ރިޕޯޓް / އެމްޑީޕީ ކޮންގްރެސް

ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ސިޔާސީ ކުރިމަގު ބަނަ!

ނިމިގެން މިދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ އެތައް ސަބަބެއް، ތަފާސްހިސާބު ޖައްސަވައި ވިދާޅުވަމުން ގެންދެވި ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ހަގީގަތެއް ވެ އެވެ.

އެއީ ރިޔާސީ އިންތިހާބަކަށް ދިޔުމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ދައުލަތް ހިންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ދަށަށް ނުގެނެސް އެމަނިކުފާނަށް ސިޔާސީ ކުރިއެރުމެއް ނެތް ކަމެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބަރުލަމާނީ ނިޒާމް ގެންނަ ވާހަކަ ދައްކަވަމުން އައި ނަޝީދަށް އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންތަކެއްގެ ތާއީދު ވަރަށް ކުރީކޮޅު ގެއްލިއްޖެ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައި އޮތް ބިޔަ މެޖޯރިޓީން ވެސް އެމަނިކުފާނާ ދެކޮޅު ނުކުންނަވާ މެމްބަރުންގެ އަދަދު ގިނަވަމުން ގޮސް އެންމެ ފަހުން ގިނަ މެމްބަރުން ރައީސް ފަޅި އަށް ޖެހިވަޑައިގަތެވެ.

އޭގެ ފަހުން އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބެއް ކާމިޔާބު ކުރެއްވީ ރައީސް އެންޑޯޒް ކުރައްވާ ކެނޑިޑޭޓުންނެވެ. އަދި އެންމެ ފަހުން ބޭއްވި ޗެއާޕާސަން އިންތިހާބުގައި ވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އާ ދެކޮޅަށް ނިކުމެވަޑައިގެން ވެސް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުން، ޕާޓީ އަތުން ބީވެ ނަޝީދަށް ރިޔާސީ ޓިކެޓު ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް އާއެކު ހުށަހެޅުއްވި ބަރުލަމާނީގެ ގަރާރަކީ އެމަނިކުފާނަށް ޕާޓީގެ ތެރެއިން ދެން ކުޅެވެން އޮތް އެންމެ ފަހު ކާޑެވެ!

".. މިއީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. ބަރުލަމާނީ ގަރާރު އަނބުރާ ގެންދިޔުން ނޫން އެހެން ގޮތެއް އެމަނިކުފާނަށް [ނަޝީދަށް] ނެތް. ބަރުލަމާނީގެ ވާހަކަ ރަނގަޅަށް ވެސް އެ ވަޅުލެވުނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މަޖިލިސް މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.

ނަޝީދު އޮތީ މާ ކުރިން ސައި ވެފައި!

މި ދަނޑިވަޅުގެ ގޮތުން ނަން ސިއްރު ކޮށްދޭން އެދި "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިގޮތުގައި ޕާޓީގެ ރައީސް ބަރުލަމާނީ ގަރާރު އަނބުރާ ނުގެންދެވި ނަމަ އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިވަޑައިގަންނަވާނެ ގެއްލުން މާ ބޮޑު ވާނެ އެވެ.

ކޮންގްރެސްގައި ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވާނެ މެމްބަރުންގެ އަދަދު 200 އަށް ވެސް ނާރަ އެވެ. މުޅި ހޯލުގައި ތިއްބެވީ ރައީސަށް ދެވަނަ ދައުރެއް ދެއްވުމަށް ތާއީދު ކުރައްވާ ކޮންގްރެސްމަނުން ކަމަށް ވެސް އެ މެމްބަރުންގެ ވާހަކަތަކުން އެނގެ އެވެ.

"މައްސަލަ އެ ނިންމާލީ އެންމެ ރީތި ގޮތަށް. އެއީ ރައީސް ޕާޓީ އާއި ފައްޔާޒް ޕާޓީ ގެންގުޅުއްވާ ގޮތާ މެދު މެމްބަރުންގެ އިތުބާރު އުފެދިއްޖެ. ނަޝީދު ވެސް އަމާން ދެއްވައި އަމިއްލަ އަށް އިސް ނަންގަވައިގެން ގަރާރު އަނބުރާ ގެންދިޔުމުން އެމަނިކުފާނަށް ސަޕޯޓު ވެސް ތަރުހީބު ވެސް ލިބުނު،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ގަރާރު އިއްޔެ ކޮންގްރެސް އިން ފާސް ކުރިޔަސް ނަޝީދަށް ކާމިޔާބު ވާނެ ދޮރު އޮތީ ބަންދުވެފަ އެވެ. އެކަން އެނގެނީ ވެސް ހަމަ ނަޝީދު ޖައްސަވާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވާ ގޮތުން ނަމަ އެމްޑީޕީ ދެ ފަޅިވެފައި އޮއްވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ރިޔާސީ އިންތިހާބަށް ނިކުމެއްޖެ ނަމަ ކާމިޔާބެއް ނުވާނެ އެވެ. ޕަސެންޓޭޖު ބަހަމުން އެމްޑީޕީ އަށް ލިބޭ އަދަދު ވަރަށް ކުޑަ ވާނެ އެވެ.

