އެމިރޭޓްސްގެ ފްލައިޓަކުން މިއަދު ހެނދުނު މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ކަހާލާފައި.
16 އޯގަސްޓް 2022 - 09:24
ދުބާއީން މިއަދު ހެނދުނު ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ މުދާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަހަމް ވެއްޖެ އެވެ.
އެ މުވައްޒަފަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އޭނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
"އޭނާގެ ހާލު ސްޓޭބަލް. ފުރާނަ އަށް ގެއްލުންވާ ވަރުގެ ކަމެއް ވެފައި ނެތް،" އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ، އެ ކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.
ފްލައިޓްތަކުން ކޮންޓެއިނަރު ބާލަނީ ހައި ލޯޑާ މެޝިން ބޭނުންކޮށްގެންނެވެ. ފްލައިޓްގެ ކާގޯ ދޮރު ކައިރި އަށް އެ މެޝިން ގާތްކުރުމުން، ފްލައިޓްގެ އެތެރޭގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތައް އޮޓޯ ސިސްޓަމަކުން އަރާނީ ހައި ލޯޑާ މެޝިނަށެވެ. އެ މެޝިނުން ކޮންޓެއިނަރުތައް ބާލާނީ މެޝިން ތިރިކުރުމުންނެވެ.
އާންމު ވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހައި ލޯޑާ މެޝިނުގެ މަތިން ކޮންޓެއިނަރު ވެއްޓި ޖެހިފައި ވަނީ އެ އިން ކޮންޓެއިނަރު ބޭލުމަށް ފަހު ކޮންޓެއިނަރު ދަމައިގެން ގެންދާ ޑޮލީއެއްގަ އެވެ. ބެލެވޭ ގޮތުގައި ޒަހަމްވީ ކޮންޓެއިނަރު ބާލައި ނިމެންދެން ޑޮލީ ކައިރީގައި ހުރި މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރެމަރ ދަސްކުރަމާ
16 August 2022
ފްލައިޓަކުން ނޫން. ޢެއަރކްރާފްޓަކުން. ފްލައިޓަކީ ވާރބެއް. ނައުންްއެއްގޮތުގަ ބޭނުންކުރެވޭނީ ދަތުރަށް ފުރަން އޮންނަ މަތިންދާބޯޓާ ބެހޭގޮތުން ވާހަކަ ދައްކާއިރު.
ކާކުތޯ
16 August 2022
ފްލައިޓަކީ ކޯއްޗެއްކަން ދަސްވާނީ މީޑިއަމްއާއި މީޑިއާ ދަސްވެގެންނު؟ މީޑިއާތައް؟؟
ވަހީދު
16 August 2022
ފުރައިގެން ދަތުރުކޮށްފައި އައިސްއޮތް މަތިންދާ ބޯޓަކުން ގެނައި ކޮންޓައިނަރެއް ވެއްޓިގެން ހިނގި ހާދިޘާއަކާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިވަނީ، މިހާލަތުގައި " ފްލައިޓު " ބޭނުން ނުކުރެވޭ ސަބަބު ތަފުސީލު ކޮށްލަ ދެއްވާ.
އަފްތިމް
16 August 2022
ރޭމްޕް އޮފިސަރައް ވަރަށް ސަލާމް.
ހުސެން
16 August 2022
އޮޓޯސިސްޓަމްތަކަށް %100 އިތުބާރުނުކުރާށެވެ، މަތީގައި ތިޔަވަރުގެ ކަންކަން އޮޓޯއިން ހިނގާއިރު ތިރީގައި ހުންނަމީހާ އެއިންއެއްޗެއް ކޮންމެވަގުތަކުވެސް ވެއްޓިދާނެކަމަށްބަލާ ސަލާމަތްވެގެންހުރުމަކީ ވަރަށްމުހިންމުކަމެއް
ާިއެއަރ
16 August 2022
ރިސްކު އެލަވެންސް ލިބޭދޯ؟
ނަންނެއްގޮލާ
16 August 2022
ޕޯޓު މުވައްޒަފުން ހެލްމެޓު އަޅާއިރު އެއާޕޯރޓު މުވައްޒަފުން ހެލްމެޓު ނާޅަން ޖެހޭ ސަބަބެއް ނުފެނޭ.ދެތާވެސް އޮތީ ނުރައްކަތެރި މަސައްކަތުގެ މާހައުލެއް.އަނެއްކަ ރިސްކު އެލަވަންސްވެސް މި މުވައްޒަފުންނައް ނުލިބޭ ކަމައް އަޑުތައް އިވެނީ، މީ ހަގީގަތެއް ކަމެއް ނެންގޭ އެކަމް.
ރިސްކު
16 August 2022
ނުދޭ ރިސްކް އެލަވެންސް
މަތިންދާ ބޯޓު-ނޮޓް ފްލައިޓް
16 August 2022
މީޑިއާގައި އާއްމުކޮށް ކިޔާ ކުއް ބަހެއް. "ފްލައިޓް". ފްލައިޓް އަކީ އެއްޗެއް ނޫން، އެއީ ދަތުރު. މިތައް މީހުންނަށް ދަުރުކުރެވޭ "ފްލައިޓެއް" (ބޯޓެއް). މި އެއަރލައިންގައި މިތައް "ފްލައިޓް" އޮވޭ (މިތައް ބޯޓު އޮވޭ). އެންމެ މަތިންދާ ބޯޓެއް އޮތަސް އެތައް ސަތޭކަ "ފްލައިޓް" (ދަތުރު) ބޭއްވި ދާނެ.
މިއީއިނގެރޭސިއެއްނޫން
16 August 2022
އެއީ އަތްމަތީ ބަހެއް. އެބަސްބުނުމުން މީހަކު އޮޅިގެނެއް، ނުވަތަ ފަހުމް ނުވެގެނެއްވެސް ނޫޅޭ. ކޮންމެ ބަހެއްވެސް ކުއްބަހަކަށް ހެދިދާނެ ކޮންޓެކްސްޓް ބަަދަލުކުރީމަ
ޞުނބވ
16 August 2022
ތިއީ އިނގިރޭސި ކޮންޓެކްސް. ފްލައިޓަކީ ދިވެހިވެފަ އޮތް ބަހެއް.
ޙޭ ސޫސް ޑޯންޓް މޭކްއިޓް ބޭޑް
16 August 2022
ފްލައިޓަކީ ދަތުރެއްނުކުރާ ދުނިޔެވީ ނޮލެޖް ނެތް މީހުން ބޭނުންކުރާ ބަހެއް. ޢެއަރ ކްރާފްޓް ނޫނީ މަަތިންދާބޯޓު.
ބުރުގާ
16 August 2022
ތިވެސް ބޮއްސުންލާފަ އޮތް އެއާޕޯޓުގެ ޑިޕާޓުމެންޓެއް. ތިމީހުން ބޯޓުތަކުން ކާގޯ ބާލުވާތަން ފެންނަ މީހަކު މޮޔަވާނެ.