ވިޔަފާރި / އެމްޓީސީސީ

ކުޑަގިރީގައި ތަރައްގީ ކުރާ މިސްކިތުގެ މަސައްކަތް ނިމެނީ

ޕިކްނިކް އައިލެންޑް، ކުޑަގިރީގައި އަޅާ މިސްކިތް ---ފޮޓޯ: އެމްޓީސީސީ

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރީގައި އަޅާ މިސްކިތުގެ މަސައްކަތް ނިމެން ކައިރި ވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މާލެ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރާ ކުޑަގިރީގައި އަޅާ މިސްކިތުގެ 70 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުންޏެވެ.

"މިހާރު ކުރިއަށް ދަނީ ސީލިންގް ކުރުމާއި ނިންމުމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތްތައް،" އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

ފެނަކައިގެ އެހީގައި އަޅާ 150 މީހުންގެ ޖާގައިގެ އެ މިސްކިތުގެ ބިންގާ އެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކުޑަގިރީގެ ފާލަން އެޅުމުގެ މަސައްކަތުގެ 80 ޕަސެންޓު މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިއަދު އެމްޓީސީސީން ބުންޏެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކުޑަގިރި ތަރައްގީކުރުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމައި، މިމަހުގެ 26 ވަނަ ދުވަހު އެ ރަށް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޝްރޫއަކީ 41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންކަށި

15 July 2022

މަށަކަށް ނުކެރޭނެ ތިޔަ ތަނަށް ދާކަށް، ތިޔަ ރަށުގެ ނަން ބަދަލު ނުކުރަނީހެއް.

The name is already taken The name is available. Register?

ރަގަޅަށްވެސް

15 July 2022

މިހާރު ކޮންމެހެންވެސް އެބަ އެރަށުގެ ނަން ބަދަލުކުރަންޖެހޭ. ނަން ބަދަލުކުރިއަސް އެތަނުގަ އެކަން ނުހިނގާނެ ކަމުގެ ގެރެންޓީއެއްވެސް އެކަމު ނެތް.

The name is already taken The name is available. Register?

ވާނުވާ.

15 July 2022

ކޮން ގިރިއެއް ގަތަ މަސް މިގަންނަނީ އެންމެގިނައިން؟

The name is already taken The name is available. Register?

ދާއިމީރަށެއްތަ

15 July 2022

ރަށްރަށާއި ފަޅުތަކާއި ގިރިތައް ވިއްކާ މީހަކަށް ދެންވެސް ވެރިކަމަށް އާދެވިއްޖެނަމަ ތިތަންވެސް ވިއްކާލާނެކަމީ ޔަގީންކަމެއް. އޭރަކުން ބުނާނެ ދިވެހިން އަތުގައި ފައިސާ އެބައޮތޭ، ދިވެހިން ޗުއްޓީއަށް ދާނީ ބޭރު ގައުމުތަކަށޭ. ކުރިންވެސް ތިކަހަލަ ރަށެއް އޮތް. އެރަށް ވިއްކާލި އިރު ބުނީ ރަށް ތަރައްގީކުރާނީ ދިވެހިންނަށް ދެވޭގޮތަށޭ. އެއީ އެއްގޮތަކުން ދޮގު ވާހަކައެއްވެސް ނޫން. ފައިސާއޮތް ކޮންމެ މީހަކަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެވިދާނެ.

The name is already taken The name is available. Register?

އަބްޑޫޅް

15 July 2022

"އައިލެންޑް" އަށް ދިވެހިބަހުން ކިޔާނެ ބަހެއް، ފަހެ ސަފުން ނެތީ ބާވަ؟

The name is already taken The name is available. Register?

އަބްޑޫޅް

15 July 2022

ކޮބާ މުންނާރު؟

The name is already taken The name is available. Register?

