ދުނިޔެ / އިރާގު

ބަޣުދާދުގެ ކުރިމަތިލުންތަކުގައި 30 މީހަކު މަރުވެއްޖެ

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު އަށް ތާއީދުކުރާ ބަޔަކު، ޓަޔަރުތަކެއްގައި ރޯކޮށް މަގު ބަންދުކުރަނީ. --އޭއެފްޕީ

30 އޯގަސްޓް 2022 - 13:02

9 comments

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ގްރީން ޒޯންގެ ތެރޭގައި އިއްޔެ އާއި ރޭ ހިނގި ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 30 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހަސްފަތާލުތަކުން ބުނެފި އެވެ.

ގްރީން ޒޯންގެ ތެރޭގައި ހަމަނުޖެހުންތައް ފެށުނީ، އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު، ސިޔާސީ އެންމެހައި ކަންކަމުން ފެއަށް ޖެހިވަޑައިގެންނެވިކަން އިއްޔެ އިއުލާން ކުރައްވައި އޭނާގެ ސިޔާސީ އޮފީސްތައް ބަންދުކުރުމާ ގުޅިގެންނެވެ. ސަދަރު ސިޔާސީ ކަންކަމުން އެކަހެރިވެވަޑައިގަތްކަން އިއުލާން ކުރެއްވުމާއެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެ އެތަން ހިފަން މަސައްކަތް ކުރި އެވެ.

އެއާ އެކު އިރާގުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން ހަތިޔާރާއެކު ރިއާސީ ގަނޑުވަރުގެ ތެރެއަށް ވަދެ، ކަރުނަގޭސް ޖަހައި އާންމުން އެ ތަނުން ނެރެން މަސައްކަތް ކުރި އެވެ. ކަރުނަގޭހަށް ވެސް އާންމުން މައިތިރި ނުވުމުން، ސިފައިން ވަނީ ވައިގެ ތެރެއަށް ބަޑި ޖަހައި އިންޒާރު ކުރުމަށް ފަހު، ރިއާސީ ގަނޑުވަރުން އާންމުން ނެރެފަ އެވެ.

އެއަށް ފަހު އިއްޔެގެ އިރު އޮއްސި އަނދިރިވުމާއެކު، ގްރީން ޒޯން ސަރަހައްދުގައި ކޮންމެވެސް ބައެއްގެ މެދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރަން ފެށި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ބަޑީގެ ހަމަލާތައް ބަދަލުކުރަން ފެށުނީ ސަރުކާރު ސިފައިން، ސަދްރުގެ ސަޕޯޓަރުންނަށް ހަމަލާ ދިނުމުންނެވެ. އެހެން ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ބަދަލުކުރީ ގްރީން ޒޯން ސަރަހައްދުގައި ތިބި ސަދްރުގެ ސަޕޯޓަރުންނާއި، އިރާގު ސަރުކާރަށް ތާއީދުކުރާ އަދި އީރާންގެ މަދަދު ލިބޭ ޝީއީ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ.

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ކުރިމަތިލުންތައް މައިތިރި ކުރުމަށް އިރާގުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން މަސައްކަތް ކުރަނީ،. --އޭއެފްޕީ

ބަޣުދާދުގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި ހަމަލާތައް އެންމެ ވަރުގަދަ ވެގެން ދިޔައީ ރޭ ދަންވަރުގެ ވަގުތުގަ އެވެ. މިއަދު ފަތިހު ވެސް ބަޣްދާދުގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުން ބަޑީގެ އަޑު ކަނޑައިގެން ނުދާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އިރާގު ސަރުކާރުން ބުނި ގޮތުގައި އިއްޔެ އާއި ރޭ ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، ދާޚިލީ ހަނގުރާމައެއް ފެށުނަ ނުދިނުމަށްޓަކައި، މުގްތަދާ އައް ސަދްރުގެ ސިޔާސީ ހަރަކާތްތަކުގެ އިސް ވެރިންނާއި، އީރާންގެ މަދަދު ލިބިގެން ހިންގާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ އެކު، ސަރުކާރުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިއްޔެ އިން ފެށިގެން ގްރީން ޒޯންގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އިތުރުން، 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެގެން ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ 110 އަށް ވުރެ ގިނަ މީހުން ވެސް ހިމެނެ އެވެ.

ސިޔާސީ އެންމެހައި ކަންކަމުން އެކަހެރިވެވަޑައިގެންނެވި ކަމަށް ސަދްރު އިއުލާން ކުރެއްވި ނަމަވެސް، އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ކަމަކަށް އިރާގުގެ ސިޔާސީ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ސިޔާސީ ކަންތަކުން ފެއަށް ޖެހިވަޑައިގެންނެވި ކަމަށް އިއުލާން ކުރައްވައި އޮފީސްތައް ބަންދުކުރެއްވުމަށް ފަހު ވެސް، ގްރީން ޒޯނަށް އެއްވެފައި ތިބި މީހުން ކަން ކުރަންވީ ގޮތުގެ އިރުޝާދުތައް ދެމުން ދިޔައީ ސަދްރުގެ އޮފީސްތަކުން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޮގަސްޓް 29، 2022؛ އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު އަށް ތާއީދުކުރާ ބަޔަކު އޭނާގެ ފޮޓޯތައް ހިފައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. --އޭއެފްޕީ

އިރާގުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސިޔާސީ ކަންތަކުން ފެއަށް ޖެހިވަޑައިގެންނެވި ކަމަށް ސަދްރު އިއުލާން ކުރެއްވީ، މިހާރު އިރާގަށް ފެތުރިފައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ހާލަތުގެ ނާޖާއިޒު ފައިދާ ނަންގަވައި، އާންމުންގެ މެދުގައި އޭނާއާ މެދު ހަމްދަރުދީ އާއި ތާއީދު އިތުރުކޮށްގެން، އޭނާގެ ސިޔާސީ ކުރިމަގު އިތުރަށް ހަރުދަނާ ކުރެއްވުމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުން ބައެއް ނޫސްތަކުން ފާހަގަކުރަނީ، ސިޔާސީ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގަތުމަށް ފަހު، ހައިހޫނު ކަމުގެ ހަޅުތާލެއް ސަދްރު ފައްޓަވާފައިވުމެވެ. ގްރީން ޒޯންގެ ތެރެއިން ފެށުނު ހަމަލާ ބަދަލުކުރުންތަކާ ގުޅިގެން، ސަދްރު ރޭގައިވަނީ ހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައި، އޭނާގެ ސަޕޯޓަރުންނަށް ހަމަލާ ދިނުން އިރާގު ސިފައިން ހުއްޓައިލަންދެން، ހަޅުތާލު ކުރިއަށް ގެންދަވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ވެރިރަށް ބަޣުދާދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އިރާގުގެ އެހެން ސަރަހައްދުތަކުގައި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހަނގުރާމަވެރިންގެ މެދުގައި ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރަށްޓަކައި، އިރާގުގެ ދިފާއީ ވުޒާރާ އިން މިއަދު ވަނީ އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ސިޔާސީ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންނެވިކަން ސަދްރު މި އިއުލާން ކުރެއްވީ، އިރާގުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އޭނާ ގޮވައިލެއްވިތާ މަސްތަކެއް ވީއިރު ވެސް، ސަރުކާރުން އެ ކަމަށް އިޖާބައެއް ނުދީ، އާންމު މަސްލަހަތު ގެއްލޭ ހިސާބަށް ކަންތައް ދިއުމުންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރަށް އޮތް އަގުލަބިއްޔަތު ގެއްލި، އާ ސަރުކާރެއް އެކުލަވައިނުލެވި 10 މަސް ދުވަސް ފާއިތުވުމުން، އަވަސް އިންތިޚާބެއް ބޭއްވުމަށް ސަދްރު ގޮވައިލެއްވުމާ އެކު، އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަން ފަށައިފަ އެވެ.

