ފައިސަލް: މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި އާއްމުން ރިޕޯޓްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.
13 ޑިސެމްބަރ 2022 - 10:39
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް 32، ދަންޖެހިފައި ހުއްޓާ ފެނިގެން އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނަގެ ހާލު ކްރިޓިކަލް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މޫސަ "މިހާރު" އަށް ވިދާޅުވީ ފައިސަލްއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނަގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލްގެ އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ.
ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ "ވިކްޓިމް"އަކަށް ހެދިގެންނެވެ.
ނިޝާމާއަށް އަނިޔާ ލިބޭ ކަމުގެ އަޑުތައް ވެސް ފެތުރިފައި އޮތް އިރު، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑު ފައިސަލްގެ އޮވެ އެވެ. ކުރީގެ އަންހެނުން އޭނާގެ ގާތުން ވަރިވި ސަބަބަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އަނިޔާކުރާތީ ކަން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެން އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންމަޑޭގެ ޖޯކު
14 December 2022
ދިވެހި ކަނބަލުން ކައިރި މިބުނަނީ މަސްތުވާ ތަކެއްޗާ ދޯޅު މީހުންނާ ކައިވެނި ނުކުރާށޭ ނަތީޖާ ރަނގަޅެއް ނުވާނޭ
2ރުފިޔާއަށް ކޮތަޅެއް ވީކަމެއް ހަރާމް
13 December 2022
މެންބަރުން ބުނާހާ ކަމެއްދީގެން އުޅުމުގެ ބަދަލްގައި މީހުން ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރުން މިހާރަށް ފަށަށްޖެހޭ
ހިޔާލީ އަލޯ
13 December 2022
އެއްވެސް މީހަކަށް ނޭންގޭތޯ މި ކަމުގަ އަސްލު އިހުމާލު ވާ ފަރާތެއް؟ ކީއްވެބާ ފަނޑިޔާރުން ޒިންމާދާރު ނުކުރެވިގެން މި އުޅެނީ،
މުއްރަތު
13 December 2022
ތިކަމުގަ ދައުލަތުގެ އިހުމާލު ބޮޑު.ބޮޑެތި ކުށްވެރިން ދޫވެފަ ތިބެނީ ކީއްވެ. ރައްޔިތުންގެ ފައިސާއިން ބޮޑެތި ޚަރަދު ކޮށްގެން ތަންފީޒީ އިދާރާތައް ހިންގުމުގެ ބޭނުމެއްއެބައޮތްތޯ؟މަޖިލިސް މެމްބަރުންގެ ބޭނުމަކީ ކޮބާތޯ؟ފުލުސް އޮފީހުގެ ބޭނުމަކީ ކޮބާތޯ؟ތި އެންމެން ރައްޔިތުންނަށް ހަރާމް ކޯރު ވަނީ.
ނިކަމެތިރައްޔިތުމީހާ
13 December 2022
މިހެން ބުނަން ހެޔޮ ނުވާނެކަން ވެސް އިނގޭ! ތީނަ ދުނިޔޭގަ ހުރެއްޖެއްޔާމުން އަނެއްކާވެސް ކޮންމެ ވެސް އެކަކަށް ނުވަތަ އެތަކެއް އަންހެނއްގެ ދުވަސް ދުއްވާލާނެ! ޔަގީނުން ވެސް އިނގެނީ މި ރާއްޖޭގެ ޝަރުއީ ނިޒާމުން ތީނައަށް ލިބޭނެ އަދަބެއް ނެތް ކަން!
އިޙްސާސް.
13 December 2022
ތީ ވަރަށް ނާތަހުޒީބު ބުނުމެއް. މާތްވެގެންވާ އިސްލާމް ދީނުގައި އޮތީ ޙައްގު އަދަބު ދޭން އަންގަވާފަ. އަދި ކުށްވެރިޔަކަށްވެސް ތައުބާގެ ދޮރު ބަންދުވަނީ ވަކިވަގުތެއް އައީމަ. މާތް ﷲ އެއީ އޯގާވަންތަ ރަސްކަލާނގެ. ކުށްކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމުގައި މިރާއްޖޭގެ ދޯހަޅި ސިޔާސަތުންނާއި މުއައްސަސާތަކުގެ ފަރުވާ ކުޑަކަމުންނާއި، މާތްވެގެންވާ އިސްލާމް ދީނުގެ ތަރުބިއްޔަތު އުނގަންނައިދިނުމުގައި މާފަހަތުގައި އުޅޭތީ ވާގޮތް މިފެންނަނީ.
ކީކޭ
13 December 2022
އަހަރެން ހިތުގައި އުފެދެނީ އެންމެ ސުވާލެއް. މީހެއްގެ މަރުގެ މައްސަލައިގައި ތަހްގީގަށް ބަންދު ކޮށްފައި ހުންނަ މީހަކު ހުންނާނީ މަށަށް ބެލެވޭގޮތުން ޖަލުގައި (ގޮޅީގައި). ސުވާލަކީ ގޮޅީގައި މީހަކު ދަންޖެހެން ބޭނުންކުރެވޭ ވަރު އެއްޗެއް އޮންނަންވީ ކީއްވެބާއެ ؟ މީހަކު އަމިއްލަ އަށް މަރުވާން ބޭނުންކުރެވޭ ވަރު އާލާތެއް އެތާ އެތެރޭގަ އެމީހާ އަތް ފޯރާ ހިސާބުގަ އޮތީ ކީއްވެބާއެ؟
ފުއާދު
13 December 2022
ބެޑްޝީޓު ވީދައިގެން ފަންކާގަ އައްސައިގެން ތިޔަ ބުނާ ކަމެއް ކުރެވޭނެ. ބެޑް ޝީޓާ ބާލީހާ ފަންކާ ނެތިއްޔާ ދެން ކުރާ ޝަކުވާ އަދި މާ ގިނަވާނެ. ގަބޫލު ކޮށްބަލަ މަވެސް ލައިގެން މިބުނަނީ ދިވެހިރާއްޖޭގަ އޮތް އެންމެ ބޮޑު މައްސަލަ އަކީ މިތާ މިއުޅޭ ރައްޔިތުން. ހެޔޮ އެއް ގޮތެއް، ގޮތެއް ފޮތެއް ނެތް ބައެއް. އަބަދުވެސް އޮންނަނީ ތިމާ ރެކިފަ އަނެކުން ގޯސް ކުރުން.
އަލިފުޅު3
13 December 2022
މިސޮރުގެ މައްޗަށް މީހަކު މެރި ކަމުގެ ތުހުމަތު އޮއްވާ އެހާ ފަސޭހައިން ކަނޑާލައިގެން ދެވިގެން ނުވާނެ! ބޭސްކޮށް ގަދަ ކުރޭ. އެއަށްފަހު ޝަރީއަތް ކުރާނީ!!!
އެއްކަލަ އިބުރާ
13 December 2022
އެކަހަލަ ދެއުޅިއެއް ނުވާ ޝަރީޢަތް.
މިސޮރު
13 December 2022
މި ސޮރު ބޭސް ކޮށްގެން ގަދަވެއްޖެއްޔާ ޝަރީއަތުން ކުށް ސާބިތުނުވެ ދޫވުމުގެ ފުރުސަތު 90% އަށް ވުރެ މަތި ކަމަށް ދައްކާ!
ކެޔޮ ކަނޑާމީހާ
13 December 2022
މިސޮރު އެލުވި ކެޔޮގަނޑު ދޮންނުވަނީސް ކަނޑާލަންޖެހުނީ..
ކަރަން ފޫ
13 December 2022
ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ.