ސަފާތު: އޭނާއަކީ އަންހެނުންގެ ހައްގުގައި ރާއްޖޭގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް
22 އޯގަސްޓް 2022 - 18:29
ފޮރިން މިނިސްޓްރީގެ ޑައިރެކްޓަ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު މިއުވާން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަށް ސަފާތު އަހުމަދު ޒާހިރު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަފާތު އައްުޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމައި ފައިނޭންޝިއަލް އެނަލިސްޓެއް އަދި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
ސަފާތު ފާހަގަކުރެވިފައި ވަނީ އަންހެނުންގެ ހައްގުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އޭނާ ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވާސިޓީ އޮފް ނޮޓިންގހަމުން މާސްޓަާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަަށް ކުރިން ހުންނެވި މިއުވާން އެ މަގާމަށް ވަޑައިގަތީ މި ސަރުކާރުން ވެރިކަން ކުރަން ފެށި ހިސާބުންނެވެ. ހާރިޖީ ދާއިރާގެ ޚަބަރުތައް ގިނަ ބަޔަކަށް ފެތުރުއްވުމުގައި މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރެއްވި މިއުވާނަކީ ކުރީގެ ނޫސްވެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަގަން
24 August 2022
ވާޒީފާ ނޫފައްދާށޭ ކިޔާފަ ޕާޓީ ކުދިންނަށް ވަޒީފާ އޮއްސަނީ
ލާސްޓް
24 August 2022
މީހުން ވައްދަންވީމަ ލާރި ހުރޭ. މީނަ ނެތިގެން ގެންދޯ މަސައްކަތް ނުކުރެވިފަ ހުރީ ފޮރިން މިނިސްޓްރީގަ
ހިނި
24 August 2022
ދެން މިއުވާން އައް ވެސް ތަނެއް ހާވާލާފަ އަލުން ސިޔާސީ ވަޒީފާއެއްދީ، އެހެންނޫނިއް ކަންމަތިތަކުން މާގިނައިން ފެންނަން ފަށައިފިއްޔާ ޕީޕީއެމް މީހުން ކިޔަން ފަށާނެ ދިވެހިޒުވާނުންތައް ވަޒީފާނެތި މަގުމަތިވެފައޭ
އަބްޑޫޅް
24 August 2022
ކޮމިޔުނިކޭސަނު ހެޑުގެ ހެޑުގަ މިހިރީ ފޮތިގަނޑެއް އޮޅާ ބަންދުކޮށްފަ. ފޮތިގަނޑުގެ ދަށުން ކޮމިޔުނިކޭޓު ކުރަން ކޮންމެވެސްވަރަކަށް ދަތިވެދާނެ ކަމުގަ ފެންނަނީ.
ސޯލިހު ބެއްޔާ ސަލާމޭ
23 August 2022
ފޮރިން މިނިސްޓުރީ ތެރޭގައި ކޮލިފައިޑް އެތައް ބަޔަކު ތިއްބާ ސިޔާސީ ބޭނުމަށް އެދިނީ ވަޒީފާ. ގައިމު މީގެ ބަދަލުގައި ރަށަކަށް ޑޮކްޓަރެއް ފޮނުވިނަމަ ދޯ. މިހާރުވެސް އެއުޅެނީ 1000 ގެ އާބާދީތަކަށް 1 ޑޮކްޓަރެއް ލައިގެން އެމީހުންނަށް ބާރު ބޮޑުވެ ލޯޑު ބޮޑުވެގެން އެމީހުން ބަލިވެ ނަފްސާނީ ވެގެން.
ރަދީފްއޮފިޝަލް
23 August 2022
ހުޅުދޫ ކޫދަކާ ދީ.މަރުހަބާ ކެން.
ކަކި
24 August 2022
ހައުދަހައި ނަލަ ކޫދެކޭ ދީ.
ހަޑިކަމެއް
24 August 2022
އައްޑު މީހުން އަބަދު ދުވަނީ މަގާމު ހޯދަން
ހާރިޖީ ކޮރަޕްޝަން
23 August 2022
ސާބަހޭސާބަހޭ މަގާމު ބަހާފަ ބަހައްޓާ
މަތީނު
23 August 2022
ރާއްޖޭގެ ފޮރިން ސާވިސް އެކުލެވިފައިވާ އޮންނަގޮތް: 1- މާލޭ ބޭފުޅުންނަށް: އެމްބެސެޑަރުކަމާއި ހައިކޮމިޝަނަރުކަން (ޚާއްޞަކޮށް އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް. 2- އެމްޕީން/ވަޒީރުންގެ ދަރިންނާއި ތިމާގެ ބޭފުޅުން (ޑެޕިޔުޓީ ކަން) 3- ސިޔާސީގޮތުން އަޑުގަދަ ކުދިންނަށް ފަސްޓް، ސެކަންޑް ތާޑް ސެކްރެޓަރީކަން
ނަޖްވާ
23 August 2022
މި ބުނީ ފޮރިން މިނިސްޓްރީ ގަ ނެތީތޯ އެ މަގާމު ފުރޭވަރުގެ ބޭފުޅަކު؟ ކީކޭ ދެން ބުނާނީ އަޅެ ފަހެ؟
ާއުނިމާ
23 August 2022
ޔާމީން ސަރުކާރަށްވުރެ ކިތައްގުނަ އިތުރުކަންވެސް ނޭންގޭ މިންވަރަށް ސިޔާސީ މަޤާމުތަށް ދީފިސޯލިހު އިބްރާހީމުގެ ސަރުކާރުން ،މަތިކުޑަ ސަރުކާރަކީ މީ އެބުނާ ލޮަލް...ރީތި ގޮަތަކަށް ޕާޓީކުދިންކޮޅަށް އެކި ގޮތްގޮތުން ގައުމު ލޫޓުވާލަދެނީ..އެންބަސީތައް އިތުރުކޮށް ގައުމު ހަނާކޮށްލަނީ...ގައުމު ދަރަނީ ކޮށްލައި ރައްޔިތުން ބިކަލޮށްލަނީ...ދެންވެސް ބުނާނެ މީ ސޯލިހު ވެރިކަމެކޭ..ހަޔާތެއް ބީވެގެން ރައްޔތިުން ގުބޯހެއްދުމުގައި...ފަޔާއަތާ ނަފްސް ތިޖޫރިޔަށް ބޭނުމުގައި