މިނީ ބަހުގެ ޓެސްޓް ދަތުރުތައް: މިނީ ބަހުގެ ހިދުމަތް އޮކްޓޫބަރުގައި ރަސްމީކޮށް ފެށޭތޯ އަންނަނީ ބަލަމުން -- ފޮޓޯ: އެމްޓީސީސީ
31 އޯގަސްޓް 2022 - 07:05
މިނީ ބަސް ފެށުމަށް ޓަކައި، މާލޭގެ ބޮޑެތި މަގުތައް އެއްކޮޅުން އަނެއްކޮޅަށް ހުސްކޮށްގެން އާންމުންނަށް އެ ދިމާވާ ހާސްކަން އެ ހިދުމަތުން ފިލުވާލެވިދާނެ ހެއްޔެވެ؟
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް، މުހަންމަދު ހިސާން އަލީ ފަހުމީގެ ޖަވާބަކީ މި އެވެ؛ "ޔަގީނެވެ".
ލައްކަ އަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ، އަދި ތޮއްޖެހިފައިވާ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ބެލެވޭ ގޮތުގައި، ސޯޅަ މީހުންގެ ޖާގައިގެ 16 ބަހުގައި އެ ހިދުމަތް އަންނަ މަހު ފަހުކޮޅު ރަސްމީކޮށް ފަށާނެ އެވެ. އޭގެ ކުރިން އަންނަ މަހުގެ މެދެއްހާ ހިސާބު އޭގެ ތަޖުރިބާ ދަތުރުތައް ފަށާނެ އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަކީ، ދަތުރުފަތުރުގެ ނިޒާމްގެ ތާރީހު ބަދަލުކޮށްލުމަށް ސަރުކާރުން ފަށާފައިވާ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބައެކެވެ. މާލޭގެ މިނީ ބަހުގެ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ، ހިނގާލައިފައި 10-15 މިނެޓުން ދެވޭ ހިސާބެއްގައި ކޮންމެ 10 މިނެޓަކުން ބަހެއް ބޭއްވުމެވެ.
މާލޭގައި މިނީ ބަހުގެ ޓެސްޓް ދަތުރުތައް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
މިނީ ބަހުގެ ދަތުރުތައް ފެށުމުން، އޭގެ މާނައަކީ އެ ބަސްތަކުން އެއް ވަގުތެއްގައި 300 ވަރަކަށް މީހުން އެއިން ދަތުރު ކުރުމެވެ. މިއީ ރެޖިސްޓްރީކޮށްފައި 600 ވަރަކަށް ޓެކްސީ އޮތްއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޓެކްސީގައި އެއްފަހަރާ ދަތުރުކުރާ ވަރުގެ އާބާދީއެކެވެ.
މާލޭގެ އާބާދީ ބޮޑުވެ، މާލޭ ތެރޭގައި ޓެކްސީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޓެކްސީ ސެންޓަރުތަކުން ފޯނެއް ނުނަގަ އެވެ. މަގުމަތިން ވެސް ޓެކްސީއެއް ގިނަ ފަހަރު ނުލިބެ އެވެ. އަދި، އަމުދުން ފަހަކަށް އައިސް މާލެ ތެރޭގެ ތަނަށް ދާން ޓެކްސީއެއް ހޯދުން ވެފައި އޮތީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއީ އާންމުންގެ ޝަކުވާ ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމެކެވެ.
"ޓެކްސީގެ ޝަކުވާތަކަކީ ވަރަށް ގިނަ ދުވަސްވީ ޝަކުވާއެއް. ހުއްޓުމެއް ނެތި ޝަކުވާ އޮތް މައްސަލައެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ މިނީ ބަހުގެ ހިދުމަތަކީ އޭގެ ހައްލު ކަމަށް،" ހިސާން ވިދާޅުވި އެވެ.
އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވި އެވެ:
"ރޫޓްތައް ބަލައިލީމަ އެނގޭނެ ބަސް ސްޓޮޕްތައް މިހިރީ އެ މީހަކު ބޭނުންވާ ކޮންމެ ތަނަކުން ނުކުމެގެން ގޮސް 10-15 މިނެޓުން ހިނގާލެވޭ ހިސާބުގައި. އަޅުގަނޑު ޕާސަނަލީ މިނީ ބަހުގައި ޓްރަޔަލް ދަތުރެއް ކޮށްފިން. އެންމެ ޕީކް ގަޑީގައި އަޅުގަނޑުގެ ގެ އިން (ހެންވޭރު ދަނޑު ކައިރިން) ރައީސް އޮފީހަށް އާދެވިއްޖެ ދިހަވަރަކަށް މިނެޓުން. މިއީ ޓެކްސީއެއްގައި ވެސް ހަމަ އާދެވޭވަރު،" އޭނާ ވިދާޅުވި އެވެ.
މިނީ ބަހުގެ ދަތުރުތަކަށް ހަދާފައިވާ ބަސް ސްޓޮޕެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
""މާލޭގައި އާންމުކޮށް ޓެކްސީގައި މީހުން މި ދަތުރު ކުރަނީ ސްކޫލަށް ދަރިފުޅު ބަލާ ނޫނީ ހޮސްޕިޓަލް ކަހަލަ ތަނަކަށް. ޓެކްސީއެއް ނުލިބިގެން ވެސް އުޅެން މި ޖެހެނީ ގިނަ ފަހަރު މި ތަންތަނަށް ދާން. މާލެ އިން ބޭރަށް [އެއާޕޯޓް/ ހުޅުމާލެ ކަހަލަ ތަނަކަށް] ދާން މިހާރު ވެސް ޓެކްސީ ހޯދުމަކީ އުނދަގޫ ކަމެއް ނޫން. މިނީ ބަހުގެ ހިދުމަތުގައި މި ދެންނެވި ތަންތަނަށް، ސްކޫލުތަކަށް، ހޮސްޕިޓަލްތައް ކައިރީގައި ބަސް ސްޓޮޕް ހުންނާނެ. އޭގެ މާނައަކީ ޓެކްސީ ނުލިބިގެން ހުންނާނެ ކަމެއް ނެތޭ. ބަސް އިހުތިޔާރުކުރާށޭ. ޔަގީން ކަމަކީ 10 މިނެޓުން ބަސް އަންނާނެކަން. އަނެއް 10 މިނެޓްގެ ތެރޭގައި ބޭނުންވާ ތަނަށް ދެވޭނެކަން."
ހިސާން ވިދާޅުވި ގޮތުގައި މިނީ ބަހާ އެކު، މާލޭގެ ދަތުރުފަތުރުގެ ތާރީހު މުޅިން ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެ ތާރީހު ބަދަލުކޮށްލެވޭނީ، އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ވެސް ލިބިގެންނެވެ. ސަބަބަކީ، ބަސް ދަތުރުކުރުމަށް ޖާގަ ދިނުމާއި ނުދިނުން ގުޅިފައި އޮތީ މަގުމަތީގެ އަހުލާގާ ކަމަށް ވުމެވެ.
"މަގުމަތީގެ ޑިސިޕްލިން މީގައި ވަރަށް މުހިންމު. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދެ ކަމެއް އޭގެ ތެރޭގައި ހިމެނޭ. އެއް ކަމަކީ އެމްބިއުލާންސަށް ޖާގަ ދިނުން. އަނެއް ކަމަކީ ޕަބްލިކް ޓްރާންސްޕޯޓަށް ޖާގަދިނުން. ސަރުކާރުގެ އިލްތިމާސް އަކީ ބަސް ދަތުރުކުރަން ވެސް ޖާގަ ދޭށޭ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަވި ކަމަކީ މި ހިދުމަތް ފަށާ ނަމަ މަޖީދީމަގުގައި ދެކޮޅަށް ދުއްވައިގެން ނޫނީ މިކަން ނުކުރެވޭނެ ކަން. އެހެންވެ މަޖީދީ މަގު ހުސްކުރަން ޖެހޭ. މި ހިދުމަތް ފެށުމުން މަޖީދީމަގާއި އަމީނީމަގުގައި ވެސް ދެން ޕިކަޕް އެއްޗެހި ބާއްވައިގެން މުދާ އެރުވުން ކަހަލަ ކަންކަން ވެސް ނުކުރުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަނެއްކާ ޕޭވްމަންޓަށް ކާރު އަރުވައިގެން ޕާކު ކުރުން ކަހަލަ ކަންކަން ވެސް ނުކުރުން."
