ވިޔަފާރި / ޕަބްލިކް ޓްރާންސްޕޯޓް

މާލޭގައި މިނީ ބަސްތައް ބޭނުންކުރަން ފެށުމުން އެހެން އުޅަނދުތައް މަދުކުރެވޭނެ: އާޒިމް

މިނި ބަސް. އެމްޓީސީސީން ވަނީ 36 މިނި ބަސް ރާއްޖެ ގެނެސްފައި--ފޮޓޯ:މިހާރު

އާންމު ދަތުރުފަތުރަށް ބޭނުންކުރަން ގެނައި މިނީ ބަސްތަކުގެ ސަބަބުން، މާލޭގައި ދުއްވާ ކާރާއި ސައިކަލް މަދުކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް އޭނާ ވިދާޅުވީ، އެމްޓީސީސީން ގެނައި 36 ބަހުގެ ތެރެއިން މާލޭގެ އެތެރޭގެ ދަތުރުތަކުގައި 12 ބަސް ބޭނުން ކުރާނެ ކަމަށެވެ.

އެ ބަސްތައް ދުއްވަން އެ ކުންފުނިން ނިންމާފައި ވަނީ ބޮޑެތި މަގުތަކުގަ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑް މަގު ހިމެނެ އެވެ. ބަސް ދަތުރުތަކުގެ ރޫޓް ކަނޑައަޅަމުން އަންނައިރު އަދި އަގުތަކެއް އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.

"ކަނޑައެޅިފައިވާ ގަޑިތަކަށް ބަސް ދަތުރުތައް ބާއްވައި، ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން. ރައްޔިތުންގެ އިތުބާރު ލިބޭ ހިދުމަތަކަށް ވެއްޖެ ނަމަ ކާރާއި ސައިކަލް މަގުމަތީ ދުއްވާ ވަރު މަދު ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މާލޭގެ ބޮޑެތި މަގުތަކުގައި ބަސްތައް ދުއްވޭނީ، އެ ވެހިކަލްތައް ބަސް ސްޓޮޕްތަކުގައި ވެސް ބަހަށް މަޑުކުރާނެ ޖާގަ ލިބިގެންނެވެ. އެހެންވެ، އެ މަގުތަކުގައި ބަސް ސްޓޮޕްތައް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ނަމަވެސް އާޒިމް ވިދާޅުވީ، އެކަން ކުރަން ސިޓީ ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ބަސް ސްޓޮޕްތައް ހަދަން ސިޓީ ކައުންސިލުން ޖަވާބެއް ނުދޭ. މިއީ މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން،" އޭނާ ވިދާޅުވި އެވެ.

އެ އުނދަގޫތަކާ އެކު ވެސް އެމްޓީސީސީން ބޭނުންވަނީ މި މަސް ނިމޭ އިރު މިނީ ބަހުގެ ހިދުމަތް މާލޭގައި ދިނުމަށެވެ.

މިނި ބަހުގައި 22 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެ އެވެ. މާލޭގެ އެކި ހިސާބުތަކުން ކޮންމެ 10 މިނިޓަކުން ބަސް ދަތުރުތައް ބާއްވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މާލޭގެ އިތުުރުން އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

12 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫރުން

18 July 2022

އެއްޕެރޮޖެކްޓެއް ފަށަން އިފްތިތާހު ކުރަން ބޮޑު ހަރަދެއްކޮށްފަ ޖަލްސާބާވާފަ ޖަލްސާއިން ބޮޑުނަ ކައިބޮއެ މަޖާކޮށްފަ ފެށިކަންތައް ނުފެށި އަނެއްކާ އަނެއްކަމެއް މި ފަށަނީ ފޮނި އަނގަ ކަނޑާފަ ރައްޔިތުން ފެލަންވެގެން ޓެކްސީތަކުގެ އަގު ޓެކްސީ ދުއްވާމީހުން ހަދާގެން އާންމުން ފެލާއިރު ޓްރާންޕޯޓް މިނިސްޓަރ މޭކަޕްކޮށްގެން ފިނިކޮޓަރިކޮޅުގަ. ޓްރާންސްޕޯޓްކަންތަށްވެސް މިހާރު އެމްޓީޓީސީ މީހުންނާ ހަވާލު ކުރީތަ އެކަމަނާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

