12 އޯގަސްޓް 2022 - 12:17
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އެ ރަންވޭ ބޭނުންކުރަން ނުފަށާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ އޮކްޓޫބަރުގައި ބޭނުންކުރަން ފަށާން ނިންމާފައިވާ ކަމަށާއި ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް އާ ރަންވޭގެ ބޭނުން ކުރަން ފެށުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން އިތުރަށް އަވަސް ކުރެވޭނެ ކަމަށެވެ.
"މިހާރު މިއުޅެނީ ޓެސްޓިން ފޭސްގައި. ފްލައިޓް ޑެލިބެރޭޝަން ފޭސް ވަރަށް އަވަހަށް ފެށިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ހުރި އިންފްރާސްޓްރަކްޗާތައް ހުޅުވުން،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، އާ ރަންވޭއާ އެކު ފްލައިޓުތައް އެއާޕޯޓު މަތީގައި އެވްރެޖްކޮށް އޮންނަ ވަގުތު 15 މިނެޓުން ތިން މިނެޓަށް ކުޑަކުރެވޭނެ ކަމަށެވެ.
ރަންވޭ ބޭނުން ކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށައިފަ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
12 August 2022
އިންޑިޔާގެ ވަކިތަކން ރާއްޖެ ސަލާމައް ކުރެވިގެން ނޫނީ ރާއްޖެ ކުރިއެރުވޭކައް ނެއް. އިންޑިޔާ އައުޓް
އުދުހޭ
12 August 2022
ޖީއެމްއާރުން ނިންމާފައޮތީ ރަންވޭއެއް އަޅަން ނުޖެހޭކަމަށް. އެމީހުންއަތުން އެއަރޕޯޓް އަތުލީމާ އައި ކުރިއެރުން ލޮލަށް ފެންނަންފަށައިފި. އެމީހުން އުޅުނީ ސީލިންގ ރިޕެއަރކޮށްލައިގެން އުޅެން.
ސުންޕާ
12 August 2022
މާ ލަސްވެއްޖެ ކަމެއް
ރާއްޖެ
12 August 2022
2023 އަށް މަޑުކޮއްލަން ފެންނަނީ.
ށަވިޔަނި
12 August 2022
އާ ޓާރމިނަލް ކޮބާ؟
އެފައިސާ މި ފައިސާ
12 August 2022
ސިންޕަލް ކަމެއްނު ތީ
ޕެރޭ
12 August 2022
ކުރެވުނަސް ނުކުރެވުނަސް ޔާމީނުގެ ސަރުކާރުން ކަންކުރިގޮތަށް ގިނަ ޕްރޮޖެކްތަކެއް ގާބުރިއެއް ނަމަވެސް ބަހައްޓާލާފައި ފެއްޓުމަށް މިހާރުގެ ސަރުކާރަށް ވެސް ގޮވާލަން އޭރުން އެހެން ބަޔަކު ކިތަންމެ ބުރައެއް އުފުލިއަސް ކުރެޓިޑް ލިބޭނީ ގާބުރި ބޭންދި މީހާއަށް. މޮޔައިންގެ ޕެރެޑައިސް
ޕެރޭ މޮޔަ
12 August 2022
ވެރިކަން ބަދަލްވި އިރު އެއާރ ޕޯޓްގެ ގިނަތަންތަން ހުރީ ނިމެން ކައިރިވެފެ. ތިކަހަލަ މީހުން ކަންކަން އޮނަގުއި ނުބާލާ މީހުންނައް މޮޔަ ނުގޯވާ!
މރ. ފުސްކެޔޮ ބަނާނާ
12 August 2022
އާރަންވޭ ބޭނުންކުރަން ފެށީމާ ގައުމު ދުވެގަންނާނެ. ޝުކުރިއްޔާ ރައީސް ޔާމީން.
ސެމި
12 August 2022
ޝުކުރިއްޔާ ދިވެހި ޓެކްސްޕޭޔާސް، އެހެންނުނީ ނުވާނެ.
އުދުހޭ
12 August 2022
ޓެކްސްޕޭޔާރ އަތުން ފައިސާ ލިބުނަސް އެއަށް ހަދާނެގޮތް ނޭންގުނީމާ އަންނި ގައުމުގެ ހަރުމުދާތަށް ވިއްކަންފެށީ. އެކަމަކު ޔާމީނުގެ ހުދުމުހުތާރުކަމުގެ ސަބަބުން ޔާމީނަށް ތާއީދެއް ނުކުރަން.