ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރު: އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް އެ ހުތުރު އަމަލު ހިންގަނިކޮށް ގިނަ ބައެއްގެ ވީޑިއޯކޮށްފައިވާ އިރު ފުލުހުން އަންނަނީ އެ މީހުން ދެނެގަނެ ތަހުގީގުކުރާ ކަން ކަމާބެހޭ އިދާރާތަކަށް އަންގަމުން.
08 އޯގަސްޓް 2022 - 11:58
ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މި މައްސަލާގައި ކުރިން ޕާސްޕޯޓް ހިފެހެއްޓީ ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ (ކާނަލް)ގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ އެވެ. އެކަމަކު އޭގެ ފަހުން ކޯޓު އަމުރު ހޯދައި ތަހުގީގަށް މިހާރު ވަނީ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
މިކަން އިތުބާރު ހިފޭ އޮފިޝަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
މިހާތަނަށް ޕާސްޕޯޓު ހިފެހެއްޓި އަދަދު، އެނގިފައިވާ ގޮތުގައި، 20 އާ ގާތްކުރެ އެވެ.
ނާޒިމަށް ތުހުމަތުވާ ވީޑިއޯ ލީކުކޮށްލުމާ އެކު ވާހަކަ ފެތުރިފައި އޮތީ މާފަންނުގައި ހުރި އަލަމްގީރު ދިރިއުޅޭ ކޮޓަރިއަށް ގޮސް އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް އަރާނެ ކަމަށެވެ. މި ވާހަކައަށް ބާރު ލިބުނީ ކުށަށް އިއުތިރާފްވެ މާފަށް އެދުނު އަލަމްގީރު ދެއްކި ވާހަކަތަކުގައި ވެސް ގިނަ ބަޔަކު އޭނާގެ ގާތަށް ދިޔަ ކަމަށް ބުނެފައިވާތީ އެވެ.
އެކަމަކު "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ވީޑިއޯ އުޅޭ މީހުންގެ އަދަދު 50 އަށް ވެސް ނާރަ އެވެ. މީގެ ތެރޭގައި އެކަނި އަލަމްގީރު ގާތަށް ދިޔަ މީހުންނާއި ގްރޫޕް ހަދާފައި ދިޔަ މީހުން ވެސް ހިމެނެ އެވެ.
މީގެ ތެރެއިން ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އެ ހުތުރު އަމަލު ހިންގަނިކޮށް އޭގެތެރެއިން ގިނަ މީހުންގެ ވީޑިއޯ އަލަމްގީރަށް އެނގިގެން ވަނީ ނަގައިފަ އެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ފެށީ މި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ތަކުރާރުކޮށް ފައިސާއަށް އެދެންފެށުމުން ބައެއް މީހުން މައްސަލަ ރިޕޯޓްކުރުމުންނެވެ. މި ވީޑީއޯ ކުރީ އަލަމްގީރު އެކަނި ކަމެއް ނުވަތަ އެހެން ބަޔަކާ ގުޅިގެން ކަމެއް އަދި ސާފެއް ނޫނެވެ.
އެކަމަކު މި ވީޑިއޯތަކުގައި ހިމެނޭ މީހުންނަށް ބިރުދައްކައި ފައިސާ އަތުލަން މާލޭގެ ނަން މަޝްހޫރު ގޭންގުތަކުގެ މީހުން ވެސް ބައިވެރިކޮށްފައިވާ ކަމަށް މިކަމުގައި ހައްޔަރުކޮށްފައިވާ އެކަކު ބުނެފައިވެ އެވެ.
ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާ ކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ މި މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަލްމްގީރު ހިމެނޭހެން މި މައްސަލައިގައި މިހާތަނަށް ނާޒިމާއި ކާނަލް ނަޝީދާ އެކު ހަަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.
ދީނީ އިލްމުވެރިންނަށް ތުހުމަތުވާ މައްސަލަތަކުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާއިރު އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި އެކަށީގެންވާ ތަހުގީގެއް ނުހިންގާނެ ކަމަށް ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންނެވެ. މި މައްސަލަތަކުގައި ތަފާތު ކުރުމެއް އަދި ނުފޫޒެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމެއް ކަމަށާއި މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރު ކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި ހިންގަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
09 August 2022
ފުލުހުން ބުނާ ގޮތުގައި ތަފާތު ކުރުމެއްް ނުގެންގުޅޭ. އެބުނާހެން. ޑރ. އިއާޒު ޓްވިޓަރުގައި ކޮންމެވެސް ވާހަކައެއް ދައްކައިގެން އެމް.އެން.ޔޫ އިން އޭނާ ކަނޑާލައި ހުއްދަ ތައް ހިފެހެއްޓި ކަންނޭނގެ. ނާޒިމް ސައްތާރު އަތުން އަދިވެސް ލޯޔަރު ކަމުގެ ލައިސަންސުވެސް އަދި ކިޔަވައިދިނުންވެސް ރަސްމީކޮށް ނުހުއްޓުވާ ކަމަށް ވަނީ.