ނަޝީދު ބަރުލަމާނީ ނިޒާމް ހިފައިގެން ރައްޔިތުންގެ ކުރިމައްޗަށް ނުކުތަސް ވާނީ އެހެނެވެ. އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެމްބަރުން މަސައްކަތް ކުރާނީ ރިޔާސީ ނިޒާމު ގެންނާށެވެ. އެމަނިކުފާނާއެކު އެ މަސައްކަތުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އޮންނާނެ އެވެ.

"ނަޝީދު ވިދާޅުވާ ގޮތަށް ހުރިހާ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވެފައި އޮއްވާ ހުރިހާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ނުކުމެގެން އެމަނިކުފާނަށް ވެސް ނެރެވޭނެ ނަތީޖާއެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް ފެށި އިރު ވެސް އެނގިވަޑައިގަންނަވާނެ މިކަން ދާނީ މިހެން ކަން. ނަޝިދަށް އެއްވެސް ގޮތެއް ނެތް ކަން -- މަޖިލިސް މެމްބަރެއް

"ކޮންގްރެސް ފެށި އިރު ވެސް އެނގިވަޑައިގަންނަވާނެ މިކަން ދާނީ މިހެން ކަން. ނަޝިދަށް އެއްވެސް ގޮތެއް ނެތް ކަން،"

އެމްޑީޕީގެ ތެރެއިން ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނެ ކަމުގެ އުންމީދު ނަޝީދަށް ގެއްލިފައިވާ އިރު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އަކީ ވެސް އެމަނިކުފާނު ހުރި ގަލަކަށް އަރާނެ ޕާޓީތަކެއް ނޫނެވެ.

ހައިޖާނުގަނޑު އަދި އޮތީ ކުރިޔަށް!

ކޮންގްރެސް ކުރިޔަށް ދިޔަ ވަގުތު ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަތް ފުރުސަތުތަކުގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕަށް ވަރަށް ނުސީދާ ގޮތެއްގައި އެކިއެކި މެސެޖު ދެއްވައިފަ އެވެ.

އެއްކަމަކީ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމާ ހެދި އުފެދިދާނެ ހައިޖާނުގެ މަންޒަރު ދެކިވަޑައިގަންނަވަން ބޭނުން ނުވާ ކަމެވެ. އަނެއް ކަމަކަށް ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިހާބުގައި ރައީސް އާ ފެޔަށް ޖެހިވަޑައިގެންފާނެ ކަމަށް ދޭހަވާ ވާހަކަތަކެކެވެ.

ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަކީ ނާކާމިޔާބެއް ނޫނެވެ. އެއީ ޕާޓީއަށް ޓަކައި ކުރެއްވި ކަމެއް ކަމަށާއި "ބޮޑު ފައިޓު އަދި އޮތީ" ކަމަށް އެ މެމްބަރުން ބުނެ އެވެ.

"އަދި އެބައޮތް ވަރަށް ކަންކަން. އަޅުގަނޑުމެންގެ ކުރިމަތީ ރިޔާސީ ޕްރައިމަރީއެއް ވެސް އެބައޮތް. ރައީސް ނަޝީދު ނޫޅުއްވާ ޕާޓީ ގެއްލިގެނެއް،" އެ ފެކްޝަންގެ މެމްބަރަކު ވިދާޅުވި އެވެ.

ނަޝީދު ވަރަށް ބޮޑަށް ފިތި ހުރިހާ ކޮޅަކުން ވެސް ނާކާމިޔާބު ވި ނަމަވެސް ދެން ވެސް "ސަރުކާރު ޖަވާބުދާރީ" ކުރުވުމާއި އެހެނިހެން ޕްރެޝާތައް ކުރުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރާ ތަން ކުރިޔަށް އޮތް ތަނުގައި ފެންނާނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީ އާ ހަމަޔަށް ދާންވާއިރަށް ސަރުކާރަށް އަމާޒު ކުރާ ހަމަލާތައް އިތުރު ވާނެ ކަމަށް ހަގީގަތުގައި ވެސް ބެލެވެ އެވެ. ޕްރައިމަރީއަކަށް ވެސް ނުގޮސް ރައީސަށް ޓިކެޓު އެކީ ދޫކޮށްލައިގެން ނަޝީދު ހުންނަވާނެތޯ އެއީ އުފައްދަން ޖެހޭ ވެސް ސުވާލެއް ނޫނެވެ.

