ފައިސަލް: މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި އާއްމުން ރިޕޯޓްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.
13 ޑިސެމްބަރ 2022 - 00:33
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އަބޫބަކުރު ފައިސަލް 32، މިރޭ ދަންޖެހިފައި ހުއްޓާ ފެނިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ.
"ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އަބޫބަކުރު ފައިސަލްއަށް ދަނީ ފަރުވާދެމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.
އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ "ވިކްޓިމް"އަކަށް ހެދިގެންނެވެ.
ނިޝާމާ މަރާލި ކަމަށް އޭނާއަށް ތުހުމަތުކުރަނީ އެ އާއިލާ އިންނެވެ. އެއީ، އެންމެ ފަހުން ނިޝާމާއާ ބައްދަލުވި މީހަކީ ފައިސަލް ކަމަށް ވުމާއި ކުއްލިއަކަށް ރަށުން ފުރައިގެން ދިއުމެވެ.
އޭނާ ރަށުން ފުރީ ފިލަންވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު އެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅައި ގުޅައި ފޯނު ނުނެގުމުން އެ ގެ އަށް ދިއުމުންނެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އެ މީހުންގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، އެތެރެއަށް ވަދެފައި ވަނީ މަކުޑި ނައްޓުވާލައިގެންނެވެ. މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ.
ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.
ނިޝާމާއަށް އަނިޔާ ލިބޭ ކަމުގެ އަޑުތައް ވެސް ފެތުރިފައި އޮތް އިރު، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑު ފައިސަލްގެ އޮވެ އެވެ. ކުރީގެ އަންހެނުން އޭނާގެ ގާތުން ވަރިވި ސަބަބަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އަނިޔާކުރާތީ ކަން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެން އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasn
14 December 2022
ފުލުހުންގެ ކަސްޓަޑީ ގައި ހުއްޓާ ދަންޖެހެންވީ ސަބަބެއް ނޭގޭ . ތިއީ މިހާރު އެހާއިތުބާރު ހިފޭ ބައިގަޑެއް ނޫން ، މިހާރު ޝައްކު އުފެދުނީ ! އެއް ކަމެއް ވެސް ވޭތޯ ބަލާބަލަ ރަގަޅަށް ، ތިއީ އެއްޒަމާނެއްގައި ސިފައިންގެ އޭ ބުނެފިއްޔާ ބިރުން ފިތްކަޑައިގެން ދާތަނެއް . ކަންކަން ކުރަން ޖެހިލުމެއް ނެތި ހުޝިޔާރު ކަމާ އެކީ އެކަމެއް ކުރާ ، ޒިންމާދާރު މީހުން ހޮވަމާތޯ ؟
ބަލިބަލި
13 December 2022
މަސްތުވާތަކެތީގެ ވަބާގައި މުޅި ގައުމު އެއްކޮށް ފަނާވެ ނެތިދާއިރުވެސް، މަސްތުވާތަކެތީގެ މީހުންނަކީ ގައުމަށްހުރި ނުރައްކަލެއް ކަމުގައި ޕޮލިސީ ލެވެލުން ނުދެކެނީ ކީއްވެ؟ އެބުނާ "ހަރުކަށި" މީހުނަށްވުރެ އެތައް ގުނަ އިތުރަށް މި ރާއްޖޭގައި މީހުން މަރާ، މާރާމާރީ ހިންގާ، ދެންވެސް ހުރި މިޒާތުގެ ޖަރީމާތައް ގިނައިން ހިންގަމުން ދަނީ މަސްތުވާތަކެތީގެ މީހުން. މިވަރުންވެސް މަސްތުވާ މީހުނަކީ "ބަލިމީހުން" ކަމަށް ވާނަމަ "ހަރުކަށްޓަކީ" ވެސް ހަމަ ބައްޔެއްް.
އަޖައިބުވާވަރު ކަމެއް
13 December 2022
ށުރުޚީގައި އޮތީ "ދަންޖެހިފައި ހުއްޓާ" ކަމަށް. ޑެން މިއޮތީ "ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ." ކީކޭތަ މިލިޔަނީ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހޭ ސާމާނު ލިބުނީ ކިހިނެއް. އިހުމާލު ވަނީ ކާކު. ޒިންމާ ނަގަނީ ކާކު.
ޕިކުނިކު
13 December 2022
ފުލުހުންގެ ތަހުގީގު ނުނިމެނީސް އަދިވެސް ކަމާ ނުބެހޭ މީހުނަށް މައުލޫމާތު ފޯރުކޮށްދީ ޝައުގުވެރިކުރުވުމަށް ހަބަރުތައް ޖަހާ ގިނަކުރޭ. ތިޔަ ސޮރު އަމިއްލަޔަށް މަރުވާން އުޅެންޏާ ކުށަށް އިއުތިރާފުވީމާ އެވީ. ދެން މަރަށް މަރު ހިފަންވީ ދައުލަތުން.
ގާތްވާންވީއޭ
13 December 2022
އަނބިމީހާގެ މަރުގެ ތުހުމަތުކުރެވޭ ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ފަރުވާދެނީ ނަމަ މިއިން އެގިގެންދާ އެއްޗަކީ އެއީ ދިވެހިންގެ ހިތުން އީމާން ކަން އެއްކޮށް ނެތިގެން ގޮސްފިކަމަށޭ ވަކިން ޚާއްސަ ކޮށް ޒުވާން އުމުރު ފުރައިގެ މީހުން ކަން މިހެން ހުރުމުން މައިންބަފައިން އެބަވިސްނަން ޖެހޭ ދަރިންނަށް ދީން އުގަންނައިދޭން ނަފްސާނީ ބައްޔަށް ފަރުވާކުރަނީ ކަމަށް އެބަބުނޭ ވަރަށް ގިނަ އަންހެން ކުދިން އެއީ ވަރަށް ބޮޑު ގޯހެކޭ އީމާން ތެރިކަން އިތުރު ކޮށް ދީނާއި
ޔާސީ
13 December 2022
މިހާކު ކުރާ ވިޔާނުދާ ލާއިންސާނީ ކަމެއްގެ ސަބަބުން އެކަން ހުރިހާ ދިވެހިން ގެ ބޮލަށް ކަޑާލުމަކީ ހަމަޖެހޭ ވާހަކައެއް ނޫން
ޓީޖެޓީ
13 December 2022
ގިނަ ދިވެހީންގެ ދީނީ ޙާލަތު ރަނގަޅަށް އެނގިގެންދާ ހާދިސާއެއް
ލަހުވާ އަލީ
13 December 2022
ދީނާ މިކމާ ހުރި ގުޅުމަކީ ކޮބައިބާ
ޢެޑްމުންޑޯ
13 December 2022
ފައިސަލް މަރުވެއްޖެނަމަ ، ނިޝާމާގެ މަރުގެ ހަގީގަތް ވަޅުލެވިގެންދާނީ ، ކޮންމެ އަކަސް މަސްތުވާތަކެތިން ރާއޖޭގެ ޒުވާންޖީލެއް ހަލާކުވެ ނެތިދަނީ ، މިކަމަށް އެކަށޭނެ ފިޔަޅުތަކެއް ސަރުކާރުތަކުން ނޭޅުމުގެ ހިތިނަތީޖާ ފެންނަނުން މިދަނީ !
ވަލިއްޔުލް ދޮގޭ
13 December 2022
މަރުވުމުގެ ނިޔަތުގާ ކަރުގައި މަޅިއެއްބައްދައި އެމަޅިއަށް ބާރުވާގޮތަށް އެލިގަނެގެން އޮވާ ފެނުނީމާ ތިކިޔަނީ ދަންޖެހެން މަސައްކަތްކުރަނިކޮން ފެނުނިއްޔޭ. ދެން އެހެން ވެއްޖެއްޔާ ކަރަށް މަޅި ކޮއްޕަ ކޮއްޕާ ހުއްޓާ ފެނިއްޖެއްޔާ ކިޔާނީ ކީކޭބާ
ޝެހެންޝާހު
13 December 2022
ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ. މި އިބާރާތް މިއޮތީ "މަސްތުވާތަކެއްޗަށް ށައްކުރެވޭ" ބުނާ ގޮތަށެވެ. ފުލުހުންނަށް ޔަގީނެއް ނުވޭ އޭނާ ދަންޖެހުނީކަމެއް ދަންޖެހެން މަސައްކަތް ކުރީކަމެއް ދެއްތޯ ޕޮލިހުން ދަން ޖެހޭ ކޮންމެމީހަކީ މަރުވާން ޖެހޭ މީހެއްނޫން އިގޭތޯ މަންމަނު ޕޮލިހުންނޭ
ހޭޖެހޭ
14 December 2022
ފުލުހުންނަށް ފެނުނީ ދަންޖެހެނީކަމަށް ޝައްކުވާ ފަދަ ޢަމަލެއް ހިންގައިގެން ހުއްޓާ
?
13 December 2022
ސަލާމަތް ވެވޭނެ ކަމަށްތަ މަރުވެގެން. އެ އަދި ހުރިހާ ވޭނެއް ފެށޭނެ ހިސާބު.