ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް
17 ޖުލައި 2022 - 12:02
ސަރުކާރު ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއެކު، އައްޑު އާއި ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ އެވެ.
މިދިޔަ މަހުގެ 28 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކޯޓުތަކުގެ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ވާ ގޮތުން ހައި ކޯޓާއި އެ ކޯޓުގެ ހުރިހާ އަޑުއެހުމެއް ހިނގާނީ މާލޭގަ އެވެ. އަދި ހައި ކޯޓަށް އައްޔަންކުރާ ހުރިހާ ފަނޑިޔާރުން ތިއްބަވާނީ ވެސް މާލޭގައި ކަމަށް އެ އިސްލާހުގައި ބުނެފައި ވެ އެވެ.
އެ ބިލު ތަސްދީގު ކުރުމާއެކު، އައްޑޫގައި ގާއިމު ކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮތްޕާއި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ އުތުރު ގޮފި އުވި، ހުރިހާ މައްސަލައެއް މާލޭގެ ހައި ކޯޓަށް ބަދަލު ވާނެ އެވެ.
އެ ގާނޫނުގައި މިހާރު ބުނާ ގޮތުން އައްޑު އާއި ކުޅުދުއްފުށީގައި ހައި ކޯޓުގެ މިލްކުވެރިކަމުގައި ހުރި ހުރިހާ މުދަލާއި ފައިސާ އަދި ވަސީލަތްތައް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުވާނެ އެވެ.
ޑީޖޭއޭ އިން އެ ގޮފިތަކުގައި މަސައްކަތް ކުރަމުން ދިޔަ މުއައްޒަފުންނަށް އެއާ އެއް ފެންވަރެއްގެ ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ހަމަޖައްސައި މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން ނިންމަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
އެހެން ވަޒީފާއެއް ހަމަޖެހެންދެން އެ މުވައްޒަފުން ތިބޭނީ ޑީޖޭއޭގެ މީހުންގެ ގޮތުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެ އެވެ.
ހައި ކޯޓުގެ ގޮފިތައް އުފައްދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކާއެކު އެވެ. ނަމަވެސް އެ ގޮފިތައް އުވައިލުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގެ ދަށުން ވެފައިވާ ވައުދެކެވެ.
ސަރުކާރުން ވަނީ މެޖިސްޓްރޭޓްތަކުގެ ބަދަލުގައި ޑިސްޓްރިކްޓް ކޯޓުތައް އުފައްދަން ވެސް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 July 2022
ވޯޓްހޯދަން ވިއްކި މެނިފެސްޓޯ ވީނުވީ ތަނެއް ނޭގި ދައުރު ހަމަކުރަމުންދާމީހާއާއި އެޖަންޑާ 19 ގެ "ދޮގު ވައުދުވެގެން" ސުޕަރ މެޖޯރިޓީ ހޯދިމީހުންގެ ދައުރު ނިންމާންވާނީ ޤާނޫނަކުން "ދިވެހި ރާއްޖެ އަކީ ކ.އަތޮޅު މާލެ" ކަމަށް ހަދާފަ. # އަދި މިދެންނެވި ޤާނޫނުގެދަށުން ކައިވެނި ކުރުމަށާއި، ވިހެއުމަށް، އައިޑީ ކާޑާއި ޕާސްޕޯޓް، ލައިސެންސްގެ އިތުރުން ސްކޫލް ތަކުގެ ދަރިވަރުން ބައިވެރިވާ ހުރިހާ އިންތިޙާނުތައްވެސް އޮންނާނީ "މުޤައްދަސް ރަށްކޮޅުގައި" ކަމަށް ހަދާ.
1828
18 July 2022
އަފީފު ދީދީ ރުޅި މަޑު
ގެދާނޯމޮސް
17 July 2022
ހައިކޯޓުގެ އެންމެ އިދިކޮޅުމީހުން ގިނަ އޮފިތައް އުވާލަން ނިންމި ނިންމުމެކެވެ.
