ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ރައީސް އަށް ތާއީދު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި--ފޮޓޯ: ރައީސް އޮފީސް
01 ސެޕްޓެމްބަރ 2022 - 09:44
އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ޝާހިދު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ކެމްޕެއިނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ބަޔަކު ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމާ ދެކޮޅަށް އެއްވެސް ހިންގާ ހަރަކާތެކެވެ. އޭނާ ވިދާޅުވި ގޮތގައި އެއީ ރައްޔިތުންނަށް ވިއްކާނެ އިތުރު އެއްޗެއް ނެތުމުން ކުރާ ކަމެކެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ރަނގަޅު ކަންކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިންޑިއާ އަށް ވަޑައިގަތުމަށް ފަހު ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ނަޝީދު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި 2023 އަށް ވާދަކުރައްވަން ގަސްތު ކުރައްވަ އެވެ.
މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް އޮތް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓަށް "ރުކުން" ހަމަވާ އަނެއް ބޭފުޅަކީ ޝާހިދު ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސާނިކުބެ
01 September 2022
ޝާހިދު އެކަނި އަޅާވޯޓަކުން ނިމޭނެ ކަމެއްނަމަ އޯކޭ. އެހެންބަޔަކު އަޅާ ވޯޓުވެސް ހިމެނިގެން ހޮވޭހޮވުމެއް ކަމަށްވާނަމަ މިހާޔަގީންކަމެއް ދެވޭފަދަ ގާބިލުކަމެއް އަދި ފެންނަފެނުމަކަށްނެތް.
ފަލަސްތީން
01 September 2022
މުޅި ރާއްޖެ ދަވާލާފަ އަހަރުމެން ވީ ވޯޓްދެން؟ އެމްޑީޕީ ދެކެ ފޫހިވެއްޖެ އިންޑިޔާ އައުޓް
ޝޮކްތެރަޕީ
01 September 2022
ދިވެހިންނެ ނުދޭނެ ވޯޓެއް ދެނެ ﷲ އިންޝާ
ޕްރިޕެއިޑް
01 September 2022
ޕްރިޕެއިޑް މެން މިހާރު ދައްކާނެ ތިކަހަލަ ވާހަކަ ޖީބައްލާން ގެއަށް ގެންދަން ލިބޭ އެތިކޮޅު މަދުވާނެ އެހެންނޫނީ..ދަރިންނާއި ދަރިންގެ ދަރިންނަށް ވަޒީފާ ނުހައްގުން ދީގެން ތިބެބަލަ 2023 ގަ ގުއިރޯނުގަޖެހޭ ތަން ފެންނާނެ...
ށަވިޔަނި
01 September 2022
ހޮވޭނެ ނުހޮވޭނެ މިއިން އެއްވެސްކަމެއްގެ ޔަގީންކަން ނުދެވޭނެ.
އެހެންޏާ
01 September 2022
ތިހެންދޯ ބުނެވޭނީ. އިންޑިއާގަ ހުރެ ނުބުނެވޭނެދޯ އިބޫ ނުހޮވޭނެއެކޭ. އެކަމު 3 ލައްކައެއްހާ ވޯޓްލެވޭ މީހުން މިގައުމުގަ ތިބިއިރު އެކަކު ކައިރީވެސް އަހާލި ކަމެއް ނޭނގެ ތިވާހަކަ ތިހެން ބުނުމުގެ ކުރިން. އދ. މަޖްލިހުގެ ރައީސް އެހާ ބޮޑު ދޮގެއް ހަދާނެ ކަމަށް މޯދީވެސް ހިއެއްނުކުރާނެ.
ރޭސިސްޓް އިބޫ
01 September 2022
ހުރިހާ ރުކުނެއް ހަމަވާ މާލޭ މީހާ ކީކޭތަ އަޅެ މިކިޔަނީ!
އެމްސް
01 September 2022
ތަރައްގީގެ އެޖެންޑާވެސް ޚާއްސަކުރަން ޖެހެނީ ރަޢިއްޔަތުން ފުދުންތެރި ކުރުމުގަ، ވަޒީފާއަށް ބިދޭސީން އިސްކުރުމުގައެއް ނޫން!
ނާތެދެއް
01 September 2022
އިންޑިއާއިން އެ ޔަގީންކަން ދިނީމަ އެވާހަކަ އައިސް މިތަނުގަ އެ ބުނެލީ.
ދިއްދޫމީހާ
01 September 2022
އެހެންވިއްޔާ ތިޔަ ދުވަހުން އަހަރެމެންނަ ސަންތިމަރިޔަމްބްއާ ފޫޅުދިގު ހަނޑިވެސް ފެންނާނެ