2015 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި މީހަކު ގެންދަނީ
01 ޖެނުއަރީ 2017 - 14:53
ރިޔާޒް (ޖެނުއަރީ 1) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި އީރާން މީހުން ބައިވެރިވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައުދީ ސަރުކާރުން ރަސްމީކޮށް ތެހެރާނަށް ދައުވަތު ފޮނުވައިފި އެވެ.
ދެ ގައުމުގެ މެދުގައި މިދިޔަ އަހަރު އުފެދުނު ސިޔާސީ މައްސަލަތަކުގެ ސަބަބުން އީރާނުގެ ހައްޖުވެރިން މިދިޔަ އަހަރު ހައްޖަކަށް ނުދެ އެވެ.
އަލް ހަޔާތު ދުވަހު ނޫހުން ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން 80 އަށް ވުރެ ގިނަ ގައުމާ އެކު ހައްޖު މިނިސްޓަރު މުހައްމަދު ބެންތިން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. މި ގޮތުން އީރާނުގެ ވަފުދެއް ސައުދީ އށް ދިއުމަށް ދައުވަތު ފޮނުވާފައިވާ ކަމަށް ވެސް ނޫހުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން 1.8 މިލިއަން މުސްލިމުން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި އިރު އީރާން މީހުން ސައުދީ އަށް ދަތުރު ނުކުރީ ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ކަނޑާލާފައިވާތީ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޝިއައީ ޝެއިޚަކަށް ސައުދީން މަރުގެ އަދަބު ދިނުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ތެހެރާނުގައި ހުންން ސައުދީ އެމްބަސީގައި އަލިފާން ޖެހި މައްސަލައިގަ އެވެ. އޭގެ އިތުރުން 2015 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ފިތިގެން މީހުން މަރުވި މައްސަލާގައި އީރާނުން ވަނީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ހައްޖުގައި ހިނގި އެ ހާދިސާގައި 2،300 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އީރާނުގެ 464 ހައްޖާޖީން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
02 January 2017
މި ދުނިޔޭގައި ބިލިއަނަކައްވުރެ ގިނަ ކަސްޓަމަރުން އެބަތިބި. ތި ދެބައި ގުޅިލައިގެންވެސް މި ހުރިހާކަސްޓަމަރުންގެ ބޯކައިލައިގެން ލާރިކޮޅު ދަމައިގަނެވޭނެ. އެހާ އަމިއްލައެދުމުން ފޯވާކައް ނުޖެހޭނެ. ދެ ގައުމުގެ އިކޮނޮމީވެސް ރަގަޅު ވާނެ.
ދޮންބެ
02 January 2017
ޝީޢީން މާތްވެގެންވާ ގެފުޅަށް ވައްދަން ޖެހޭތަ؟
އަލީ
02 January 2017
އެއާއިލާގެ ވެރިކަން ނިމޭދުވަކަން މިނިވަން ގައުމަކަށްވާނި. އިރާނަކީ ޑިމޮކެޓިކް ވެރިކަމެއް ހިނގާ ރަގަޅު ސިސްޓަމެއްއޮތް ޤައުމެއް.
ވައްހާބު
01 January 2017
ސުއޫދުގެ އާއިލާ މީހުން ހީވަނީ މައްކާއާއި މަދީނާއަކީ މިމީހުން ވިޔަފާރިކުރަން ލިބިފައިއޮތް މުދާ ގަނޑެއްކަމަށް، މިއީ ހުރިހާ އިސްލާމުންގެ ތަނެއް، އެތަނުން ލިބޭ ފައިސާ އަޅުކަމަށްދާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައްކުރުމަށް ދެވޭ ހިދުމަތްތަކަށް ކަނޑާފަ ހުރިހާ މުސްލިމު ގައުމުތަކަށް ބަހަން ޖެހޭނެ
އިވޭތޭ
01 January 2017
ހައްޖާއި ބެހޭ ގޮތުން އިރާނު ޖެހޭނީ ސައުދީން ބުނާ ގޮތެއް ހަދަން އެވެ. އެނިމުނީ އެވެ. އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. އަންޑަރސްޓޫޑް. އިރާނަށް އަޑު އިވޭތޭ މަމެން ޕިންކީން މިކިޔާ އެއްޗެއް ރަނގަޅަށް.
ޢަލީ
01 January 2017
ސައުދީ އަރަބިޔާއަކީ ސައުދުގެ ޤައުމު. އެއީ ކިންޑަމްއެއް. ސައުދު އާއިލާއިން ބޭނުންވާގޮތަކަށް ކަންކަންކުރާނި. އެއާއިލާގެ ވެރިކަން ނިމޭދުވަކަން މިނިވަން ގައުމަކަށްވާނި. އިރާނަކީ ޑިމޮކެޓިކް ވެރިކަމެއް ހިނގާ ރަގަޅު ސިސްޓަމެއްއޮތް ޤައުމެއް.
ބަކުރު އެންޑް ޒުބޭރް
01 January 2017
ސިޔާސީ ކަންކަމުގެ ތެރެއަށް ދީން ނުވައްދާ!!
އަލީ
02 January 2017
ސައޫދީ މިކަން މިކުރަނީ ކޮންމެހެން އެހެން މީހުންނައް ރަގަޅަކައް ނުވަތަ ހެޔޮއެދޭތީކީ ނޫން. ޙަމަ ލާރިޔައް. ދީނަކީ ޕޮލިޓިކްސް އާ ވަކި ކުރެވޭނެ އެއްޗެއް ނޫން. އަދި ފަތުރުވެރިކަމާ އިކޮނޮމީ އާވެސް ވަކި ނުކުރެވޭނެ. މިއީ ލަންކާ މީހުންނާ ރާއްޖޭގެ މީހުންނާ ފަތުރުވެރިކަމައް ވާދަ ކުރާހެން އެވެރިންވެސް އެއުޅެނީ!
އަބްދު
01 January 2017
ސައުދީ މީ ކޮންބަޔެއް އީރާނު މީހުންގެ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ހުއްޓުވަން، ކާފަރު ގައުމު ތަކާ ގުޅިގެން. މައްކާ އާއި މަދީނާ އަކީ ހަމަ އެކަނި ސައުދީންގެ ތަނެއް ނޫން. ޙުރިހާ މުސްލިމުންގެ ތަނެއް. ޢީރާނާ ގުޅިގެން އެއީ ހުރިހާ މުސްލިމުންގެ ތަނަކަށް ހަދަން މަ ތާއީދު.
ކިންގްސަލްމާން
01 January 2017
ސައުދީއިން ނޫޅޭ ސިޔައީ އިރާނު މީހުން ހުއްޓުވަން. އިރާނު މީހުން ކަންތައް ބޮޑީ. ނެނގެންޏާ ކޮމެންޓް ނުކޮށް ހުރޭ
ރަދީފް އެންޑް ރަފައިދާ
01 January 2017
އެބުނީ ތެދެއް. ކުރީފަހަރު އެތައްބައެއް މަރުވީވެސް އިރާނުގެ ހައްޖުވެރިންތަކެއް، ބުނާގޮތްނަހަދާ "ވަންވޭ"އެއް ފަޅާލުމުން.