އެވޭލާޒަމާނުގައި ތިރަށުގައިތިބި "ރަދުންނާއި ރަނިންގެ ދުއްޕާން ޖެހުނު ފަދައިން" ތިޔަ މުޤައްދަސް ރަށްކޮޅަކީ ރާއްޖޭގެ ރައްޔިތުންގެމައްޗަށް ފާވެފައިއޮތް ބޮޑު ވަބާއަކަށް ވެއްޖެ. # މިކަމުން އަރައިގަތުމަށްޓަކާ އެންމެން އެއްބަސްކިޔާފައި މަޖިލީހުގައިތިބި ކ.އަތޮޅު މާލެނޫން ރަށްރަށުގެ މެންބަރުން ނިކުމެ "ޤާނޫނުއަސާސީ އިސްލާޙްކޮށް 2030 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިރަށަކީ ލ.ގަން" ކަމަށް ކަޑައަޅާ އެކަމުގެ ތައްޔާރީތައް ވުމަށް ސަރުކާރަށް އަމުރު ކުރަންޖެހޭ.

The name is already taken The name is available. Register?

ޕިރްލޯ

17 July 2022

ކަލޭ މަހަށް ދޭބަލަ

The name is already taken The name is available. Register?

ފުށިފަރު

17 July 2022

ކުރަން ލަސްވެޖެކަމެއް.

The name is already taken The name is available. Register?

ގުރާ

18 July 2022

ތާއީދު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

ހަދާންވޭ އެއްޒަމާނެއްގައި އެސްޓީއޯގެ ވެރިއަކަށް ހުރިމީހާ "ކިރެއް ގެނެސްގެން" އޭގެ މޮޅުވާހަކަ ދެއްކި ހަދާން. # އެދުވަހު "ނޫފަހި" ބްރޭންޑްގެ ބާޒާރު ފުޅާވެގެން ދާއިރު ނިއުޒީލަންޑް، އޮސްޓްރޭލިއާ، ޖަރުމަނާއި ބެލްޖިއަމް ފަދަ ޤައުމުތަކުގެ ރައްޔިތުންވެސް "ނޫފަހި ކިރު ނޫން އެއްޗެއް ނުބޯނެ" ހެން ހީވެ އެކަން ޤަބޫލުކޮށް ދައުލަތާއި ރައްޔަށް ޙިއްސާވާ ކުންފުނި ހިންގާންހުރި "އާޒިމް އާދަން" ކިޔާ މީހާއަށް ތައުރީފުގެ ބަސްތައް ބުނެމުންދިޔަ. ތިވެސް އެފަދަ ކަމެއް.

The name is already taken The name is available. Register?

މީނާކުސީ

17 July 2022

މާލޭގެ އާބާދީގެ ބޮޑުބަޔަކީ ގަވައިދާއިހިލާފަށްއުޅޭ ބިދޭސީން، ދެން އެސޮރުމެން އެޖަހާ ޖަންކުސަން މަރުކާގެ ސެންޓު ޖަހައިގެން ބޭނުންތާކަށް ބަހުގަ ދާންވީ ދޮޅަކަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

ކަލޯމެން ދައްކާ "ފޮނިވާހަކަ" މޮޅުވެގެން އުޅޭ ބަޔަކުވެސް ތިބޭނެ. ތިކަހަލަ ކޮހުން ސަރުކާރުގައި ގިނަވީމަ މާލޭ މީހުން ކުނިއުކާރަށަށް 800މ ޑޮލަރުގެ ފާލަމެއް އަޅަން ހިތަށް އައީވެސް. # ލަޤްޒަރީ އެތައް ރިސޯޓަކަށް ބިލަޔަނުން ބަޔަކު އިންވެސްޓްކޮށްގެން ތިބި ރަށްތަކެއްގެ ތެރެއިން ކާރގޯ ކޮންޓޭނަރ ބޯޓް ދަތުރުކުރާގޮތަށާއި، އެމްސްޓަޑަން، ޑާރބަން އަދި ޑްބާއީއާއި ޝެންގޒެން ޕޯޓް ފަދަ ކޮންޓެއިނާރ ޓްރާންސިޓް ބަންކަރިންގ ހިދުމަތްދޭ ބަނދަރުވެސް ހަދަނީ ތިސަރުކާރުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

