ޚަބަރު / މުހައްމަދު އަސްލަމް، ނޭޝަނަލް ޕްލޭނިން މިނިސްޓަރު

ފާޑުކިޔަސް "މާލެ މީހާ އަށް ގޮތެއް" ހޯދައިދިނުން ނުހުއްޓާނަން: އަސްލަމް

ކޮންގްރެސްގެ އިއްޔެގެ ސެޝަންގައި އަސްލަމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މާލެ މީހުންނަށް ގޮތެއް ހޯދައި ނުދީ މިފަހަރު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް. -- ފޮޓޯ | އެމްޑީޕީ

މާލޭގެ މީހުންނަށް ހިލޭ ބިން ދޫކުރުމަކީ އިންސާފެއް ނޫނެވެ؛ އަހަރުތަކަކަށް ފަހު މާލެ އިން ގޯތި ދޭން ހުޅުވާލުމާ އެކު އުފެދުނު މި ހިޔާލުތަފާތުވުންތައް އަދިވެސް ވަރަށް ހޫނެވެ. މި ބަހުސްގެ ތެރެއަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަދެވަޑައިގެން "ގަދަކޮށް މާލެ މީހުންނާ އެކު ހުންނެވި" ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެގޮތުގައި އޭނާ ހުންނެވި ބައިވަރު ސަބަބުތަކެއް ދައްކަވަމުން ތަކުރާރު ކުރެއްވީ ޒަމާނުއްސުރެ ރާއްޖޭގައި ގޯތި ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން މާލޭގެ މީހުން ބާކީވެފައިވާ ކަމަށް ކުރާ ޝަކުވާ އެވެ.

އެހެންވެ، ރަށްރަށުގައި ގޯތި ދޫކުރާއިރު އެ ރަށެއްގެ މީހުންނަށް އިސްކަންދޭ އުސޫލު، މާލޭގެ މީހުންނަށް ނުހިނގަންވީ ސަބަބެއް އޮވެގެން ވާނެ ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

އަސްލަމް ވިދާޅުވިގޮތައި ބޯދާ ޒަމާނުއްސުރެ ވެސް ރާއްޖޭގައި އޮންނަ ގޮތަކީ އާއިލާއެއް އުފެދުނީމާ ދައުލަތުން ގޯއްޗެއް ހޯދައިދިނުމެވެ. އެގޮތަށް އެކަން ކުރަމުން އައީ އޭރު ގޯތި ދޭން ބިން އޮތުމުން ކަމަށާއި މިހާރު ދަތިތަކެއް އެކަމުގައި އެބަހުރި ކަން ވެސް ފާހަގަކުރެއްވި އެވެ.

"މި ވަގުތަށް އެބަޖެހޭ ހަމަ އަސްލުގައި ވެސް މާލޭގެ ރައްޔިތުންނަށް ލިބެން ހުރި މިންވަރަކުން ގޯތި ދޭން. އަދި އެދޭ ގޯތީގައި ތަންތަން ބިނާކޮށްގެން ކުރިއަށް ގެންގޮސްދާނެއޭ، އެ ވަރުގެ މީހުން އެބަތިއްބޭ،" އަސްލަމް ވިދާޅުވި އެވެ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.

މި ވިސްނުމުގައި ސަރުކާރުން ދޫކުރަން ނިންމި 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. ސެޕްޓެމްބަރު 26 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެ އެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް އައިއިރު 10،000 އަށް ވުރެން ގިނަ މީހުން ވަނީ ގޯއްޗަށް އެދިފައި ކަމަށެވެ. މި އަދަދަކީ ޝައުގުވެރިކަން ހުރި ވަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑާ ދިމާލަށް ވަރަށް އެއްޗެހި ވެސް އެބަކިޔާ މާލޭގެ ރައްޔިތުންނަށް ދޭތީ. އަޅުގަނޑު ގަބޫލުކުރަނީ އަސްލުގައި މާލޭގެ ރައްޔިތުންނަށް މާލެ އިން ގޯތި ދިނުމުގައި އިސްކަމެއް ގެންގުޅެން ޖެހެއޭ،" އަސްލަމް ވިދާޅުވި އެވެ.