9 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

31 August 2022

ހަސަދަޔަކީ ގައިގަ ބަޑިބޭސް ހަރުކޮއް އަމިއްލަ ނަފުސު ގޮއްލާ ނުބައިއްޗެއް! އޭތް ބީރުބޮލް ވަޒީރު ތިއީ އިސްލާމީތާރިޙު ފުދޭވަރައް ދަންނަ ބޭފުޅެން ނޫންތޯ! އެހެންވިއާ އަފުގާނުގެ ތާލިބާނުންނަކީ ކޮންފާޑެއްގެ ބަޔެއްތޯ! މިހެން މި ދެންނެވީ މިއަދު އަފުގާނުގެ ރައްޓެއްސަކު ކައިރީގަ އާއިލާ ކޮބެއީހޭ އެހީމަ ބުނީ އިރާނަން ފޮނުވާލައި ފީމޭ! އެކަމަކު އަޅުގަނޑު ހީކުރީ މުސްލިމެއްގެ ގޮތުގަ ރަނގަޅައް އުޅެން މިހާރު އެންމެ ފަސޭހަވާނީ އަފުގާނިސްތާނުގަ ކަމައް!

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

31 August 2022

ސަލީމޫ. އަފްގާނިސްތާނު ނޫނީ ޕާކިސްތާން ކަމުގައި ވިޔަސް ތާލިބާނުން އެއީ ނުލަފާ ބައެއް. އެއީ ދެވަނަ ބޮޑުހަނގުރާމިގާ އެޓޮމެން އެމްޕެރަރ ބަލިވެ މުސްލިމުންގެ ހިލާފަތު ވެއްޓުމާ ގުޅިގެން އިނގިރޭސިން އިސްލާމީ ދުނިޔެއަށް ދޫކުރި ޖަރާސީމެއް. އެ ޖަރާސީމް އިސްލާމީ ދުނިޔެއަށް ފަތުރަނީ ޕުރިންސުން. އޭގެ ބަދަލުގައި އެމެރިކާއިން އަދި އިނގިރޭސި ސަރުކާރުން ޕުރިންސުންގެ ކިންގްޑަމް ހިމާޔަތްކޮށްދެނީ.

The name is already taken The name is available. Register?

ހަޤީޤަތަކީ

31 August 2022

ބައެއް މީހުންނަށް ހީވާކަހަލަ އިސްލާމީ ޝަރީއާ ފެށިގެން އައީ އަފްޤާނުންނޭ..އެހެންވެ ދީނާ ގުޅުންހުރި ކަމެއްވާއިރަށް ބުނެލާނެ އަފްޤާނަށް ނޫނީ ސީރިޔާއަށް ދާށޭ..ބަލަ އިސްލާމީ ޝަރީއާ ފެށިގެން އައީ މައްކާއާއި މަދީނާއިން..މުޅި ދުނިޔޭގަވާ އެންމެ އަމާން ހުރިހާ ގޮތަކުންވެސް ފުރިހަމަ ދެރަށް..މީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާ ނުކިޔޭނެ ދެރަށް.ކީއްވެ މުސްލިމެއްގެ ގޮތުގަ ރަނގަޅަށް އުޅެން މިދެރަށަށް ދާން ނުބުނަނީ؟؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

31 August 2022

އަޅުގަނޑު އެހެންއަހަން ދިމާވި ވަރައް ގިނަސަބަބު އިސްލާމީދުނިއޭން ފެނޭ! އަޅުގަނޑައް މިއުޅޭ ސައިހުން ދައްކާ ވާހަޔައްވުރެ މިކަހަލަ ކަންކަމުގަ ބީރުބޮލު ވަޒީރު ދަކާވާހަކަ ހަމަޖެހޭކަމައް ފެންނާތި ބީރުބޮލު ވަޒީރު ކައިރީގަ އެހީ! ދީންފެށުންތާ ކަން ހިނގާ ގޮވެސް އެނގޭ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

