ޚަބަރު / ފެމިލީ ކޯޓު

މިދިޔަ މަހު މާލޭގައި 190 ކައިވެނި އަދި 117 މީހުން ވަރިކުރި

ކައިވެނީގެ މަޖިލީހަކަށް ބަޔަކު ފެމިލީ ކޯޓަށް ވަންނަނީ: މިދިޔަ މަހު 190 ކައިވެނި ކުރިއިރު އެ މުއްދަތުގައި 117 މީހުން ވަރިކުރި --- ފޮޓޯ/މިހާރު

މިދިޔަ މަހު މާލޭގައި 190 ކައިވެނިކޮށް އަދި 117 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 190 މީހުން ކައިވެނިކޮށް އަދި 117 މީހުން ވަރި ކުރިއިރު، ވަރީގެ 145 މައްސަލައެއް ވެސް ނިންމި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކޯޓުން ބޭރުގައި ވަރި ކުރުމަށްފަހު ވަރި ސާބިތުކުރަން ހުށަހެޅި މައްސަލަތަކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ފެމިލީ ކޯޓުން އެންމެ ގިނައިން ނިންމީ ވެސް ވަރީގެ މައްސަލަތަކެވެ. މިދިޔަ މަސް ނިމުނުއިރު އެންމެ ގިނައިން ނުނިމި ހުރީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.

ދެވަނައަށް އެންމެ ގިނައިން ނިންމީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. ތިން ވަނައަށް އެންމެ ގިނައީ އާއިލީ އެހެން މައްސަލަތަކެވެ. އޭގެ ތެރޭގައި ސާބިތު ޚަރަދުގެ މައްސަލަތަކުގައި ހުކުމް ތަންފީޒާއި ވަލީ ހޯދުން ފަދަ މައްސަލަތައް ހިމެނެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ގެވެށި އަނިޔާގެ ހަތް މައްސަލައެއް ހުށަހެޅިއިރު، ހަތް މައްސަލައެއް ވަނީ އެ މުއްދަތުގައި ނިންމައިފަ އެވެ. އެފަދަ މައްސަލަތައް ހުށަހެޅި މީހުންގެ 86 ޕަސެންޓަކީ އަންހެނުން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

34 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 36%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗ‫ޮއްޕަޓު

24 July 2022

މ‫ިޢީ ދުނިޔޭގެ ރިކޯޑެއް

The name is already taken The name is available. Register?

އަބްޑޫޅް

23 July 2022

އޭ، ފަށްކަ ނ ޑަން ކިތައް ކައިވަނި؟ ފަށްކެ ނ ޑުން އެއީ ވަރަށް މަޖާ ކަމެއް ދޯ؟

The name is already taken The name is available. Register?

މިހާރު.

23 July 2022

މިކަމުގެ ސަަބަބުތަކުގެ ރިޕޯޓެއް ހެއްދަވުން އެދެން. ހައްލުވެސް. ކިޔަވައިދިނުން ރާއްޖެ ރައްޔިތުންނައް މުހިއްމު. ހަަބަރު ފަތުރާގޮތް އަދިވެސް ރަނގަޅު ކުރައްވުން އެދެން. ސިޔާސީ މީލުންގެ މަޖާ ބާކީ ކޮއްލާފަ. މުޅިން ޢާޖީލެއް ހެދުމަށް. މާތްﷲ މިގައުމު ކުރިއަރުއްވާންދޭވެ!

The name is already taken The name is available. Register?

މިކޮމެންޓް ސެކްޟަން ރަނގަޅަށް ހިންގާތި

23 July 2022

މި ކަހަލަ ކައިވެންޏަކީ އެފްރިކާގަ އިސްލާމީ ގައުމުތަކުގަ ހިނގާ ކަމެއް. ޖިންސީ އެދުން ފުއްދަން އިނުމަށްފަހު ބޭނުން ފުދުނީމަ ވަރި. އެކަހަލަ ކަމެއް ހިނގާތީ ދުނިޔޭގެ ރެކޯޑް ފޮއީ ތަކުގައި ރާއްގެ އޮންނަނީ. ނޫނީ އެންމެންނައް އެހެރީ ކައިވެނި ކޮއްގެން އުލޭނެ ގޮތް ނޭގި. މިކަމުގެ ހައްލަކީ ފެމިލީ ކަައުންސިލިންގް. އަޅުގަނޑުގެ ޢާއިލާގައި ވަރަށް ގިނަ އެކަހަލަމީހުން. އެބައުޅޭ 8 ފަހަރު އިނދެ ވަރިކުރި މީހުންވެސް. އުޅުމެއް ދަސްވެފަ ނުހުރޭ.

The name is already taken The name is available. Register?

ކީއްކުރަން

22 July 2022

ބައެއްމީހުން ތެޅެނީ 2 އަބިން ހޯދުމުގައި ، ގުރުއާނުގައި 2 އަބިންނަށް އެއްވަރަކަށް އިންސާފު ނުވެވޭނެކަން ބަޔާކޮށްފައޮއްވައި އެއަށް ގޮންޖަހާފަ 2 މީހުންނާ އިންނަނީ ، އެފަދަ މީހުން ނަށް ހެޔޮމަގު ދައްކަވާންދޭ

The name is already taken The name is available. Register?

