މަރުގެ މައްސަލައިގައި ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް.
29 ޖުލައި 2025 - 15:30
ލ. މާވަށުގައި އިއްޔެ ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.
މާވަށުގައި އިއްޔެ ހެނދުނު ދިން ހަމަލާގައި މަރުވީ އެ ރަށު މޫސާ އިބްރާހިމް، 29، އެވެ. އޭނާގެ ކަރަށް ދިން ހަމަލާގައި ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ކުރިން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ މާރާމާރީ ހިންގަން މެދުވެރިވީ މަސްތުވާތަކެތި ކަމަށެވެ.
މަރުވި މޫސައަކީ މާވަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭނާއަށް ހަމަލާދިން މުހައްމަދު އިބްރާހީމަކީ ވެސް މަސްތުގެ މާހަލުގައި އުޅޭ މީހެއް ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްބެގެ ކޮއްކޮ
30 July 2025
ތި ރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވޭނީ ރަށު އެންމެން ބޭނުން ކުރާތީ
ހައްޖަ.
30 July 2025
އަވަހައް ދުު ކޮއްލާ ބަލި ކުއެޖެކޭ ކިޔާފަ
ކުކުޅިބީމާ
29 July 2025
ލ.މާވަށު "ޒުވާނާ"، ހދ.ނޮޅިވަރަންފަރު "މީހާ". މިއީ ކޮނަ ކަހަލަ ތަފާތުކުރުމެއްތަ؟
ވާންޗޯ
30 July 2025
ވެދާނެ ޒާތީ ކަމެއް ކަމަށް
ވާންޗޯ
29 July 2025
ކުށަ އެއްބަސްވީމަ ދެން ކޮން ވާނުވާއެއް ޖަހާކަށް، ރާއްޖެ ގަ އިންނާނީ ކުށަ އެއްބަސްވެއްޖެޔާ ހުކުމް ލިއިކޮށްދީފައް ހުކުމް ކުރުމެއް ނޫންތައް؟
ކޮރަލް
29 July 2025
މަސައްކަތެއް ނުކޮށް ހިލޭ ކއެުމާއި ހުރުމާއި ރައްކާތެރިކަން ލިބުނީ އެވެ. ޖަލުގަ ބުރަ މަސައްކަތް ކުރުވަ ބަލާށެވެ. އޭނަ އަށް ވެސް އެއްޗެއް ލިބޭނެ އެވެ.
ފޮނިޓައްޕު ހަސަނު
29 July 2025
މިރާއްޖޭގެ އާބާދީ މިހާރު މިވަނީ 2 ކެޓަގަރީއަކަށް ބެހިފައި. އާމްދަނީ ހޯދަން މަސައްކަތް ނުކުރާ ކުއްތްކަށް އަރައިގަންނަ އަދި ގާނުނަށް ބޯނުލަބާ ކެޓަގަރީ، އެކަށީގެންވާ އާމްދަނީއެއް ހޯދާ އަދި ގާނޫނީ އިމުގެ ތެރެއިން އުޅެމުންދާ ކެޓަގަރީ. މިދެކެޓަގަރީގެ ފަރަގު ދާނީ ދުވަހެއް ދުވަހަކަށް ބޮޑޮވަމުން. ތިލަކޮށް ބުނާނަމަ ކާސްޓް ސިސްޓަމެއް އުފެދެމުން މިދަނީ. ލޯކާސްޓް މީހުންގެ ދަރިންވެސް ތައުލީމެއް ނެތި ބޮޑުވެގެން ނިކުންނާނީ ކުށުގެ ވެއްޓަށް.
ކަހެރުވައް
29 July 2025
ހޫމމ. ބޮޑުތާ ޖެހުނީ. ތިވެސް ދެން ބޮޑު ނަގުލަށް ދަމާލާ. އޭރަށް ހުންނާނީ ނިކަން ރަނގަޅަށް ޝަރީއަތް ކުރެވިފަ. ހެކި ވަޒަންކުރާ ތިލަފަތުގަ ދަބަރުޖަހާފަ ހުރެގެން ކުށްވެރިޔާ ބާއިއްޒަތު ބަޅީ ހޯގައީ.