އޮނަރަބްލް އަފީފު ދީދީ
17 July 2022
އެމްޑީޕީގެ ސްޕަރމެޖޯރިޓީ މަޖިލީހަކާއި އެކުގައި ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީއާއި ޑިސެންޓްރްލައިޒް ސިޔާސަތު ދަނީ ކުރިއަށްތޯ ފަހަތަށްތޯ ވިސްނާލުން ރަނގަޅު. # މިއީ ރައްޔިތުނާއި ކައިރިން ހިދުމަތްދިނުމަށް ލާމަރުކަޒުކުރުން ދޮންވެ ފައްކާވާގޮތް ކަމުގައިވާނަމަ ޑިސެންޓަރަލައިޒް ކުރުމަށްވުރެން ރާއްޖޭގެ ރައްޔިތުނަށް ފައިދާބޮޑުވެގެންވަނީ ވޯޓްފޮށި މަތީގައި ބަނޑުއަޅާ "މައުމޫނިޒަމް" ކަމަށް ދެކި ރައްޔިތުން ފޫހިވާ ޒަމާން އޮތީ ދުރުގައެއްނޫން އިގޭތޯ.
1828
17 July 2022
އެ ބޭ. "އެ ބިލު ތަސްދީގު ކުރުމާއެކު، އައްޑޫގައި ގާއިމު ކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮތްޕާއި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ އުތުރު ގޮފި އުވި، ހުރިހާ މައްސަލައެއް މާލޭގެ ހައި ކޯޓަށް ބަދަލު ވާނެ އެވެ." އެދެ ކޯޓްގެ ކަރަންޓް، އިންޓަނެޓް، ފެން، އާބާތުރަ ފިލުވުމަށް ކުރާ ޚަރަދު އަދި އިދާރީ ހިންގުމަށް ހިނގާ ޚަރަދު ދެން ނުހިނގާނެ.
ވާގިނެތް މުއައްސަސާތައް
17 July 2022
ވަރަށް ޢާއްމު ކަމެކެވެ ތިމާމީހާ ކޮނޑުހަ އޮތީ ތަޞްދީގުކުރުން އެކަންޏެއް ނޫނެވެ ވާކޮށްފަ ހުރި މުވައްސަސަާތަށް ވާގިޖައްސާ ތަންފީޒުކިރުމަކީ ހަމަ ތިމާމީހާގެ ކޮނޑުގައި އޮތް ޒިންަމާ އެކެވެ އެޒިންމާ ނޫފުލާ ބިރުހީވެ ހީކަރުވާފަ މަތާރންފިލާ މަތީ ގާނޫތައް ހުރެ ހިރަފުސް އަރާފުރިއްޖެއެވެ
ރަ އީސު
17 July 2022
އަދި ޤަރާރަކުން ސިޓީ ތައް އުވިގެންދާ އިރު ދެން އެ ސިޠީ ތައް ބަދަލުވާނީ އަތޮޅު ތަކަށް
ހިބިރިންބެއްޔާގެ ކުޑަސޮރު
17 July 2022
އެމްޑީޕީގެ ދެގޮފި ބައިކުރާބިލެއް ފާސްކޮށް ތަސްދީޤުކޮށްބަލަ.
1828ްް
17 July 2022
ދައުލަތުގެ ޚަރަދު ބޮޑުތަނުން ކުޑަކުރަން އެބަޖެހޭ. ކޮންމެ ރަށެއްގައި ސްކޫލް، ހޮސްޕިޓަލް، ކޯޓް، ޕޮލިސް ސްޓޭޝަން، ބަނދަރު، ނަރުދަމާ، އެއަރޕޯޓް. މިއީ ދައުލަތައް ކުޅަދާނަވާވަރުގެ ކަންކަމެއްނޫން. އޭގެ ބަދަލުގައި އެއްފަސްކުރަން އެބަޖެހޭ. އޭގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެ. މިއީވެސް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް،
އެ ބޭ
17 July 2022
ތިޔަކިޔާ ބޮޑުތަނަކީ ކޮންތާކު އޮތްތަނެއްތަ؟ މަ ވެސް ބޭނުމޭ ބޮޑުތަން ބަލަން.
ބޮޑުނަ
17 July 2022
އެބެއަކަށް ނޭނގޭތަ ބޮޑުތަންތަން. ޏ.ފުވައްމުލަ. ލ.ގަން. އަދި މާލެއަކީ ކުރިން ވަރަށް ކުޑަރަށެއް. މިހާރު މަޑުމަޑުން އަތޮޅަކަށް ބަދަލުވެއްޖެ. އެއީ ހުޅުމާލެ، ވިލިނގިލި، ގުޅިފަޅު، ތިލަފުށި، ގިރާވަރުފަޅު. މާލޭގެ ބޮޑުކަން ހިތައް ގެނެސްބެލަ
ރަދީފްއޮފިޝަލް
17 July 2022
ތިހެން ތަސްދީގު ކުރާ ބިލަކުން ރައީސް އުވޭނެ ގޮތެއް ނެތް ތަ!!!