އޭނާ ވިދާޅުވި ގޮތުގައި މިނީ ބަހުގެ ހިދުމަތުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑު ފަސޭހައެއްވެ، ޓްރެފިކްގެ މައްސަލަތަކަށް ވެސް ހައްލު ލިބުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއީ، ވެހިކަލް މަދުކުރުމަށް ދުރު މުސްތަގުބަލަކަށް އަމާޒުކޮށްފައިވާ ޕްލޭނެއްގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ޓެސްޓް ދަތުރުތައް ކުރަނީ -- ފޮޓޯ: އެމްޓީސީސީ
"ރައީސްގެ އެއް ވައުދު އެއީ މާލޭގައި ހިތްފަސޭހަ ކަމާ އެކު ދިރިއުޅެވުން. މާލޭގެ ވެހިކަލްތައް މަދުވެގެން ދިއުން. އެކަމަކު އެކަން ހައްލު ކުރާނެ ގޮތެއް ނެތި އެކަމެއް ނުކުރެވޭނެ. އޭގެ ހައްލަކީ މިނީ ބަސް. މި ހިދުމަތް ފެށީމަ ދެން އަޅުގަނޑަކަށް ހިޔެއް ނުވޭ ކޮންމެ ގެއަކު ތިން ހަތަރު ސައިކަލް ގެންގުޅެން ޖެހޭނެހެނެއް. މި ހިދުމަތް ފެށީމަ ދެން އެޅެން ހުރި ފިޔަވަޅުތައް ވެސް އެޅޭނީ. މިސާލަކަށް ވެހިކަލް އެތެރެކުރުމުގެ ކަންކަމުގައި ވެސް،" އޭނާ ވިދާޅުވި އެވެ.
މިނީ ބަސްތަކަށް މާލޭގެ ޕާކިންތަކެއް ނެގުމުން، އެ މައްސަލަ ހައްލު ކުރާނެ ގޮތުގެ ޕްލޭނެއް ވެސް ސަރުކާރުން އޮތީ ރާވައިފަ އެވެ. ހިސާން ވިދާޅުވި ގޮތުގައި މިހާރު ވެސް ޕާކިން ޒޯންތަކެއް ހަދަމުން އެބަ ދެ އެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަބަދު ވެސް ވިސްނުން މި ހުންނަނީ ގޭ ކުރިމަތީގައި ޕާކު ކުރަން. އެކަމަކު އެ ވިސްނުން އަޅުގަނޑުމެން ބަދަލުކޮށް ސިސްޓަމެޓިކް ގޮތަކަށް މިކަން މި ބަދަލުވަނީ."
އާރުޓީއެލްގެ ބަހުގެ ނިޒާމާ އެކު ސަރުކާރަށް ފާހަގަކުރެވުނު އެއް ކަމެއް ހިސާން ހިއްސާ ކުރެއްވި އެވެ. އެމްޓީސީސީ އާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑް އުފުލުނު ކަމެވެ.
"ދާދިފަހުން އެމްޓީސީސީން ބުނި ބަސް ޑްރައިވަރުންނަށް މުޅިންހެން ވެސް އަންނަނީ ޓެކްސީ ޑްރައިވަރުންނޭ،" އޭނާ ވިދާޅުވި އެވެ.
ބަސް ޑްރައިވަރަކަށް އެބަ ލިބޭ މަހަކު 15،000ރ. ވަރު. އޭނާ ޓެކްސީ ކޮށްގެން އެންމެ ގިނަ ވެގެން ވެސް މަހަކު މި ލިބެނީ 10،000ރ. ވަރު. އެކަމަކު އެއީ މުޅި ދުވާލު ވަރަށް ގިނަ މަސައްކަތްކޮށްގެން. ބަސް ޑްރައިވަރުން އެއީ ރެސްޓް ކޮށްގެން ހަ ގަޑި ހަތް ހަޑިއިރުގެ މަސައްކަތް.
