ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: ހދ. ނޮޅިވަރަންފަރުގައި ގޭސް ލީކުވެ، އަންހެނަކާއި ކުޑަކުއްޖަކު ފިހިގެން އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުން -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
27 އޯގަސްޓް 2022 - 19:31
ހދ. ނޮޅިވަރަންފަރުގައި އުނދުނަކުން ގޭސް ލީކުވެ، ގެއެއްގެ ބަދިގޭގައި ރޯވެ މިއަދު ހެނދުނު ހިނގި ހާދިސާގައި އަނިޔާވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ ބުނެފި އެވެ.
މިއަދު ހެނދުނު ހަތެއް ޖަހާކަށްހާއިރު އެ ހާދިސާ ހިނގަން މެދުވެރިވީ އުނދުނުން ގޭސް ލީކުވެފައި ހުއްޓައި، އުނދުން ރޯކޮށްލުމުން ކަމަށް ނޮޅިވަރަންފަރުގެ ކައުންސިލުން ބުންޏެވެ. އެ ހާދިސާގައި އަނިޔާވީ 32 އަހަރުގެ އަންހެނަކަށާއި އޭނާ ދެ އަހަރުގެ ދަރިފުޅަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ "މިހާރު" އަށް ވިދާޅުވީ މިހާރު އެ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ ވޯޑަށް ނެރެގެން ކަމަށެވެ.
"ދެމައިންގެ ވެސް ބޮޑަށް ފިހިފައި ހުރީ ދެ އަތާއި ފައިތިލަ. މޫނު ކުޑަކޮށް، އެއް ޑިގްރީއަށް ފިހިފައި ހުރި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގެ 15 ޕަސެންޓް ފިހިފައިވާއިރު، ކުޑަކުއްޖާގެ ހަށިގަނޑުގެ ނުވަ ޕަސެންޓް ވަނީ ފިހިފަ އެވެ. ބޮޑަށް ފިހިފައިވަނީ ދެ އަތާއި ފައި ތިލަ އެވެ. ފަރުވާދިނުމަށް ފަހު ދެތިން ދުވަސްތެރޭގައި އެމީހުން ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
ގޭސް ލީކުވެގެން ނޮޅިވަރަންފަރުގައި ނުރައްކާތެރި ހާދިސާއެއް ހިނގިއިރު، ގދ. ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި ފިހުނު އަންހެނަކަށް މާލެ ގެނެސް ފަރުވާދެނިކޮށް މިދިޔަ އާދިއްތަ ދުވަހު ވަނީ ނިޔާވެފަ އެވެ.
އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުޅުމާލޭގެ ފޭސް 2 ގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓެއްގައި ގޭސްފުޅިއެއް ލީކުވެ، އަންހެނަކު ވަނީ ފިހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްޓޭންޑާޑް
27 August 2022
ބަލަންވެއްޖެ އެއްނު ދަނގަޑު ގޭސް ފުޅިތޯ ނުވަތަ ފައިބަރު ގޭސް ފުޅިތޯ ގޮވަނީ. ނޫނީ ކޮންކުންފުންޏަކުން ވިިއްކާ ގޭސް ފުޅިއެއްތޯ ؟ ނޫނީ އުދުން، ގޭސް ހޮޅި ނުވަތަ ރެގިއުލޭޓަރުގެ މައްސަލައެއްތޯ ؟ ކޮންބްރޭންޑެއްގެ ރެގިއުލޭޓަރެއްތޯ، ކޮންކަހަލަ ގޭސް ހޮޅިއެއްތޯ، ކޮން ބްރޭންޑެއްގެ އުުނދުނެއްތ؟
އަވަހޭ
28 August 2022
އަދިމާއަވަސް ތިކަންކުރަން. ވިއްސަކަށް މީހުން އެއްފަހަރާ މަރުނުވަންޏާ ތިކަމެއްނުވާނެ. އިހަކަށްދުވަހަކު ގެޔެއްގަ ކެމިކަލްބަހަށްޓާގެން ރޯވެ މީހަކު މަރުވީ، މިހާރު އެކަން ހަނދާންނެތިއްޖެ
އެފް
27 August 2022
ޙަމްދުހުއްޓެވެ. ދެމައިން ހެޔޮޙާލުގައި ލައްވާށި!
ށހހސގޭސް
27 August 2022
ގޭސް ފުޅިބތަކުގެ ސްޓޭންޑަޑު ކޑަ އަލާ އެ ޗެކ ކުރާނެ ބަޔަކު އުފައްދަން ވެއްޖ ކަނނޭގެ.އަދި ގޭގެގައި ގޭސް ޑިޓެކަޓަރ ހރުކުރުމަށްމީހުނނހޭލުނ ތެރި ކުރަނ ވެސް ލަސްވެސްޖެ.އަދި ބިލްޑިން ކޯޑް އެއް އޮތަ ކަމަށް ވާނަމަ އެއަށް ވެސްއެބައި އިތުރު ކުަރަނ ފެނޭ.