ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިސް މަގާމުތަކުގައި ތިބި ދަރިވަރުން. މިއީ މޮޅެތި ގިނަ ދަރިވަރުންތަކެއް ތައުީމު ހާސިލް ކުރަމުންދާ ސްކޫލެއް. ފޮޓޯ: ވީއައިއެޗްއެސް
21 އޯގަސްޓް 2022 - 10:38
އެންމެ ފަހުން އޯ ލެވެލް ނިންމި އެއް ދަރިވަރު، އައިޝާ ދިޔައީ އޭނާ އަށް ލިބުނު ރަނގަޅު ނަތީޖާ ފާހަގަކޮށް އާއިލާއާ އެކު އުފާފާޅުކުރަމުންނެވެ. އެ ވަގުތު، އޭނާގެ މަންމަ މަރިޔަމް އައިޝާ ގާތު އޭ ލެވެލަށް ކިޔަވަން ދާން ބޭނުން ވަނީ ކޮން ސްކޫލަކަށްތޯ ސުވާލު ކުރި އެވެ. ވިސްނާލުމަށް ފަހު އައިޝާ ބުނީ އޭނާ ކިޔަވަން ދާން ބޭނުން ވަނީ ވިލާ ހައި ސްކޫލަށް ކަމަށެވެ.
"އެއީ އެންމެ ރަނގަޅު ސްކޫލަކީ. ވިލާއަށް ދާން ބޭނުމީ،" އޭނާ ބުންޏެވެ.
ދަރިފުޅު ގެންދަންވީ ސްކޫލަކާ މެދު، އައިޝާ އާއި އޭނާގެ މަންމަ ފަދައިން އެތައް ދަރިވަރަކާއި ބެލެނިވެރިން މި ދުވަސްވަރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޯލެވެލްގެ ނަތީޖާ ލިބުމުން ދަރިވަރުންނާއި މައިންބަފައިންގެ މެދުގައި އެންމެ ހޫނުކޮށް ހިނގާ ބަހުސަކީ ވެސް މި އެވެ.
ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ހިނގާ އެ ބަހުސާ ގުޅޭގޮތުން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކުރީގެ އިސްވެރިއަކު ވިދާޅުވީ، މަތީ ސާނަވީ މަރުހަލާ އަކީ މަތީ ތައުލީމަށް ތައްޔަރުކޮށްދޭ މަރުހަލާ އަށް ވުމުން، އެ ބަހުސަކީ ކުރުން މުހިންމު ބަހުސެއް ކަމަށެވެ.
ވިލާ ހައި ސްކޫލުން ދަނީ ސްކޮލާޝިޕުގެ ފުރުސަތު ވެސް ދެމުން.
"މަތީ ސާނަވީ ތައުލީމުގެ ދައުރަކީ، ދަރިވަރުގެ ޖިސްމަށް އަދި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އަންނަ އުމުރުފުރާއެއް. މިއީ އޭލެވެލް އިމްތިހާނުގައި އިށީންނަ މަރުހަލާ. އޭލެވެލް އަށް ކިޔެވީމާ، ޑިގްރީ އަށް ރަނގަޅަށް ކިޔެވޭނީ. އޭލެވެލް ފާހަކީ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކަށް ވެސް ވަނުމަށް ހޯދޭ ތަޅުދަނޑި." އޭނާ ވިދާޅުވި އެވެ.
