އައިޖީއެމްއެޗް: އީއާރުގައި މަސައްކަތްކުރާ ނަރުހުންނަށް ޕެޓިޝަނަކާ ގުޅިގެން ފިޔަވަޅު އަޅާ ކަމަށް ދެކެވޭ ވާހަކަ ހޮސްޕިޓަލުން ދޮގުކުރޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
01 އޯގަސްޓް 2022 - 09:45
އައިޖީއެމްއެޗުގެ ނަރުހުން އެކި ވޯޑުތަކަށް ބަދަލުކުރުވުމާ ގުޅިގެން ދައްކަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ރޭ ދޮގުކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގެ އީއާރުގައި މަސައްކަތްކުރާ ނަރުހުންތަކެއް ސޮއިކޮށް، ހޮސްޕިޓަލުގެ މެނޭޖުމެންޓަށް މީގެ ދުވަސްތަކެއް ކުރިން ވަނީ ސަލާމް ނުބުނެވޭ މައްސަލަަ އާއި ބަލިވެ އުޅެނިކޮށްް ވެސް މަސައްކަތަށް ނެރުމަށް މަޖުބޫރު ކުރުވުމާއި އިހުމާލުތަކެއްގެ މައްސަލަތަ ފެންމަތިކޮށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އެހެންވެ، ޕެޓިޝަަނުގައި ސޮއިކުރި ނަރުހުންނަށް ދިން އަދަބެއްގެ ގޮތުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރާ ކަމަށް އެ ނަރުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާތީ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ނަރުހުން އެކި ވޯޑްތަކަށް ބަދަލުކުރުމާއި ޕެޓިޝަނާ ގުޅުމެއް ނެތް ކަމަށެވެ.
"މި ދުވަސްވަރު ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ އިމަޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ،" ބަޔާނުގައި ވެ އެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، ޕެޓިޝަނުގައި ސޮއިކުރި ނަރުހުންނަށް އެކި ފިޔަވަޅު އަޅައި އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެކެވެ.
އެ ޕެޓިޝަނާ ގުޅިގެން ދިވެހި ސިވިލް ސާވިސް ގަވާއިދުގައިވާ ފަދައިން އެ މައްސަލަ ތަހުގީގުކޮށް، ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖޭގެ ސިއްހީ ދާއިރާ
02 August 2022
މިދާއިރާގަ ގިނަ ކުދިން ކިޔަވަނީ ނަން ހޯދަން މީހުންނަށް ހިދުމަތް ކުރާކަށް ނޫން. އެހެންވެ ތި ހުރިހާ މައްސަލަތަކެއް އެޖެެހެނީ.
ކޮބާތަ މައްސަލައަކީ؟
01 August 2022
ނަރުހުން އެކި ޑިޕާރޓްމަންޓް ތަކަށް ބަދަލު ކުރިޔަސް ކުރަންޖެހޭނެ ކަމަކީ ބަލިމީހުންނަށް ފަރުވާ ދިނުމާއި، އެކަމާގުޅޭ ކަންކަމެވެ. އެހެންވީމައި ތިޔަކު މައްސަލައެއް ނެތެވެ.
ކަންގަނާ
01 August 2022
އައިޖީއެމްއެޗް ގެ އިތުބާރު ގެއްލެނީ ބޮޑައް ނަރުހުންގެ ސަބަބުން. ފަރުވާކުޑަ ކަމާއި ރޫޑުކަން އިންތިހާއަށް ނަރުހުންތެރޭގަ އޮވޭ. އެޑްމިޓް ކުރެވިފައި ތިބޭ ބަލިމިހުން ނަށް ދޭންޖެހޭ ހިދުމަތްދިނުމުގައިި ނަރުހުންވަނީ ފެއިލްވެފައި. އިސްލާހުކުރަންޖެހޭ ބައެއް.
ކީކޭ
01 August 2022
އިމާޖެންސީ އަށް ޓުރެއިންވެފައި ތިބި ބަޔަކު ގެންގޮސް ލޮލާއި ކައްޓާއި އެހެނިހެން ޑިޕާޓުމެންޓަށް ބަދަލުކުރީމަ ކިހިނެއް އެވަނީ. ކޮބާތަ މުއަށްޒަފުންގެ ހައްގު. އިމިގްރޭޝަންގެ އުޅޭ މުއައްޒަފުން އެޑިއުކޭޝަނަށް ލާންވީނު ހަމަ ސަރުކާރު މުއައްޒަފުންނޭ ކިޔާފަ. ޢިމަޖެންސީއިން އިތުރަށް ކިޔަވަން ބޭނުންވާ ނަރުހަކު ގެންގޮސް ކަށީގެ ޑިޕާޓުމަންޓަށް ލީމާ އޭނާގެ ކެރިއަރ އެދަނީ. މަސައްކަތުގެ ތަޖުރިބާގައި ބޮޑު ގެޕެއް އެއަންނަނީ.
ގެދޮރު ނެތް މާލޭމީހާ
01 August 2022
އަސްލު އަލަށް ވަޒީފާ ތަކަށް ނަގާ ކުދިންގެ ކަންތައް ހަމަ ގޯސް ކަމަށް ވަނީ. މުޅިން އެ ކުދިންގެ ކުށެއްވެސް ނޫން. ޑިޕާރޓް މަންޓު ތަކުގެ ވެރިން ގިނަވުމާ, ފޭވަރ ކުރުން އިންތިހާއަށް އޮތުމާ, ހުރިހާ މުވައްޒަފުން ރުއްސަން އުޅުމުގެ ނަތީޖާ ހެން ހީވަނީ. ދެން ތި ނަރުހުންގެ މައްސަލަ އެއީ ހަމަ ހަގީގަތެއް ކަމަށް ޔަގީން ކުރަނީ, ނަރުހަކަށް އުޅޭ އަޅުގަނޑުގެ ތިމާގެ ކުއްޖަކަށް ވެސް ހަމަ ތިޔަ ދަތުރު ޖައްސާފަ އޮތީމަ. ވެރިމީހާ ލައިކް ނުވާ ކަމެއް ދިމާވީމަ ޔުނިޓް ބަދަލުކޮށްލީ.
އެޑްމުންޑޯ
01 August 2022
އެއްވެސް އަސާސެއްނެތް ދޮގުވާހަކަތަކަކޭ ، ބަޔާނުގައިވަނީ ، އެކަމަކު އެހުރިހާ ނަރުހުން ވަނީ ޕެޓީޝަނަށްފަހު އެކިތަންތަނަށް ބަދަލުކޮއްފައި ، ހިނިއަންނަވަރުގެ ބަޔާންނެރޭ ބައެއް މިވެސް
މިސްޓަރ ޓިނޭ
01 August 2022
،،ހެހެހެހެ. ނޯ ކޮމެންޓު
ސޯލިޙް
01 August 2022
އައި.ޖީ.އެމް.އެޗްގައި ހިނގައިގެން އުޅޭ ކަންކަން ދިރާސާކޮށް ބެލިއިރު ފާހަގަ ކުރެވުނީ ވަޒީފާއަށް ވަދެ ފައިން ދޮންވެލި ނުހިކޭ ކުދިންގެ މަސައްކަތުގެ އަޚްލާޤް ނެތްކަން. މުވައްސަސާގެ އިދާރީ ހިންގުމާއި ރޮޓޭޝަން ޕޮލިސީ ހަޖަމް ނުވާކަން. އިންޓާރނަލް ކަންކަމަށް އިންޓާރނަލް ހައްލު ހޯދުމުގެ ބަދަލުގައި ޝޯޝަލް މީޑިއާގެ ޙައްލު ހޯދަން އުޅުމަކީ ވިސްނާލަންޖެހޭ ކަންކަން. ލަދުވެތި ކަންކަން.
އެޑްމުންޑޯ
01 August 2022
ޒަމާން މިވަނީ ބަދަލުވެފައި ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ ، ކީއްވެކަން އެގޭތަ ؟؟ އެއީ ސޯޝަލް މީޑިޔާގެ ވަރުގަދަކަމުން ، އެހެންވީމާ ނާއިންސާފް ކޮންމެ ކަމެއްގިައިވެސް ، އެއީ ކިތަންމެ ކުޑަކަމަކަށްވިއަސް ، ފުރަތަމަވެސް ހައްލުހޯދަން ވެއްޖެނަމަ ސޯޝަލް މީޑިޔާގެ އެހީތެރިކަން މުހިއްމުވާނެ ، ސޯޝަލް މީޑިޔާ މެދުވެރިކޮށް ހުރިހާ ފަރާތްތަކަށް އެފަދަކަންތައްތައް އެގިގެން ދިއުމަކީ މިފަދަ ނާއިންސާފުން ކުރާ އަމަލަުތައް ހުއްޓުވުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ////