ރިޕޯޓް / ސްކޫލް

މާސްކް ބޭނުމެއް ނޫން، އެކަމަކު ދަރިވަރުން ބޭނުން ވަނީ މާސްކް އަޅަން!

އަމީނިއްޔާ ސްކޫލް ދަރިވަރުން ސްކޫލަށް ވަންނަނީ: ފުރާވަރުގެ ގިނަ ކުދިންތަކެއް އަދިވެސް މާސްކް އަޅާކަން ފާހަގަވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މާސްކް އެޅުމަށް މަޖުބޫރުކޮށްފައި އޮތްއޮތުން އެޗްޕީއޭ އިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. މީގެ ހަތަރު މަސް ކުރިން ރާއްޖެ އާންމު ހާލަތަށް ގެނަޔަސް އަދިވެސް ސްކޫލުގައި އުޅޭ ކުދިންގެ މެދުގައި މާސްކް އެޅުން ވަރަށް އާންމެވެ. މާސްކް ބާލަން ވެސް ކުދިން ބޭނުން ނުވަނީ އެވެ.

ކޮވިޑްގެ ނުރައްކާ ފޯރައި، ޖުލައި 30، 2020 ގައި ރާއްޖޭގައި މާސްކް އެޅުން މަޖުބޫރުކުރިއިރު ސްކޫލުތަކުގެ ކިޔެވުން އަލުން ފެށީ ދަރިވަަރުން ވެސް ކްލާހުގައި ތިބޭއިރު މާސްކް އަޅަން މަޖުބޫރުކޮށްފަ އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން މާޗް 13، 2022 ގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލީ ރާއްޖޭގެ ކޮވިޑްގެ ނަމްބަރުތައް ވަރަށް ބޮޑަށް ދަށްކުރެވި، ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބައެއް ދެ ޑޯޒް ވެކްސިން ފުރިހަމަކުރުމުންނެވެ.

އެޗްޕީއޭ އިން، އާންމު ތަންތަނުގައި މާސްކް އެޅުން އުވާލައި ސްކޫލުތަކުން ނިންމާނެ ގޮތެއް ދޫކޮށްލީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެއާ އެކު މިނިސްޓްރީން ވަނީ މާސްކް ނަގަން ބޭނުންވާ ކުދިން މާސްކް ނަގައިގެން ސްކޫލަށް ދިއުމަށް ފުރުސަތުދީފަ އެވެ. އަދި ބެލެނިވެރިޔާ އާއި ކުއްޖާ ބޭނުންނަމަ، ސްކޫލުގައި މާސްކް އެޅުމުގެ ފުރުސަތު ވެސް ދިނެވެ.

ކުދިންގެ އަތް މައްޗަށް ދެ އިހުތިޔާރެއް ދޫކޮށްލުމުން ފެނިގެންދިޔައީ ގިނަ ދަރިވަަރުން މާސްކް އަޅައިގެން ސްކޫލުގައި އުޅެން ފެށި މަންޒަރެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޮޑު ޗުއްޓީއަކަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ވެސް ބައެއް ދަރިވަރުން އުޅުނީ މާސްކް އަޅައިގެންނެވެ. މާސްކާ މާބޮޑަށް ދޯޅަވެ، މާސްކް ނަގައިގެން މީހުންގެ ތެރޭގައި އުޅެން އުނދަގޫ ވަނީ އެވެ. ނުވަތަ މޫނު ފޮރުވައިގެން އުޅުމަކީ މާ ފަސޭހަ ކަމަކަށް އެ ކުދިންނަށް ވެއްޖެ އެވެ.

މާސްކް އަޅާ ބައެއް ކުދިންނާ ވާހަކަ ދައްކާލުމުން އެ ކުދިން ބުނަނީ މާސްކް އަޅައިގެން އުޅުމަށް "މާ ކޮންފޮޓަބަލް" ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެހާ ގިނަ ދުވަހު މާސްކް އަޅައިގެން އުޅުނީމަ ހަމަ ފަސޭހައީ މިހާރު މާސްކް އަޅަން. ހަމައެކަނި ސްކޫލަކު ނޫން މާސްކް އަޅަނީ. ބޭރަށް ދާއިރު ވެސް އަޅުގަނޑަށް ކޮންފޮޓަބަލް މާސްކް އަޅައިގެން އުޅެން... ދެން އަނެއްކާ ކްލާހުގެ އެހެން ކުދިން ވެސް އަޅައިގެން އުޅޭތީ މާސްކް ބާލައިގެން އުޅޭކަށް ވެސް ނުކުރޭނެތާ،" މާލޭގެ ސްކޫލެއްގެ ދަރިވަރަކު ބުންޏެވެ.

މާސްކް އެޅުމުން މުއާމަލާތް ކުރުމާ ދުރުވޭ

އާންމު ހާލަތުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން މާސްކް އަޅަމުންދާތީ ބައެއް ސްކޫލުތަކުން ވަނީ ދަރިވަރުންނަށް މާސްކް ނެގުމަށް ވެސް އަންގައިފަ އެވެ.

ކަލާފާނު ސްކޫލުން އެ ސްކޫލުގެ ބެލެނިވެރިންނަށް ފޮނުވި އެންގުމެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުން މަޖުބޫރުކުރިޔަސް އާންމު ހާލަތަކަށް އާދެވި، މާސްކް ނެގުމުގެ ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު ސްކޫލުގެ ކިޔެވުން އާންމު ހާލަތަށް ގެނެވި ކިޔެވައިދެމުން އަންނައިރު ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް މާސްކް އަޅައިގެން ސްކޫލަށްދާކަން ފާހަގަކުރެވޭ ކަމަށް އެ ސްކޫލުން ބުންޏެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ދުވަހު ކަލާފާނު ސްކޫލުގެ ދަރިވަރުން އެސެމްބްލީގައި ބައިވެރިވަނީ-- ފޮޓޯ: ކަލާފާނު ސްކޫލު/ ފޭސްބުކް

އެ ސްކޫލުން ބުނީ މާސްކް އަޅައިގެން އުޅޭއިރު ދަރިވަރުން އެންމެ ފުރިހަމަ ގޮތުގައި ފިލާވަޅުތަކުގައި ބައިވެރިނުވުމާއި މުއާމަލާތްކުރުމާ ވެސް ދުރުވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ ސްކޫލުން ބެލެނިވެރިންނަށް އަންގާފައިވަނީ ސިއްހީ މައްސަލައެއް ނެތް ހުރިހާ ކުދިން މާސްކް ނަގައިގެން ސްކޫލަށް ފޮނުވައި ދިނުމެވެ. ސިއްހީ މައްސަލަތަކާ ގުޅިގެން މާސްކް އަޅަންޖެހިފައިވާ ކުދިންގެ ބެލެނިވެރިން އެކަން ކްލާސް ޓީޗަރަށް އެންގުމަށް ވެސް އެ ސްކޫލުން މިދިޔަ ހަފްތާގައި ބެލެނިވެރިންނަށް އެންގި އެވެ.

އެ ސްކޫލުގެ އިތުރުން ވެސް އެހެން ސްކޫލުތަކުގެ ކުދިންގެ މެދުގައި ވެސް މާސްކް އެޅުން ގިނަ އެވެ. ވަކިން ހާއްސަކޮށް ފުރާވަރުގެ ކުދިންގެ މެދުގައި މާސްކް އަޅައިގެން އުޅޭލެއް ގިނަކަން ފާހަގަވެ އެވެ.

ހާލަތަށް ބަލާނަމަ މާސްކް ނެގުމަކުން ގޯހެއް ނެތް

އެޗްޕީއޭ އިން ރާއްޖޭގައި މާސްކް އަޅަން ޖެހޭ ފަދަ ހާލަތެއް މިވަގުތަށް ނެތް ކަމަށް ނިންމީ، ޑޮކްޓަރުން ބުނާ ގޮތުގައި އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެ ނިންމުން ނިންމީ ރާއްޖޭގެ ކޮވިޑްގެ ތަފާސްހިސާބުތަކާއި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

"އެޗްޕީއޭ އިން ހަމަ ހުރެފައި އެންގި އެންގުމެއް ނޫން މާސްކް ނަގައިގެން އުޅުމަކީ. ވަރަށް ބައިވަރު ކަންކަމަށް ބަލާފައި ނިންމާ ނިންމުމެއް އެއީ މާސްކް އެޅުމާއި ނޭޅުމަކީ. ޕޮޒިޓިވިޓީ ރޭޓު ހުރި ގޮތާއި ވަރަށް ބައިވަރު މަޝްވަރަތާކަށް ފަހު ނިންމާނީ މާސްކް އަޅާނީތޯ ނޫންތޯ. އެހެންވީމަ އެޗްޕީއޭ އިން ނިންމާފައި އެ ވަނީ މިވަގުތު މުޖުތަމައު އޮތީ މާސްކް އަޅަން ބާރު އަޅާ ހާލަތެއްގައި ނޫނޭ،" ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހު އަލީ ވިދާޅުވި އެވެ.

ފާލިހް ވިދާޅުވީ ރާއްޖެ މިވަގުތު އޮތީ މާސްކް ނާޅާ އުޅުން ވެސް ރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެކަމަކު ހޮސްޕިޓަލުތަކުގައި އުޅޭއިރު މާސްކް އަޅަން އަންގާފައި އޮންނަނީ އެތަނަކީ އެކި ކަހަލަ ބަލި މީހުންދާ ތަނަކަށްވެފައި ބަލި ފެތުރުމުގެ ފުރުސަތު އޮންނާތީ ކަމަށް ވިދާޅުވި އެވެ.

ސްކޫލުތަކަށް ބަލާއިރު ޑޮކްޓަރު ވިދާޅުވީ ކޮވިޑްގެ ކުރިން ވެސް ސްކޫލުތަކުގައި ބައެއް ދަރިވަރުން މާސްކް އަޅާ ކަމަށެވެ. އެކުދިން މާސްކް އަޅަނީ ސިއްހީ ސަބަބުތަކާ ހުރެ ކަަމަށާއި އެއީ ފަސޭހައިން އިންފެކްޝަން ޖެހިދާނެތީ ބަލިން ރައްކާތެރިވުމުގެ ގޮތުން މާސްކް އަޅާ ކުދިން ކަމަށެވެ.

"އެބަތިބޭ ސްކޫލުގައި ވަރަށް ކުރިއްސުރެ މާސްކް އަޅައިގެންދާ ކުދިން. އެކުދިންނަކީ އިންފެކްޝަންތައް ޖެހިދާނެތީ ބަލިން ރައްކާތެރިވާން އޭރު ވެސް މާސްކް އެޅި ކުދިން.. ބައްޔެއް ނެތަސް މާސްކް އަޅާ ކުދިން މާސްކް ނެގުމަށް ސްކޫލުތަކުން ބުނާ ބުނަމަކީ ރަނގަޅު ނިންމެއްތޯ ނޫންތޯ އެނގޭނީ ސްކޫލުތަކަށް. އެއީ މިނިސްޓްރީ އާއި ސްކޫލުތަކާ އެގޮތަށް ނިންމާނީ މަޝްވަރާތަކެއްކޮށްގެން ބަލާފައި،"

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި އެސެމްބްލީގައި، އެ ސްކޫލްގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ރޯގާ އާއި އެހެން ބަލިންތަކުން ރައްކާތެރިވުމަށް މާސްކް އެޅުމަކީ ރަނގަޅު ކަމެއް ކަމަށް ވެސް ފާލިހް ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ. ވެކްސިން ޖެހޭ 12 އަހަރުން މަތީގެ އާބާދީން 84 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށް، 37 ޕަސެންޓް މީހުން ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހާފައިވެ އެވެ.

ޕޮޒިޓިވިޓީ ރޭޓް ދަށްވެ، މާސްކް މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލިއިރު ދެން މާސްކް އަޅަން މަޖުބޫރު ވާނީ ކޮވިޑް ފެތުރޭ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށް ވުރެ މަތި ނަމަ ކަމަށެވެ. އެކަމަކު މިވަގުތު ރާއްޖޭގެ އެއްވެސް ހިސާބެއްގެ ޕޮޒިޓިވިޓީ ރޭޓް އެ ވަރަކަށް ނާރަ އެވެ.

ދެ އަހަރުގެ މަސައްކަތުން ރާއްޖެ އާންމު ހާލަތަށް ގެނެވިފައިވާއިރު މާސްކް އަޅައިގެން ކިޔެވުމަށް ހުރަސް އެޅޭނަމަ، މިވަގުތު މާސްކް ނެގުމަކުން ގޯހެއް ނެތެވެ.

26 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 6%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީރާ

14 August 2022

މާސްކު އަޅަންފެށިފަހުން ވަރަށްގިނަ ދަރިވަރުން ދަތް ނޫގުޅައި ހުންނަކަން ފާހަގަކުރެވުނު… އެހެންވެ ހަފްތާއަކު އެއްފަހަރު ދަތްތައްބަލަންޖެހޭ….

The name is already taken The name is available. Register?

އާޝޯހު

15 August 2022

އެކަންވެސް ކުރަންވީ ޓީޗަރުން . ބޯ ކޮށުވަން ޖެހެނީ ވެސް ޓީޗަރުން. ނިޔަފަތި ކަނޑުވަން ޖެހެނީ ވެސް ޓީޗަރުން . ނަމާދު ކުރުވަން ޖެހެނީ ވެސް ޓީޗަރުން. އެހެންވީމާ މައިންބަފައިންގެ ޒިންމާއެއް ނެތެއްނޫންތޯ؟

The name is already taken The name is available. Register?

ޢަަދުލު

14 August 2022

ޚޮވިޑް ގެ ނުރައްކާ މިވަގުތު ނެތަސް އަބަދުވެސް ކޮނމެސް ރޯގާއެއް ފެތުރޭ. ވިމަ ރގަޅު ގޮތކީ މާސްކް އަޅައިގެން އުޅުން

The name is already taken The name is available. Register?

މާސްކްފޮށި

14 August 2022

އެޗްޕީއޭ އާ މަޝްވަރާ ކޮށްފައެއްނޫން ވައިރަސް ގަޔަށް އަރާނީ. ނޫނީ ސްކޫލު ވެރިންނާ މަޝްވަރާ ކޮށްފައެއްނޫން. އެހެންވީމަ ސިއްހީ މައްސަލަތައް ނެތް ކުދިންނަށްވެސް ބޭނުމިއްޔާ އެޅޭނެ މާސްކް. ކަލޭމެން ބޭނުންވީމަ މަޖުބޫރުން އަޅުވާފަ ކޮން ރިހާކުރެކޭ ކިޔާކަށް

The name is already taken The name is available. Register?

ކޯމަސް

14 August 2022

ސްކޫލުތަކުން މިކަންތައް މާ ބޮޑުކޮށްލައިގެން ދައްކަން އުޅުނަސް އަސްލު އެހާ ބޮޑު ކަމެއްނޫން...ގަދަކަމުން މާސްކު އެޅުވިއިރު އެކަމަށް އާދަވެ އެގޮތް ފަސޭހަވާނެ ކުދިން ތިބޭނެކަން ނުވިސްނުނުކަން ދެރައީ.

The name is already taken The name is available. Register?

އދ ޖމޔ

14 August 2022

ކޮބާތަ މާސް އެޅީމަ މައްސަަލަ އަކީ؟

The name is already taken The name is available. Register?

މޫނު

14 August 2022

މޫނުބުރުގާ އަޅާ ފާނެތީ ބިރުގަންނަނީ

The name is already taken The name is available. Register?

ކިމް

14 August 2022

ނަފްސާނީި ވާވަރަށް ބިރުގެންނުވިވިއްޔާ

The name is already taken The name is available. Register?

ކަނބާ

14 August 2022

މާސްކްއެޅީމަ އަމިއްލަ މިނިވަންކަން އިހުސާސްކުރެވެ. މާސްކުނެތިއްޔާ މަގުމަތީހިނގާއިރު މީހުންބަލާވަރުން ދެފައިއޮޅޭ. މިހާރު މާސްއަޅާލައިން ވަރަށްކޫލް. މާސްކު ނާޅަން އަންގައިފިއްޔާ މަދެންއަޅާނީ މޫނުބުރުގާ.

The name is already taken The name is available. Register?

އުސްމާނުބެ

14 August 2022

އަޅަން ބޭނުން ބަޔަކު މިހާރު އަޅަންވީ ނާޅަން ބޭނުން ބަޔެއް ނޭޅީމަ ނިމުނީ ، މީ މާބޮޑު ކަމެއް ނޫން މިަޔއްވުރެ މުހިންމުކަންތައް އެބަހުރި،

The name is already taken The name is available. Register?

އައިމިން

14 August 2022

އަހަރެންގެ ދަރި ހުންނާނީ މާސްކު އަޅައިގެން . ކޫސަނި ރޯގާއާއި އެކި ކަހަލަ ޖަރާސީމުން ރައްކާތެރިކޮށްދޭކަން ފާހަގަވޭ. ސުކޫލަކީ ވަރަށް މުޑުދާރު ތަނެއް. ފާހާނާވެސް ސާފުނުކޮށްހުންނަކަން ފާހަގަވޭ. ދަރިފުޅު ކޮންމެ ދުވަހަކު ފާހާނާއަށް ގޮއްސަ ހީސްނުލާ އަންނަނީ، ޕުއްޕު ލައިފަ ޕްލެޝް ނުކޮށް ބަހައްޓާތީވެ. އެކަމާހެދީ ޔޫޓީއައިވެގެން އެތައްފަހަރަކު ޑޮކްޓަރަށް އެބަދައްކަންޖެހޭ. މިކަންތައްތައް ރަނގަޅުކޮށްބަލަ. މާސްކް އެޅީ ރައްކާތެރިވުމުގެ ގޮތުން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

14 August 2022

ތިމާސްކުއެޅީމަ ބަލިޖެހުން މަދުނޫނެކޭ ނުބުނަން!އެކަމަކު ކޮވިޑުއަކީ ދިވެހިނައް އެހާނުރައްކާ ބައްޔަކައް ނުވުމުގަވެސް ސަބަބުތަކެއް ހުރެދާނެ! ދޭތެރެޔަކުން ރޯގާޖެހުންވެސް ފަހަރެއްގަ ރަނގަޅު ކަމަކައް ވެސްވެދާނެ!ސާފުތާހިރުކަން ކުޑަ ބިލިޔަނެއް ދިރިއުޅޭ އިންޑިޔާއިން މަރުވި އަދަދުމަދު!ރިސޯޓުތަކުގަ ޔޫރަފުމީހުނައް ހުންނަވަރުގެ ހައިޖީން އަރެމެން އާންމު ދިރި އުމުގަ ހުނައްވޭއްޖެއާ އަހަަރެމެންވެސް އެފަބަކައްވާނެ!އެއީ ކުރިއެރުމެއްކަން އެނގޭނީ ކާމާ ބެހޭފަރާއްތަކައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454