މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާޒިމް ބައިވެރިވެ ވަޑައިގަންނަވަނީ: އޭނާގެ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ސަމީރު ވަނީ ތައުރީފް ކުރައްވާފައި.--- ފޮޓޯ| އެމްޑީޕީ
19 ޑިސެމްބަރ 2025 - 23:55
މާލޭގެ މިހާރުގެ މޭޔަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާދަމް އާޒިމް ރާއްޖެ އަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ވަރަށް ގިނަ ކަމަށާއި އާދަމް އާޒިމްގެ "ހަތަރެސްފައިގައި ވެސް ހުރީ" ހިދުމަތްތަކުގެ ކަންކަން ހޭކިފައި ކަމަށް ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މައި ޖަގަހަ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސަމީރު ވިދާޅުވީ އާދަމް އާޒިމަކީ އެ ޕާޓީ އަށް ތެދުވެރި، ވަފާތެރި ބޭފުޅެއް ކަމަށެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ސަމީރު ވިދާޅުވީ، އާދަމް އާޒިމް މާލޭގެ މޭޔަރަކަށް ގެނައުމަށް އަނެއްކާ ވެސް ބޭނުންވާ ސަބަބަކީ ހުރިހާ ހިދުމަތެއް ކޮށްދެއްވާފައިވާތީ ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭގެ ޖަލްސާގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
"އާދަނު އަޅުގަނޑުމެންނަށް ކަމުދާ ސަބަބަކީ އާދަނުގެ ހަތަރެސްފައިގައި އަދި ހުރިހާ ހިސާބެއްގައި ވެސް ހުރީ މި ހިދުމަތްތަކުގެ ކަންތައްތައް ހޭކިފައި. އެމްޑްބަލިއުއެސްސީ އަށް ބަލާލިޔަސް އެ ތަނުގައި މަސައްކަތް ކުރައްވާފައި. ބަދަލުކޮށްލައްވާފައި. އެސްޓީއޯ އަށް ބަލާލިޔަސް އެތާނގައި ވެސް މަސައްކަތް ކުރައްވާފައި، ބަދަލުކޮށްލައްވާފައި. އެމްޓީސީސީގައި މަސައްކަތް ކުރައްވާފައި، ބަދަލުކޮށްލައްވާފައި. އެ ނާތީޖާ ދައްކަވައި މާލޭގެ މޭޔަރަކަށް ވަޑައިގެންނެވީ،" ސަމީރު ވިދާޅުވި އެވެ.
"މާލޭގައި މި ކުޑަ މުއްދަތުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް މި ގެނެސްދެވުނު ބަދަލުން މާލޭގައި ފެން ހެދުމާއި ކުދިކުދި މައްސަލަތައް ހައްލު ނުވެ އޮތް މައްސަލަ އަށް ހައްލެއް ގެނެސްދެވުނު ހަމައެނަކި މީހަކީ އާދަމް އާޒިމް."
ސަމީރު ވިދާޅުވި ގޮތުގައި، އާދަމް އާޒިމް އެ މަސައްކަތް ކުރެއްވީ އެންމެ ދެ އަހަރު ތެރޭގަ އެވެ. މޭޔަރު ކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު އެކަން ނުކުރެވުނު ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭގެ ޖަލްސާގައި ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
އާދަމް އާޒިމަށް ތާއީދު ކުރައްވަނީ އާދަމް އާޒިމްގެ ބޭބޭ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމް އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމުން ވެސް އޭނާ އަށް ތާއީދު ނުކުރައްވައި، ބަދުބަހެއް ވެސް ރައްދު ނުކުރައްވައި، އެމްޑީޕީއާ އެކު ވީ ގޮތެއް ވާން ހުންނެވުމުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"މިއީ ނޫންތޯ އެމްޑީޕީ މެންބަރުންނަކީ. އާދަމްގެ އަނބިކަނބަލުންނަކީ އަދި އެހެން ދިމާއަކަށް ސިޔާސީ ގޮތުން ގުޅިފައި ހުރި ބޭފުޅެއް. އެކަމަކު ބައިބައިވެގެން ދިޔައިރު ވެސް އާދަނަކަށް ބަދަލެއް ނައި. ތިބޭފުޅުންނަށް ހީވަނީތޯ އެ ފުރުސަތު އާދަނަށް ނުލިބޭނެހެން. ނުލިބޭނެތޯ. ނުބުނާނެތޯ އަންނާށެކޭ. އެކަމަކު އާދަނު ނުގޮސް ހުރީމާ އެއީ ނޫންތޯ އެމްޑީޕީ މެންބަރަކީ،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ އާދަމް އާޒިމަކީ އެމްޑީޕީގެ މެމްބަރުން އެކަނި ކޮށްފައި ދުރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި މަސައްކަތް ކުރައްވާ މީހުންނާ އެކު ވެސް އެ ގޮތުގައި އުޅުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭކޭ
20 December 2025
ސަމީރު ލަދުގަންނަން ޖެހޭނެ. ތިވާހަކަ ދައްކަން. ގާސިމަށް ލަޑުދީފައި
ހެހޭ
20 December 2025
ސަމީރަކީ ވަރަށް ބޮޑު އިޚްލާސްތެރިއެއް. މަގާމާހެދި ގާސިމް ދޫކޮށްފައި ދިޔައީ ވިއްޔަ. ސަމީރަށް ލިބުނުހާ އެއްޗެއް ލިބުނީ ގާސިމް އަތުން. ރައީސް އޮފީހުން މަގށމް ލިބުނީވެސް ޖޭޕީއަށް ލިބުނު ސްލޮޓުން. އެކަމަކުވެސް ގަސިމަށް ބޭވަފާތެރިވީ ނަގާމުގެ ދަހިވެތިކަމުން. ރީތިވެއްޖެނުން.
