ދުނިޔެ / އީރާންގެ ނިއުކުލިއާ ޕްރޮގްރާމް

ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް: ބޮރެލް

23 އޯގަސްޓް 2022 - 10:54

4 comments

އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި ގާއިމުކުރާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް މާ ގިނަ ދުވަސްތަކެއް ނެތް ކަމަށް، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީ، މުއާހަދާގެ ބައިވެރިންނަށް ފޮނުވުމުން، އެ ހުރިހާ ބައިވެރިންގެ ފަރާތުން ވެސް އެކަށީގެންވާ ގޮތެއްގައި އިޖާބަ ދީފައިވާ ކަމަށެވެ. އީރާނުން ވެސް އެ ދެލިކޮޕީއާ މެދު ދެކޭ ގޮތް މިހާރު ވަރަށް ސާފުކޮށް އަންގާފައި އެބަ އޮތް ކަމަށާއި، ވިލާތުގެ ގައުމުތަކުން ވެސް އެކަށީގެންވާ ރައްދެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުގެ ދެލިކޮޕީއާ ގުޅޭ ގޮތުން، އީރާނުން ހުށަހަޅާފައިވާ ޚިޔާލުތަކާ މެދު އެމެރިކާގެ ވިސްނުން ހުރި ގޮތެއް ބެލުމަށް އެ ޚިޔާލުތައް މިހާރު ވަނީ އެމެރިކާގެ އިސް ވެރިންނަށް ފޮނުވައިފަ އެވެ. އެހެންކަމުން، އެމެރިކާ ސަރުކާރުގެ ޖަވާބެއް ލިބުމުން، މުއާހަދާގެ ބައިވެރިން ދީފައިވާ ޚިޔާލުތައް އެއްގޮތް ކުރުމުގެ ގޮތުން މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.

ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީއާ މެދު ބައިވެރިންގެ ޚިޔާލުތައް އެއްގޮތް ކުރުމުގެ ބައްދަލުވުމެއް މިދިޔަ ހަފުތާގައި، އޮސްޓްރިއާގެ ވިއެނާގައި ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އީރާނުގެ ޚިޔާލުތައް ލިބުން ލަސްވުމާ އެކު، އެ ބައްދަލުވުން ނުބޭއްވުނީ އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް އިއްޔެ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާގެ ފަހު ދެލިކޮޕީއަށް އީރާނުން ހުށަހަޅާފައިވާ ޚިޔާލުތަކާއި އިސްލާހުތައް އެމެރިކާ ސަރުކާރުން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އީރާންގެ އެ ހުށަހެޅުންތަކާ މެދު، ރަހްމަތްތެރި ގައުމުތަކާ އެކުގައި ވެސް އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ މައްސަލައިގައި، އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވަނީ، 2018 ވަނަ އަހަރު އެމެރިކާ އެ މުއާހަދާ އިން ވަކިވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލައިގަ އެވެ. އީރާނުން ޝަރުތުކުރަމުން ދަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިސްޓުންގެ ލިސްޓުން، އީރާންގެ އިންގިލާބީ ލަޝްކަރުގެ ނަން އުނިކުރުމަށެވެ.

މި ދެ ޝަރުތުތަކުގެ ތެރެއިން، އިންގިލާބީ ލަޝްކަރުގެ ނަން އުނިކުރުމުގެ ޝަރުތު އީރާނުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން، ނިއުކްލިއާ މުއާހަދާގެ އެންމެ ފަހު ދެލިކޮޕީއާ އެއްގޮތަށް ކުރިއަށް ދިއުން ފަސޭހަވާނެ އެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާގެ މައިގަނޑު ބޭނުމަކީ، ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް އީރާނުގައި ޔޫރޭނިއަމް ފައްކާކޮށް ތަރައްގީކުރުން ހުއްޓުވުމެވެ. އޭގެ އިތުރުން، އީރާންގައި ހުރި ނިއުކްލިއާ ރިއެކްޓަރުތަކުގެ ހުރިހާ ހަރަކާތްތަކެއް، އެޓޮމިކް ހަކަތައާ ބެހޭ އދ.ގެ އިދާރާ އިން ބަލައި ފާރަލަމުން ގެންދިއުމެވެ.

ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު، އެމެރިކާ އެ މުއާހަދާ އިން ވަކިވެ، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ.

އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް އެމެރިކާ އިން ނިންމީ، ޖެނުއަރީ 20، 2021 ގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން އެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

24 August 2022

އޭތް ތިއެއްނޫން! ޔޫކުރޭނު ހަނގޫރާމަޔައް މިތާކޮމެޓު ކޫރާމީހުން ލަފާކުރި ގޮތެއްނުވިދޯ! މަގޭލަފާކުރި ގޮތައް ދާތަނެއް ނުފެނޭ!މަށާއް މިހާރު ރަނގަޅީ ރޫސީން ހިފިބިންތަކާ މެދު ވާހަކަދައްކާ އަލުން ރޫސީންގެ ގޭސް ޔޫރަފައް ސަފުލައި ކުރާގޮތް ވިއްޔާ! އީރާނުން ނިއުލިއާ ބޮން އުފެއްދުގެ ބަދަލުގައި އެހެންގޮތްތުން ކުރިއައް ދާން އުނިއާރަނގަޅުވާނެ! އީރާނުން ވަނީސާބިތު ކޮއްދީފަ އީރާނައް ހެދޭނީ ހުސްއެކަނި ކާފިޓުނޫންކަން!އަނެންކަ ފޭކަ ޑުރޯންނުތޯ ވިއްކައިގެންތަ ތިއުޅެނީ!

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

23 August 2022

އަމުދަކުން އީރާން ނޫޅޭ ތިއައެއްޗެއް އާކުރާކަށް. މުސްލިމުން ޝިއުބު އަބިތާލިބުގައި ބަންދުކޮށްފައި ބޭތިއްބި އިރުވެސް މައްކާގެ މުޝްރިކުން ތިއަކަހަލަ އަނިއާވެރިކަމުގެ ފަތެއް ލިއެގެން ގެންގުޅުން. މިބުނީ އެމެރިކާ އާއި އެމީހުންގެ ބައިވެރިން ނުރުހޭ ކޮންމެ ބަޔަކަށް މިހާރުވެސް ދަތިކޮށް ބަނޑަށްޖައްސާ ވާހަކަ. ތިއަ އަނިއާވެރިކަންވެސް އިރާދަކުރެއްވިޔާ ލަސްތަކެއްނުވެ ނިމޭނެ. އާހިރުގާ ﷲ ގެ ނަސްރު އަންނާނީ ހައްގުގެ އަހުލުވެރިންނާ އެއްކޮޅަށް.

The name is already taken The name is available. Register?

ހޮރުމޫޒް

23 August 2022

ރަޝިއާ ނެގުމަށް ފަހު ދުނިޔޭގެ 2ވަނަ އަށް އެންމެބޮޑު ގޭހުގެ ރިޒާވް އޮންނަނީ އީރާނުގައި މުޅި ޔޫރޮޕައް ގޭސް ސަޕްލައި ކުރެވިދާނެ..އީރާނައް ވަރަށް ފައިދާ ބިލިއަނުން ބިލިއަނުން ޑޮލަރު އޮހޭނެ..ފިނި މޫސުމުގައި އެކަޝީވެގެންވާ ވަރަށް ގޭސް ނުލިބިއްޖިއްޔާ ޔޫރަޕްގެ ބައިވަރު ރައްޔިތުން މަރުވާނެ..މިހާރުވެސް ހަބަރުއެބަ ލިބޭ ކަޅުބާޒާރުގައި އީރާން ގޭސް ވިއްކާ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކަށް އަޑިނޭގޭ ވިޔަފާރި އެއްކުރަމުންއެބަދޭ

The name is already taken The name is available. Register?

ޖަންނަތު

23 August 2022

މަގޭ ހީކުރި ރިވޮލިއުޟަނަރީ ގާޑު ޓެރަރިސްޓުގެ ލިސްޓުން ނުނަގާހާ ހިނދަކު ދޫނުދޭނެ ކަމަށް. ޔޫރަޕްގެ ގައުމުތަކުން އިސްނަގައިގެން އީރާންމަތިން ފިޔަވަޅު އުވަން އަވަސްކުރަން އުޅޭ މަންޒަރު އެބަފެނޭ ޔޫރަޕްގެ ގިނަ ގައުމުތަކަށް އެކަޝީވެގެންވާ ވަރަށް ގޭސް ނުލިބިގެން މަރުވަމުންދަނީ ރަޝިއާއިން ގޭހުގެ ފިޔަވަޅު އެޅުމާގުޅިގެން. އީރާނަކީ ގޭހުގެ ދުނިޔޭގެ 2ވަނަ ބާރު އެހެންވެ އެދުންފުއްދަންވެގެން އީރާންގެ ދެ ފަޔަށް ވެއްޓި މުއާހަދާ އަވަސްކުރަންތިއުޅެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454