ބްރިޖް ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރާފައި:މި ޕްލެޓްފޯމާ ހެދި ފަރަށް ގެއްލުންވަމުންދާ ކަމަށް ކައުންސިލުން ބުނޭ.
17 އޯގަސްޓް 2022 - 23:00
މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި ފަރަށް ގެއްލުންވަމުންދާ ކަމަށާއި އެ ޕްލެޓްފޯމް ނުނެގި ލަސްވާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށްވާތީ އެތަނަށް ޕްލެޓްފޯމް އެރި ހާދިސާއާ ގުޅިގެން ނުހަނު ކަންބޮޑުވާ ކަމަށެވެ.
"ގުޅީފަޅު ހިއްކުމާއި ބްރިޖު މަޝްރޫއުގެ ސަބަބުން ނޭދެވޭ އަސަރު މިހާރު ވެސް ފޯރަމުންދާ ފަރަކަށްވީ ހިނދު ބްރިޖް ޕްލެޓްފޯމް ފަރަށް އަރާ ރާޅާ އެކު ފަރު މައްޗަށް ޖެހިޖެހި އެކަން ހައްލުނުކުރެވުމަކީ ވަރަށް ހިތާމަކުރި ކަމެއް،" އެ ބަޔާނުގައި ބުންޏެވެ.
ކައުންސިލުން ވަނީ ބްރިޖް މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އާއި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހިންގުމުގައި ބަލަންޖެހޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުނެ އެ މައްސަލަ ރަނގަޅަށް ބަލައި، ތަހުގީގުކޮށްދިނުމަށް އީޕީއޭ އާއި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ވެސް ކައުންސިލުން ގޮވާލި އެވެ.
A vessel used by the bridge contractors, is stranded on the reef at Villimale’ - it continues to be stuck continuously causing damage to the reef! @EPAMaldives @MoNPHImv pic.twitter.com/6xlLjehtF4
— Save the Beach (@SavetheBeachVM) August 16, 2022
ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި ވިލިމާލޭ ފަރު މައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެކަމަކު އެ ހާދިސާ ހިނގިތާ 24 ގަޑިއިރަށް ވުރެ ގިނައިރުވީއިރު ވެސް ޕްލެޓްފޯމް ނަގަން ފަށާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން އެބަދެ އެވެ.
އެ މައްސަލައާ ގުޅިގެން އީޕީއޭ އިން ބުނީ ވިލިމާލެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.
ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ.
މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަަޅު ގުޅާލާ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މި މަހު ވަނީ އަޅައިފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ބްރިޖުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ، މާލެ އާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު މެދުތެރެ އަށް ނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
18 August 2022
ތިޔަ ޕުލެޓްފޯމް ފަރުމަތީ ބަހައްޓާ! ބަލަ ބޯޓެއް ފަރަށް އަރާއިރަށް އީޕީއޭ އަށް އިގެނީ ބިލިޔަނުން ޖޫރުމަނާ ކުރަން! އީޕީއޭ އަކީ ޖޫރިމަނާ ކުރަން ސަރުކާރުން ހަދާފައިވާ އެޖެންސީއެއް ހެން މިހާރު ހީވަނީ! ފަރަށް ވީ ގެއްލުން ރަގަޅު ކުރާތަނެއް ނުފެނޭ! ދެން ކީއްކުރަން ބޮޑު މުސާރަ ދީފައި ބައިތިއްބާ ބައެއް!
ރެކޭވީރު
18 August 2022
އަނެއްކާ ވެށީގެ ގާނޫނުން ތި މީހުން ކުށްވެރިވެ ޖޫރިމަނާއެއް ވެސް ނުކުރެވޭނެ. މީގެ ކުރިން މިޒާތުގެ ފަރަށް ލިބޭ ގެއްލުމަށް މިލިޔަނުން ޖޫރިމަނާކޮށްފަ އެބަ ހުރި. މިކަން ދެނެތިބެ ތި ބުރިޖު އެގްރިމަންޓް ހެދިފަ އޮންނާނީވެސް ފޯސް މަޖަރ ކްލޯސްގެ ދަށުން ރެކެވޭ ގޮތަށް.
