ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ސެންޓް ޕީޓަސްބާގްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ލަޑިމިއާ ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
01 އޯގަސްޓް 2022 - 12:22
ރަޝިޔާ އަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް، ސެންޓް ޕީޓަސްބާގްގައި ބޭއްވި ރަސްމިއްޔާތުގައި، ކަނޑުގެ ސިފައިންގެ އާ ޑޮކްޓްރީން ތަސްދީގު ކޮށްދެއްވުމަށް ފަހު، ޕުޓިން ވިދާޅުވީ ކޮންމެ އުދުވާނެއް ވެސް ބަލިކޮށްލުމުގެ އަސްކަރީ ގާބިލުކަން ރަޝިޔާގައި އެބަހުރި ކަމަށެވެ. ރަޝިޔާ ކަނޑުގެ ސިފައިންގެ މެދުގައި އަމަލުކުރުމަށް އެކުލަވައިލި އާ ޑޮކްޓްރީންއަކީ، އާޓިކް ކަނޑާއި ކަޅު ކަނޑު ފަދަ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ހައްސާސީ ސަރަހައްދުތަކުގައި، ރަޝިޔާގެ މަގާމާއި ހައިބަތު ހިފެހެއްޓުމަށް އެހީވެދޭނެ ޑޮކްޓްރީން އެކެވެ.
Footage from Vladivostok: a solemn parade of ships took place in the Golden Horn Bay in honor of the Day of the Russian Navy.
— 🇷🇺Jacob🇷🇺Charite🇷🇺 (@jaccocharite) July 31, 2022
The commander of the Pacific Fleet, Admiral Sergei Avakyants, on the boat "Hurricane" went around the parade line
1/ pic.twitter.com/QofwubCIKr
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ އެންމެ ފަހު އާދީއްތަ ދުވަހު ފާހަގަކުރާ، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ކުރު ތަގުރީރުގައި، ރަޝިޔާ އަށް ކުރިމަތިވެފައިވާ ދެ ނުރައްކަލެއް، ރައީސް ޕުޓިން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ނުރައްކަލަކީ، ބައިނަލްއަގުވާމީ ކަނޑުތަކުގެ ފުރިހަމަ ކޮންޓްރޯލް އަތުލުމަށް އެމެރިކާ އިން އެކަށައަޅާފައިވާ ސްޓްރެޓީޖިކް ސިޔާސަތެވެ.
ދެ ވަނަ ނުރައްކަލެއްގެ ގޮތުގައި ޕުޓިން ފާހަގަކުރެއްވީ، ރަޝިޔާގެ އިމާ ގާތަށް ނޭޓޯގެ އަސްކަރީ ހަރަކާތްތައް ފުޅާކުރަމުން ދިއުމެވެ. ބައިނަލްއަގުވާމީ ކަނޑުތަކުގައި މެދުވެރިވާ ތަފާތު ހާލަތްތަކުގައި ޑިޕްލޮމެޓިކް ވަސީލަތްތަކާއި އިގްތިސާދީ ވަސީލަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލުނުވެއްޖެ ނަމަ، އެހާލަތަކާ އެކަށޭނަ ގޮތަކަށް ރަޝިޔާއިން އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމަށް، އާ ޑޮކްޓްރީންގައި ބުނެފައިވެ އެވެ.
ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ސެންޓް ޕީޓަސްބާގްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ލަޑިމިއާ ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
މި ޑޮކްޓްރީންގައި ބުނެފައިވާ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކެއް އެކަށީގެންވާ މިންވަރަކަށް ގާއިމުކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، އިންޑިޔާ އާއި އެހެން ބައެއް ގައުމުތަކާ އެކުގައި ސްޓްރެޓީޖިކް ގޮތުންނާއި ކަނޑުގެ އަސްކަރީ ގާބިލުކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރަޝިޔާ އިން އިސްކަން ދޭނެ އެވެ.
އަދި ބައިނަލްއަގުވާމީ ކަނޑުތަކުގައި ރަޝިޔާގެ ގައުމީ މަސްލަހަތު އެންމެ ފުރިހަމަ އަށް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، ރަޝިޔާގެ ކަނޑުގެ ސިފައިންނާއި އަސްކަރީ ފައުޖުތައް މަސައްކަތް ކުރާނެ ކަމަށް ވެސް މި ޑޮކްޓްރީންގައި ބުނެފައިވެ އެވެ.
ރަޝިޔާގެ ކަނޑުގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ސެންޓް ޕީޓަސްބާގްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ލަޑިމިއާ ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
އެމެރިކާ އާއި ރަޝިޔާއާ ދެމެދު އެންމެ ބޮޑަށް އަރާރުން އުފެދިފައިވާ ކަނޑުމަތީގެ އެއް ސަރަހައްދަކީ އާޓިކް ކަނޑުގެ ސަރަހައްދެވެ. މި ޑޮކްޓްރީންގައި ބުނެފައިވާ ގޮތުން އާޓިކް ކަނޑަކީ ރަޝިޔާ އަށް ވަރަށް މުހިންމު ކަނޑުގެ ސަރަހައްދެކެވެ. އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ އިން މަސައްކަތް ކުރަނީ އާޓިކް ކަނޑަކީ އަސްކަރީ ތަނަކަށް ހެދުމަށެވެ.
ރަޝިޔާއަކީ 37650 ކިލޯމީޓަރުގެ ދިގު ކަނޑުގެ އައްސޭރިއެއް ލިބިފައިވާ ގައުމެކެވެ. އޭގެ ތެރޭގައި ޖަޕާން ކަނޑާއި ހުދު ކަނޑާއި ކަޅު ކަނޑުގެ އިތުރުން ކެސްޕިއަން ކަނޑަކީ ވެސް، ރަޝިޔާގެ އައްސޭރިފަށާ ގުޅިފައިވާ ކަނޑުތަކެވެ.
ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާގައި މިހާރު އުފައްދަމުން އަންނަ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ޒިރްކޯން ކްރޫޒް މިސައިލްތައް، އެ ގައުމުގެ އެންމެ ޒަމާނީ މަނަވަރު ކަމަށްވާ އެޑްމިރަލް ކޯޝްކޯފްގައި ބޭނުންކުރެވޭ ގޮތް ވަރަށް އަވަހަށް ހަދާނެ އެވެ. އެ މިސައިލްތައް ހިފައިގެން މަނަވަރު ދަތުރުކުރާނެ ވަކި ތަނެއް ކަނޑައަޅާނީ، އެ ވަގުތަކު ރަޝިޔާގެ މަސްލަހަތު ހުރި ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
"މިކަމުގައި އެންމެ މުހިންމީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ގާބިލުކަން. އަހަރެމެންގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަންނަން ގަސްދުކުރާ ކޮންމެ ބަޔަކަށް، ވިދުވަރެއްގެ ހަލުވިމިނުގައި ރައްދު ދިނުމުގެ ގާބިލުކަން ރަޝިޔާގެ ކަނޑުގެ ސިފައިންގެ ފައުޖުގައި އެބަހުރި،" ރައީސް ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާގައި މިހާރު ތަރައްޤީކުރަމުން އަންނަ ޒިރްކޯން ކްރޫޒް މިސައިލަކީ، އަޑަށް ވުރެ ނުވަ ގުނަ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. މަނަވަރުތަކުންނާއި ސަބްމެރިންތަކުން ފޮނުވާލައިގެން، ރަޝިޔާއިން ވަނީ ޒިރްކޯން މިސައިލްގެ އަޖުމަބެލުންތަކެއް، މިދިޔަ އަހަރެއްހާ ދުވަހު ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަންޗޮންޗިން
02 August 2022
މިޒަމާނުގެ ތަހުޒީބު މީހަކީ އެމެރިކާގެ ޓެކްނޮލޮޖީ ގެންގުޅޭ ކޮންމެ މީހެކެވެ. ރަޝިޔާގެ ޓެކްނޮލޮޖީއެއް މަށެއް ނުގެންގުޅެން. އެހެންވީމަ މަ ސަޕޯޓުކުރަނީ އެމެރިކާ އަށް.
