ސިޓީ ކައުންސިލުން މާރުކޭޓުގެ ހާލަތު ބަލަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
30 އޯގަސްޓް 2022 - 15:57
މަސް މާރުކޭޓު މަތިީގައި ޑްރަގްސް ބަންދުކުރާތީ އެތަން ބަންދުކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާދަމް ރަމީޒު "މިހާރު" އަށް ވިދާޅުވީ ދެ ފާރު ދޭތެރޭގައި ކަރުދާސް ފޮށި އަޅައިގެން ނިދައި، އެ ތަނުގައި ޑްރަގްސް ބޭނުންކުރާތީ އާއްމުންގެ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ލިބޭ ކަމަށެވެ.
ޝަކުވާތައް ލިބޭ ކޮންމެ ފަހަރަކު ފުލުހުންނާއެކު އެ ތަނަށް ގޮސް ހާލަތު ބަލާ ކަމަށް ރަމީޒު ވިދާޅުވި އެވެ. މިއަދު އެ ތަނަށް ގޮސް، ސާފުކުރުމަށްފަހު ފްލޯ ބަންދުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންކަން ބޮއްސުންލައިގެން ދިޔައީމަ މިގޮތަށް މި ނިންމީ،" ރަމީޒު ވިދާޅުވި އެވެ.
މާލެ މަސްމާރުކޭޓު މަތީގައި މަސްތުވާތަކެތި ބޭނުންކުރަމުންދާތީ މާލެސިޓީ ކައުންސިލުން ޕޮލިސް ކޮންސްޓިބިއުލަރީ އާއި އަދި ޑްރަގް އެންފޯސްމަންޓް ޔުނިޓް އާއި ގުޅިގެން އެތަން ބަންދު ކުރަން މިއަދުވަނީ ނިންމާފައި. pic.twitter.com/FpxpQBRXXk
— Male' City Council (@MaleCitymv) August 30, 2022
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އައްޑާއެއްގެ ގޮތުގައި ބޭނުންކުރީ މިސްކިތްތައް ކަމަށެވެ. އެކަމަކު، އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމުން، މާރުކޭޓު މަތީގެ ހާލަތު ގޯސްވެގެން ދިޔައީކަން އޭނާ ފާހަގަކުރެއްވި އެވެ.
މާރުކޭޓުގެ މަތީގައި ހޮޓަލެއް ވެސް ހިންގަ އެވެ. ޑްރަގްސް ބޭނުންކުރަނީ އެ ތަނުގެ ހުސްކޮށް އޮތް ތަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
01 September 2022
ހެޑިން ކިޔާލަބަލަ (ޑްރަގްސް ބޭނުންކުރާތީ މާރުކޭޓުގެ މަތި ބަންދުކުރަނީ) މާރުކޭޓު މަތީގައި ޑްރަގްސް ބޭނުން ކުރާތީ އެތަން ބަންދު ކުރުމާ ޑްރަގްސް ބޭނުން ކުރާތީ މާރުކޭޓު މަތި ބަންދު ކުރުން މީ ތަފާތު ދެކަމެއް.
ޙަމީސް
30 August 2022
ފުލުހުންނަށް ވަރަށް ރަނގަޅެއް އެނގޭނެ ތި މީހުން އުޅޭ ތަން ތަން. ޑްރާމާ ޖައްސަން ނޫޅޭ.
ބޯބުރާތިނަފީސާގެއުމަރު
30 August 2022
އެއްޗެކޭނުބުނަން ހުއްޓަސް ބޮޑުސިންގާ މީހުން ކުރާބޯގަޅި ކަންތަކާހެދި ބުނެލެވެނީ. މިހާރު ގޯސްމިވީ ތަން. ތަނުގެ ސަބަބުން ވެގެން އުޅޭކަމެއް. އަޅޭ މިމާލެތެރޭ ނުބޯކަށް ހިކިއެއްޗެއް ދިޔާއެއްޗެއް ނުކުރާކަށް ފާހިސްކަމެއް އާލަންގީރެއް ނެތް. މާލެއިން މީހުން ހުސްކޮށް ބަންދުކުރެވޭނެބާ.
އާދަނު22
30 August 2022
އެހެން ޤައުމުތަކުގައި އެގޮތަކަށް ނުތިބެވޭތަންތާކު، ރާއްޖޭގަ ގޯސްވަނީ ތަން. އެންމެ ފަހުން ތަން ބައްދުކުރަންމިޖެހެނީ، ޑުރަގު ބޭނުންކުރާމީހުން ތިބެނީ ދޫވެފަ.
