މާވަށު މީހެއް މަރާލި ކަމަށް ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އިބްރާހީމް.
28 ޖުލައި 2025 - 12:42
ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަަރައި މަރާލި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.
ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާ ހަމަލާދިނީ، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް، 29، އަށެވެ. މި ހަމަލާއާ ގުޅިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށެވެ.
އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.
މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "މިހާރު"އަށް ވިދާޅުވީ ހަމަލާދިން ކަމަށް މިހާތަނަށް ބެލެވެނީ އެ ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.
މާވަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މި ހަމަލާދިން މީހާއަކީ މަސްތުގެ މާހައުލުގައި އުޅޭ މީހެއް ކަމުގެ ތުހުމަތު އޮވެ އެވެ. އަދި އޭނާއަކީ ދޭތެރެއަކުން އެ ރަށަށް ގޮސް އުޅޭ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިތާ
28 July 2025
މިފަދަ ޤާތިލުންގެ މައްޗަށް ރައްޔިތުން ނުކުމެ "ހުކުމް ތަންފީޒް ކުރުމުގެ" ކުރިން އެކަން ކުރަންޖެހޭ ފަރާތްތަކުން އެކަން ކޮށްދޭށެވެ. ގޮތްހުސްވީމާ ރައްޔިތުން ނުކުމެ ހުކުމް ކުރާނެއެވެ. އަމާންކަން ގެއްލި ބިރުވެރިކަން އިންތިހާއަށް ދިޔައީމާ ވާނެގޮތަކީ އެއީއެވެ.
އަބްޑޫޅް +
28 July 2025
ރާއްޖޭގަ، މިހާރު، ނިޔާ އަނިޔާ ބަލަނީ، ނޫސް ރިޕޯޓަރުންތަ؟ އޭނަ މީހަކު މެރިކަމުގައި ބެލެވޭނީ، ފަނޑިޔާރަކު އެމީހާގެ މައްޗަށް މަރުގެ ނިޔާ ކަނޑައެޅީމަ. އެހާތަނަށް ބެލެވެން ޖެހޭނީ އޭނަޔަކީ މީހަކު މެރިކަމުގެ ތުހުމަތި ކުރެވޭ މީހެއްކަމުގަ.
ކޮރަލް
28 July 2025
ކިލޯ އެއް އަތުގަ އޮއްވަ ހައްޔަރު ކުރިއަސް ވާނީ ޝައްކު ކުރެވޭ އެއްޗަކަށެވެ.
ކޮރަލް
28 July 2025
މިފަދަ ބޮޑެތި ކުއްކުރާ މީހުން ބޮޑު ފަޅު ރަށެއްގަ ނިދާ ، ކެވޭ ގޮތަށް އަދި މަސައްކަތް ކުރެވޭ ގޮތަށް ހަދާފަ ބަހައްޓަން ވީ އެވެ. މަސައްކަތް ކުރުވީމަ ސަރުކާރަށް ވެސް އެއްޗެއް ލިބޭނެ އެވެ. މީޙުން އުޅޭ ރަށް ރަށުގަ ބަހައްޓަން ހެޔޮ ވާ ވަރު ބައެއް ނޫނެވެ.
ފޮނިޓާއްޕު ހަސަނު
28 July 2025
ތިކަހަލަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ގާނޫނު އުގޫބާތުގަ ކަނޑައަޅާފައިވާ އަދަބަކީ މަރުގެ އަދަބު. މިހާރުވެސް މަރުގެ އަދަބުގެ ހުކުމް ކުރެވިފައިވާ އެތަކެއް މުޖްރިމުންނެއް މިރާއްޖޭގެ ޖަލުގައި އެބަތިބި. ދައުލަތުން އެމީހުން ޖަލުގައި ބައިތިއްބައި، ކާންދީ، ބޭސްކޮށްދީ ހަދަން މީހަކަށް 25،000ރ ޚަރަދު ކުރަން އެބަޖެހޭ. ހުކުމް ކުރީ މަގުގެ އަދަބު ދޭން. އެދަބު ތަންފީޒުކޮށްދޭނެ ސަރުކާރެއް ނެތީ.
ނުވާނެ
28 July 2025
ސާބިތެއް ނުވާނެ. އެއައްވުރެންމާ ނާގާބިލުވާނެ ފުލުސް. ނުބައިކޮށް ހެކިނެގީއޭކިޔާފަ ދޫކޮށްލާނީ
ޖަނިފަރު
28 July 2025
ގަސްތުގާ އިންސާނަކު މެރުމުން، މަރުގެ އަދަބު؟؟
ޒުވާނާ 2025
28 July 2025
ޓާރފް ދަނޑު ބޭނުމެއްނޫން.. ބަނދަރުވެސް ބޭނުމެއްނޫން.. އެކައްޗެއްވެސް ބޭނުމެއްނޫން.. ޒުވާނުން އަދި މުޅި ގައުމު މަސްތުން ސަލާމަތްކޮށްދީ... އަހަރެމެން ނޭވާލާން ބޭނުމިއްޔާ މި ވަބާ ފުހެލަން ނިކުމޭ.. ސްކައިފޯލް ކަހަލަ ޑްރަގް ޑިލަރުންގެ ރެސްޓޯރަންޓް އަދި ފިހާރަތައް ބޮއިކޮޓް ކުރޭ.. އޮޑިކިޔާ ކްލަބަށް ކުޅުން ހުއްޓާލާ.. އެމީހުނަށް ވާގިވެރި ނުވޭ.. ގޭންގުތައް ނައްތާލާ.. ހަކުރު އައްޑާތައް ބަންދުކުރޭ.. މި ކޮމެންޓުން ހިތަށް އަސަރުކުރާނެ ބަޔަކު އެބަތިބި..
ފތނމ
28 July 2025
އިތުރަށް އެނގެން ބޭނުން ބޯއިކޮޓް ލިސްޓް
ރަދީފު ބިން ރަފައިދާ
28 July 2025
ގަޑިއެއްހާއިރުތެރޭގާ ގާތިލު ހައްޔަރުކުރެވުނީމާ ހީވަނީ މީ ދިވެހިފުލުހުންގެ ތާރީހުގާ ރިކޯޑެއްހެން.
ޅޮރީފު
28 July 2025
ފުލުހުން މޮޅުކަމަކުންނޫން ގާތިލް އެކަންކޮށްފަ ސަލާމައްކަން ހޯދަން ގޮސްވަނީ ޕޮލިސް ސްޓޭސަނަށް
އަވަސްކުރޭ
28 July 2025
އާންމުން ތިބިތަނެއްގަ އާންމުންގެ ކުރިމަތީގަ ހިނގިކަމެއް. އެހެންވީމަ ގިނައިރުތަކެއް ނުނަގާ ޝަރީއަތްކޮށް ހުކުމްކުރަން ގޮވާލަން. ދިފާއުވާން ފުރުސަތު ދިނަސް ދިފާއު ބިނާކުރާނެ އަސާސެއް ތިކަމުގަ ނެތް.
ލަފްޒު
28 July 2025
ހިތާމަވެރިކަމަކީ ނިމޭއިރު، ސީސީޓީވީ ފުޓޭޖް ގެ ގަޑި ދިމައިނުވެގެން ކޯޓުން ދޫވުން..
ރަދީފްއޮފިޝަލް .
28 July 2025
2 މީހުންގެ ވެސް ދެވަނަ ނަމަކީ އިބްރާހީމް.
ލަސް
28 July 2025
ނަމަކުން ކެއްކުނު ރިހައެއް ނެތޭ.
ބަޖިޔާލެއް
28 July 2025
ދެން ކީކޭ ކިޔަން ތި އުޅެނީ. ކަލޭ ބުނަން އުޅޭ އެއްޗެއް ބުނެެބަލަ
ޕިސް
28 July 2025
އިރެލެވަންޓް ދޯ!؟!!
ބަބްސް
28 July 2025
އަދިވެސް ނުވެތޯ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބުދީ ތަންފީޒް ކުރާކަށް. ކުރާކޮންމެ ކުށެގެ ފަހަތުގައި މަސްތުވާތަކެތި. މައިންބަފައިން ގަޔަށް ، ކޮއްކޮ ބޭބެ ގަޔަށް ވަޅިޖަހާއިރުވެސް އަނގަނަގައިގެން.