ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މީހަކު ސައިކަލު ދުއްވާފައި ދަނީ: ސަރުކާރުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއަށް ބޮޑު ހަރަދެއް ކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
16 އޯގަސްޓް 2022 - 13:34
ޑޮކްޓަރީ ބޭހަށާއި މެޑިކަލް ކޮންސިއުމަބްލްސް އަށް ކުރާ ހޭދަ ކުޑަކުރުމަށް، އެއްފަހަރާ ގަނޑުކޮށް، ގަތުމަށް ބޭރުގެ ބަޔަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބޭހާއި މެޑިކަލް ކޮންސިއުމަބްލްސްގެ ބަލްކް ޕްރޮކިއުމަންޓް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެހެން ގައުމެއްގެ މެޑިކަލް ސާވިސް ކޯޕަރޭޝަނެއް ނުވަތަ ބަލްކް ޕްރޮކިއުމަންޓް ހިންގާ، އެ ކަމަށް ހާއްސަ އެޖެންސީއަކާއެކު ކަމަށެވެ.
ބޭރުގެ ދެ ފަރާތަކާ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި އަހަރުގެ ފަހު ކުއާޓާގައި ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ތަންފީޒު ކުރަން ފެށޭނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އޭގެ ތެރޭގައި މާސްކާއި އަންގި އާއި ސިރިންޖާއި ބެންޑޭޖު އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެކި އާލާތްތައް ހިމެނެ އެވެ.
ގިނަ ތަންތަނަށް އެ ތަކެތި ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކަށް ސިއްހީ ސާމާނު ފޯރުކޮށްދެ އެވެ.
ބޭހަށް ވެސް ސަރުކާރުން ބޮޑު ހަރަދެއްކުރެ އެވެ.
އާސަންދައިގެ މި އަހަރުގެ ބަޖެޓަށް އެކަނި ވެސް 730 މިލިއަން ރުފިޔާ ކަނޑައެޅިއިރު، އަހަރު ދެބައި ވިއިރު އޭގެ ބޮޑުބައި ހުސްވެއްޖެ އެވެ. އަދި އެ ބޭސްތަކަށް އަހަރެއްގެ މައްޗަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ސަރުކާރުން ކުރެ އެވެ.
އެހެންވެ، އެއްފަހަރާ ގިނަ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ގެންނަން ފެށުމުން އެ ކަންކަމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ފިނޭންސުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޒާހިރު ކާސިމް
16 August 2022
އަނެއްކާ އަނެއް ޑީލް. ތިޔަވެސް ވާނީ އިންޑިއާގެ ހީލަތަކަށް
ސަތޭކަ
16 August 2022
ބަލްކޭ ކިޔައި ތި އުޅެނީ މާގިނަ ދުވަހެއް ބާކީ ނެތް ކަން އެނގޭތީ އެއްފަހަރާ ބޮޑު ލާރި ގަނޑެއް ކާލަން. އިހްލާސްތެރިކަމެއް އޮތްނަމަ ބޭސް ރައްކާ ކުރާނެ ތަން ފުރަތަމަ ހަދާނީ.
ޢެފްޓެކް
16 August 2022
އެފްޓެކްޖަރީމާ ޙަނދާން އެބަހުރިތޯ؟ 2010 ވަނަ އަހަރު ބަލްކު ޕްރޮކިއުމެންޓް އެގްރީމެންޓެއްގެ ދަށުން އެތައްމިއަން ރުފިޔާއެއް ގެއްލުނު ހަނދާން އަދި ނުނެތޭ
ކްރީތާ
16 August 2022
ތީ ރިސްކު ބޮޑު ކަމެއް. އެއްމެ ބައެއް އަތުން ގަންނަނިކޮށް އެބަޔަކު ބަނގުރޫޓް ވެެއްޖެއްޔާ، ނުވަތަ ކާރިސާއެއް ދިމާވެއްޖެއްޔާ ނުވަތަ ހަނގުރާމައެއް ފެށިއްޖެއްޔާ އެމީހުންނަކަށް ތި ތަކެތި ފޯރުކޮށެއް ނުދެވޭނެ. އަނެއްކާ އިންޑިއާ ކުންފުންޏަކަށް ކޮންޓްރެކްޓް ދީފަ އޮއްވާ ޔާމީނަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެއަށް ޖެއްސުންކުރަން ތަކެތި ނުފޮނުވުމާއި އަގުބޮޑުކުރުމުގެ ފުރުސަތު އެބޮތް. ކޮންޓްރެކްޓް އުވާލައިފިއްޔާ ބިލިއަނުން ޑޮލަރު ދޭންޖެހިދާނެ.
އަސްލުވެސްދޯ
16 August 2022
ތިބުނީ ހަމަ ރަނގަޅަށް. މި ސަރުކާރުން ތިކަހަލަ ކޮންޓްރެކްޓް ހަދާނީ ބޮޑު އަދަދުން ބަދަލު ލިބޭ ގޮތަށް އަދި ރާއްޖެއަށް ގެއްލުންވާގޮތަށް. އެއީ ޔާމީނު ކޮންޓްރެކްޓް އުވާލުމުން ލިބޭ ލާރިގަނޑުން ކަޓުހޯދުމަށް.
ހިތަދޫ ހުސެން
16 August 2022
ހަރަދު ބޮޑު ވަނީ މެމްބަރުންގެ ކުންފުނިތަކަށް ޕީއޯ ކޮއްގެން ބޭނުން ނުވާވަރަށް ބޮޑު އަގުގަ ގަންނާތީ، ހުރިހާ ބުރައެއް ރައްޔިތުން، ތިކަމަދާ ހަރަދު ބޮޑުވީމަ ޓެކްސް އިތުރުކޮށް ސަބްސިޑީތަށް ކަނޑާ ރައްޔިތުން ފެލަނީ، ދެރަ ކަންކަން!