މުސްކުޅިބައިޑެން
02 August 2022
ރަޝާއިން ޖައްވަ ދިޔައީމަ އެމެރިކާވެސް ސަހަރާގަ ބަޔަކު ޖައްވީ ހެދުން ލައްވައިގެން ފޮޓޯ ނަގާފަ މިބުނަނީ ތިމަންނާމެން މިއައީ ހަނދަށް ގޮސްފައޭ
ސަލީމު އިދުރީސް
02 August 2022
ރޫސީންނަށް އެންމެނުރައްކާ ގައުމެއް ހާމަކުރުމަކީ މައްސަލައެއްނޫން ހުޅަނގާ އެމެރިކާޔައް އެންމެ ނުރައްކާ ގައުމެއް ހާމަ ކުރުމަކީވެސް މައްސަލައެއްނޫން! ދުނިއެ ހިފަން އުޅެމީހަކު ތިއައްވުރެ ބޮޑައް ތައްޔާރުވާން ޖެހޭނެ! ދުނިއޭގަ މިހާތަނައް އުފެދުނު އެންމެ ވަރުގަދަ އަސްކަރިއްޔާގެ ގުދަން ކޮޅާލައިގެން ގައުމައް ގެންދިއަ ބަޔަކައް ބޮޑިތި ރޮކެޓުހެދުމުގެ އިތުރުން އެހެންގާބިލު ކަންވެސް ހުންނަން ޖެހޭނެތާ
ގެދާނޯމޮސް
01 August 2022
ސައްދާމަށް ތާއީދު ކޮށްދެއްވީތީ ޝުކުރިއްޔާ ޕުޓިން:
ށަވިޔަނި
01 August 2022
އެމެރިކާއަކީ ރަޝިއާއަށް އެކަންޏެއްނޫން މުޅިދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް. މިހާތަނަށް ދަރިފަސްކޮޅެއް އެއްކޮށް ވުޖޫދުންފޮހެލި. އަދި އިޒްރޭލުލައްވާ ފަލަސްޠީނު ކާލައިފި. އެންމެނުރައްކާ ފަނާކުރަނިވި ހަތިޔާރު އެޓަމްބޮމް ބައެއްގެ ބޮލަށް އަޅައިފި. ކެމިކަލް ބައިލޮޖިކަލް ހަތިޔާރު މީހުންބޮލަށް އޮއްސި އަދަދެއްވެސްނޭނގޭ. މަތިންދާބޯޓުތައް މިސައިލުން ގޮއްވާލާފަ އޮޅިގެންކަމަށްބުނޭ. ދޭދޭ ގައުމުޖައްސައި ފިތުނަ އުފައްދާ. ދުވިސައްތައަށްވުރެގިނަ ހަނގުރާމަކޮށްފި.
އެޑްރެސް
01 August 2022
ހައްގުތެދުފުޅެއް ޕުޓިންވެއްޖެ އެމަރިކާ ހޭއަރުވާލަން
އަފްރާސިޔާބު
01 August 2022
މަޑުން ހުރެބަލަ! ޕުޓިން ނޫޅޭ އެމެރިކާއަށް ނުވަތަ އީޔޫ ގައުމަކަށް ހަމަލާދޭކަށް. އެބައިމީހުން އަމިއްލައަށް ހަލާކުވެދާނީ.
ގެދާނޯމޮސް
01 August 2022
އާންދޯ..!
ބީރުބޮލު ވަޒީރު.
02 August 2022
ދޯ އަފްރާސިޔާބު. އެމީހުން ހަލާކުވާނީ އެމީހުން އެމީހުނާވެ.
ޑިންޑިން
01 August 2022
ޝުކުރިއްޔާ ފުޓިން.