އިހަވަންދޫ ބަނދަރު ތަރައްގީކޮށް ނިމެނީ: މިހާރު 95 ޕަސެންޓު މަސައްކަތް ނިންމައިފި ---ފޮޓޯ؛ އެމްޓީސީސީ
10 އޯގަސްޓް 2022 - 14:58
ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކޮށް، އެއްގަމުތޮށްޓާއި ބޭރުތޮށި ލުމުގެ އިތުރުން 178 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓު ޖެހުން ހިމެނެ އެވެ.
ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމާ އެކު ބަނދަރު ސަރަހައްދުގައި 4582 އަކަ މީޓަރު ސަރަހައްދުގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 59 މިލިއަން ރުފިޔާ އެވެ.
ށ. ފޭދޫ ބަނދަރުގެ ކޮންކްރިޓް ގާ އެތުރުމުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީން މިއަދު ހިއްސާކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އަންނަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރިޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަޝްރޫއަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއިހަވަންދޫ މީހާ
10 August 2022
ތި ބަނދަރު ތި ކުރާ ތަރައްޤީ އަކުން ރައްޔިތު މީހާއަށް ލިބުނު އެއްވެސް ފަސޭހައެއް ނެތް.ކުރިޔައް ވުރެ ބަދަރު ބޭނުން ކުރާ ފަރާތް ތަކަށް ވީ ވޭނަކަށް.ސަރުކާރުން ބަދަނރު ހަދަމުން ދަނީ ފޮޓޯ އަށް ރީތި ވާގޮތަށް. ެެެެެެެ ަަަަަަަ
ހަލީލު
10 August 2022
ކުންފުނިއޮތީ ވަރަށް ހާލުގައި. ސަޕްލައަރުންނަށް ޕޭމަންޓް ނުދީ ލަސްކުރަނީ. ހުރިހާ ފައިސާއެއް ކެންޕޭނަށްހަރަދު ކޮށްހުސްވެއްޖެ. ހަރަދަށްނުބަލާ ވާނެއެއްޗެއްވެ ނިމެނީ. ކަރަޕްޝަން އިންތިހާއަށް ބޮޑުވެއްޖެ. އެމް އެމް އެކްސްޕޯޓް އާއި އެކު ވެރިންވެސް މުއްސަނދި ވެއްޖެ. 2000 މުވައްޒަފުން ނާޒިމަށްވޯޓްހޯދަން އަލަށްވަނީ ވައްދާ ޕޭރޯލު އިންތިހާއަށް ބޮޑުވެފައި.
އެމްސް
10 August 2022
އިހަވަންދުއަށް ނުވަތަ ދާއިރާއަށް ނޫންނަމަ ދިވެހިންނަށް ކިތައް ވަޒީފާ އުފެދުނު ބާ؟