ނަސީ
18 August 2022
400 މިލިޔަން ޑޮލަރު ޖޫރިމަނާކޮއްލާ އޭރުން ޢޯކޭވާނެ ބްރިޖްފޮރީވީ ރައްއިތުން ހެޕީ އިންޑިޔާ ނޮޓް އައުޓް
ބްލަޑް
18 August 2022
މިލިއަނުން ރުފިޔާ ޖަހާފަ ޖުރިމާނާ ކުރާނެ އެކަމަކު އެއީ ނަމެއްގަ ކުރާ ކަމެއް
ރޮހިންޖާ
18 August 2022
ތީ އިންޑިއާ މީހުން. ތިމީހުން ބުރިޖް އަވަސްކުރަން ފައިސާ ނަގާފަ ލަސްކުރަން ބަހަނާ ދައްކަން ސްޓަންޓް ޖައްސަނީ. ތި ބްރިޖް ދެން 30 އަހަރުން އެޅުނަސް ސަބަބަކަށްވާނީ ޕްލެޓްފޯމު ފަރަށް އެރުން. ކުއްވެރިވާނީ ފަރު. ދިވެހި ސަރުކާރު. ބަދަލު ދޭންޖެހޭނީ ރައްޔިތުން. ހިނގާ އަތްޖަހާލަމާ.
ނަސޭހަތް
18 August 2022
ނޫސްވެރިންނަށް ހެޔޮ އެދުމާއެކު ދަންނަވަމެވެ. ބާޖެއް ވިޔަސް، ޕްލެޓްފޯމެއް ވިޔަސް، ދޯންޏެއް ވިޔަސް، ބޯޓެއް ވިޔަސް، ފަރަށް އަރާނީކީ ނޫނެވެ. ފަރަށް އުރޭނީއެވެ. އަދި އެ އުޅަނދު ފަރުން ނަގާނީކީ ނޫނެވެ. މިއީ، ބަސް ބޭނުންކުރާ ރަނގަޅު ހަމައެއް ނޫނެވެ. ކުރިޔަށް އޮތްތަނުގައި މިކަމަށް ސަމާލުކަން ދެއްވައިފިނަމަ ކިތަންމެހައިވެސް އުފާވެރިޔެވެ.
ރަދީފްއޮފިޝަލް
18 August 2022
މޭޑް އިން އިންޑިޔާ ، މޭޑް އިން ޗައިނާ ގެ ތަފާތު ދެއްތޯ.(އެވޮއިޑް ކުރެވޭނެ ސިޗުއޭޝަނެއްގަ ތިޔަ އެއްޗެއް ފަރަށް އެރީ.ނޭޗާގެ ބާރު ގަދަވާނެކަން ގަބޫލުކުރަން ، ނަމަވެސް ކަންކުރަން ތިބި މީހުންގެ ފަރުވާކުޑަކަން މި ހާދިސާއިން ބުނެދޭ.ވ.ވެދުން
ޛސހޖ
18 August 2022
ކަންކަން ކުރުމުގެ ގާބިލްކަން ނެތް ބަޔަކާއި ހަވާލުުކުރީމާ ވާނެ އެތި ތިވަނީ
ހުސެންް
18 August 2022
މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ. ވީމާ، ޗައިނާއިން މިގައުމުގައި ބުރިޖެއް އެޅިޔެއްކަމަކު އިންޑިޔާއަކުން ބުރިޖެއް ނޭޅޭނެ. އިންޑިޔާ މީހުންނަކީ ދޯކާދިނުމާއި އަޅުންގޮތަށް މީހުން ގެންގުޅުމުގައި ދުނިޔޭގެ ނަމްބަރު އެކެއް. މިހާހިސާބަށް އިންޑިޔާގެ ކުންފުނިތަކަށްދިން ޕުރޮޖެކްޓް ތަކުން ތިކަންވަރަށްސާފު. މިހާރުވެސް މިރާއްޖޭގެ ކުދިވިޔަފާރި ތަކުގެތެރެއަށް އެމީހުން އެދަނީ ވަންނަމުން. ނިކަން ކޮންމެވެސް ނޫސްވެރިޔަކު މިކަމުގެ އިންވެސްޓިގޭޝަނެއް ހަދާލަބަލަ.
އިބުރާހިމް،
18 August 2022
ތީ ހަމައެކަނި އީޕީއޭ ކިޔާފަ އެއްޗެއް ނުބުނަންވީ ސަބަބަކީ ކޮބާ؟ މިފަރުތަކަށް ގެއްލުންވުމަކީ މުޅި ރާއްޖެ އެންމެންވެސް ކަންބޮޑުވަންޖެހޭކަމެއް