ޚަބަރު / ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓް ގަންނަން ފުރުސަތު ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ތަންތަން ގަންނަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން އިއްޔެ ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ވިނަރެސް މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅާފައިވާ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 15 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ފޯމު ހުށަހަޅާ އޮންލައިން ޕޯޓަލަށް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ވަދެވޭނެ އެވެ. އެ ޕޯޓަލަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށެވެ.

ވިނަރެސް ގަންނަ މީހުންނަށް ޕޮއިންޓު ދޭ އުސޫލު:

● މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވެހިކަމެއް ނެތް ނަމަ 25 ޕޮއިންޓު.

● 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީ ގޮތުން ހަވާލުވެގެން ބަލަމުންދާ ދަރިންގެ އަދަދު.

● ދިރިއުޅޭ އެޕާޓްމަންޓުގައި އުޅޭ މީހުންގެ އަދަދު.

● ބަދިގެ އާއި ލިވިން އޭރިއާގެ ބޮޑުމިން.

● ފާހާނާގެ އަދަދާއި އެއް ފާހާނައެއް ބޭނުން ކުރާ މީހުންގެ އަދަދު.

● ހާއްސަ އެހީއަށް ބޭނުންވާ މީހެއް ހުރި ނަމަ އިތުރު 10 ޕޮއިންޓް.

ވިނަރެސް ފްލެޓުގެ 100 ޔުނިޓު ހާއްސަ ކޮށްފައި ވަނީ މާލޭގައި ރަޖިސްޓަރީ ނުވެ އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ.

އޭގެ އިތުރުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެން ނުވެ އެވެ.

"ވިނަރެސް" އަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އާއި ފިހާރަތަކާއި ޖިމް ފަދަ ތަންތަން ވެސް ހަދާނެ އެވެ. އަދި ކުނި އުކާލަން ގާބޭޖް ޝޫޓް ވެސް ހުންނާނެ އެވެ.

ފްލެޓާ ގުޅޭ އިތުރު މައުލޫމާތު:

● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު.

● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ.

● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ.

● އެޗްޑީސީ އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ.

● ފްލެޓުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގައި.

23 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 27%
icon angry icon angry 53%
icon wow icon wow 7%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮތަރުކޮށި ޤުރޫޕު މީހެއް.

19 July 2022

ފުރަހަނި ޝުއައިބް އަތުގައި ކ.އަތޮޅު މާލޭގެ 3 ބިން އޮތް ކަމުގައި ވިޔަސް އޭނާ ފުލެޓަށް ޝަރުތު ހަމަވޭތޯ ބަލާދީބަލަ ؟

The name is already taken The name is available. Register?

ޑޮންޑޮ

11 May 2023

ސަތޭކައިން ސަތޭކަ ލިބޭނެ، އޭނަ އަށް ދީފަ ބާކީ އެއްޗެއް އޮތިއްޔާ އެހެން މީހަކަށް ލިބޭނީ.

The name is already taken The name is available. Register?

ރ‫ަށުމީދާ

19 July 2022

‫ކޮންމެ ދިވެއްސަކަށްވެސް ބޭނުން ރަށަކުން ގޯތި ލިބެންޖެހޭ ރަށްވެއްއަސަކަށް ވުމަށް ގަވައިދު އިސްލާހު ކުރަންޖެހޭ ގާނޫނު އަސާސީގައި އޮތް ހަމަހަމަކަން ކޮބާތޯ...ބިމުގެ އަގާއި ކުލި އަދި ދޭ ހިދުމަތްތަށް ކިހިނެއް ހަމަހަމަ ކުރާނީ...ގޯތި ކަނަޑާފަ ފަތްލިޔުއްވާފަ ރަދުންނާ ހަވާލުކުރިޔަސް މުރާލި މަސައްކަތްތެރި ބަޔަކު ކާމިޔާބު ވާނީ...

The name is already taken The name is available. Register?

މާކުންބޭ

18 July 2022

ކިހާބޮޑު ކަމެއް އިބްރާހިމްގެ ސަރުކާރު، ރޭސިސްޓްކަމުން ދެން މީނައާ މެދު ކުރެވުނު އުއްމީދު ފެނަށް، ތިއިން ކޮންމެ އެޕާރޓްމަންޓަކަށް ދިރިއުޅެވޭނެގޮތެއް ދައުލަތުން ހަމަޖައްސަވައިނުދެވުނު ކޮންމެ މީހަކު އެލިޖިބަލްވާންޖެހޭނެ، މިއީ މާލޭގެ ހަތަރުކަށިމައްޗަށް އެކަނި ދެވެންޖެހޭ އެއްޗެއް ނޫން، އިބްރާހިމް އަށް ވޯޓް ދިނި މިފަދަ ޖަރީމާ ހިންގާކަށްނޫން.

The name is already taken The name is available. Register?

މާލޭ މީހުން

19 July 2022

ކަލޭ ހީކުރީ މީ ފަޅު ރަށެއް ކަމަށްތަ؟ މި ރަށުގެ ރައްޔިތުންގެ ހައްގޭ މީ. ނުޖެހޭ އެއްވެސް އަގެއް ނަގާކަށް. ކަލޭ އެކަނި ވޯޓުންތަ ވެރިން ހޮވަނީ. ބަލަ ކަލޭގެ ރަށުން ހިލެޔޭ ގޯތި ދިނީ ކަލެޔަށް. ލަދު ހަޔާތް ކޮބާތަ އަހަރުމެންނަށް ލައުނަތްދީފަ އަހަރުމެންގެ ރަށުން ކާން އުޅެން.