ބޮބީ
09 August 2022
މަ ދާން އޮތް ދުވަހު މިކަން ފަޅާ މިއެރީ، ވަރަށް ހަނި ދޭތެރެއަކުން މި ސަލާމަތްވީ. ާ
މުލޭ
09 August 2022
ރާއްޖޭގެ ގާނޫނުގެ އަތް ވަރަށް ކުރުވާނެ. އުހުގައި ތިބޭ މީހުންނާއި އެމީހުންގެ ނިވަލުގައި ތިބޭ މީހުންނަށް ފޯރާވަރެއް ނުވާނެ. އެހެންވީމަ ވާގޮތަކީ އުހުގައި ތިބޭ މީހުންނަށް ލިބެންޖެހޭ އަދަބު ވެސް މިލިބެނީ އެންމެ ތިރީގައި ތިބޭ މީހުންނަށް. އެމީހުންނަށް ލިބެންނުޖެހޭ ޔައުނީ ނުޙައްގު އަދަބުވެސް އެމީހުންނަށް ލިބޭނެ.
ދިލްރުބާ
09 August 2022
ސިޔާސީ މީހުން އެކަންޏެއްނޫން.
އަލީޝަރީފް
09 August 2022
އެކަން ކުރާނެކަމަށް ބެލެވޭ މީހުންނަށް ބަލާއިރު, އެއީ ފަޅާއެރިވަރު. ހަގީގަތުގަ ތި މަންބަރު އުޅޭނީ ހާހުން.
އަލީ ޝިޔާމް
09 August 2022
ހޯމޯން މައްސަލައެއްގަވެސް އެކުޅިޔަށް ވާރުތަވެދާނެ. ބައެއް މީހުން އުފެދުމުގަ އަންހެން ހޯމޯން ގިނަ ފިރިހެނުން ތިބޭނީ ކުޑަކޮށް "އަމައްޔާތްވެފަ". ހިނގާނީވެސް "ރަނޑު" ވައްތަރަކަށް, ވާހަކަދެއްކުމުގަވެސް "ރިހަ" ގޮތެއް ހުންނާނެ. މިހާރު ފަޅާއަރައިގެން ތިއުޅޭ ގިނަ މީހުނަށް ވިސްނާލިޔަސް މިވާހަކަޔަށް ބާރުލިބޭނެ.
މުލޭ
09 August 2022
ތިބުނާ ގޮތާ ދިމާ އިދިކޮޅު މީހުން ވަރަށް ގިނައިން ގިރިއަށް އަރާފައި އެބަހުރި. ސަމުގާއާއި ޖީޕީއެސްްގެ މައްސަލައެއް ނޫން މިއަކީ. ހާމައަށް ފެންނަން އޮތް ގިރިއެއް އެއީ. ގަސްތުގައި އަރުވާލާފަ އެހުރީ.
ސެކްޝުއާލިޓީ އާމެދު ވިސްނުން ބަދަލު ކުރަންޖެހޭ!
09 August 2022
މިއީ ވަރެއްގެ މީހެއްތާ!! މީނަ އަކީ ޖިސްމާނީ ގޮތުން ފިރިހެނަކަސް، ވިސްނުމާ ފިކުރުގެ ގޮތުން އަންހެނަކައް ވެދާނެނު!
ހުސެން
08 August 2022
އެހެންވީމާ އަހަރެން ހާދަހާ ރަނގަޅޭ ٱلْحَمْدُ لِلَّٰهِ !! ދުވަހަކުވެސް މިފަދަ ވިޔާނުދާކަމެއްނުކުރަން!! އިސްމަގާމުތަކުގައި ޓައީޖަހާފަ ފުއްޕާފަ ތިބިމީހުންގެ ހާލަތުދޯ!! ޖިންސީއެދުމަކީ ބާރެއް، އެބާރު ބޭނުންކުރަންއޮންނަ ގޮތައް ބޭނުންނުކޮށް ނުވަތަ ކޮންޓުރޯލުކުރަން ނޭންގިއްޖެނަމަ އެމީހަކު ނުވަތަ ބަޔަކު ހަލާކުވާނެ، ތިޔަބޭރުކުރާ މަނީގައި ހަށިގަނޑުގެ އެންމެ ވެލިއުބަލް މާއްދާތައް އެކުލެވިގެންވޭ، ވޭސްޓުކުރާނަމަ ހަށިގަނޑު ބަލިކަށިވެ ސިފަގެއްލޭނެ،
ތަކުރީ
08 August 2022
ދެން މިހާރު އަލަމްގިރީގެ ވާހަކަ މާގިނަވެއްޖެ،
ސަމްސުންސާ
08 August 2022
މިއީ ހިފާ ހައްޔަރުކޮށް އަދަބުދޭންވީ ވަގުތެއްނޫން. ހޭލުންތަރިކަން އިތުރުކޮށް، އިސްލާމީ ތަރުބިއްޔަތު އުނގަންނައިދީ މީހުން ރޯފިލުވަންވީ ވަގުތު. ސަރުކާރުގެ ޒިންމާ މިކަމުގައި ބޮޑު. އިސްކުރަންވީ ދުރުވިސްނުމާއި ސްޓްރެޖެޑީ.
ސަމްސުންނަހާރު
09 August 2022
ކާކަށްތަ ވިސްނައިދޭންވީ. ފުރަތަމަ ކަމަކީ އެކަމުގެ ޙައްޤު އަދަބު ދިނުން. އަދަބު ދޭންޖެހެނީ އެހެންމީހުންނަށް އިބުރަތަކަށް. ފިލާވަޅެއް ދިނުމަށް. މިފަދަ މީހުން އިސްލާހު ވޭތޯ މަސައްކަތް ކުރަންޖެހޭނެ. ސަމްސުންސާ އަށް ތިޔަވިސްނެނީ އިދިކޮޅަށް. ތިބާވެސް އެބަޖެހޭ ތެދަށް ކޮޅަށް ނަގަން.