އަހުމަދުއަލޯ

22 July 2022

މިއީ މައްސަލެއް ނޫން. އިސްލާމް ދީނުގަ އޮންނަނީ ކައިވެނި ކުރަން އަދި ހެޔޮގޮތުގައި ނޫޅެއްވިއްޖެނަމަ ވަރިވާން. ކައިވެނީގެ ބޭރުން ގުޅިގެން އުޅޭކަށް ނޯވޭ...

The name is already taken The name is available. Register?

އެހެންދާ

23 July 2022

އެހެންވީމަދޯ ގިނިސް ވޯލްޑް ރެކޯޑްގަ ރާއްޖެ ވަރީގެ އެންމެ ކުރީގަ އޮންނަނީ. #ހަލާލް ޒިނޭ . އަހަރަކު އަންބެއް. އިނދެފަ އެދުންފުދުނީމަ ވަރި. ކަލާނގެ ކުޅަދުންވަންތަކަމާއެވެ. ޝުކުރިއްޔާ!

The name is already taken The name is available. Register?

1828

23 July 2022

ދެއަނބަށް ކައިވެނި ކުރަން ފައިނަގަނީވެސް ކައިވެނިން ބޭރުން ގުޅުން ހިންގާފައި. މިހާރުވެސް ދިރާސާއެއްކޮށް ލީމައި މިބުނި ބަސް ތެދުކަން އިނގި ހާމަވެގެން ދާނެ.

The name is already taken The name is available. Register?

ބަކުންބޭ

22 July 2022

ޒުވާނުން ކައިވެނިކުރަނީ އެެކި ރަށްރަށުން ކުދިންނާ، ކުއްޔަށް ދިރިއުޅެންޖެހެނީ، މުސާރަ ހުސްވަނީ ކުއްޔަށް، ހިލޭ ގޯތި ފްލެޓް ދެނީ ހަތަރުކަށި ހަމަވާ މީހުނަށް، ހުރިހާވެސް މައްސަލައަކީ ހައުސިންގ ކަންތައް. ޤާނޫން އަސާސީގަ ބުނާގޮތާ ހިލާފަށް ރައްޔިތުންނާމެދު ތަފާތުނުކުރޭ

The name is already taken The name is available. Register?

އ‫ެތިކޮޅުބޯސޮރު

22 July 2022

ކައިވެނި ރޫޅެން ދިމާވަނީ ޕާޓޭން ގިނަވީމަ ޕާޓޭން ގިނަވަނީ އެތިކޮޅުވިއްކައިގެން ފައިސާހޯދާމީހުން އުޅޭތީ

The name is already taken The name is available. Register?

އަބްޑޫޅް

22 July 2022

މީގެ ތެރެއިން ފަށްކަނޑާ އަވަދިވެގެން ކުރީ ކިތައް ވަރި؟

The name is already taken The name is available. Register?

ބޭކާރު

22 July 2022

މަގޭ ކައިވެނި ރޫޅެން ދިމާވީ ފިރިމީހަގެ މަންމަޔާ ދައްތަޔާހެދި. ފިރިމީހާ ހުންނަންޖެހެނީ އެދެމީހުންނަށް ހުސްވެގެން އެމީހުންގެ ހިދުމަތުގަ އަބަދު، މަށާއެއްކޮށް ތާކަށްދިޔަޔަސް އެއީ މައްސަލައެއް. ދެން އެގޭގަ އިނދެގެން އުޅޭ މީހުންގެ އަނބިންނާ އެދެމީހުންނާ އޮންނަނީ މައްސަލަޖެހިފަ އެމީހުންގެ ފިރިން މަގޭ ފިރިމިހާހެން ނޫޅޭތީ. މަ ވަރަށް ކެތްކުރިން އުޅެވޭތޯ އެކަމަކު މަގޭ އަމިއްލަ ކަންތައްވެސް ކުރަން ޖެހެނީ އެމީހުން ބޭނުންވާހެން އެމީހުން ހިތްހަމަ ޖައްސަން.

The name is already taken The name is available. Register?

އަބްޑޫޅް

22 July 2022

ރާއްޖޭގެ ބައެއް ގޭގޭގަ، ބޭރު ގޭގެއިން އައިސް ތިބި އަނބީންނަށް އެބަ އަންގާ، ކާން ލިބޭނީ ނަމާދު ކުރީމައޭ. ނަމާދު ނުކޮށް ކައިފިއްޔާ ވަރިކޮށްލަނީ.

The name is already taken The name is available. Register?

ކެނެޑީ

23 July 2022

މިތިއަރީ ވަރަށް މަޖާވާނެ އެއީ މަގޭ ފިރިހެން ދަރިފުޅު ވަރަށް ގޯސް އޭނަ އޭނަގެ އަނބިމީހާ ބުނާ ހުރިހާ ކަމެއް ކުރޭ އެކަމަކު މަގޭ އަންހެންދަރިފުޅުގެ ފިރިމީހާ ވަރަށް ރަނގަޅު އޭނަ އަހަރެންގެ އަންހެންދަރިފުޅާ އަހަރެން ބުނާ ހުރިހާކަމެއްކުރޭ :ޕ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454