ޚަބަރު / ލޯކަލް ކައުންސިލް އިންތިހާބު 2026

މޭޔަރު ވިދާޅުވީ މަސް މާރުކޭޓުގެ އެއްބަސްވުމުގެ މައްސަލަ ނުނިމި ލަސްވަނީ މުއައްސަސާތަކާ ހެދި ކަމަށް!

އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި މީހަކު އޭނާއާ ވާހަކަ ދައްކަނީ: މަސް މާރުކޭޓް ތަރައްގީ ކުރުމާ ގުޅޭ އޮޑިޓް ރިޕޯޓް ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވި --- ފޮޓޯ/އެމްޑީޕީ

20 ޑިސެމްބަރ 2025 - 08:48

2 comments

މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގައި މިލިއަން ޑޮލަރުގެ ދެ އެއްބަސްވުން ހެދި މައްސަލާގައި އޮޑިޓް ރިޕޯޓު ނިންމައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ވެސް އެ ރިޕޯޓު ހިއްސާ ކުރައްވާފައިވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އޮތް މައްސަލަ މިދިޔަ އޮގަސްޓު މަހު ފެންމަތިވެ، އެ މަހު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާ އަށް އެކަން އާދަމް އާޒިމް ވަނީ ގެންނަވައިފަ އެވެ.

މޭޔަރު ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު، އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު އެވެ. ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މޭޔަރު އާދަމް އާޒިމް ކުރައްވާ ކެމްޕެއިންތަކުގެ ތެރެއިން އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، މަސް މާރުކޭޓުގެ އެއްބަސްވުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި އާދަމް އާޒިމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ނިޔާޒު ސަލާން ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

"އެއީ އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ އެއްވެސް މުދަލެއް، ފައިސާއެއްގައި ޖެހިގެން އެއްވެސް މީހަކަށް ހުރެވިގެން ނުވާނެ. އެ މީހަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭނެ،" އާދަމް އާޒިމް ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި މަސް މާރުކޭޓުގެ އެއްބަސްވުމުގެ މައްސަލާގައި ކުރިއަށް ވަޑައިނުގެންނެވެނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ ހެދީ އެވެ. އަމިއްލަ އަށް ވެސް ބައެއް މުއައްސަސާތަކަށް ވަޑައިގެން މައްސަލަ ނިންމުން އަވަސް ކޮށްދޭން އެދިވަޑައިގެންނެވި ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާ އަށް ރޭ ދިޔަ އެމްޑީޕީގެ ބައެއް މެމްބަރުން.---ފޮޓޯ: އެމްޑީޕީ

"ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާ އަށް ފޮނުވައިފިން މިކަން އަވަސް ކޮށްދޭށޭ ކިޔާފައި، ޚަބަރެއް ނުވޭ. އަޅުގަނޑު ދެކޭގޮތުގައި މި ހިސާބަށް ކަންތައްތައް ދާކަށް ނުޖެހޭ ގައުމެއްގެ،" އާދަމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސް މާރުކޭޓު ހިންގުމަށް ދެވަނަ ބަޔަކާ އެކު، ރައީސް މުއިއްޒު މޭޔަރުކަމުން އިސްތިއުފާ ދެއްވައި، އެ މަގާމު ހުސްކޮށް އޮތް ދުވަސްވަރު ސޮއިކޮށްފައި ވަނީ ފުރަތަމަ އެއްބަސްވުން އުވާނުލާ ކަމަށެވެ. އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ދެވަނަ ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ މުޅި ސިޓީ ކައުންސިލް "ހަލާކުވެ، ފުނޑުފުނޑުވާ" ގޮތަށެވެ.