"ބަސް ޑްރައިވަރަކަށް އެބަ ލިބޭ މަހަކު 15-18 ހާސް ރުފިޔާ ވަރު. އޭނާ ޓެކްސީ ކޮށްގެން އެންމެ ގިނަ ވެގެން ވެސް މަހަކު މި ލިބެނީ 25-30 ހާސް ވަރު. ވަރު. އެކަމަކު އެއީ މުޅި ދުވާލު ވަރަށް ގިނަ މަސައްކަތްކޮށްގެން. ބަސް ޑްރައިވަރުން އެއީ ރެސްޓް ކޮށްގެން ހަ ގަޑި ހަތް ހަޑިއިރުގެ މަސައްކަތް. އަނެއްކާ ސްޓޭބަލް ވަޒީފާއެއް،" އޭނާ ވިދާޅުވި އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމާ އެކު ޓެކްސީ ޑްރައިވަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށް ހިސާން ވެސް ގަބޫލުކުރައްވަ އެވެ.
"ބަހުގެ ހިދުމަތް ފެށުމުން އެތެރޭގެ ދަތުރުތަކަށް ބޮޑަށް ބަސް ބޭނުންކުރާނެ ކަމަށް ފެނޭ. އެހެން ނަމަވެސް ޓެކްސީ އަށް ވެސް ޑިމާންޑް އޮންނާނެ. ޓެކްސީ ބޭނުންކުރާނެ މީހުން ހަމަ ތިބޭނެ. އެއާޕޯޓް އަދި ހުޅުމާލެ އަށް ދިއުމަށް ޓެކްސީ އަށް އެރުން ދެމި އޮންނާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ ބަހުގެ ހިދުމަތުގެ ފައިދާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބި މާލެ އަކީ ހިތް ފަސޭހަ ތަނަކަށް ހެދުން."
މިނީ ބަހުގެ ހިދުމަތަކީ މާލޭގައި ކުރިން ވެސް ޓެސްޓްކޮށްފައިވާ ނިޒާމެކެވެ. އެކަމަކު އޭރު އެކަން ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ. އޭރު ޝަކުވާއަކަށް ވީ ވެސް އެކަމަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ބަސް ނުލިބުމާއި މަގުތައް ތާށިވުމާއި ގަޑިއަށް ބަސްތައް ނޯންނަ ކަމުގެ ޝަކުވާއެކެވެ. އެ ހިދުމަތް ދިން ކުންފުނި މި މަސައްކަތުން އަތްފޮޅާލި އިރު ކުންފުނި އޮތީ ބަނގުރޫޓުވެފަ އެވެ.
މިނީ ބަހަށް ހަދާފައިވާ ބަސް ސްޓޮޕަކުން ބަޔަކު ދުއްވާފައި ދަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެކަމަކު އެމްޓީސީސީން މި ހިދުމަތް މާލޭގައި މި ފަށަނީ ޒަމާނީ ބަސްތަކަކާ އެކު، މަގުތަކުގައި ޖާގަ ވެސް ހެދުމަށް ފަހު އެވެ. އަދި، އެ ކުންފުނީގެ އެ ތަޖުރިބާ ވެސް އެބަހުއްޓެވެ. ސަރުކާރުން ބަލަނީ، މިއީ ކާމިޔާބު ވެދާނެ މަޝްރޫއެއްގެ ގޮތުގަ އެވެ.
"އާރުޓީއެލްގެ މަޝްރޫއަކީ ދަތުރުފަތުރުގެ މުޅި ނިޒާމް ބަދަލުކޮށްލާނެ މަޝްރޫއެއް. މިސާކަށް ފެރީގެ ނިޒާމް. ފެރީއާ އެކު ވެސް މީހުންނަށް އެ މީހުންގެ ދިރިއުޅުމަށް އައިސްފައި ހުރި ބަދަލުތައް ވަރަށް ބޮޑަށް ފެންނަން މިހިރީ. މުޅި ރާއްޖެ އަށް މީތި ދިޔައީމަ ރާއްޖެ ބަދަލުކޮށްލާނެ ނިޒާމެއް މިއީ." ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ ގޮތުން ވެސް ހަމަ ދަންނަވަން ބޭނުންވާ އެއްޗެއް. މިއީ ވަރަށް ބޭނުންތެރި ނިޒާމެއް. ޒަމާންވީ އުނދަގޫތަކަކަށް ނިމުން މި އަންނަނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަ
01 September 2022
ބަސް ދަތުރުތައް ރަސްމީކޮށް ނުފަށަނީސް ބަސް ސްޓޮޕްގެ ބޯޑުތައް ތިހެން ފެންނަ ގޮތަށް ބެހެއްޓީމަ ފަތުރުވެރިންނަށް ނުއޮޅޭނެތަ؟ ތި ނިވާކޮށްފަ ބަހައްޓަބަލަ އިހަށް.
ވަކީލްް
01 September 2022
ބޮންދުންތައް މަސައްކަތަށް ގޮސް އައިސް ހަދާ އެއްޗަކަށް ބަސް ވެއްޖެނަމަ އެދިޔައީ ހުރިހާކަމެއް.
ބޮންދުންވެސް
01 September 2022
ބޮންދު ވެއްޖިއްޔާ ބަހުގަ ދަތުރުކުރުމުގެ ހައްގު ނޯންނަނީތަ. ބޮންދަކަށްވީތީއޭ ކިޔާފަ ދަތުރު ނުކުރަންވީ ސަބަބެއްނެތް. އޭމީހުންވެސް ލާރިދީގެން ދަތުރުކުރަންވީ. އެމީހުން އަރާތީއޭ ކިޔާފަ ބަހުން ދަތުރުނުކޮށް ދިވެހިންވެސް ނުތިބެންވީ. މީގަ ބަސްޑްރައިވަރުން ބަލަންވީ ދަތުރުކުރަން އަރާއިރު އެމީހާ ހުންނަނީ އެހެންމީހުންނަށް އުނދަގޫނުވާނެ ގޮތަކަށްތޯ
މަގޭ ޚިޔާލު
31 August 2022
10 މިނެޓު މަޑުކޮށް 10 މިނެޓުން ދެވޭނެޔޭ ތިބުނާ އެއްޗެއް ރަނގަޅެއްނޫން. އެއީ ރޫޓަށާ ފްރީކުއެންސީއަށް ބަލާފަ. އަނެއްކާ 10 މިނެޓުން ބަހެއް މާ މަދު. މިއޮއް ތޮއްޖެހިފަވާ މާލޭގަ 5މިނެޓަކުން ބަހެއް ހުރުން ލާޒިމު. އެއީ ގާތްގަނޑަކަށް ރޫޓަކަށް 4 ބަސް. އެންމެ 22 މީހުން އެރެންޏާ، އޮފީސް ގަޑި، ސްކޫލު ގަޑިތަކުގަ ފުލުފުލުން ބަސް އޮތުން މުހިންމު.
ބަސްދުއްވި
01 September 2022
އަވަސް އަވަހަށް ބަސްއޮތަސް ބަސްފުރޭނެ ގަޑިތަކެއް އޮންނާނެ. ޚާއްސަކޮށް ވިއްސާރަ ދުވަސްކޮޅު. ބުއްދިވެރިގޮތަކީ އެކަންއެގޮތައް ހިނގާނެކަން ދަނެގެން ދުރާލާ ތައްޔާރުވެގެން ބަހައްއަރަ ދިއުން. ވަގުތަށް ކަމޭހިތުމަކީ މުހިންމުކަމެއް.
000000
02 September 2022
ހެހެ ޓިޕިކަލް ދިވެހި ވިސްނުން ތީ. ކެތްތެރިކަމެއް ނުހުރޭ
ރާއްޖެ
31 August 2022
ބަސް ޑްރައިވަރެއްގެ މުސާރަ އެއީ ޑިގްރީ ނަރުހަކަަށް ވެސް ލިބޭ ވަރު. ޓެކްސީ ޑްރައިވަރަކަށް އެ ލިބެނީ މެޑިކަލް އޮފިސަރަކަށް ލިބޭ ވަރު. ސިވިލް ސާވިސް މުސާރަ އޮނިގަނޑު މިއީ ޒަމާނަށް ނުފެތޭ އެއްޗެއް.
ވަޑި
01 September 2022
މިޤައުމުގަ މަސައްކަތްކުރާ މާވަޑިއަކަށް 30000ށް ވުރެ އިތުރަށް ލިބޭ. ވެލްޑަރަކު މަހުގެ ހަފްތާއަކު މަސައްކަތްކޮށްފައި އެމަހު ނިދަންއޮންނަވަރަށް ލިބޭ. އެކިމަސައްކަތްކުރާ މީހުންނަށް ލިބޭވަރު ތަފާތުވުމަކީ މައްސަލައެއްނޫން. މަސައްކަތުގެ އަގަކީ ސަޕްލައި އެންޑް ޑިމާންޑަށް ބަރޯސާ ވާއެއްޗެއް. މުސާރަ ބޮޑުކުރުމަކީ އިންފްލޭޝަން ކޮންޓްރޯލްކުރަން ފިޔަވަޅުނާޅާ ކުރަންއަމުދުން ކަމުދާމެއްނޫން. ލިބޭމުސާރައިން އުޅެވޭނެގޮތްވުން މުހިންމީ. މުސާރަ ބޮޑުވުމެއްނޫން.
ޒޯނޭ
02 September 2022
ބަލަ ބަސްޑުރަވަރުން ކުރަނީ ވަރަށް ރިސްކީ ކަމެކޭ. މޭޒު ދޮށުގަ މިނިސްޓުރީ ތެރެއަކު ނޫނޭ ތިބެނީ
އަފްރާސިޔާބު
31 August 2022
ތިޔަކަމަކީ އާންމު ރައްޔިތުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއް. ކާރެއް ހޯދަން ނަންބަރުތަކަށް ގުޅާގުޅާ ވަރުބަލިވާއިރުވެސް ފޯނެއް ނުނަގާ. ނަގައިފިއްޔާ ބުނާނެ މިވަގުތު ހުރިހާ ކާރެއް ބިޒީއޭ. ދެން މަގުމަތިން ހުސްޓެކްސީއެއްދާތީ އަތްނެގީމާ މަގުމެދަށް މަޑުކޮށްފާ ބިއްލޫރިގަނޑު ތިރިކޮށްފާ އަހާލާނެ ކޮންތާކަށްހޭ ދަނީ. ހެންވޭރުގައި ހުރެފައި އައިޖީއެމްއެޗަށޭ ބުނެފިއްޔާ ބުނާނެ އެކޮޅަށް ދެވޭކަށްނެތޭ. ދެން ބަސްޑްރައިވަރު ނާހާނެދޯ ދާތަނެއް؟
ލާރި ޑުރައިވަރު
01 September 2022
ލާރި އައިގެން ބޫތު ކައިފަ ތިބޭ ބައެއް ހަމަ
މިލާން
31 August 2022
ތަހުޒީބު ގައުމުތަކުގައި އާއްމުކޮއް މީހުން ބޭނުން ކުރާތަން ފެންނަނީ ބައިސްކަލު. ދެން އުޅޭތަން ފެންނަނީ ހިނގާފައި. އެއީ މީހާ ހަރަކާތްތެރިކޮއް އުޅެން ސިއްހީ ގޮތުންވެސް އެގޮތް ރަނގަޅުވީމަ. މަވެސް 8 އަހަރު ޔޫރަޕް އެންމެ ތަރައްގީ ގައުމެއްގައިވެސް އުޅެފިން. ސައިކަލާ ޓެކްސީއާ އެމީހުން ވަރަށް ދުރު. އޭގެ ބަދަލުގައި ވީހާވެސް ގިނައިން ހިގާފައި ނޫނި ބައިސްކަލުގައި ވަޒީފާ ތަންތަނަށްވެސް ދާތަން ފެންނަނީ އެމީހުން. ދެން ބޭނުން ކުރަނީ ޕަބްލިކް ޓުރާންސްޕޯޓް.
ރ އަތޮޅު ސޮރެެއް
31 August 2022
އަހަރުމެން މިއޮތް ކުޑަ ރަށުގައިވެސް ކޮންމެ ގެެއެއްގަ ޖެހެއޯ ސައިކަލެއް އިންނަން. އެޔޯލަ ތަރައްގީއަކީ. އެހެންނޫނި އެއީ ލަދުވެތިކަމެކޯ ދަށްވެސް ކަމެކޯ. ސިކުނޑިތައް ނުވޭ ތަރައްގީއެއް. މަ ހުވައި!
އައިފޯން
31 August 2022
ރާއްޖެމީހުންގެ ތަރައްގީއާތަހުޒީބުގެ ވިސްނުން އަދި ހުރީ އެފްރިކާ ލެވަލްގައި. ދެންވިސްނާ ވާނެ ހައެތި
މީދޫ
31 August 2022
މިތާ އަދި މީހުންގެ ތަހުޒީބު ހުރީ ރަށުތެރަ ދުންއަރުވާފަ ސައިކަލާކާރު ދުއްވަ ހިސާބުގަ. އެހެން ތިބެތިބެ އެންމެން ފަލަވެ ހަޑިވެއްޖެ. ކައިކައިގެން ދުއްވީމަ ވަނީ ފަލަ ދެންޖެހެނީ ހަކުރުބައްޔާ ކޮލެސްޓުރޯލާ ބީޕީއާ ލެއްވިހާ ބައްޔެއް
އޯޕަންސޯސް
31 August 2022
އައިފޯނު، ހާދަ އެފްރިކާ ދައްކޮށްލީ؟ ތީ ތިބުނާ ތަހުޒީބުދޯ؟ ސްޓީރިއޯޓައިޕު ކުރާއިރު އެފްރިކާގަ ރާއްޖެއަށްވުރެ އެތައް ގުނައެއް ކުރިއަރާފަހުރި ޤައުމުތައް ގިނަ. ތައުލީމާ ރިސާޗުގެ ގޮތުން ވިޔަސް އެތައް ޤައުމެއް ރާއްޖެއަށްވުރެ ކުރީގާ އުޅެނީ. އެކަމަކު އެމީހުންވެސް ކޮރަޕްޓުވީމާ އެ ކުރިނާރާ އެއުޅެނީ ހުޅަނގަށްވުރެ. ރާއްޖޭގަވެސް މިހާރު މިފެތުރޭ ކޮރަޕްޝަނާ ޣައްދާރުވުން. ވީމާ މިކަމުގަވެސް ވަކި މިހާރު ރާއްޖެ ރަނގަޅެކޭ ނުބުނެވޭނެ.
ޓޯޓި
31 August 2022
ބަންގާޅިން ބަހަށް އަރާނޯ ދޮންކޭލޯ ރިހާކުރޭ ކިޔައިގެން މިތަނުގައި ކޮމެންޓު ކުރަނީ ހަމަ ސީދާ ޓެކްސީ މީހުން. އަސްލު މައްސަލައިގެ ފޯކަސް އަނބުރާ ޓެކްސީ ތަކަށް އޮތް ޑިމާންޑު ގެއްލޭނެކަން އިގޭތީ ތެޅެނީ. ބަލަގަ ކަލޭމެން ދެން ކީއްވެތަ ބަންގާޅިން ދާ ހޮޓާ ތަކަށް ގޮސް ހަދަނީ އެމީހުން ބަހަށް އަރައޭ ތިކިޔަނީ؟ ކެކެކެ. ހާދަ ވަރެއް ވާތަން އެބަ ފެނޭ ޓެކްސީ ގުރޫޕަށް މިކަމަކާ. ދެން ހަޖަމް ކޮއްލާ. ރައްޔިތުންނަށް މާ ބޮޑު ކަމެއް ނޫން ބަހުގައި ދަތުރު ކުރުމަކީ މިހާރު.
ާއުނިމާ
31 August 2022
ބޭރުމީހުން އަރާފަ ދިވެހިންނަށް ނޯއްނާނެ ވާހަކަ މިބުނަނީ...