ހަގީގަތަކީ މިހާރު ސިޔާސީ މަތިފަޑީގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅުންނެވެ.

ތަފާތަކީ ނަޝީދު ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް އެ ނިޒާމު ގެނެސްގެން ވެރިކަމަށް ފައި ނެގެން ނެތް ކަމެވެ.

ޔާމީން ވެސް ވަނީ އެމަނިކުފާނު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މި ވަގުތަށް އެއީ ގެންނަން ރަނގަޅު ބަދަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ފްލޯ ކްރޮސިން ފަދަ ކަންކަން ބަދަލު ނުކުރެވޭނެތީ ވެރިކަން ވެއްޓިދާނެ އަވަސް ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް 2007 ގައި އަދި އޭގެ ފަހުން 2015 ގައި ވެސް ބަރުލަމާނީ ނިޒާމް ގެންނަން އޭރުގެ ސަރުކާރާ ލޮބީ ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު އެމަނިކުފާނަށް ދެވަނަ ދައުރެއް ކަށަވަރު ކުރެވެން އޮތީ ރިޔާާސީ ނިޒާމުގެ ތެރެއިންނެވެ.

ނަޝީދަށް ރިޔާސީ ނިޒާމް "މުސީބާތަކަށް" ވަނީ ވެސް މި ސަބަބާ ހެދި އެވެ. އެމްޑީޕީގެ ކޮންގްރެސް އާ ހިސާބުން ބަރުލަމާނީގެ ބަހުސް ކަފުން ވެގެން ދިޔުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ބަނަވެ، އެޅިގެން ދާ ބޮޑު ހިޔަންޏެކެވެ!

87 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެން ކަފުން

24 August 2022

ދެން އެކުއެއކީ ކަފުން ކުރީމަ ތިކަން ނި

The name is already taken The name is available. Register?

އިބްރ

23 August 2022

ތިޔަ ކޮންގްރެސްއިން ނިންމިކަމެއްނެތް. ބޭކާރުގޮތުގައި ދައުލަތުގެ ފައިސާ ޚަރަދުކުރަން ކުރާކަމެއްތިއީ. ޤައުމަށް ފައިދާހުރި އެންމެ ކަމެއްވެސް ނުނިންމާ.

The name is already taken The name is available. Register?

ފަނުދުންމާރި

23 August 2022

އެންމެފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގަ ރައީސް ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ނުތިބޭނެ. އެކަމަކު ޔަގީނުން އެނގޭކަމަކީ މުޅި އެމްޑީޕީގަ އަދިވެސް ގިނަވާނީ ރައީސް ނަޝީދު އަށް ތާއީދުކުރާ މެންބަރުންކަން. ބަރުލަމާނީ އަށް ވޯޓަށް ނޭހުމާ ޕްރައިމަރީ އަށް ނުގޮސްވާނެ ގޮތެއްވޭތޯ އުޅެންޖެހެނީ މިހެންވެ.

The name is already taken The name is available. Register?

ޮުޕުނާނީ

23 August 2022

2023 އިލެކްޝަނުގައި ރައީސް ސޯލިހު ބަލިވެ ޔާމީނަށް ވެރިކަން ލިބުމުން އެމްޑީޕީ މީހުންނަށް ވިސްނޭނެ އަންނި މިހާރު އެކިޔާ އެތި. އަދި އަންނިގެ ފަހަތަށް އަނެއްކާ އަރާނެ އެންމެން. ރައީސް ސޯލިހު ޕޮލިޓިކްސް އިން ރިޓަޔަރވާނެ އިލެކްޝަނަށްފަހު. (މިކޮމެންޓް މިހާރު ނޫހުން ސޭވްކޮށްފަ އިލެކްޝަން ނިމުމުން މިއަށް ބޭސްކޮށް އާޓިކަލް އެއް ލިޔުން އެދެން.)

The name is already taken The name is available. Register?

ހެހެހެ

23 August 2022

އެމްޑީޕީގެ މަޖްލިސް މެންބަރުންނާއި ގަވްމީ މަޖްލިސްގެ މެންބަރުން އެއްކޮށް ރައީސް ސޯލިހު އަށް ތާއިދު ކުރިޔަސް، އާންމު މެންބަރުންގެ ތެރެއިން ބޮޑު ބަޔެއް ރައީސް ސޯލިއަށް ތާއީދު ނުކުރޭ! ރައީސް ނަޝީދުގެ ތާއީދާ ނުލާ ހިޔެއް ނުވޭ އެމްޑީޕީ މޮޅުވެދާނެ ހެނެއް! އާންމު މެންބަރުންގެ ތެރޭގައި ބޮޑަށް "ސައި" ވެފައި ހުންނެވީ ރައީސް ސޯލިހު!

The name is already taken The name is available. Register?

އުސޫލު...