ދަރިން ޔުނިވާސިޓީތަކަށް ކިޔަވަން ދިޔުމަކީ މައިންބަފައިންނަށް ލިބޭ ބަޔާން ކުރަން ދަތި އުފަލެކެވެ. ބޭރުގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއްގެ މަންމަ، އަޒީޒާ ސައީދު ބުނީ އޭނާގެ ކޮއްކޮ ހަނާ އާއި އޭނާގެ ދަރިފުޅު ޝައިހާ ކިޔަވަމުން ދަނީ އެއް ޔުނިވާސިޓީއެއްގައި ކަމަށެވެ. އަދި ހަނާ އަކީ އަބަދުވެސް ކިޔެވުމަށް މޮޅު ކުއްޖެއް ނަމަވެސް، ޔުނިވާސިޓީ ތައުލީމަކީ ބޮޑު ގޮންޖެހުމަކަށް ހަނާއަށް ވެފައިވާ ކަމުގައި އޭނާ ބުންޏެވެ. ސްކޫލު ދައުރު ޓިއުޝަން ނަގައިގެން ކިޔެވުމަށް ފަހު، ޔުނިވާސިޓީގައި އަމިއްލަ އަށް ކިޔަވަން ޖެހުމުން ހަނާ އަށް އެކަމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ވިލާ ހައި ސްކޫލުގެ ދަރިވަރުން ރާއްޖެއިން ބޭރުގައި. އެކި ގައުމުތަކށް ގޮސް އެކި ކަންތައްތައް ތަޖުރިބާ ކޮށްދިނުމުގެ ފުރުސަތު އެ ސްކޫލުން ދަނީ ފަހި ކޮށް ދެމުން. ފޮޓޯ: ވީއައިއެޗްއެސް
އަޒީޒާގެ އެ ތަޖުރިބާއާ ގުޅޭ ގޮތުން، މަތީ ތައުލީމު ހާސިލްކޮށްގެން ހުރި މީހަކު ބުނީ، މަދަރުސީ ތައުލީމުގެ އެންމެ ބޮޑު ބޭނުމަކީ ކިޔަވަން ދަސްކުރުން ކަމަށެވެ. އަދި މަދަރުސާގައި ދަންފަޅި ހަމަކޮށްފައި، ދުވަހުގެ ބާކީ ވަގުތު ޓިއުޝަނުގައި އުޅެން ޖެހޭތީ ދަރިވަރުންނަށް އަމިއްލައަށް ކިޔަވަން ދަސްނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ކަމުގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅުވި ނަމަވެސް، ދަރިވަރުންނަށް އަމިއްލަ އަށް ކިޔަވަން ދަސްނުވުމުން މުސްތަގުބަލުގައި ދިމާވާނެ ދަތިތަކަކީ މައިންބަފައިންނަށް އަދިވެސް ހޭލުންތެރި ކަންތައްތަކެއް ނޫން ކަމަށެވެ.
އަމިއްލައަށް ކިޔަވަން ދަސްކޮށްދީ، އަމަލީ ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަށް އިސްކަންދޭ ސްކޫލްތައް ވެސް އެބަ ހުއްޓެވެ. ވިލާ ހައި ސްކޫލަކީ އެ ފަދަ ސްކޫލެކެވެ. އެ ސްކޫލުގެ އަމާޒަކީ ޔުނިވާސިޓީ ލެވެލްގައި ރަނގަޅު ކާމިޔާބެއް ހޯދާނެ ދަރިވަރުންތަކެއް ތަމްރީނު ކުރުމެވެ.
އެ ސްކޫލުން ދަނީ އާ މާއްދާތަކެއް ތައާރަފު ކުރުމަށް ވެސް ތައްޔާރުވަމުން.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، އެ ސްކޫލުގެ ޓީޗަރުންނަކީ މަތީ ތައުލީމު ހާސިލްކޮށްގެން ތިބި، އޯގާތެރި، ދަރިވަރުންނާ މެދު އަޅާލާ ޓީޗަރުންތަކެއް ކަމަށެވެ. އަދި އެ ޓީޗަރުންނަކީ މަތި ސާނަވީ މަރުހަލާގައި މުއްސަނދި ތަޖުރިބާތަކެއް ހުރި ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ވިލާ ހައި ސްކޫލަކީ ފެންވަރު ރަނގަޅު ޓީޗަރުންގެ އިތުރުން، ރިސޯސް މުއްސަނދި ސްކޫލެއް ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.
"މި ތަނުގައި އުނގެނެން ފަހި މާހައުލެއް އެބައޮތް. ރިސޯސް ގިނަ ލައިބްރަރީ، އަދި ކެމިކަލް އާއި އެހެނިހެން ވަސީލަތްތައް މުއްސަނދި ސަބްޖެކްޓް ލެބްތައް ވެސް މި ތަނުގައި އެބަހުރި. އަޅުގަނޑުމެންގެ މަސައްކަތަކީ ކިޔަވަން ދަސްކޮށްދިނުން. ވިސްނުން ފުޅާކުރުމަށް އެހީވާނޭ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުން." އޭނާ ވިދާޅުވި އެވެ.