The name is already taken The name is available. Register?

ރާއްޖެތެރޭމީހ

19 July 2022

މާލޭ މީހާ، ކަލޭގެ ރަށަކީ މާލެއޭ، މާލެއަތޮޅުގަ އޮތިއްޔާ އޮތްފަޅަކީ މާލެއެއްނޫންއަދި. ހުޅުމާލެއަކީ މާލެކަމަށް ހެދިޔަސް އެއީ ވަކި މެޖިސްޓްރޭޓް ކޯޓެއްވެސް ހުންނަ ވަކިރަށެއް.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

18 July 2022

ތިޔަށް ޕޮއިންޓު އިތުރުކުރުމައްޓަކައި ކުއްޔަށް ހިފައިގެން އުޅޭ ހޮހޮޅަގަނޑުގަ އިތުރު ބަޔަކު ނިންދަވަން ވެސް ޖެހޭތަ؟

The name is already taken The name is available. Register?

މާލޭ މީހުން

19 July 2022

ނުޖެހެނެ ޕޮއިންޓް އިތުރުކުރާކަށް ރަށުގަ އަމިއްލަ ގޯތީގަ އޮތީމަ. ޑުބާއީން ފްލެޓު ގަނެބަލަ ޕޮއިންޓަކަށް ނުބަލާނެ

The name is already taken The name is available. Register?

ހުވަނދުމާ

18 July 2022

ޕޮއިންޓް ދިނުމުގެ އުޞޫލުގައި ސިޓިންގް ރޫމާއި، ކޮޓަރީގެ އަދަދާއި، ފާޚާނާގެ އަދަދާއި އަދި ބޭނުންކުރާމީހުންގެ އަދަދު ބަލަން ޖެހޭނީ އަމިއްލަ ގެދޮރުގައި އުޅޭމީހުންގެ ކަމަށް އަޅުގަނޑަށް ފެންނަނީ. ކުއްޔަށް އުޅޭ މީހުންނަށް އޮޓަމެޓިކުން މިބައިތަކަށް ވާމާކްސް ލިބެންވާނެ. ވީމާ ދިރިއުޅެނީ ކުއްޔަށްތޯ ނުވަތަ އަމިއްލަ ގެދޮރުގަތޯ ހިޔާރު ކުރެވޭނެ އޮޕްޝަނެއް އިންނަން ޖެހޭނެ. އެއީ އެތައް ބައިވަރު މާލޭ ރައްޔިތުންވެސް އުޅޭނެ ތަނެއް ނެތީމަ ކުއްޔަށް އުޅެމުން ގެންދާތީ.

The name is already taken The name is available. Register?

ޜަށުމީހާގެ

18 July 2022

100 ޕަސެންޓް ތާއީދު ކޮމެންޓެއް. ޅޮޖިކަލީ މޭކް ސެންސް.

The name is already taken The name is available. Register?

ފިކުރު

18 July 2022

މިހާތަނަށް ތިބުނާ ޝަރުތުތަށް ހަމަވާ މީހުންނަށް ލިބިފައިވަނީ ވަރަށް މަދުންނެވެ. އެހެން ނަމަވެސް ތީ އަމިއްލަ ގޯތި އަދި 600 އަކަފޫޓަށް ވުރެން ބޮޑުކޮށް ބިމާއި ފުލެޓް އޮންނަ މީހުންނަށް ދޭންވެގެން ލިޔާ ޝަރުޠުތަކެކެވެ. މިހާތަނަށް ކަންކުރަމުން އަންނަގޮތަކީ ތީއެވެ. އަދި ގޯތި ވިޔަސް ފުލެޓް ވިޔަސް އެމީހުން އަތުން ސަރުކާރަށް ނަގާފައިނުވާކަށް ފާހަގަ ކުރަމެވެ. ރައްޔިތުންނަ އޮޅުވާލަށް ތިކަހަލަ ޝަރުޠުތަށް ނުޖަހާށެވެ.

The name is already taken The name is available. Register?

ޙޖޖި

18 July 2022

މޫސާ ރަޝީދު ބޭ ލިންކް ޖަހާބަލަ

The name is already taken The name is available. Register?

ޣޖގހގ

18 July 2022

ތިތަންތަނަކީ މާލޭ އަދި ރަށްރަށުގެ މުއްސަނދި މަހުޖަނުންނާ އެމީހުންގެ ދަރިންނަށް ހާއްސަ ތަނެއް. ތިޔަތަނަށް ވަޒީފާތަކުގައުޅޭ އާދައިގެ ދަެމަރިންނަކަށް އެފޯޑެއްނުކުރެވޭނެ. މަންތްލީ އަށާރަހާސްދެއްކުނަސް ޑައުންޕޭމަންޓް ހަތަރުލައްކަ ފަސްލައްކަ ދޭނީ ކިހިނެތް. ޕެންޝަން ފަންޑުންވެސް ޑައުންޕޭމަންޓް ނުދެއްކެއޭ އެޗްޑީސީއިން ބުނީ. އިބްރާހީމްމުހައްދުސޯލިހާ އެޗްޑީސީ ދޭ ބޮލިހިލަން. ވަރަށްފޫހިވާ ބައެއް

The name is already taken The name is available. Register?

އެކާލޯ

18 July 2022

ކަލޯ ތިތަން ގަންނާނެ ވާލެއް ނުވީތަ؟

The name is already taken The name is available. Register?

ހަމް77

18 July 2022

ގަންނާނެ މީހަކު ނުވެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454