ދެން
01 September 2022
ބޭރު މީހުންނަށް ބަހުގެ އެއްފަޅި ހާއްސަ ކުރީމަ ނިމުނީނު
އޮންނާނެ
01 September 2022
ބޭރުމީހުންވެސް ބަހުގަ ދާން ކިއުގަޖެހޭނީ. ދިވެހިންވެސް ޖެހޭނީ ކިއުގަ. ކިއުގެ ކުރިއަށްއަރަން ދިވެހިންވެސް ދަސްކުރީމަ އެނިމުނީ. ގަޑިޖެހެން 2 މިނެޓަށްވީމަ ބަހައް އަރަންގޮސް ނޭރުނޭ އޮތީ ބޭރުމީހުނޭ ކިޔަކަސް ނުވާނެ. ދެން އެކިގައުމުތަކުގެ މީހުންނަށް ބަހުން ވަކިހިސާބެއް ވަކި ސީޓެއް ކަނޑައެޅުމަކީވެސް ނަސްލީ ތަފާތުކުރުން ނޫނީ ކޮންކަމެއް.
ޝީޗީ
31 August 2022
ބަސް ފުރެންދެން ބިދޭސީން އަރާފަ މަމެންނަށް ޖާގައެއް އޮންނާނެތަ...މުޅިބަހުގަ އޮންނާނީ ބަންގާޅު ވަހުން ސެންޓުލެވިފަ
ފޭސް2
31 August 2022
ދެން ކަލޭ ނާރަގަ. އަހަރުން އޯކޭއޭ މިހާރުވެސް އަރަމޭ
ވަސްވަސް
31 August 2022
ދިވެހިންވެސް ނުބައި ވަސްދުވާ މީހުން ތިބެ
މުށިމުށި
31 August 2022
ޓެކްސީ ޑްރައިވަރަކު މަހަކު ތިރީސްހާސް ރުފިޔާ ނަގާ. އެވެސް ފަސޭހަ ގަޑިތަކުގައި މަސައްކަތްކޮށްލައިގެން. އަދި ޓެކްސީގައި ދަރިން ސްކޫލަށް ގެންގޮސް ގެނެސް ހަދާފަަ. ކާކުބުނީ ދިހަހާހޭ.
މުށިމަސް
01 September 2022
އަޅެ ތިޔަ ބުނި ގޮތަށް މަސައްކަތް ކޮށްބަލަ ޓެކްސީއެއްގަ. ލިބޭވަރެއް ބަލާލަން. އަބަދުވެސް މަސައްކަތް ކުރާމީހުންނަށް ލާރި ލިބޭނީ. ތިހެން ދަރަނިވެރި ވެގެން ފޯނު ގަނެގެން ކޮމެންޓް ކުރަން އިނދެގެން ލާރިއެއް ނުލިބޭނެ. މަގުމަތީގައި އުޅޭ ބިދޭސީންވެސް ވޯކްޕާމިޓް އޮތަސް ނެތަސް މަހަކު ވިހިހާސް ހޯދާކަން ރޭކާލާތަ؟
ގިރިގީރް
31 August 2022
ބޮޑު ނޮހޮރޮއްޕާނެއް ބަންގާޅިންނައް ކޮއްދޭ ކަމެއް
ޓެކުސީ ބޮޓު
31 August 2022
ޓެކުސީ ޑުރައިވަރުން ހާދަވަރެއް ތިވަނީ.. ހުޅުމާލެ-މާލެ ބަހަށްވެސް އެމީހުން އަރައޭ ބުރޯ ނޯ ބިގު ޑީލް ޑޫޑް އައްސު ޓެކްސީތަކަކީ ބޮޑު އާފާތެއް، ރައްޔެތުން ފެލާ
އަވެލި
31 August 2022
ޓެކުސީ ދުއްވާ މީހުންގެ ނޮހޮރޮއްޕާން އެތައް ގުނައެއް މާބޮޑޭ. ރައްޔެތުން ފެލާ ހުސްކުރަނީ ފަޅޮލޭ ކިޔައިން
ވާންޗޯ ބޮޓު
31 August 2022
ކަލޭދެން މަގުތަކުގައި ނުހިނގަގަ އެމީހުން މަގުތަކުގައި ހިގާތީ. ހައްޖަށް ތާކަށްވެސް ނުދާތި އެމީހުން އުޅޭނެ ތާ އެތާވެސް ރޭސިސްޓު ކަމުން ތިތިބެނީ ހައްދު ފަހަނަ އަޅާފައި ނާތަހުޒީބު ކަމެއް ހުރޭނު