29 ޖުލައި 2025 - 13:21
ލ. މާވަށުގައި އިއްޔެ ހިނގި މަރުގެ ކުރިން، ދެ މީހުންގެ ދެބަސްވުން ފެށުނީ އެ ރަށުގެ ވޮލީ ކޯޓު ސަރަހައްދުންނެވެ. މަރުވި މޫސާ އިބްރާހިމް ސައިކަލެއްގައި އެ ސަރަހައްދަށް ދިޔައިރު ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29، އާ ދެ މީހުންގެ ދެބަސްވުން ފެށި، އެ ހަމަނުޖެހުމުން ސަލާމަތްވާން މުހައްމަދު އިބްރާހިމް އުޅުނެވެ.
އިރުކޮޅެއް ފަހުން ފެނުނީ އޭނާ ގެންގުޅުނު ވަޅިން މޫސަގެ ބޮލަށް ހަމަލާދީ މަރާލާފައި އޮއްވަ އެވެ.
ފުލުހުން ބުނިގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މޫސަ 29، އޮތީ މަރުވެފަ އެވެ. ގިނައިރުތަކެއް ނުވެ މުހައްމަދު އިބްރާހީމް ވަނީ ހަމަލާދިން ވަޅި އެއްލާލައި، ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލަ އަށް އިއުތިރާފު ވެފަ އެވެ.
މާވަށުގައި ހިނގި މި ހިތާމަވެރި ހާދިސާގެ ފަހަތުގައި އޮތީ، އެ ރަށު ގިނަ މީހުން ބުނާ ގޮތުގައި، މަސްތުވާތަކެއްޗެވެ.
މަރުވި މޫސައަކީ މާވަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭނާއަށް ހަމަލާދިން މުހައްމަދު އިބްރާހީމަކީ ވެސް މަސްތުގެ މާހަލުގައި އުޅޭ މީހެއް ކަމަށް ވެ އެވެ.
މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުނީ މޫސަގެ އަތުން މަސްތުވާތަކެތި ގަތުމަށް ފަހު، ފައިސާ ނުދީގެން ކަމަށް ބުނެ މީގެ ދެތިން ދުވަސް ކުރިން ފެށިގެން އޮތީ މައްސަލަ ގޯސްވެފައި ކަމަށެވެ. އެ ފައިސާ ހޯދަން މުހައްމަދަށް އެކި ގޯނާ ވެސް ކުރި ކަމަށް ވެ އެވެ. އެ މައްސަލަ މާވަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ނުދީ އޮތީ 500 އެއްހާ ރުފިޔާ ކަމަށް ވަނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އިއްޔެ ހެނދުނު ރަށުގެ ވޮލީ ކޯޓު ކައިރީގައި ވެސް ފެށުނީ އެ ފައިސާ ހޯދުމުގެ މަސައްކަތެވެ. ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މޫސަގެ ކަރަށް ހަމަލާ އަމާޒުވީ، މުހައްމަދަށް ދިން އަނިޔާތަކުން އަމިއްލައަށް ސަލާމަތްވާން އުޅެނިކޮށެވެ.
"މުހައްމަދު އުޅޭ ތަނެއް ލޮކޭޓު ކޮށްގެން ސައިކަލުގައި މި ދިޔައީ މީހަކާ އެކީގައި. މޫސަ އިނީ ސައިކަލު ފަހަތުގައި. އޭރު މުހައްމަދު ހުރީ ވޮލީބޯޅަ ކޯޓު ކައިރީގައި. ދެން ފެނިގެން އޭނަ އަތުލައިގަނެގެން މި ޒުވާބެއް ހިނގީ. މޫސަގެ އުނދަގޫ ބޮޑުވުމުން މުހައްމަދު ގެންގުޅުނު ވަޅިއެއް ކަމަށް ރަށު ތެރޭގައި ކިޔަނީ. އެހެންވެ، އެ ހަމަނުޖެހުމުގެ ތެރެއިން މޫސަ ދިން އަނިޔާތަކުން ސަލާމަތްވާން ވަޅި މި ނެގީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
މީގެ ދެ މަސް ކުރިން ފެށިގެން މާވަށުގައި ދިރިއުޅެމުން އަންނަ މުހައްމަދު އެ ރަށުގެ މީހަކާ ކައިވެނިކޮށްގެން މީގެ ކުރިން ވެސް އެ ރަށުގައި ދިރިއުޅުނެވެ. މި ފަހަރު ވެސް ޖަލުން މިނިވަން ވުމަށް ފަހު މީގެ ދެ މަހެއް ވަރު ކުރިން އެ ރަށަށް ދިޔައީ އެ އަންހެން މީހާއާ ކައިވެނިކުރާށެވެ. އެކަމަކު، އެ ކައިވެނި ނުކުރެވި، މުހައްމަދު އުޅުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކާ އެކުގަ އެވެ.
"މުހައްމަދު މީގެ ކުރިން އުޅުނުއިރު ވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ. އެކަމަކު، މަސައްކަތް ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް މި ހޭދަކުރަނީ މަސްތުވާތަކެއްޗަށް،" ރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
ރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އާމްދަނީ ހޯދަން ވަކި މަސައްކަތެއް ނުކުރިޔަސް މޫސަ އުޅެމުން ދިޔައީ މުއްސަނދި ދިރިއުޅުމެކެވެ. މި ހާދިސާ ހިނގިއިރު މޫސަގެ ހިއްސާއާ އެކު ލޯންޗެއް ވެސް ބަންނަމުންދިޔަ ކަމަށް ވެ އެވެ.