30 August 2022

ދުނިޔެ ތަރައްގީވެ ތަހުޒީބުވިއަސް މިމީހުން މިމީހުންގެ ޖާހިލުކަންމަތީ. ސަލީމް އިދުރީސު ބުނާހެން ދެން ޔަހޫދީންގެ ބޮލައް ކަނޑާލީމަ ނިމުނީ. ހިތަށްއެރި ގޮތަކަށް އުޅެފަ ކޮންމެ ކަމެއް ޔަހޫދީންގެ ބޮލައް. ހެއްވާ ކަމެއް.

The name is already taken The name is available. Register?

ސައްދާމު

30 August 2022

ބީރުބޮލަކަށް ނޭނގޭ ދޯ އެމެރިކާ މީހުން 2003 ގަ އެތަން ލޯޓުވުމުގެ ކުރިން އިރާގަކީ ކިހާ އަމާން ، އަދި ހަމަނުޖެހުމެއް ނެތް މުއްސަނދި ގައުމެއް، ހަމަ ޔަހޯދީން އެތަން ފުނޑާލީ ސައްދާމު ދަންޖައްސާފައި . ރަމްސްފީލްޑުމެން އެއީ ކޮންބައެއްކަން ކުޑާކޮށް ދިރާސާކޮށްލާ، ޒަޔަނިސްޓް ލޮބީ ގރޫޕުތަކާ

The name is already taken The name is available. Register?

ނުފެނޭތަ

30 August 2022

އެގައުމު ސައްދާމުގެ ވެރިކަމުގައި، ތަރައްގީ މެކުހަށް ޖަހައި ގައުމު ކުރިއަރައިގެން ދިޔަވަރު ނުފެނޭތަ؟ އިރާގުން ޑޮލަރުގެ ބަދަލުގައި ޔޫރޯ އެޑަޕްޓްކުރިހިސާބުނ، އެމެރިކާއާ ޔަހޫދީންގެ ރޭވުމުގެ ދަށުން 'ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން" ކިޔާ މުޅި ގައުމު ސުންނާފަތިކޮށް 100 އަހަރު ފަހަތަށް ޖައްސާލިކަން ހަނދާންއެބަހުރިތަ؟ މުޅި އިސްލާމީގައުމުތައް އެވަނީ މިމީހުން ބިމާހަމަކޮށް ދާހިލީ ހަމަނުޖެހުމަށް ވައްޓާލާފަ މުސްލިމުން އެއްބައިވަންތަ ވެދާނެތީ.

The name is already taken The name is available. Register?

ކިރު ސައި

30 August 2022

އަބަދުވެސް އެމެރިކާއޭ ތިކިޔަނީ. އެނޫން އެއްޗެއް ނޭނގޭ ޖާހިލުކަމުން.

The name is already taken The name is available. Register?

އިރުމަތި

31 August 2022

ބީރުބޮލެއް ކަމަކު ހަޤީޤަތަށް ވާހަކަ ދައްކަން ޖެހޭ.އެމެރިކާއިން އިސްވެ އޮވެ އިރާޤު އަފްޤާން ސީރިޔާ ލީބިޔާ ޔަމަން އަދި ފަލަސްތީނަށް ނާރާއިރު މިތަންތަނަކީ އަމާންކޮށް އޮތް ތަންތަން..މިތަންތަނުގަ އޮތް ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނާއި އަމާންކަން ބަޔަކަށް ހަޖަމް ނުވީމަ މަދު ފައިސާކޮޅަކަށް ވިކޭ ބަޔެއްގެ މަދަދާއެކު މިތަންތަނަށް އަރާ ހަނގުރާމައިގެ ހާއްޔަކަށް ހެދީ..ސަލާމަތުން އޮތް ޤައުމުތަކުގެ ތެރެއިން އެއްބަޔަކަށް އަދަބުދީފަ އަނެއްބަޔަކު ދަށުކޮށްލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454