ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު: މަގުތަކުގައި ތާރުއަޅައިފި ---ފޮޓޯ: އެމްޓީސީސީ
03 އޯގަސްޓް 2022 - 13:30
ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ 46،466 އަކަ މީޓަރު ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ.
މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމްކުރުމާއި 19،679.7 އަކަ މީޓަރު ސަރަހައްދުގައި މަގުމަތީ ނިޝާން ހަރުކުރުން އެ މަޝްރޫއުގައި ހިމެނޭ ކަމަށެވެ.
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު: ތާރުއެޅި ނަމަވެސް، ބައެއް މަސައްކަތްތައް އަދި ނުނިމޭ ---ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނިގޮތުގައި، ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، އެ މަޝްރޫއު އެއްކޮށް އަދި ނުނިމެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 76 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 August 2022
ދެން ތާރުމަތީ ހިނގިވަރަކަށް ރަށަށް އާމްދަނީ ވަންނާނެ!
ހައިފާ
03 August 2022
އަތޮޅުތެރޭ ރަށެއްގައި 8 ކިލޯ މީޓަރު މަގު ހަދަން 10 އަހަރު. ލޮލް
އޮނަރަބްލް އަފީފު ދީދީ
03 August 2022
މާލޭ އެއަރޕޯޓް ތަރައްޤީކުރަނީ 3 ބިލިޔަންޑޮލަރު ދަރަނިނަގައިގެން. އެއަރޕޯޓް ޕްރޮޖެކްޓާއިއެކު ގުޅުންހުރި އިޤްތިސޯދީ އެތައްކަމަކަށް ސަރުކާރުން އިންވެސްޓްކުރަމުން އެބަދޭ. # އެކަމަކު ހަނިމާދޫ މަގުގައި "ތާރަފަށެއް އަޅާދީފައި" މިއީ މާބޮޑު ތަރައްޤީއެއްކަމަށް މާލޭސަރުކާރުން އިސްތިހާރު ކުރަމުންދާއިރު ހަނިމާދޫގައި އޮތް އެއަރޕޯޓްގައި އޮތީ "މަރުގެ ތަޅު" އަޅުވާ ބާރުކޮށްފަ. މާލެއިން ބޭރުގައި ކުރާ މިފަދަ އެއްވެސް ކަމަކީ އިޤްތިސާދަށް ފުރުސަތުދޭން ކުރާކަމެއްނޫން.
ރަންނަ
03 August 2022
ހަނިމާދޫ ރައްޔިތުން ބޭނުންވީ ބިން ސަލާމަތްކުރަން. އެއާޕޯޓް ބޮޑުކޮށް އޮޕަރޭޓްކުރަން އުފައްދަންޖެހޭ ސްކޭލް ނުލިބޭގޮތަކަށް އިންވެސްޓެއް ނުކުރާނެ.
ހަސަންދީ
03 August 2022
ކުރިން ތިކަންވެސް ކޮށްފައި އޮތްނަމަ ތިވާހަކަ އިސްތިހާރު ކުރާކަށް ނުޖެހުނީސް، ތިޔަކަމުންވެސް ހަނިމާދޫ ރަށްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ، ކިތަންމެ ކަމެއް ކޮށްދިނަސް ނުރުހުމާއި ޢަދާވާތްތެރި ހިތަކަށް އެކަމެށް ނުފެންނާނެ ...
އަޑަފި
03 August 2022
މީ އެމްޓީސީސީ އިން އަމިއްލައަށް އިސްނަގައިގެން އެ ކުންފުނީގެ އަމިއްލަ ޚަރަދުގަ ކުރާ މަސައްކަތެއްތޯ؟ ދައުލަތުން ކޮންޓްރެކްޓް އުސޫލުން ކުންފުނިތަކާ ހަވާލުކުރާ މަސައްކަތްތަކުގެ އަޕްޑޭޓް ހޯދާ ހާމަކުރަންޖެހޭނީ، އެ މަސައްކަތުގެ ވެރިފަރާތުންނެވެ. ކޮންޓްރެކްޓަރ ނިމިއްޖެކަމަށް ބުނާނަމަ އެ މައުލޫމާތު ވެރިފަރާތުން ހޯދަންޖެހޭނެއެވެ. މަސައްކަތް ނުނިމެނީސް ނިމިއްޖެކަމަށް ކޮންޓްރެކްޓަރުންބުނާ އެތައް މަސައްކަތެއް ނުނިމި އެބަހުއްޓެވެ.