މުލަކުހިޔާ
20 December 2025
އަދިވެސް ގެއަށް ވަދެ ވޭގޮތް ނުވޭ. ކޯޓުން ހުކުމްކުރީ ގެ ބަހަންނަގާފައިވާ ގޯޅިއަށް ވަދެގެން ނުވާނެކަމަށް. ސިޓީ ކައުންސިލަށް އަމުރުކުރީ ގޯޅިއަށް ނުވަދެ ގެއަށް ވަދެވޭގޮތް ހެދުމަށް. ސިޓީ ކައުންސިލުން ޢާޒިމް އާއި ބައްދުލިކުރެވުނު އަދަދު ނޭގެ. ސިޓީއަށް ޖަވާބެއް ދެނީކީނޫން އެއްވެސްތާކުން . މިހާރު ސަރުކާރުގައި ސިޓީ ނާޅަ ވުޒާރާއެއް ނުވާނެ. މިހަރު 10ވަރަކަށް އަހަރުވިމީ މިކަމުގައި ސަލާންޖަހާތާ. ރައިސް އޮފީހަށް ސިޓީ ލީމަބުނަނީ އެމީހުނާ ބެހޭ ކަމެއް ނޫންކަމަށް.
ދޯޅަނބު ހޮޓަލުން އަހައްމައިދީ
20 December 2025
އާދަނުގެ ހަތަރެސްފައިގަ ހޭކެނީ ޙިދުމަތް، ބަދަލުގަ އަހަރުމެންގެ ހަތަރެސްފައިގެ ހޭކެނީ ބުޅާ ގުއި.
ބަކުރުު
20 December 2025
ވަޒީފާ ގެއްލުނު ފަހުން މާލެތެރެއަށް ނުނިކުމެ ހުރި ސަމީރަށް މާލޭރައްޔިތުންނަށް އާދަނު ކޮށްދިން ކަންތައް ފެނުނަސް ރައްޔިތުންނަކަށް ތީންކަމެއް ނުފެނޭ. ވާރެކޮޅެއް ވެހިލާއިރަށް ހަވީރީހިނގުމުގެ ކަސްޓަމް ސަރަހައްދުގައިފެންބޮޑުވެފައި. އަތޮޅުފިހާރަ ތަކުގެ ކުރިމަތީ ކޯރު ހެދިފާ. ކޮބާ މައްސަލަ ހައްލުވެފާ.
މަބުނީ
20 December 2025
ހުސް ބުޅާ ގުއި
އެމްސް
20 December 2025
މަގުމަތީ ކާނުތަކުން މަދިރި ހުސްނުވާއިރު، މަގުތައް ފުރަން، "ރަޢިއްޔަތުންނާއި އެކު" ޓީޝާޓް ލާފަ ބިދޭސީން ތިބެއެވެ!
އަހަރެން
20 December 2025
ކާނިވަލެއް އަޅާދޭނެ މޭޔަރެކޭބޭނުމީ، މިރާއްޖޭގައި ކާނިވަލެއްނެތުމަކީ ލަދުވެތިކަމެއް ހާއްސަކޮށް ގްރޭޓާމާލޭއޭރިޔާގައި ޑިޒްނީލޭންޑުފަދަ ތަނެއް ނެތީމާ ދެރަވަރުއިނގޭތޯ. މާލޭ އޭރިޔާގައި މިހާރު އުޅެނީ ހުސް ބިދޭސީން ، ހާއްސަކޮށް ބަންގާޅުންގިނަ. ޕާކުތަކުގައި ބީޗު ތަކުގައި ހުސް ތަންކޮޅެއް އޮތިއްޔާ އެތަނެއްގައި ތިބެނީ އެމީހުން. މާލެދޭޝްގެ ނަމަށް މާލޭގެ ނަންބަދަލުނުވިއްޔާ ރަނގަޅު
އެމްސް
20 December 2025
މާލެއަކަށް ލޭންޑްް ޔޫސް ޕްލޭންއެއް ނެތީމަވެސް ވާނޭ ގޮތްތަކެއް ހުންނާނެއެވެ!