުލަތުން! ހިންނަވަރު މީހުންގެ ހައްގު ކޮބާ؟ ނޯ ރޭސިޒަމް!
ޢާދަމްބެ
07 July 2022
ތި ރަށުންވެސް މާލެފަދައިން ގޯތި ހިލޭ ދިންނަމަ ދޯ؟؟؟؟؟ ހަތަރުކަށިމަތިހަމަވާ މާލެ މީހެއްވީމަ ހިލޭ 10 މިލިއަންގެ ގޯއްޗެއް މުޅިން ހިލޭ. ރާއްޖޭގެ ހުރިހާ ރަށެއްގަ ވެސް މިހެން ހިއްކާފަހުރި ބިން ތަކުން ގޯތި ދޭންޖެހޭ! މިބިން ވެސް މާލެ ކައިރި ބިން ވެސް ހިއްކީ ދިވެހި ދައުލަތުން!
ބަކުންބެ
07 July 2022
ތި ރަށުންވެސް މާލެފަދައިން ގޯތި ހިލޭ ދިންނަމަ ދޯ؟؟؟؟؟ ހަތަރުކަށިމަތިހަމަވާ މާލެ މީހެއްވީމަ ހިލޭ 10 މިލިއަންގެ ގޯއްޗެއް މުޅިން ހިލޭ. މަސައްކަތް ނުކޮށް ކުލިން ދިރިއުޅުން ހަމަޖެއްސުމުގެ ސަޤާފަތް ނައްތާލަންޖެހޭ
ށަވިޔަނި
07 July 2022
ނިމޭނެތަ؟
ރަދީފްއޮފިޝަލް
07 July 2022
ޔުނިޓެއްގެ އަގު ގާތް ގަނޑަކަށް +8 ލައްކަ . ރައްޔަތު މީހާއަށް 1.5 މިލިއަނަށް ދެއްތޯ!!!