މަޖީދީމަގުގައި ޕާކުނުކުރެވޭ ގޮތް ހަދައިފައި: ޕާކު ނުކުރެވޭ ގޮތް ހެދީ ސަރުކާރުން އެދިގެން މިނީ ބަހުގެ ހިދުމަތް ފެށުމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 އޯގަސްޓް 2022 - 13:18
މަޖީދީ މަގުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުން ސަރުކާރުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ދަމައިފަ އެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފަ އެވެ.
މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ކުރިން ޕާކު ކުރެވެ އެވެ. އެކަމަކު ޕާކިން ޒޯންތައް ހުންނަ ހިސާބުތަކުގައި، އެ ތަނާ ކައިރީގައި އެ މަގުގައި ޕާކު ނުކުރެވެ އެވެ.
މަޖީދީމަގުގައި ޕާކުނުކުރެވޭ ގޮތް ހަދައިފައި: ޕާކު ނުކުރެވޭ ގޮތް ހެދީ ސަރުކާރުން އެދިގެން މިނީ ބަހުގެ ހިދުމަތް ފެށުމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު
މަޖީދީ މަގުގައި ޓްރެފިކް ނިޝާންތައް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، އަދި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރި ސަބަބާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ. ކުރިން ވެސް އޮތީ މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގެ ޕާކިން ޒޯނުތައް ނަަގައިފަ އެވެ.
އެ ކައުންސިލުން ކުރި ބުނި ގޮތުގައި މާލޭގައި އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެދިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖީދީ މަގާއި އަމީނީ މަގާއި ފަރީދީ މަގާއި އަދި އޯކިޑް މަގެވެ.
އެ މަގުތަކުގައި މިހާރު އަންނަނީ ބަސް ސްޓޮޕްތައް ގާއިމުކުރަމުންނެވެ.
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ހަމަޖައްސައިދީފައި ވެ އެވެ.
ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅެއް
- އެކުވެނި ޓްރެކް ކައިރިން ދެ ތަނެއް
- ދަރުބާރުގެ ކައިރި
- ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެއް
ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ޖުލައި 31ގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާށެވެ. ނަމަވެސް އެ ދަތުރުތައް ފެށޭނީ ތިން ހަފުތާގެ ތެރޭގައި ކަމަށް، މިދިޔަ މަހުގެ 28 ގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީ،މު
15 August 2022
މަޖީދީ މަހގުގެ ބައެއް ނޫންތޯ ކަނބާ އައިސާ ރަނި ހިނގުމުން ފެށިގެން ހުޅަނގަށް އޮންނަނީ އެތާ ޕާކު ކޮށްފަ އެބަހުރި ޕާކިން ޒޯނު ވިއްކާފަ ވެސް އެބަހުރި އެހިސާބުގައި
ޕާކިންގު
15 August 2022
ތިޔައީ ވަކިބަޔަކު ކުރުމުން އަދަބު ނުލިބޭ ، ނުކުރުމުން އެއްވެސްފައިދާއެއްނެތް ކަހަލަ ކަމެއް. މަޖީދީމަގުގެ ހުރިހާ ފިހާރަތައް ދޮށުގަ ބޮޑުލޮރީބޭއްވޭނެ ދޯ . ޕެލެޓުވެސް ބޭއްވޭނެ ، މުދާފޮށިތައް ޕޭވްމަންޓުމަތީ ބެހެއްޓޭނެ .
އަލިފުޅު3
15 August 2022
މަޖީދީ މަގުގައި ޕާކު ކުރުން މަނާ ކުރީމާ ވާނީ ހަމަ ފަރިދީ މަގުގެ އެއް ފަރާތުގައި ރީނދޫ 2 ރޮނގު ދަމާ ނޯ-ޕާކިންގް ހެދީމާ ވީ ގޮތެވެ. އަސުރުގެ ފަހުން ފަރީދީ މަގަށް އަރާލީމާ އެވާ ގޮތް ފެންނާނެއެވެ. ފނޓސ ދޮރުމަތީ ހޮށިގަނޑުލީ ބޮޑު ޕިކަޕުގެ 2 ނޫނީ 3 ޕިކަޕް އަބަދުވެސް އޮންނާނެއެވެ. ޕާކު ކޮށްފައެއް ނޫނެވެ. ވެއިޓިންގް / ސްޓޭންޑިންގް ގައެވެ. އަދި ހަމަ މިގޮތަށް ފަރީދީ މަގުގެ އިތުރު ދެ ހިސާބެއްގައި ފިހާރަ އަށް މަގުފަހިވާ ޒާތުގެ ކަންކަމުގާ ވެހިކަލް އޮވެއެވެ.
މައްސަލަ
15 August 2022
ބިލްޑިންގ ކޯޑް ވަކި ގޮތަކަށް އޮތްވައި އެއާ ޚިލާފަށް ގޭގެ ތިރީގައި އެއްކޮށް ފިހާރަ ހަދައިގެން ހިންގަން ހުއްދަ ދެމުން އައުން. ޕާކިންގ އަށް ކަނޑައަޅާ ބައި ފިހާރައަކަށް ހެދީމާ ޕާކުކުރާ ތަންތަން ނެތި މި މައްސަލަ މި ދިމާވަނީ. މާލޭގައި ބޮޑެތި ކުންފުނިތަކުން ނަގައިގެން މަޖީދީމަގުގައި އެންމެފަހުން ހަދަމުންދާ އަދި ހެދި ހެދި އިމާރާތްތަކަކުގައި ފިހާރަ ހިންގަން ހުއްދަދިން މީހުން މިކަމުގައި ޒިންމާ އުފުލަންޖެހޭނެ.
ގަމާރު
15 August 2022
އަހަރީފީ ޕާކިންޖޫރިމަނާ އިސްޓިކާޖޫރިމަނާ މަގުމަތީޕާކިންވިއްކައިގެން ފައިސާ ރައްޔަތުން ފެލުން މުދާގަނެގެން ކޮތަޅަށްލާތީ އެއިންފައިސާ މިހުރިހާފައިސާއެއްނަގައިގެން ސިޔާސީމީހުންގެ އަނބިދަރިންނަށް ބޮޑުމުސާރައާއި ޗުއްޓީދަތުރުއަޅައި ހުސްކޮށްލަނީ ރައްޔަތުމީހާއަށް 2އަހަރުން އައިނަށް އެއްހާސްރުފިޔާ ޑޮކްޓަރުކިޔުގައި 6މަސް މިހާރުސަބުސިޑީތަށްވެސް ކަނޑާލަނީ ހެޔޮވެރިކަމަކީ މީތާ
އޮނަރަބްލް އަފީފު ދީދީ
15 August 2022
މާދުރުގައިއޮތް ރަށެއްގައި ހުރި ވަޒީރަކު އައްޑޫސިޓީގެ މަގުތަކަށް ފާވެ 17 ކިލޯ މީޓަރަށް ވުރެން ދިގު ރާއްޖޭގެ އެންމެ ބިންބޮޑު ސިޓީގެ މަގުތައް ހަދަންށޭ ކިޔާފައި އެއްފަހަރާ އައްޑޫގެ ހުރިހާ މަގުތަކެއް ކޮނެ ދުއްވާ އެއްޗެހި ކީއްކުރަންތޯ ހިގާބިގާވެ މީހުނަށް އެމީހުންގެ ގެދޮރުން ބޭރަށް ނިނުކުމެވޭގޮތް ވަނީ ހަދާފަ. # ސްކޫލް ކުދިންނަށް ސްކޫލް ތަކަށް ދެވޭނެގޮތެއް ނެތް އިރު ދުވަސްވީ އައްޑޫގެމީހަކަށް އަޅުކަން އަދާކުރަން މިސްކިތަށް ވެސް ދިއުމަށް ނުކުޅަދާނަ ކޮށްފި.
ފިލިޕް
15 August 2022
ތި ދައްކާ ވާހަކަ ގޯހީއެއް ނޫން. އެކަމަކު ވާހަކައިގައި ގަދީމީ އަރަބި ކަރައިގައި އޮތްކަހަލަ ގަބީލާ ތަޢައްޞުބުގެ ކުލަވަރު ހުންނާތީ ޒަމާނަކާ ނުގުޅޭ.
1828
15 August 2022
މާލެނޫން އެހެން ހައްލެއް ހޯދައިދިނުމުގެ ޤާބިލްކަން ސަރުކާރުތަކުގައި ހަމަނެތީ ތޯ؟ މާލެ ހަތްފެނަށްލާފައި ކެއްކިޔަސް ތިޔަތަން ވާނީ ހަމަ މާލެއަށް. އިތުރަކަށް ބޮޑެއްވެސް ނުވާނެ.
ހަމަހުވާ
14 August 2022
މަ ޕާކު ކުރާނީ މަޖީދީ މަގުގަ. ދެން ލަލަލަ.
މަބަލްދީބު
15 August 2022
ޖޫރިމަނާވެސް ނެރޭނީ ހަމަ ކަލޭ ޖީބުން. ދެން ލަލަލަ
ޢަލީބެ
14 August 2022
2018 ވަނަ އަހަރު މަޖީދީ މަގުގައި ގައު އަޔިރާ ނިމުނު އިރު މަޖީދީ މަގަކީ ވެހިކަލް ޕާކު ނުކުރާ މަގެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެއީ 2019 ވަނަ އަހަރު މާލޭގައި ބަސްދަތޔރު ފެށުމަށް ބަހުގެ ޚިދުމަތް ދެމުންދިޔަ އެމްޕީއެލް އިން ތައްޔާރު ވާން ޖެހޭތީއެވެ. އެކަމަކު މަޖީދީ މަގުގައި އަލުން ޕާކު ކުރަންފެށީ މި ސަރުކާރު ވެރިކަމާ ޙަވާލުވި ހިސާބުންނެވެ. މަޖީދީ މަގުން ޕާކިން ނަގައި މިހާރު ތި ޖެހީ އުނބަށެވެ.
އައްޔަ
14 August 2022
މަޖީދީމަގު ހަދަންވީނު ހަމައެކަނި ހިނގާފައުޅޭމީހުނަށާ މިނީބަހައްއެކަނި ފުކެއްބޮޱުވަރު
1828
15 August 2022
މަޖީދީމަގު ހަދަންވީ ހަމައެކަނި މާލޭ މީހުންނަށް ބޭނުންކުރެވޭ މަގަކަށް. އޭރުން ހުރިހާ ކަމެއް ހައްލުވީއެއްނު؟