"ހަގީގަތަކީ މިތާ [ކޮންގްރެސްގައި] މި ތިއްބެވި މަންދޫބުންނަކީ ވެސް ކޮންމެވެސް ރަށަކުން ވަޑައިގެން ތިއްބެވި ބޭފުޅުން. ތި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ތިއިން ކޮންމެ ރަށަކުން ގޯއްޗެއް ދިނަސް އެންމެ ފުރަތަމަ އިސްކަމެއް ދެެއްވަނީ އެ ރަށެއްގެ ރައްޔިތު މީހާއަށް ކަން. މާލެ މީހުންނަށް ވެސް އެބަ އޮންނަން ޖެހޭ ގޮތެއް."

މާލެ މީހުންނަށް ގޯތި ދޫކުރުމުގައި ހާއްސަ ކަމެއް މި ސަރުކާރުން ގެންގުޅުނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފާޑުކިޔަސް މާލެ ރައްޔިތުންގެ ހައްގުގެ ވާހަކަ ދައްކަން ޖެހެ އެވެ. މާލެ މީހަކަށް ނުވާތީ މާލެއިން ދޫކުރާ ގޯއްޗެއް އޭނާއަށް ލިބިވަޑައިނުންނަވާ ކަމަށާއި އެ ސަބަބަކީ މާލެ މީހާއާ އަށް ގޮތެއް އޮންނަން ނުޖެހޭ ކަމަށް ދެކިގެން ހުންނަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން މާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތަކަށް އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. މާލޭގައި 15 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަވެ ޝަރުތު ހަމަވާނަމަ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ގޯތި އެއީ ހާއްސަކޮށް މާލޭ މީހުންނަށް،" އަސްލަމް ވިދާޅުވި އެވެ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި އަސްލަމް، ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވަނީ.

ގިރާވަރު ފަޅު ހިއްކައިގެން އިތުރު 2،000 ގޯތި ދޫކުރުމުގެ ވައުދު ވެސް ތަކުރާރު ކުރައްވައި ވިދާޅުވީ އެކަން ވެސް މިި ވެރިކަމުގައި ކުރާނެ ކަަމަށެވެ.

މާލެއަށް ފަހު އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ ތަފްސީލްތައް ވެސް ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 14 ރަށެއްގައި 1،520 ހައުސިން ޔުނިޓު އަންނަނީ އިމާރާތްކުރަމުންނެވެ. އެންމެ ބޮޑަށް އަމާޒުވާ ސުވާލަކީ ރަށްތައް ފުރުނީމާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ކޮބައިތޯ ކަމަށާއި އެކަމުގައި އޮތީ "އެންމެ ޖަވާބެއް ނޫން" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހޯދަން ޖެހެނީ ބައިވަރު ހައްލުތަކެއް. އެންމެންނަށް އެއް ހައްލަކުން ނުފުދޭނެ. ބައެއް މީހުންނަށް މާކެޓް ގެއެއް ގަނެވިދާނެ. އަނެއް ބައި މީހުންނަށް ލޯނެއް ނަގައިގެން ގެދޮރު ބިނާކުރުން، މަގުމަތިވަންޏާ ދައުލަތުގެ މައްޗަށް ބޯހޔާވަހިކަމެއް ދިނުން ލާޒިމު ވާނެ،" އަސްލަމް ވިދާޅުވި އެވެ.