ވިލާ ހައި ސްކޫލާ ގުޅޭ ގޮތުން އެ ސްކޫލްގެ ކުރީގެ ބެލެނިވެރިއެއް ބުނީ، މާލޭގައި ހުރި ހައި ސްކޫލުތަކަށް އަމިއްލަ އަށް ގޮސް ބަލައިފި ނަމަ، ދަރިފުޅަށް އެންމެ ރަނގަޅު ތަނަކީ ވިލާ ކަން ރަނގަޅަށް އިނގޭނެ ކަމަށެވެ. އަދި އެ ސްކޫލަކީ ދަރިވަރުންނަށް އަމަލީ ގިނަ ތަޖުރިބާތަކެއް ލިބޭ، ގިނަ ކަންތައްތަކެއް ދަސްކޮށްދޭ ތަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ވިލާ ހައި ސްކޫލުގެ ދަރިވަރުންތަކެއް ރަށަކަށް ޒިޔާރަތް ކުރަނީ. އެ ފަދަ ގިނަ ދަތުރުތައް އެ ސްކޫލުން ހިންގާ. ފޮޓޯ: ވީއެޗްއެސް
ވިލާ ހައި ސްކޫލަކީ އެ ސްކޫލުގެ ދަރިވަރުންނަށް ގިނަ ހަރަކާތްތަކެއް ރާވައި އިންތިޒާމު ކުރަމުންދާ ސްކޫލެކެވެ. އެ ސްކޫލުގެ ހަރަކާތްތަކާ ގުޅޭ ގޮތުން ސްކޫލުގެ ޓީޗަރެއް ވިދާޅުވީ، މިދިޔަ ޖޫން މަހު، އެ ސްކުލުގެ ދަރިވަރުން ގދ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށްތަކަށާއި ގިނަ ފަޅު ރަށްތަކަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެ ސްކޫލުގެ ބައެއް ދަރިވަރުން މެލޭޝިއާގެ ބައެއް ޔުނިވާސިޓީތަކާއި، ލެބޯޓްރީ އާއި ފެކްޓްރީތަކަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ފަދަ ހަރަކާތްތައް އިންތިޒާމުކޮށް، އެ ފަދަ ފަހި ފުރުސަތުތައް ދޭ އިތުރު ސްކޫލެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.
ވިލާ ހައި ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން، ބޭރުގެ ޔުނިވާސިޓީތަކުން ފުރުސަތު ހޯދައި، ރަނގަޅު ނަތީޖާއަކާ އެކު ޒިންމާދާރު މަގާމުތަކުގައި އެތައް ދަރިވަރުން އެބަ ތިއްބެވެ.
އޭގެ ތެރެއިން އެ ކުއްޖަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ، ވިލާ ހައި ސްކޫލަކީ ކުލާހުގައި އެކަނި ކިޔަވާދޭ ތަނެއް ނޫން ކަމަށެވެ. އަދި އޭނާއަށް ޔުނިވާސިޓީ ތައުލީމުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ވިލާއިން ލިބނު ތަޖުރިވާގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ސްކޫލު ދުވަސްވަރު، ރާއްޖެ އާއި ރާއްޖެއިން ބޭރުން އެ ސްކޫލުން ހޯދާދިން ފުރުސަތުތަކުގެ ސަބަބުން، މަތީ ތައުލީމުގެ ހަޔާތަށް ފައިދާކުރަނިވި ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.
ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ިނަ ކާމިޔާބީތަކެއް އެ ސްކޫލުން ދަނީ ހޯދަމުން. ފޮޓޯ: ވީއައިއެޗްއެސް
މަތީ ސާނަވީ އާ އަހަރަކަށް ތައްޔަރުވަމުން ދާއިރު، ވިލާ ހައި ސްކޫލުން ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރު ކުރުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާ މާއްދާތަކެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށް ސްކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ އަލަށް ތައާރަފު ކުރާ މާއްދާތަކާއި، އެ ސްކޫލާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ސްކޫލަށް އައުމަށް ބެލެނިވެރިންނާއި ދަރިވަރުންނަށް ދައުވަތު ދޭ ކަމަށެވެ. އަދި އުއްމީދަކީ ގިނަ ދަރިވަރުންތަކަކާއި ބެލެނިވެރިންތަކަކަށް ބައްދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯޓު: މިއީ ވިލާ ހައި ސްކޫލުން ތައްޔާރުކޮށްފައިވާ އެ ސްކޫލުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy