ކައުންސިލަރުންތަކެއް "ވިޔަވެތި" ކޮންފަރެންސްގައި ހިޔާލު ހުށަހަޅަނީ. ދައުލަތުން އަންނަ އަހަރު 1.6 ބިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭނެ--ފޮޓޯ:މިހާރު
02 އޯގަސްޓް 2022 - 12:00
ސަރުކާރުން ދޭ "ބްލޮކް ގްރާންޓް" ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.6 ބިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓާ ގުޅޭ ސާކިއުލާގައި ވަނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ވަކި ވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އަދަދުތައް އާންމުކޮށްފަ އެވެ. އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ މާލޭ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 166 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އެއީ ކައުންސިލްތަކަށް ޖުމްލަ ދޫކުރާ ހިލޭ އެހީގެ 10 ޕަސެންޓެވެ.
ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 75 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދެ އެވެ. ތިން ވަނައަށް އެންމެ ބޮޑު ބަޖެޓެއް ދެނީ ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 48 މިލިއަން ރުފިޔާ ދޭ އިރު ކުޅުދުއްފުށި ސިޓީ ކައުންސިލަށް 36 މިލިއަން ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް އަންދާޒާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީގެ 20 ޕަސެންޓް ދޫކުރަނީ ހަތަރު ސިޓީ ކައުންސިލަށެވެ.
- ގދ ތިނަދޫ ކައުންސިލް: 25 މިލިއަން ރުފިޔާ
- ލ. ގަމު ކައުންސިލް: 20.2 މިލިއަން ރުފިޔާ
- ޅ. ނައިފަރު ކައުންސިލް: 19.9 މިލިއަން ރުފިޔާ
- ރ. ދުވާފަރު ކައުންސިލް: 16 މިލިއަން ރުފިޔާ
- ހއ. ދިއްދޫ ކައުންސިލް: 15 މިލިއަން ރުފިޔާ
- ކ. މާފުށި ކައުންސިލް: 15 މިލިއަން ރުފިޔާ
- ގއ. ވިލިނގިލި ކައުންސިލް: 15 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް ކަނޑައަޅާފައިވާ މި އަދަދުތައް މުރާޖާ ކުރާނެ އެވެ. އެހެންނަމަވެސް ބަޖެޓުގައި ލަފާ ކުރާ އަދަދުތަކަށް ބަލައިގެން ކައުންސިލްތަކުން އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލަން އެދިފައިވެ އެވެ.
ކައުންސިލްތަކުން ބަޖެޓު ހުށަހެޅުމުގައި ސަރުކާރުންދޭ ބްލޮކް ގްރާންޓާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޑުގެ ގޮތުގައި ދޭ އަދަދާއި ޓްރަސްޓް ފަންޑާއި ކައުންސިލްތަކަށް ދޭ އިތުރު މައުލޫމާތު ވެސް ހިމަނަން ވާނެ އެވެ. ކައުންސިލްތަކުން 2023 ވަނަ އަހަރުން 2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފްސީލު އަންނަ މަހުގެ 15 ގެ ކުރިން ހުށަހަޅަން ވަނީ އެދިފަ އެވެ.
މިއަހަރަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް އިތުރު އަދަދެކެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހައި ހަމައަށް ކައުންސިލްތަކަށް 850 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުން ދޫކޮށްފަ އެވެ.
ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށް، ހިންގުން ފަސޭހަ ކުރުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގެނެސްފައިވެ އެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ''ބްލޮކް ގްރާންޓް'' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްޝިން
02 August 2022
އުނގޫފާރު ކައުންސިލުން ހެދިހެން ކަންނޭގެ ތިލާރިތަކަށް ވާނީ . ހާދަ ބޮޑު އިސްރާފެކޭ ދައުލަތުން ކުރާ.. ކައުންސިލްތައް އުވާލަބަލަ..
އޮނަރަބްލް އަފީފު ދީދީ
02 August 2022
ސަރުކާރަކީ ތިގޮތަށް ރަށްރަށުގެ ރައްޔިތުންނަށް ވަރަށް މޮޅަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއް. # ނުވަދިހައިގެ ކުރީ ކޮޅުގައި ރާއްޖޭގެ ރަށަކަށް ނަގޫރޯޅިއެއް އަރާ ރަށުގެ އެތައް ގެއަކަށް ގެއްލުން ލިބުމުން ބަދަލެއްގެ ގޮތުގައި އެރަށު ރައްޔިތުނަށް ސަރުކާރުން 25 ހާސް ރުފިޔާ ދެއްވި. # ސަރުކާރުގެ އެހީ ހިފައިގެން ވަޒީރު އެރަށަށް ވަޑައިގަތުމަށް ހެލިކޮޕްޓަރ ޗާޓަރ ކުރެއްވުމަށް ޙަޒާނާއިން 67 ހާސް ރުފިޔާ ޙަރަދުކުރި. ވަރަށް ރަނގަޅު ނޫންތޯ؟!