އެއާއެކު މިލްކު ނުކުރެވޭ ގޮތަށް އަގު ހެޔޮކޮށް އުޅެވޭނެ ކައުންސިލް ހައުސިން ވެސް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި 10،627 ހައުސިން ޔުނިޓް އިމާރާތްކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 5،445 ހައުސިން ޔުނިޓާއި 5،182 ހައުސިން ޔުނިޓް ކަަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ ޕްލޭނުގައި ރާއްޖެ ގުޅާލާނެ އެވެ. ކޮވިޑާ އެކު ދެ އަހަރު ގެއްލުނަސް މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި ދަތުރުފަތުރުން ގުޅާލުން ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ހިނގަމުން އަންނަ ކަމަަށް ވިދާޅުވި އެވެ.

މި ތަފްސީލުތައް ނުދެއްވަނީ އޭނާ ވިދާޅުވި ގޮތުގައި، ޕްލޭން ނިންމައި އަމަލީ މަސައްކަތް ފެށުމާ މެދު މާ ގިނަ ވާހަކަތަކެއް ދެއްކުން ފަހަރެއްގައި ރަނގަޅު ކަމަކަށް ނުވެދާނެތީ އެވެ.

153 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހގގތ

22 August 2022

ފޮރިންގ މިނިސްތަރު ޝާހިދު އޮވޭ ލާމު ގަމުން 4000 އަކަފޫޓުގެ ހަތަރު ގޯތި ދަމައިގަނެފަ. އެއީ ޖުމުލަ 12000 އަކަފޫޓު. ނުވިތާކަށް ހެންވޭރު ރަބީޢުގެ 10 ބުރިއަށް ހިއްލާލީ މައުމޫނު ވެރިކަމުގައި ތީމުގެ ބަޖެޓުން. ރައްޔިތުންގެ ލާރި. ދެން އެތަން ހަދާފަ ރަށްރަށު މީހުނަށް ކުއްޔަށްދީގެން ލިބޭ އެއްޗެއް ބޭންކަށް އެ ޖަމާކުރަނީ. ދަރި އަންހެނުން ލަންޑަން އެންބަސީ ވަޒީފާގަ އަހަރަކު މިލިއަނުން ރުފިޔާ. ހައްތާވެސް ރައްޔިތުންގެ މުއްފަތުން ކައިބޮއި އެ އުޅެނީ.

The name is already taken The name is available. Register?

ސަންފާ

21 August 2022

ޔޫ މީން. މާލެ މީހާ ކުއްޔަށް ދޭން ތަން ހޯދަދޭ ވާހަކަ ދޯ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 August 2022

ނުކަތާވަރަށް މީހުންގިނަވެ ކޮންޖަސްޓެޑްވެ ބިމުގެދަތިކަމާއި އިތުރު އުދަގޫތަކުގެސަބަބުން ދުނިޔޭގެ މަޝްހޫރު އެތައްޤައުމެއްގެ (ސާކް ހުރިހާ ޤައުމުތަކެއް) ވެރިރަށް ބަދަލުކޮށްފައިއެބަހުރި. # ކ.އަތޮޅުމާލެއަށް ދިމާވެފައިވާ މައްސަލަހައްލުކުރަން މަޖިލީހުގައިތިބި 87 މެންބަރުންގެތެރެއިން މާލޭދާއިރާގެ މެންބަރުންފިޔަވާ 72 މެންބަރުންގެބާރުން ޤާނޫނުއަސާސީ އިސްލާޙްކޮށް 2030 ގެ ކުރިން ވެރިރަށަކަށް ލ. ގަން ހެދުމުގެ މަސައްކަތްފެއްޓުމަށް ޤާނޫނަކުން ކަޑައަޅާ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 August 2022

އަފީފުދީދީ ސުއައިދީބު ހަދަން އައްޑޫއަށް ދޭ! މާލޭ މީހުންނާ ބެހޭ ގޮތުން ވާހަކަ ދައްކަން އައްޑޫ މީހުންނަށް ނޭގޭނެ!ހައިސިއްޔަތެއްނެތް! އަފީފު ދީދީ މެންނަށް އިގޭނީ ބަޣާވާތް ކުރަން!

The name is already taken The name is available. Register?

