ދިރާގުން ރާއްޖޭގެ އެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތަކުން ދަނީ އެއްބާރުލުން ދެމުން.
31 ޖުލައި 2022 - 11:29
ކްލިކް ކޮލެޖުން ބޭރުގެ ދެ ޔުނިވާސިޓީއަކާ ގުޅިގެން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައިސީޓީއެސްއާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެއީ ކްލިކް ކޮލެޖުން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އާއި އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީއާ ގުޅިގެން ބާއްވާ ކޮންފަރެންސެއް ކަމަށް ދިރާގުން ބުނެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެ ކޮންފަރެންސްގައި މަޝްވަރާ ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓޫރިޒަމްގެ ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.
ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި އެކަޑެމިކް ބޭފުޅުން ވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިރާގުން ބުންޏެވެ.
އައިސީޓީއެސްއާރު ކޮންފަރެންސް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އއ. އުކުޅަހުގަ އެވެ. އެ ކޮންފަރެންސްގެ ޝިއާރަކީ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
31 July 2022
ރަނގަޅު ކޮންފަރެންސްތަކަކަށް ދިރާގުން އެހީތެރިވޭ.މިވެސް ވަރަށް ރަނގަޅު ކޮންފަރެންސެއް އަދި ޕިއްޗާ ސްޓޯރީއެއް.ވ.ވެދުން