މި މައްސަލާގައި މުހައްމަދު ހައްޔަރުކޮށް، އޭނާ ހަމަލާދިން ވަޅި ވަނީ ހޯދައިފަ އެވެ. އިތުރު ތަހުލީލަށް މޫސަގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
30 July 2025
ސެލްފް ޑިފެންސް
އަނެއްހެން
30 July 2025
އަނެއްހެން މީހަކަށް އަނިޔާއެއްނުކުރާނެ. އަނެއްހެން ތިޔަ ހިނގީ ނޯމަލް ކަމެއް. އަނެއްހެން އަސްލު ގޯހީ ވަޅި
ކޮއްކޮބެ
30 July 2025
ކައިވަތެއް ހަމަނުވާ ކުދިކުދި ރައްރަށުގަ ޑުރަގާއި މަރާމާރީ ގޭންގުތައް އިންތިހާ ތިޔާގި. ދެން ދިވެހިން މިއުޅެނީ ބޭރު ގައުމުތަކުގަ ހިނގާ ދާހިލީ ހަނގުރާމަތަކައް މަތިންބައިން ޖެހިގެން ބޭނިގަނެގެން.
ވާންޗޯ
29 July 2025
މީ ގުޅުވާފަ އިން އިސްތަށިގަނޑެ، ފަކުރު ދޯ
ޒިންދު
29 July 2025
ދެ ކުދިންވެސް ވަރަށް ރީތި. ހިތާމައަކީ މިކުދިންގެ އަޙްލާޤް
ޒިންގަގީ
29 July 2025
މަސްތުވާތަކެތީގެ މާހައުލުގަ އުޅޭ ފިރިހެނުން ނޫން އެހެންމީހުން ރީތި ނުވާ ދިވެހި އަންހެނުން ގިނައީ. އަންހެން ވެރިންނަށް ރީތީ އެ ފިރިހެނުން އަތުގަ ހުންނަ ފައިސާ.
ވާންޗޯ
29 July 2025
ދިވެހި ފިރިހެނުން ނަކީ ފިރިހަން ވަންތައް ރީތި ބައެއް އަބަދުވެސް.
ސަންބިޑި
29 July 2025
ބޮޑު އެތި ކާނީ ކުޑަ އެތި. ދެން މުހައްމަދަށް ދާދާކަން ހަވާލުކުރަގަ ތިޔަ ހިސާބުގެ. މިރޭ ހީވޭ މީހަކު އުޅުނު ގެޔެއް ލޫޓުވާލާނޭހެން، ޕީސްކޮޅުތައް ހޯދާލަން.
ވާންޗޯ
29 July 2025
އެއީ އަސްލު ވެސް ދާދާއެއް ތައް؟ ދާދާ ގެ ބޯއި ދޯ މިހާރު ދާދާ ކަން ކުރާނީ.
ދަގޭ
29 July 2025
ކުފޫ ހަމަވާ އިއްޒަތްތެރި ބޭފުޅެއް ގެއްލިގެން އެދިޔައީ
ވާންޗޯ
29 July 2025
ޔަގީން ތާ.
ދެރައެއްނުވޭ މިފަހަރު
29 July 2025
ނުބައި ނުލަފާ މީހުންގެ ނުބައި ކަމުން އަހަރެމެންނާއި އަހަރެމެންގެ ދަރިން ސަލާމަތްކުރައްވާށި! އާމީން!
ސަލީމު އިދުރީސް
29 July 2025
ނުގޮތަކައް ބަލާލިއަސް ވަޅި ޖަހާދާނެ ކިތެމެ ބަޔަކު މިގައުމިގަ މިހާރު އެބަތިބި! ގޭންގުތައް ސަލާމަތީ ބާރުތައް އަތްދަށުލާފަ ވާކަން އެގޭ ބޮޑެތި ކުއްތަކުގަ ބައިވެރިވާ ޔުނީފޯމު އެޅި މީހުންގެ އަދަދައް ބެލީމަ
ސޮހޭލު މިއާ
29 July 2025
ރީތި ކުއްޖަކު އެ މަރާލީ! ވަރުގަދަ އިސްތަށިގަޑެއްގެ ވެރިޔެއް!
ހާޔާމް.
29 July 2025
ކަލެއަށް ހަލާކު ހުރި. އޭނާގެ ސިފަ ދޯ ކަލެއަށް ފެނުނީ.
ހަޔާތު
30 July 2025
ކުދިންނޭ! އަދިވެސް ރީތިހުތުރުތަ މުހިންމީ! މިދުނިޔެއަކީ އެއްވެސް ތަނެއްނޫން އާޚިރަތާ އަޅާބަލާއިރު! ނުބައި ވިސްނުންތަކާ ޝަހުވާނީ ޚިޔާލުތަކާ ދުރުވެ ޒުވާން އުމުރުގެ ބޭނުން ﷲ އަށްޓަކައި ބޭނުންކުރެވޭތޯ ބަލާ! މިދުނިޔޭގެ ކެހިވެރި މަޅިން ސަލާމަތްވެގެން ދެވިއްޖެ ނަމަ އުފަލުގެ ކޮޅެއްނެތް!