ޢެންޓަރޕްރެނުއާރ

21 August 2022

މާލޭގެ ރަށްވެހިންގެ އަދަދަކީ 70000. ގޭބީސީގެ އަދަދަކީ 35000. ކޮންމެ 2 މީހަކަށް ގޭބީސީއެއް. އެހެންވީމަ މިއުޅެނީ މާލެ މީހުންނަށް ބޯހިޔާވަހިކަން ނެތުމުގެ މައްސަލައެއްނޫން. މާލެ މީހުން އާމްދަނީ ހޯދަން ކުއްޔަށްދޭނެ ބިމެއް ނެތުމުގެ މައްސަލަ މިއުޅެނީ. އަސްލަމް މާލެ މީހާއަށް ހޯދައިދޭން އުޅޭ "ގޮތަކީ" އެވެރިންގެ އާމްދަނީ އިތުރުކުރުމަށް ކުއްޔަށްދޭނެ އިމާރާތެއް ހެދުމަށް 15 މިލިއަން ރުފިޔާގެ ބިމެއް ހިލޭ ހޯދައިދިނުން.

The name is already taken The name is available. Register?

ކެކެ

21 August 2022

2000 ވަނަ އަހަރާޖެހެން ދެން ތިޔަ މާލޭ މީހުން ރައްރަށުގެ ކުދިން މާލޭގައި ބައިތިއްބައިގެ ހިލޭ ކިޔަވާދީ ވެސް ހެދި، ގޭގެ ބާޒާރުކޮއް މަސައްކަތް ކުރަންވެސް ޖެހުނު، އެކަމުވެސް އެއީ ހަމަ ދިވެހިންގެ އޭރުތޮތް އެކުވެރިކަމާ މެހެމާންދާރީ. މަސްލަހަރު އެންމެ ރަންގަޅުވާނީ ސޯޝަލް ހައުސިން މަލޭ ރަޖިސްޓުރީގައިވާ އެންމެނައް އެފޯޑަބަލް އަގެއްގައި ވިއްކުން.

The name is already taken The name is available. Register?

ޙަބީބު.

21 August 2022

ވަރައް ބޮޑައް ޝުކުރިއްޔާ މާލެ މިފަހަރު އިބޫ ނަގާނެ ފޯމުލާ ހުރިހާ މާލެމީހުނައް ގޯތިދެއްވާތި ރައްރަށުން އައިސް ދަފުތަރުގަ ޖެހިފަތިބި މަންމަ ނުވަތަ ބައްޕަ މާލެޔައް ނިސްބަތްނުވާ ހުރިހާފޯމެއް ބާތިލުކުރާތި ފޯމުލާއިރު މަންމަ ނުވަތަ ބައްޕަ އޭގެން ކޮންމެސް އެކަކީ މާލެ މީހަކައް ވާންވާނެ އަދިއުފަންވެ ބޮޑުވެ އުޅެނީ މާލޭގަތޯ ޔަގީންކުރާތި

The name is already taken The name is available. Register?

ވަން

21 August 2022

މާލޭމީހުންނަށް މާލޭން ގޯތިދިނުން އެއީ އންސާފް ސާބަހޭ އަސްލަމް އޮނަސްޓް ސްރެއިޓް ފޯވާރޑް ވީލަވް އަސްލަމް❤❤❤❤❤

The name is already taken The name is available. Register?

ހުސަިއން803

21 August 2022

މާލޭގެ ގޯތިތައް 10، 12 ބުރިޔަށް އަރައިފި. ވިލިގިލި، ހުޅުމާލެ، ފޭސް2، ގުޅީފަޅުންވެސް މާލޭމީހުންނަށް ގޯތި. ރާއްޖޭގެ ހުރިހާކަމެއް މާލެއަށް ޖަމާކޮށްފަ ރާއްޖޭތެރޭ މީހާ ބޮޑުކުލީގައި މާލޭގައި އުޅެންޖެހޭ ސިޔާސަތު މިއޮންނަނީ.. މިހުރިހާ ތަނެއްގެ ބިންތަކަކީ ހަމައެކަނި މާލޭމީހާގެ ބިންކަމުގައި ވެގެންނުވާނެ. ކޮބާ އިންސާފު. ރާއްޖެތެރޭގެ ޕާޓީ ހަދާ މިކަންކަން އެބަޖެހޭ ސައިޒުކުރަން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

21 August 2022

ތިޔަ ކަމާ އަހަރުމެން މާލޭ މީހުން ކުރާނީ ކީއް!؟ އަހަރުމެން ކަލޭމެންގެ ރަށައް ދިޔައީމާ 500ރ ކޮޓަރި ދުވާލަކަށް ކުއްޔަށް ނަގައިގެން މިއުޅެނީ!

The name is already taken The name is available. Register?

ފިނިޓައްޕު ހަސަނު

21 August 2022

މާލޭ މީހުންނަކީ އެއްވެސް ޒަމާނެއްގައި އަތުން ފައިން މަސައްކަތް އުޅުނު ބައެެއް ނޫން. ޢެވޭލާ ޒަމާނުގައި މާލޭ މީހުން ކައިބޮއެ އުޅުނީ ރާއްޖެތެރޭ މީހުން ޒަރޫރީ ބޭނުމަށް މާލެ އަންނައިރު ގެންނަ ފަލަމަޑިއާއި، ވަޅޯމަސް، ކާށި، ބަނބުކެޔޮ ފަދަ ތަކެތި ކައިގެން. މިޒަމާނުގައި ރާއްޖެތެރޭ މީހުން މާލޭގައި ތިބެނީ ނަގުދު ފައިސާ ދީގެން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

21 August 2022

ކާކުތަ ބުނީ ކަލޭމެން މާލެ އަރާށޭ!

The name is already taken The name is available. Register?

ޓައްޕޫ

21 August 2022

މިހާރު ޒަމާން ބަދަލުވެގެން ރަށްރަށުގަ ހަދާ ރިހާކުރާ ކާޖާތަކާ ގުޅަތަކާ ތެލުލި ބަނބުބޭކާލާ ތެލުލި ފަތާ އަދިވެސް އެކި ޒާތްޒާތުގެ ރަށްރަށުގެ ޕްރޮޑަކްޓްތައް އެއީ ހަމަ މާލޭގަ ވަރަށް ވިކޭ އެއްޗެހި. އެކަމުން އާމްދަނީ ހޯދާ މީހުން މަދެއްނޫން. ކޮބާބާ އޭގަ މައްސަލައެއް؟ އެއް ތަނަކަށް ހާއްސަ އެއްޗެއް އަނެއް ތަނަކަށް ވިއްކައިގެން ނަފާ ހޯދުމަކީ ހުރިހާ ދިމާލެއްގަ ހިނގާ ކަމެއް. މާބޮޑަށް ޒާތީނުވެ ވިސްނީމަ ހުރިހާ ބަޔަކަށްވާ ފައިދާވެސް ފެނިދާނެ.

The name is already taken The name is available. Register?

ތާރީހް

21 August 2022

ތާރީހް ގަ ވެސް އެމްޑީޕީ ވާނެ އެންމެ ބޮޑު ބަލި ވާން ތިއުޅެނީ 2023 ގަ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

21 August 2022

ކޮއްކޯ 2023 ގައި އެމްޑީޕީއާއި ވާދަކޮއްލަން ކެރޭނެ ޕާޓީއެއް ނޯންނާނެ! ފަޅުރަށް ތައްވިއްކާ އަދީބު އަތުން ފައިސާ ހޯދި މީހާ ޖަލުގައި އޮންނަންޖެހޭނީ! ދެން މައި ޕާޓީއަކަށް އޮންނާ ނީ އެމްޑީޕީ ދެންތިބޭނީ ހުސް ރޮގާލި ފަތި ޕާޓީ! ފަސޭހަކަމާއެކު 5 އަހަރަށް ހޮވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454