އާދަމް އާޒިމް ވިދާޅުވީ، އޭނާ ކައުންސިލްގައި ހުންނަވައިގެން މަސައްކަތް ކުރައްވަނީ ދިވެހިންގެ ހައްގުގައި ކަމަށެވެ. އަދި އޭނާ ވާދަކުރައްވަނީ މާލޭގއި ހުރި މައްސަލަތަކާ ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ، މާލޭގައި ހުރި މައްސަލަތައް އޭނާ އަށް ވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑަށް ވުރެ ގިނަ ވަގުތު ދީގެން އުޅުނު މީހަކު މިތާކު ނޫޅޭނެ އިރާދަކުރެއްވިއްޔާ. އެހެންވީމާ އަޅުގަނޑަށް އެނގޭ ހުޅުމާލޭގައި ހުރި މައްސަތައް، މާލޭގައި ހުރި މައްސަލަތައް، ވިލިމާލޭގައި ހުރި މައްސަލަތައް،" އާދަމް އާޒިމް ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގެ ކޮރަލްގައި ހުރި މައްސަލަތައް އަޅުގަނޑަށް ނޭނގެނީކީ ނޫނޭ. މި އަހަރަށް ބަޖެޓު ފާސްކުއިރު މާލެ ސަރަހައްދުގައި ހުރި ކޮރަލްތައް ހިމާޔަތް ކުރުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމަނާފައިވާނެ."

އޭނާ ވިދާޅުވީ، އެއީ ދުވަހަކު ވެސް ބަޔަކު ދެއްކި ވާހަކައެއް ނޫން ކަމަށާއި އިންދަން ޖެހެނީ ގަސް އެކަންޏެއް ނޫން ކަމަށެވެ. އެހެންވެ، ގަސް އިންދަން ވެސް ކޮރަލް އިންދަން ވެސް މާލެ ސިޓީ ކައުންސިލްގެ ބަޖެޓުގައި އަދަދުތަކެއް މިހާރު ޖަހާފައިވާނެ ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮފީހަށް ދަނީކީ، ހިދުމަތަށް ނުކުމެ މިތިބީކީ އާޗާތަޅާކަށް ނޫން. ފިސާރި ކުރަން. އަޅުގަނޑުގެ ބައްޕަ ބުނާނެ އަބަދުވެސް ކުރާ ކަމެއް ފިސާރި ކުރައްޗޭ، އިހުލާސްތެރިކަމާ އެކު ކުރައްޗޭ، ތި އިށީންނަނީ ރައްޔިތުންގެ ފައިސާ އާއި މުދާ ބަލަހައްޓާށޭ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކުރައްޗޭ. އެއްވެސް މީހެއްގެ މުދަލަކީ ގިނަވާ އެއްޗެއް ނޫނޭ. އެ ގިނަ ކުރަން ނޫޅެެއްޗޭ،" މިހާރު އަވަހާރަވެފައިވާ ބައްޕަގެ ނަސޭހަތް ހަނދާން އާ ކުރައްވަމުން އާދަމް އާޒިމް ވިދާޅުވި އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

20 December 2025

މަސްކަނޑާ މީހުންގެ އަގު ވަޒަން ކުރަން ޖެހެ އެވެ. އިހްތިތާމް ކުރަން ޖެހެ އެވެ. ހީވާގި ކަމާއެކު މަސައްކަތް ކުރާ ހުސްދިވެހީންނެވެ. އެއީ މަސައްކަތް ތެރީންނެވެ. ކަންކަން ރަނގަޅު ކުރަން ޖެހެނީ ކަންކަން ބަލާ އެމީހުންގެ ވެރީންނެވެ.

The name is already taken The name is available. Register?

ތުއްތު ކަލޯ.

20 December 2025

މަސްމާރުކޭޓު މިހާރު ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލު ކުރަން ފެންނަނީ؟ މަސްކަނޑާ މީހުން ގެން ގުޅޭ ނަޖިސް މުޑުދާރު އަމަލުގެ ސަބަބުން މަސް މާރު ކޭޓާާއި އެ ސަރަހައްދުގެ މަގުމަތި އޮންނަނީ މުޅިންހެން މަހުގެ ލެއިން ތައްތެޅިފައި މަސް އަޅާއިގެން ގެން ގެންގުޅޭ ހަމެއްގެ އެކަތީގައިވެސް ފުލެއް ނުހުރޭ؟ .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454