އެމްއެންޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް: ގޮތަބަޔާއަށް ހިމާޔަތް ދިން މައްސަލަ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
13 ޖުލައި 2022 - 12:03
ސްރީ ލަންކާގެ ރައީސް ގޮތަޔަބާ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގަތުމުން ރާއްޖެ އިން އޭނާ އަށް ހިމާޔަތް ދިން މައްސަލަ ބަލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އާންމުން ރިޔާސީ ގަނޑުވަރަށް ވަދެގަތުމާ އެކު ގޮތަބަޔާ އާއި އޭނާގެ އާއިލާ ރޭ މެންދަމު ވަނީ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރު އޮތީ މި މައްސަލައިގައި ހިމޭނުންނެވެ. މި މައްސަލައާ ގުޅުން ހުރި، މި ސަރުކާރުގެ އެއްވެސް ވެރިއަކު މީޑިއާ އަށް ޖަވާބުދާރީއެއް ނުވެ އެވެ.
އެމްއެންޕީއިން މިއަދު ބުނީ ގޮތަބަޔާއަށް ހިމާޔަތް ދިނުމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
ގޮތަބަޔާއަށް ހިމާޔަތް ދިން މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް ނުބުންޏަސް ބޭރުގެ މީޑިއާތަކުން ބުނާގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ހުއްދަދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށެވެ. އަދި ނަޝީދު ރޭ މެންދަމު އެއާޕޯޓަށް ވެސް ވަޑައިގަތެވެ.
ގޮތަބަޔާ އަށް ރާއްޖެ އިން ހިމާޔަތް ދީފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި މިއަދުން ފެށިގެން އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ގޮތަބަޔާ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވިޔަސް، އޭނާ މިހާރު އިސްތިއުފާ ދެއްވާނެ ކަމަށް ނުބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެ އެވެ. އަދި ގޮތަބަޔާ ރާއްޖޭގައި ހުންނެވި ތަނެއް ވެސް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރިދޯޅު
15 July 2022
މަޖްލިސް މެމަބަރެއްގެ ކުފޫ ހަމަނުވޭ .
ލިންކު
15 July 2022
ސިންގަޕޫރަށް ދިޔަ ގޮތުގެ މައްސަލަވެސް ހިމަނާލީމަ ފުރިހަމަވާނެ
ތަކުރު2
14 July 2022
މިފަހަރު ހުރިހާ ގަލެއް ފުރޮލާތި!!
ޖާބެ
14 July 2022
ކޮބާހޭ ޑރ. އަފްރާޝީމުގެ ޤާތިލުން ލަދުގަނޭބާ؟
އަޙުމަދު.
14 July 2022
ޢަބުﷲ ރިޔާޒު ތިޔަހީކުރާނީ މީ ނާޒިމާ ދެމީހުން ބަޣާވަތް ކުރިދަސް ކަމަށްތާ ؟ ގޮޓަބަޔާ އަކީ ގާއުމެއްގެ ރައީސެެެވެ. ތަންދޮރު އޮޅުން ނުފިލާތީ ރައީސްއޮފީހަށް ވެސް ވަނީ. އެހެރީ ރައީސް އޮފީސް ގޮސް ވަދެބަލަ. މީއެދުވަހެއްނޫން. މަޖިލީހުގެ ގޮނޑިއަކަށް އާދެވުނީމަ ލައްކައެކޭ ހީވެގެން ނޫޅޭށެވެ. ޑިޕްލޮމެޓިކް ސިޔާސަތު ރޭވިފައި އޮންނަނީ އަބްދުﷲ ރިޔާޒު ބޭނުވާހާ ގޮތަކަށް ނޫނެވެ.
މަ ލަދުގަނޭ ކިޔަވާކުއްގެއްގެ ހައިސިއްޔަރުން
14 July 2022
މި ލަންކާ މީހުން މަށާ ބެހޭ އެބަ މިހާރު، ކަލޯމެނާ ހެދި މިތާހުރެ ކިޔެވޭވަރެއްވެސް ނޫން
މިކޮމެންޓް ސެކްޟަން ރަނގަޅަށް ހިންގާތި
14 July 2022
ރާއްޖޭގައި ކޮންސްޓިޓިއުޟަނަލް މޮނާކީ ވިތް ޑިމޮކްރަސީ ކިހިނެތްވާނި؟
ކުޗޭ
13 July 2022
ގޯޓާގެ އިސްތިއުފާގެ ސީޓީއާ ހަވާލު ވެވޭނެ ގޮތެއް ފެނޭތޯ ބަލާބަލަ ރިޔާޒޫ…
ޢަހުމަދު.
13 July 2022
ހިއްވަރެއް ހުރިއްޔާ ނިކަން ގޮތަބަޔާގެ މައްސަލަ މަޖިލިހަށް ވައްދަބަމަ. ޖެހިގެން އަންނަ ދުވަހު ފެބް 7 ގައި ގަވައިދާޚިލާފަށް ރައީސްއޮފީހަށް ވަދެ އެއޮފީހުން މަޖިސް އަށް ފޮނުވަން ލިޔެފަ އޮތްސިޓީއެއް ގަދަކަމުން އަތުލަޢިގެން ގެންދިޔަ މައްސަލަވެސް ވައްދާނަން. އޮޅިގެން ނޫޅޭށެވެ.
އަލީބަލީ.
13 July 2022
ކޮންފަދަ ހިމާޔަތެއްތަ؟ އެއީ ގައުމެއްގެ ރައީސް އޭ! ސްރީލަންކާގެ ޕާސްޕޯޓުއޮތް ކޮންމެ މީހަކަށްވެސް ރާއްޖެއަށް އައުމުގެ ހުއްދަ އޮވޭ!