ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ދުވާފަރު ކައުންސިލް ފޭސްބުކް
26 ޖުލައި 2022 - 10:28
ހިޔާނާތުގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރ. ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފި އެވެ.
އެ އޮތޯރިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދުވާފަރު ކައުންސިލާ ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން، އެލްޖީއޭގެ ކަމާ ގުޅޭ ޓީމަކުން އެ ރަށަށް ގޮސް ހެދި މޮނިޓަރިން އިން ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅައިދިނުމަށް އެދި ތަހުގީގީ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ، އެ ކައުންސިލްގެ އިންކުއަރީ ހަދަމުން އަންނަ ކަމަށް ވެސް، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން ބުންޏެވެ.
އެލްޖީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ރިޕޯޓުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އެކަމުގެ ތެރެއިން، ކައުންސިލްގެ ބަޖެޓުން މެމްބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް މިލިއަނުން ފައިސާ ޖަމާކުރިކަން ވެސް ވަނީ އެނގިފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ފައިސާ ބަހައިފަ އެވެ. ނަމަވެސް އެކަން ދިފާއުކޮށް ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ. އަދި އެ ރިޕޯޓަށް ކައުންސިލުން ޖަވާބު ދިނުމަށް ފުރުސަތު ދިނުމަށް ފަހު، ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
އެކަމަކު އެލްޖީއޭއިން ބުނީ ރިޕޯޓު އާއްމުކުރުމުގެ ކުރިން އޮންނަ އުސޫލުގެ ތެރެއިން ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ މުއްދަތެއް ދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮބޮޅި
26 July 2022
ދަތްހުރި ދުވަހު ކާށި ކެވޭނީ އެމީހަކާ އެމީހަކު
އަފްޝަން
26 July 2022
ކީއްކުރާ އިންކުއަރީއެއް؟ ކައުންސިލްތައް އުވާލަބަލަ ... ކޮން ލާމަރުކަޒީ އެއް. ދައުލަތުގެ ޚަރަދު ކުޑަ ކުރަން ނުހަނު މުހިންމު މިކަހަލަ ފައިދާއެއް ނުވާ ތަންތަން އުވާލާ ޚަރަދު ހުއްޓާލުން..
ހމނ
26 July 2022
ނިމިދާނީ ބޮނޑުނަގުލަށްގޮސް ހުލިވެދާ އެހެނިހެން މައްސަލަތައްގޮތަށް. ބަލަންތިބޭ. އެމްއެމްޕީއާރުސީގެ މައްސަލަ ކޮބާ. ޢަލީވަޙީދުގެ މައްސަލަ ކޮބާ. ގެންނަން ރެޑުނޯޓިސް ނެރުނުވާހަކަވެސް އިވުނު. ވީކަމެއް ޙަރާމް.
އަބްޑޫޅް
26 July 2022
މި ބީރަށްޓެހިންގަޑަށް ލާރިތަކެއް ފެނުނީމަ ގޮތެއް ފޮތެއް ނުބަލާ ކައިގަތީ ދޯ؟
އުދުހޭ
26 July 2022
ދަރިފުޅު ސިޔާސަވަނީ މައިންބަފައިގެން އިހުމާލުން. ކައުންސިލްތަކުގެ ބެލެނިވެރިޔާ ނިދާފައޮތީމަ ދަރިން އުޅޭނީ އުޅޭނެގޮތަކަށް. ތިޔަ އިދާރާއެއް އުފެދުންފަހުން 10 ވަރަކަށް އަހަރުވީއިރު ހާސިލްކުރެވުނު ކުރިއެރުމަށް ކޮބާ؟ ކައިންސިލް ތަކަށް ލިބޭ އާމްދަނީވެސް އޮންލައިންކޮށް ބޭންކަށް ދާގޮތަށް އަދި ކުރާ ޚަރަދުވެސް އޮންލައިން ޕޯޓަލްއަކުން ނޫނީ ނުކުރެވޭ ގޮތަށް ހަދައި، މުއާމަލާތްތަށް އެސީސީއަށާ ކަމާގުޅޭ އިދާރާތަކަށް ފެންނަގޮތް ނުހެދުންދޯ؟
ކަންތަކާޖެހުނީ
26 July 2022
އެމީހުން ބުނަނީ ހަމަ ޔާމީނު ބުނިގޮތަށް، އޮޅިގެން ޖަމާވެވުނީ ކަމަށް.
ކޮރަލް
26 July 2022
ބޮޑެތި މައްސަލަތައް ދިގު ދަންމާލަނީ އެވެ.
ހުއްޖަތެއް
26 July 2022
ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓުތަކައް ޖަމާކުރުމަކީ މަނާކަމެއް. އެއީ ރަނގަޅު ނިޔަތެއްގައި ނުވަތަ ނުބައި ނިޔަތެއްގައި ވިޔަސް އެކަން ނުކުރެވޭނެ. ވީއިރު އިތުރަށް ދައްކާނެ ހުއްޖަތެއް ނޯންނާނެ.
މިސްޓަރ ޓިނޭ
26 July 2022
މމޕރސ. ގެ ލާރިގަނޑު ވިއްޔާ އޯކޭބާ އަނެއްކާ ، ކަންޏާ ރަނގަޅަށް ކާތި ، ސަދޫމް ގާޒީންނަށް ރިޝްވަތު ދެވޭ ވަރަށް
ނަގިއްޔާ
26 July 2022
އެހެނިހެން ކައުންސިލްތަކުގެ ލާރިވައްގަޑަށް މީހާރުވެސް އަތްކޮށްފައިގެން ލާރިނަގަންވީތޯ ނޫންތޯ ދެޚިޔާލެއްގައި ތިބިމީހުންނަށްވެސް ފިލާވަޅެއް ދިނުމަށް މިމީހުންނަށް ރަގަޅު ތަހުގީގެއް ހިންގާ ގާނޫނުގެ ދިގުއަތުން ހިފާ ހައްޔަރުކޮށް ހައްގު އަދަބު ދޭންޖެހޭނޭ. އެހެންނޫނީ ދެންފަހަރަކުން ކައުސިލްތަކު ކޮންޕިއުޓަރާ ފާޚާނާއަށް ދާންދެން ހުންނާނީ އެމީހުންގެ އަމިއްލަގޭގަކަންނޭގޭ
ހިތުގެއަޑިން
26 July 2022
އެހެންވީމަ ބޮޑު ވަގެއްވެސް ހުރެދާނެދޯ ވަރަށް ރީތިވެލައިގެން ޓައިއަޅާފަ. މިވަގުންތައް ހައްޔަރު ކުރޭ
ސައުތު
26 July 2022
ޔާމީން