ވިޔަފާރި / ޓޫރިޒަމް

"ނޭވާ 2" ފްރީ ޑައިވް އިވެންޓުގެ ޕޯސްޓަރު ނެރެފި

"ނޭވާ 2"ގެ ޕޯސްޓަރު ނެރުމަށް ބޭއްވި ހަފުލާ: އެ ހަރަކާތުގެ ޝިއާރަކީ "ބްރީތް ފޮ ދަ އޯޝަންސް" -- ފޮޓޯ: ފްރީ ޑައިވް

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފްރީ ޑައިވް ހަރަކާތް "ނޭވާ 2"ގެ ޕޯސްޓަރު ނެރެފި އެވެ.

ފްރީ ޑައިވް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވާ އެ ހަރަކާތުގެ ޕޯސްޓަރު ނެރެފައި ވަނީ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގަ އެވެ. ޕޯސްޓަރު ނެރެދެއްވީ އެ ހަފްލާގެ ޝަރަފުވެރި މެހެމާނު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރެވެ.

ޕޯސްޓަރު ނެރުމުގެ ހަފްލާގައި ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ: -- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

"ނޭވާ 2"ގެ ނަމުގައި ބާއްވާ އެ ހަރަކާތަކީ "ބްރީތު ފޮ ދަ އޯޝަންސް"ގެ ޝިއާރުގައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކަނޑާއި ކަނޑުގެ ދިރުންތަކަށް ކުރިމަތިވަމުންދާ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ފްރީ ޑައިވް މޯލްޑިވްސްއިން ބުނީ އެ ހަރަކާތުގެ އަމާޒަކީ، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ހިތްވަރުދީ، ކަނޑުގެ ދިރުންތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ހަރަކާތެއް ކަމަށް ވެސް ފްރީ ޑައިވް މޯލްޑިވްސްއިން ބުނެއެވެ.

ފްރީ ޑައިވްގެ އެ ހަރަކާތަކީ ދުނިޔޭގައި މިހާތަނަށް ބާއްވާ އެފަދަ ފުރަތަމަ ހަރަކާތެވެ. އެ ހަރަކާތުގައި ގިނަ ބަޔަކު އެއްފަހަރާ މޫދު އަޑިއަށް ފީނައި، މޫދު އަޑީގައި ދެ މިނެޓު ވަންދެން ނޭވާ ހިފަހައްޓާލައިގެން ތިބޭނެ އެވެ. އެ ހަރަކާތަކީ ދުނިޔޭގެ ރެކޯޑު ފޮތަށް އަރާނެ ހަރަކާތެއް ކަމަށް ފްރީ ޑައިވް މޯލްޑިވްސްއިން ބުނެއެވެ.

"ނޭވާ 2"ގެ ޕޯސްޓަރު. -- ފޮޓޯ: ފްރީ ޑައިވް

"ނޭވާ 2" އަންނަ އޮކްޓޯބަރު އެކެއްގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މިހާރު ވަމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ފްރީ ޑައިވް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން، މިހަރު ކުރިއަށް ދަނީ ބައިވެރިވާން ހުށަހެޅި މީހުންގެ މެދުގައި ސިލެކްޝަންތައް ހެދުމާއި، ބައިވެރިންނާއި އިވެންޓުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ "ސޭފްޓީ ބަޑީސް"ގެ ތަމްރީނުތައް ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގަ ބާއްވާ އެންމެ ބޮޑު ފްރީ ޑައިވް "ނޭވާ 2"ގައި ބައިވެރިވުމަށް 500 އަށް ވުރެ ގިނަ މީހުން ރެޖިސްޓާ ކޮށްފައިވާ ކަމަށް ފްރީ ޑައިވް މޯލްޑިވްސްއިން ބުނެއެވެ. އޭގެ ތެރޭގައި އާއްމުންނާއި، ރިސޯޓުތަކާއި ސަރުކަރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިން ހިމެނޭކަން ފާހަގަ ކުރި އެވެ.

ޕޯސްޓަރު ނެރުުމުގެ ހަފުލާ ކުރިއަށް ދަނީ -- ފޮޓޯ: ފްރީ ޑައިވް މޯލްޑިވްސް

"ނޭވާ 2"ގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެމްއޭސީއެލް ފަދަ ކުންފުނިތަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި 12 ރިސޯޓަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފްރީ ޑައިވް މޯލްޑިވްސްއިން "ނޭވާ"ގެ ފުރަތަމަ އިވެންޓު ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ ހަރަކާތަކީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުގައި ލިސްޓު ކުރެވުނު ތާރީހީ ހަރަކާތެކެވެ. އެ އަހަރު އެ ހަރަކާތުގައި 521 މީހުން ބައިވެރިވި އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑީ

01 September 2022

"ފްރީ ޑައިވްގެ އެ ހަރަކާތަކީ ދުނިޔޭގައި މިހާތަނަށް ބާއްވާ އެފަދަ ފުރަތަމަ ހަރަކާތެވެ." 2019 ވަނަ އަހަރު ބަރޮސް ފަޅު ތެރޭގައި ބޭއްވި، ރައީސުލްޖުމްހޫރިއްޔާ ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި. ދެން ކީއްވެތޯ ނޭވާ2 އެއީ ފުރަތަމަ ހަރަކާތަށްވާންޖެހެނީ؟ ތާރީޚު ފޮތްތަކުން 2019 ވަނަ އަހަރުގެ ހަރަކާތްތެރި ނެތިކޮށްލަނީތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454