އިބުރާ
02 August 2022
މާލެ ތަރައްގީ އަށް އެންމެ 30 ބިލިއަން؟ ހާދަ މަދޭ! މަގު ހަދަންވެސް އެބަޖެހޭނު! ތިރާއްޖެތެރޭން މީހުން ރަށުން ބާލާ ރަށްތައް ރިސޯޓު ހަދަން ވިއްކާލާ. ރާއްޖެތެރޭ މީހުން ގެނޭ މާލެ އަށް. ކުލި ދައްކަދައްކަ ތިބެން ޖެހޭނީ އޭރުން.
އަޅުވެތިކުރުވި ރާއްޖެތެރެ
02 August 2022
ބަލަ ދިވެހި ދައުލަތް، ރާއްޖެތެރެ ތަރައްގީ ކުރާންވީ މަދޮއްޓެއް ދީގެނެއް ނޫން. އަތޮޅުތަކުގެ ގެދޮރު އެޅުމާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާ، އެސްޓީއޯ ވިޔަފާރި ސެންޓަރުތަކާ، ރިސޯޓްތަކާއި، ބޯފެން ފެކްޓަރީތަކާއި، ދަނޑުގޮވާމާއި، މަސްވެރިކަމާއި، ލޮޖިސްޓިކް ނެޓްވޯރކްތައް ވަރުގަދަ ކުރަންވީ. އާބާދީ އިތުރުކުރާން ހިތްވަރު ދޭންވީ.
ޓޫތް ޕިކް ބަޖެޓް
02 August 2022
ތީ ކީއްކުރާ 1.6 ބިލިއަނެއް؟ ޕީއެސްއައިޕީ މަޝްރޫތަކަކަށްތަ؟ ނޫނީ ހަމަ ޕޮކެޓްމަނީ ކޮޅެއްތަ؟ ބަޖެޓުގެ 30 ބައިކުޅަ 1 ބައި ރާއްޖެތެރެއަށް ދިނީމާ އަތޮޅުތައް ތިހިރީ ތަރައްގީ ކުރެވިފަ. މާލެ އަށް ކިހާވަރެއް؟
ހަމަ ރޯޅި
02 August 2022
އައިޓަމް ތަކަށް ނުވަންނަ އަދަދުތައް ފާސްކަުރަމުންދާތާ 20އަށް އަޖަރު
އަތޮޅު
02 August 2022
ކުދިންނޭ ތިނަދޫ އަށް މަދުވިޔަކަ ނުދޭތި
ފފފފފ
02 August 2022
ރިޔާސީ އިންތިހާބު ކެމްޕޭން ފައިސާތަ؟
ޢެ welcome 123
02 August 2022
ދީފަ ވާނުވާ ބަލާތި
ގަމާރު.
02 August 2022
ދީފަ ވާނުވާ ބަލަންވީ ކ.އަތޮޅު މާލޭގައި ހުރި މިނިސްޓްރީ ތަކުގެ ތިޖޫރިތައް. ކުޑަކުޑަ ލާރި ކޮޅެއް އެހެން ރަށް ރަށަށް ފޮނުވާފައި ވީނުވީ ބަލަން ބުނާއިރު ހުރިހާ ވައްކަމެއް ކުރަނީ ތިޔަ މުޤައްދަސް ރަށްކޮޅުގައި ތިބެގެން.
ދުމްމ
02 August 2022
ދީފަ ބަހައްޓާ. ކާނެ ވަރަކަށް ކާން. ދުވާފަރު ކައުންސިލުން އެއޮތީ ކާންވީގޮތުގެ ފުރިހަމަ މިސާލު ދައްކަދީފަ.
ދުންމާރި.
02 August 2022
އެމްއެމްޕީއާރުސީ ލާރި ގަނޑު ކާލީވެސް ދުވާފަރު ކައުންސިލުންތަ ؟ ކ.އަތޮޅު މާލޭގައި ހުންނަ ތަންތަނުން ކުރާ ވައްކަން ފުރަތަމަ ހުއްޓުވަންވީނު.