22 August 2022

އަޅުގަނޑު ދެކޭގޮތުން ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު އެމްޑީޕީ ގައި ނަޝީދު ހުންނަވައިގެން 2023 އެމްޑީޕީ އަށް ކާމިޔާބު ނުވާނެ، މާލެ ސިޓީކައުންސިލް ދިޔަގޮތަށްދާނީ، ސޯލިހު ވެރިކަމަށް ހޮވި ހުވާކުރެއްވި ރެއިންފެށިގެން ނަޝީދު ގެ ގާތް ބޭފުޅުން ގެންދެވީ ސޯލިހުގެ ވެރިކަން ޚަރާބުކުރަމުން، ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރައްވާނީ ޔާމީން އެއީ ނަޝީދު ހިސާބު ދިމާވާކަން ދެއްކުމާ އަދިވެސް ވަރަށް ގިސަބަބު ތަކަށްޓަކާ...

The name is already taken The name is available. Register?

ކޮރަލް

22 August 2022

ދެން ބޭނުންވަނީ އެމްޑީޕީ އަށް އާ ރައީސް އެކެވެ . އަންނި އެހެން މީހުންނަށް ފުރުސަތު ދޭން ވީ އެވެ. ހުދު މުހުތާރު ނުވާށެވެ. ޕާޓީ އުފެދުނީއްސުރެ އަންނި އެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 August 2022

އިއްޒަތްތެރި ރައީސް. ދައުލަތުގެ ޤޢ ގައި އުމަރުކޮށް ބުނެފައިވާ ލާމަރުކަޒީ އުސޫލާއި އަދި މަޖިލީހަށް މެންބަރުން ހޮވާން އިރުޝާދު ދީފައިވާ 72 ހ އަދި ށ ގައި ބުނާ ގޮތަށްތޯ މަޖިލިސް މެންބަރުން އިންތިޙާބު ކުރަމުން ދަނީ ޔަޤީން ކުރައްވާ. # ޤއ ބާރު އަޅަނީ އިދާރީ ދާއިރާތަކުގެ "ވަޒަންވެރިން" އެ ދާއިރާތަކުން މަޖިލީހުގައި ތިބުމަށް. އެހެންވެ 72 ގައި ބުނަނީ ކޮންމެ އިދާރީ ދައިރާ "އަކުން" މާނައަކީ ދާއިރާގެ ރަށްވެހިންގެ ތެރެއިން މީހާކު އިންތިޙާބު ކުރަން ވާނެއޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 August 2022

ޕާލަމެންޓަރީ ސިސްޓަމް ރާއްޖެއަށް މާބޮޑަށްވެސް ކަމުދާނެކަމަށް ޤަބޫލުކުރާތީ ބަރުލަމާނީ ނިޒާމްގެކުރިން ކުރާންޖެހޭ މުހިންމު ބައެއްކަންކަމަށް ބަލާލާނަން. # މިގޮތުން މަޖިލީހުގެ މިހާރުގެ ކޮމްޕޮޒިޝެންގެ ބަދަލުގައި މަޖިލީހުގައި އޮންނާނީ އިދާރީ ޤާނޫނީ 3 ރީޖަނެއްކަމަށް ހަދަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެ ރީޖަނަކަށް 30 މެންބަރުން ކަޑައަޅުއްވާ.

The name is already taken The name is available. Register?

ވަލު ދޮރޯށި

22 August 2022

ބަރުލަމާނީގައި ވެސް ވެރިކަމަށް އަންނަނީ މުޅި ގައުމުގެ އެންމެން ލާ ވޯޓަކުން. ވަލު ދޮރޯށިން މިނިސްޓަރުން ވަދެ އެތިބީ ރިޔާސީ ނިޒާމްގައި. ބްރޯ ވެސް ވަނީ ވަލު ދޮރޯށިން.

The name is already taken The name is available. Register?

ލަމާނީ

22 August 2022

ތިޔަ ބަުލަމާނީ ނިޒާމުގެ ފުރިހަމަކަން އިހަށް ދުވަހު، ލަންކާއިން ފެނިއްޖެ. ރައްޔިތުން ހޭރިހޭރި ތިއްބާ މަޖުލީހުން ރައީސަކާ ބޮޑު ވަޒީރެއް ނަގާ ނިންމާލީ. ސޯ ވަލު ދޮރާށި އޮޅިއްޖެ. އަނެއްކޮޅުން މިނިސްޓަރުންނަކީ ބޭނުން ކޮންމެ ވަގުތެއްގައި ބަދަލުކޮށްލެވޭ މުވައްޒަފުންތަކެއް. ރައްޔިތުން ރަނގަޅު ޕެޓިޝަނެއްް ލައިފިނަމަ، ރައީސަށް މަޖުބޫރުވާނެ ބަދަލުކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454