ހިމާރުލްގައުމު
30 August 2022
ވެރިކަން ލިބި މަޖިލިސް ލިބި ފަނޑިޔާރުގެ ލިބުނީމަވެސް ރީނދޫ ކޮހުންނަށް ކުރެވުނެ އެއްކަމެއްވެސް މިގައުމުގަ ނެތް. އެކަމަކުވެސް ހަމަ ލަދުހަޔާތް ކުޑަކަމުން އަނގަ ހުޅުވައޭ މިބައިގަނޑު. ކީއްކުރާނީ ކޮހުންތައް ތިބެނީ ހަމައިގެ ނޫންވިއްޔާ ރޫހާނީ ބުނާހެން.
ހަސަން32132
30 August 2022
ޑްރަގްސް އެތެރެކުރުން ހުއްޓުވުމަކީ ވާނެ ކަމެއް ނޫން ވަށައިގެން ކަނޑު މިއޮތީ ކިހިނެއް ހުއްޓުވާނީ މިކަން
އިސްކުރުދޫކޮށްބާލިދީހުސްކުރުން
30 August 2022
އެއްތަނުން ނެރޭ އިރަށް އަނެއްތަނަށް ވަންނާނެ. ޑްރަގް ބޭނުންކުރާމީހުން އެހާ ގިނަ. އެހާ ފަސޭހައިން ލިބޭ. އެހާ އަގުހެޔޮ. އޭގެ ވިޔަފާރި އެއްވެސް ބިރެއް ޖެހިލުމެއްނެތި ފާޅުަގެި ކޮށް އޭގެން ވިޔަފާރިކޮށް މުއްސަނދިވެގެން "ކިންގ" ހެދިފަ އެބަ އުޅެވޭ. ދެން އެކަންކަން އެހެން ހުއްޓަ ތިޔަ ބަލިކުދިން ވަންނަ ތަންތަން ބަންދުކުރުމުން ކީއްވާނީ. ރުމާޅު ޖަގަހައަށް ވީ ކިހިނެއް. މައްސަަލަ ޙައްލުކުރުމަށް އިޚުލާޞްތެރި ފަންނީގޮތުން ސާބިތު މަސައްކަތެއް ކޮށްބަލަ
ހުދ4
30 August 2022
އަދި ކިރިޔާތާ ކަނކަމާ ހަވާލު ވެގެންނޭ ކިޔާގެން ތިބޭ ބަޔަކަށް ހިލަމެއްމިވީ މުޅި ގައުމު ފަސާފަކޮއް ހަލާކުކޮއްފި
ހާމިދު ޝާހިދު
30 August 2022
ވަންނާނެ ގެއެއް ނެތި މަގުމަތިވެފައިތިބި ޕާޓޭ ކުދިންކޮޅު "ކިއްލިތަޅަން" އަރާ ތިބޭތަން މި ބަންދުކޮށްލީ. އެލްޖީއޭއިން މިކަން ބަލަންޖެހޭނެ. ޢާންމު ފަރާތްތަކަށް މިގޮތަށް ސިޓީ ކައުންސިލުން އުނދަގޫ ކުރާތީ. ތިޔަ ތަނުގައި ޑްރަގްސް ބަންދުކޮށް އޭގެ ވިޔަފާރި ކޮށް ހަދާ ކަމަށްވަނީނަމަ އެކަން ޖެހޭނީ ޕޮލިސް ކޭސް އެއްގެގޮތުގައި ބަލަން. އަދި ޒިންމާވާ އެންމެހާ ފަރާތްތައް ހައްޔަރުކުރަން. އަދި ގަދަވެގެންވާ އަޒާބު ދެނެވި އަދަބަކުން އަދަބުދޭން. ދެންކޮބާ ޕޯޓްތައް!
އިބްރ
30 August 2022
ބަންދުކުރަންވީ މާރުކޭޓް މަތި އެކަންޏެއްނޫން. މުޅި މާލެވެސް ބަންދުކުރަންވީ. ކާކަށް އޮޅުވާލަންތޯ މާރުކޭޓް މަތި އެކަނި ބަންދުކުރަންވީ؟ މާލޭގެ މަގުތައްމަތީގައާއި ޕާކްތަކުގައި ތިޔަ މަސްތުވާތަކެތި ވިއްކުން މިހާރު ވަނީ އާއްމުކަމަކަށްވެފައި.