ވައިގެމަގުން ރާއްޖޭގެ ރަށްތައްގުޅާލުމަށް ސަރުކާރުން އެތައް ބިލިޔަން ރުފިޔާގެ ހޭދަކުރުމަށްވުރެން އެންމެ ރަނގަޅުގޮތަކީ މިކަމަށް ބޭނުންވާ ފައިސާ ހޯދަން ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނީގެ ޙިއްސާ ރައްޔިތުނަށް އިތުރަށް ވިއްކައިގެން "އެކަށީގެންވާ އަގެއްގައި" ކުދި ބޯޓްތަކަކުން އަތޮޅުގެ އެތެރޭގެ ހުރިހާރަށްތައް ވިއުގައަށްފަހު މުޅި ރާއްޖެ ގުޅުވާލުމަށްޓަކާ އިންޓަރ އެޓޯލް ހައި ސްޕީޑް ޕެސެންޖަރ ބޯޓް ތައާރަފް ކުރުން. ތިފަދަ އިސްރާފު ނުކޮށް މިކަންކަން ކުރޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

ހުރަވީ އަދި ޢާޒީ ބިލްޑިންގ އެޅީމަ އަދި އެތައް އަހަރެއް ފަހުން ސަރުކާރުގެ އެޑްމިނިސްޓްރޭޓިވްސް ޓަވަރު VELAANAAGEލިބުމުން ކުރިއަށް އޮތް 50 އަހަރު ސަރުކާރުގެ އޮފީސް ތަކަށްބޭނުންވާ ދަތި ފިލައިގެންދިއައީ ކަމަށް ނުބުނޭތަ؟ ކޮންމެ ފަހަރަކު އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އަޕްޤުރޭޑް ކުރާއިރު ދައްކާވާހަކަ ހަދާން އެބަހުރިތަ؟ ހުޅުމާލެ ހިއްކާފައި "ރާއްޖޭގެ އެންމެނަށް ބޭނުންވާ ބިމުގެކަންކަން ހަމަޖެހުނީ" ކަމަށް ނުބުނޭތަ؟! އާޒިމް ތިދައްކަނީ އެކަހަލަ ވާހަކައެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 July 2022

ތިޔަ ބަސްތަކަކީ "މާލެއަށް ބޭނުން ނޫން އެއްޗެއްކަމަށް ބުނެ" ބަސްތައް މާލެއިން ބޭރުކުރަން އެންމެ ފުރަތަމަ ނިކުންނާނީވެސް ހަމަ ތިޔަ މާލޭގެ މީހުން. # ކަންކަން މެނޭޖްކޮށްގެން ކަންކަން ކުރާނަމަ އާޒިމް ތިޔަވިދާޅުވާގޮތަށް ކަންކަން ކުރެވިދާނެ. އެކަމަކު ވިސްނާލިނަމަ އާޒިމަށް އެތަންތަނުގެ މައުލޫމާތު އިގޭ އެމްޓީސީސީ އާއި RCNC ފަދަ ކުންފުނިތަކުން ވޭތުވެދިޔަ 15 އަހަރު އިތުރުކުރި ވެހިކަލްތަކުގެ އަދަދަށް ވިސްނާލައިފިނަމަ ތިކަން ނުވާނެކަން އިގޭނެ.

The name is already taken The name is available. Register?

ރަޝީދު3376

17 July 2022

ކޮންމެ ފަހަރަކު ލާރި ކެޑުމުގެ ބަދަލުގައި މަންތްލީ ޕާސް ތައާރަފް ކޮށްފިނަމަ ޓްރާސްޕޯޓަށް އާއްމުން ކުރަންޖެހޭ ހަރަދުތައް މެނޭޖްކުރަން ފައްސޭހަވާނެ، އަދި ބަސް ސްޓޮޮޕްތަކުގައި ދެން އަންނަ ބަސް އަންނާނެކަމަށް ލަފާކުރާ ގަޑި އެގޭނެ ގޮތް ހެދިއްޖެ ނަމަ ސަޅިވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454