ޏންނެއްގޮލާ

15 July 2022

ސްޕީކަރު ހުއްޓަ ކީއްކުރާ މުންނާރެއް. މި މޮސްކިތުގެ ޑިޒައިން ވަރައް ކަމުދޭ.ދިވެހި ވަންތަ ވަރައް.ގުއްބު ލާފަހުން ނަ ޑިޒައިން އެހާ ކަމަކުނުދޭ.ސަގާފީ ދިވެހި މިސްކިއްތައް މާ ރީތި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 July 2022

އެތައް ޒަމާނެއްވަންދެން ދައުލަތުގެ ޙަޒާނާއިން ހޭދަކޮށް ތަރައްޤީކުރި STELCO އަކީ ކ.އަތޮޅު މާލޭ ކުންފުންޏަކަށް ހެދުމަށްފަހު ދެވަނަ ދަރަޖައިގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްދިނުމަށް ދަބަރު ޖެނަރޭޓަރުތަކެއް ދީގެން ހެދި ކުންފުނި "ފެނަކަ" އިންވެސް އެންމެފަހުން މިޖެހުނީ މިޤައްދަސް ރަށްކޮޅުގެ ބޭޅާމެން ޕިކްނިކްދާނެ ރަށް ތަރައްޤީ ކޮށްދޭން. # ތިއަށް ވުރެން ރަނގަޅެއްނޫންތޯ ކުންފުނިން ރަށްރަށުގައި ދެމުންގެންދާ "ފިޔަޖަހާ ކަރަންޓް" ރަނގަޅު ކުރީއްޔާ.

The name is already taken The name is available. Register?

1234567

15 July 2022

މާލޭ ރަށްވެހިންނަނީ މާލޭގައި ދިރިއުލޭ ދިވެހި ރައްޔަތުންގެ ކިތައް އިންސައްތަ؟ ސްޓެލްކޯއިން ދޭ ޚިދްމަތް މި ހުޅުވާ ޕިކްނިކް އައިލެންޑް ބޭނުންކުރާނީ މާލޭއަށް ނިސްބަތްވާ މާލޭގައި ރަޖިސްޓަރީވެފައި ތިބި ރައްޔަތުން އެކަނިތަ؟ ސަރުކާރަށް ތި ކިޔާ އެއްޗެއް ކިޔާބަލަ. މާލޭގައި އަލިފާންފޮށި ސައިޒުގެ ތަންތަން ކޮޅުގައި ދިރިއުޅޭ ހަގީގީ މާލޭ ރައްޔަތުންނަށް އެއްޗެތި ކިއުން ހުއްޓާލަބަލަ. ތީ ރޭސިޒަމް.

The name is already taken The name is available. Register?

ދި ވެހިން

15 July 2022

ރަނގަޅު އެއްގޮތެއްވެސް ނޯއްނަ ދިވެހިން ގިނަވެ، ފަސާދަ އަށް މަގުފަހިވެ ނިމިއްޖެކަމުގެ ސާފު ހެކި.

The name is already taken The name is available. Register?

ހިރިމުލާ

15 July 2022

ފަސާދައަށް މަގުފަހިވެ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދެން ފެށީ ދައުލަތުގެ ޙަޒާނާއި މުައްސަނދި ކަމުގެ މައްޗަށް ވަކިރަށެއްގެ ބިންވެރިން ވެރިވެގަނެ އެހެން މީހުން ބިކަކުރީމަ ކަމެއް ނޭގޭތަ ؟

The name is already taken The name is available. Register?

ދެޓް

14 July 2022

150 މަދު.. 250 ވަރު ނަމަ އޯކޭ. އެނީވޭ ގުޑް ވޯރކް.

The name is already taken The name is available. Register?

ފަހުދު

14 July 2022

ހާދަ ގިރި ގިނަވެއްޖެޔޭ

The name is already taken The name is available. Register?

ޑްރަމް

15 July 2022

މިކަމާއި ނުގުޅުވާ.. ހިނިވެސް އަތުވެއްޖެ..ހެހެހ

The name is already taken The name is available. Register?

އ

14 July 2022

ކޮންމެވެސް އެހެން ނަމެއް ތިރަށައް ކިޔަންވީނުން.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

14 July 2022

ގިރިއޭ ބުނާއިރަށް މަދަނީ މިހާރު ފިއްކަނޑައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454