ރަޝިޔާ ސިފައިންގެ ބަޔަކު އަސްކަރީ ފަރިތަކުރުންތަކެއްގައި. --އޭއެފްޕީ
29 އޯގަސްޓް 2022 - 13:42
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ފޫބެއްދުމުގެ ގޮތުން، ރަޝިޔާ ސިފައިންގެ އަދަދު އިތުރުކުރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.
ރައީސް ޕުޓިން މިދިޔަ ހަފުތާގައިވަނީ ރަޝިޔާ ސިފައިންގެ ޖުމްލަ އަދަދު 1.9 މިލިއަނުން 2.04 މިލިއަނަށް އިތުރު ކުރެއްވުމަށް ރިއާސީ ގަރާރެއްގައި ސޮއިކުރައްވައިފަ އެވެ. މި މިންވަރަށް ސިފައިންގެ އަދަދު އިތުރު ކުރުމަށްޓަކައި، އަސްކަރިއްޔާ އަށް އިތުރު 137000 މީހުން ވައްދާނެ އެވެ.
އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ގެއްލުމުގެ ނިސްބަތަށް ބަލާއިރު، ސިފައިންގެ އަދަދު އިތުރުކުރިޔަސް، ހަނގުރާމައިގައި ރަޝިޔާ އަށް މާ ބޮޑު ކުރިއެރުން ނުހޯދޭނެ އެވެ.
ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ސިފައިންގެ ޚިދުމަތަށް ނެރުމަށްޓަކައި ރަޝިޔާގެ އަސްކަރިއްޔާ އިން މިހާރު ގެންދަނީ، އެ ގައުމުގެ ޖަލުތަކުގައި ތިބި ބައެއް ގައިދީންނާ ވާހަކަ ދައްކަމުންނެވެ. ސިފައިންގެ ޚިދުމަތާ ގުޅެން ބޭނުންވާ ގައިދީންނަށް، އެމީހުންގެ ހުކުމްގެ ބާކީ އޮތް ބައި މައާފްކޮށްދިނުމުގެ އިތުރުން މާލީ އިނާޔަތްތައް ދިނުމަށް ވެސް ރަޝިޔާ ސަރުކާރުން ގެންދަނީ ގައިދީންނަށް ހުށަހަޅަމުންނެވެ.
ރަޝިޔާގެ އަސްކަރިއްޔާގައި މިހާރު ތިބި ސިފައިންގެ އަދަދު އެއް މިލިއަނަށް ވުރެ ގިނަ އެވެ. އޭގެ އިތުރުން އަސްކަރިއްޔާގައި މަދަނީ ވަޒީފާތައް އަދާކުރާ 900000 މަދަނީ މުވައްޒަފުން ހިމެނެ އެވެ.
ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، މި ހަނގުރާމައިގައި ރަޝިޔާ އަށް މަދަދު ދޭ، ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިން ވެސް މިހާރު ވަނީ އެމީހުންގެ ތެރެއަށް އިތުރު ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޗެޗްނިޔާގެ ހަނގުރާމަވެރިން މައިގަނޑު ގޮތެއްގައި ބައިވެރިވަނީ، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންނަ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާއި، އެފަދަ ސަރަހައްދުތަކުގައި ފިލައިގެން އުޅޭ ޔޫކްރޭން ސިފައިންނާ ހަނގުރާމަ ކުރުމުގަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ކުރު މުއްދަތެއްގެ ތެރޭގައި އަމާޒަށް ވާސިލުވެ ހަނގުރާމަ ނިންމުމުގެ ނިޔަތުގަ އެވެ. ނަމަވެސް ޔޫކްރޭން ސިފައިންގެ ފަރާތުން ކުރިމަތިވި ދިފާއީ ރައްދު ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން އުންމީދު ކުރި ފަދަ ކުރިއެރުންތަކެއް ހާސިލު ނުވެ ބޮޑެތި ގެއްލުންތަކަކާ އެކު ހަނގުރާމަ ވަނީ ދިގުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމުސާ
30 August 2022
ތޮ ފޮޓޯގައި ތިތިބީ ރަޝީޔާ ސިފައިނެއް ނޫން ، އެއީ ރަޝީޔާ ޗެޗްނިޔާ ސިފައިން .
ގެއްލުނުފައިދާ
29 August 2022
ރަޝިޔާއަށްވަނީ ގެއްލުން މަރުވި ސިފައިންގެ އަދަދު 80 ހާހުން މަތި. ޔުކްރޭނުން މަރުވީ 8 ހާސް ސިފައިން. ނަތީޖާއަކީ ޔުކްރޭނުގެ އެންމެ މުއްސަނދި ބިންތައް ރަޝިޔާގެ ބާރުގެ ދަށަށް ދިޔުން. ހިފި އެއްވެސް ތަނެއްގެ އަކައިންޗިއެއްވެސް ޔުކްރޭނަށް ނުލިބުން. ދުނިޔޭގެ ކާބޯތަކެތީގެ ކޮންޓްރޯލް ރަޝިޔާ ހޯދުން. ޔުކްރޭނަށް ލިބޭ ކަމަށް ބުނާ ކާމިޔާބީއަކީ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރު ޔުކްރޭނުން ގަތުން. ޔުކްރޭނު ދުވަހެއް ދުވަހަކަށް ނިކަމެތިވަމުން ހުލިވަމުން ދިޔުން.
ބީރުބޮލު ވަޒީރު.
29 August 2022
ތިއަކަމާ ސަލީމް އިދުރީސް އެއްބަހެއް ނުވާނެ. ކޮބާތަ ރަދީފު. ކޮބާތަ އަފްރާސިޔާބު؟ ސާޗު ކޮށްލާފަ ބަލާލަބަލަ ޕޫޓިން މިހާރު ދުނިޔޭގައި ހުރިތޯ. ރަސިއާ އޮތީ މިނިވަން ގައުމެއްގެ ގޮތުގައިތޯ.
އަފްރާސިޔާބު
30 August 2022
ބަލަ ބީރުބޮލާ! މިމީހުން މިލިޔަނީ އިނގިރޭސިވިލާތުންނާއި އެމެރިކާއިން ފަތުރާ ދޮގު ޚަބަރު. އެ ދެބައިމީހުން ތެދެއް ހެދެން އޮތްތާގައި ދޮހެދުންނޫން ކަމެއްނުކުރާނެ. ބަލަ ދެނަހުރިންތަ އެއްކަލަ ނޯވޭމީހުން ބުނެއްޕޭ ޔޫރަޕަށް ބޭނުންވާ ގޭހެއްނުދެވޭނޭ. ގޭހެއްނެތޭ އެވަރަށް. ދެން އެމެރިކާގެ ހިމާރުތައް ފޮނުވައިގެންވެސް ރަޝިޔާ ބަލިނުކުރޭތީ މިހާރުބުނެފި ދެން ފޮނުވާނީ ނަސަމްސް ތަކޭ. އަޅެ ބަލާބަލަ ޔޫކޭގެ މަތިންދާބޯޓު އުފުލާ މަނަވަރު ބަނދަރުންނުކުންނަނިކޮށް ބުރިވިގޮތް
ބީރުބޮލު ވަޒީރު.
29 August 2022
ޔޫކުރޭނަށް ލިބުން ގެއްލުމެއް ނެތްދޯ؟ އެމީހުންގެ ސިފައިން ހުސްވެ މިހާރު ހަނގުރާމައަށް ނެރެފައި އެތިބީ ޑޮކްޓަރުން މެސެނުން ޕުލަމްބަރުން ވެލްޑަރުން އަދި އެތާގެ މަސްވެރިންނާއި ދަނޑުވެރިން. އަނބިންތައް ހުވަފަތްވެ ކުދިން ޔަތީމުވެ ނިކަމެތިވީ. އެމެރިކާ ހަތިއާރު ވިއްކަން ހޭބޯ ނާރާ. ޒެލެންސްކީ އަށް ހީނުވޭ ކަމެއްވާހެންވެސް.
އަފްރާސިޔާބު
30 August 2022
އެމެރިކާގެ ބާރުގަދަ ކަމުގެ މިންވަރަކީ އެއޮތް ކުޑަކުޑަ ސުލައިމާނު ރަށްތަކުގެ ބަނދަރަށްވަނުގެ ހުއްދަވެސް ނުލިބުމުން ތައިވާނު ކައިރިން ކަނބާފައި އެދަނީ.